Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމާލީ ހާލަތު

ޖުލައި 23 އަށް ދައުލަތަށް 24.1 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިއްޖެ

2 އޯގަސްޓު 2026 | އާދީއްތަ 10:44

މި އަހަރުގެ ޖުލައި 23 އާ ހަމައަށް ދައުލަތުގެ އާމްދަނީގެ ބޮޑު ބައެއް ޓެކްސްއިން ހިއްސާކުރާއިރު، މުސާރައާއި ހިންގުމުގެ ޚަރަދުތަކާއެކު ރިކަރަންޓް ޚަރަދު ވަނީ 22.3 ބިލިއަން ރުފިޔާއަށް އަރާފައި. ބަޖެޓު މިހާރު އޮތީ 1.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައި. ސަރުކާރުން ދޫކޮށްފައިވާ ސެކިއުރިޓީޒްގެ އަދަދު 97.3 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ފާހަގަކުރެވޭ

ރާއްޖެ އެމްވީ | 2 އޯގަސްޓު 2026 | އާދީއްތަ 10:44
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް - ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ސަރުކާރު ހިންގުމަށް

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް - ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ސަރުކާރު ހިންގުމަށް | އެލަމީ

މި އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 24.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކައިފި އެވެ. މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޖުމްލަ ޚަރަދު 25.5 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 21.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ކަމަށްވާއިރު، ޚަރަދު ހުރީ 21.2 ބިލިއަން ރުފިޔާގަ އެވެ.

ދައުލަތަށް ލިބުނު އާމްދަނީގެ ތަފްސީލަށް ބަލާއިރު، އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސް އާމްދަނީ އެވެ. އެގޮތުން ޓެކްސްގެ ގޮތުގައި 18.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރެއިން ޖީއެސްޓީގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ޚާއްޞަކޮށް ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި 6.9 ބިލިއަން ރުފިޔާ ލިބިފައިވާކަން ފާހަގަކުރެވެ އެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ހިލޭ އެހީގެ ގޮތުގައި 454.2 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މި ހަފުތާގައި އާމްދަނީއަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ޓޫރިޒަމް ޖީއެސްޓީންނެވެ.

ޚަރަދުތަކުގެ ތަފްސީލަށް ބަލާއިރު، ހިނގަމުންދާ ޚަރަދު ނުވަތަ ރިކަރަންޓް އެކްސްޕެންޑިޗާގެ ގޮތުގައި 22.3 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މީގެ ތެރެއިން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 8.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އިދާރީ އަދި ހިންގުމުގެ ޚަރަދުތަކަށް 13.7 ބިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ. މި ހަފުތާގައި ބަޖެޓުން އެންމެ ބޮޑު އިތުރުވުމެއް އައިސްފައިވަނީ މުސާރަ އާއި ޕެންޝަނަށް ކުރި ހޭދައިންނެވެ. ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މީގެ ތެރެއިން ބިމާއި އިމާރާތް ކުރުމަށް 1 ބިލިއަން ރުފިޔާ އަދި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް 1.8 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ސަރުކާރުގެ އޮފީސްތަކުން ބަޖެޓު ބޭނުންކޮށްފައިވާ މިންވަރަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުންނެވެ. އެ މިނިސްޓްރީން 2.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން 2.2 ބިލިއަން ރުފިޔާ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން 1.9 ބިލިއަން ރުފިޔާ، އަދި މިނިސްޓްރީ އޮފް ހެލްތުން 1.5 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ފުލުހުންގެ ޚިދުމަތަށް 1.4 ބިލިއަން ރުފިޔާ އަދި އެމްއެންޑީއެފަށް 1.2 ބިލިއަން ރުފިޔާ ވަނީ ބަޖެޓުން ބޭނުންކޮށްފަ އެވެ.

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކަށް ބަލާއިރު، ޖުމްލަ 3.2 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އިގްތިސާދީ ދާއިރާގެ މަޝްރޫއުތަކަށެވެ. އެގޮތުން ދަތުރުފަތުރުގެ އިންފްރާސްޓްރަކްޗާއަށް 1 ބިލިއަން ރުފިޔާ އަދި ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް 213.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ތައުލީމީ ދާއިރާގެ މަޝްރޫއުތަކަށް 291.6 މިލިއަން ރުފިޔާ އަދި ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް 211.3 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ދައުލަތުގެ މާލީ ހާލަތަށް ބަލާއިރު، މި މުއްދަތުގެ ނިޔަލަށް ބަޖެޓުގެ ޖުމްލަ ބެލެންސް ހުރީ 1.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގަ އެވެ. 

ސަރުކާރުން ދޫކޮށްފައިވާ ސެކިއުރިޓީޒްތަކަށް ބަލާއިރު، 13 ޖުލައި 2026 ގެ ނިޔަލަށް ޖުމްލަ 97.3 ބިލިއަން ރުފިޔާގެ ސެކިއުރިޓީޒް ބާޒާރުގައި އެބަހުއްޓެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އެތެރޭގެ މާކެޓަށް ދޫކޮށްފައިވާ އިންސްޓްރޫމަންޓްތަކެވެ. އެގޮތުން ދިވެހި ރުފިޔާގެ ޓްރެޜަރީ ބިލްގެ ގޮތުގައި 44.9 ބިލިއަން ރުފިޔާ އަދި ދިވެހި ރުފިޔާގެ ޓްރެޜަރީ ބޮންޑުގެ ގޮތުގައި 28.6 ބިލިއަން ރުފިޔާ ހިމެނެ އެވެ. އިސްލާމިކް އިންސްޓްރޫމަންޓްތަކުގެ ގޮތުގައި 5.8 ބިލިއަން ރުފިޔާ ހުރިކަން ފާހަގަކުރެވެ އެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުމާލީ ހާލަތު

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

02 އޯގަސްޓު 2026

މާރިޗު މަހު ރިޒާވްގައި ހުރި 1.3 ބިލިއަން ޑޮލަރު، ޖޫން މަހުގެ ނިޔަލަށް 686.8 މިލިއަން ޑޮލަރަށް ދަށްވެއްޖެ

02 އޯގަސްޓު 2026
މާރިޗު މަހު ރިޒާވްގައި ހުރި 1.3 ބިލިއަން ޑޮލަރު، ޖޫން މަހުގެ ނިޔަލަށް 686.8 މިލިއަން ޑޮލަރަށް ދަށްވެއްޖެ
02 އޯގަސްޓު 2026

މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ އަދިވެސް ދަނީ އިތުރުވަމުން، ބަޖެޓް ޑެފިސިޓް 1.4 ބިލިއަން ރުފިޔާގައި!

02 އޯގަސްޓު 2026
މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ އަދިވެސް ދަނީ އިތުރުވަމުން، ބަޖެޓް ޑެފިސިޓް 1.4 ބިލިއަން ރުފިޔާގައި!
30 ޖުލައި 2026

ޖޫންމަހުގެ ނިޔަލަށް 34 ބިލިއަން ޚަރަދުކޮށްފި، ހުސްވި އަހަރާ އަޅާބަލާއިރު 45 އިންސައްތަ އިތުރު!

30 ޖުލައި 2026
ޖޫންމަހުގެ ނިޔަލަށް 34 ބިލިއަން ޚަރަދުކޮށްފި، ހުސްވި އަހަރާ އަޅާބަލާއިރު 45 އިންސައްތަ އިތުރު!
24 ޖުލައި 2026

ބަޖެޓު ޚަރަދުގެ 87 އިންސައްތަ ހިންގުމަށް، ޕީއެސްއައިޕީ މަޝްރޫއުތަކަށްކުރި ހޭދަ 16 އިންސައްތަ ދަށަށް، ބަޖެޓް ޑެފިސިޓް 1.5 ބިލިއަނަށް

24 ޖުލައި 2026
ބަޖެޓު ޚަރަދުގެ 87 އިންސައްތަ ހިންގުމަށް، ޕީއެސްއައިޕީ މަޝްރޫއުތަކަށްކުރި ހޭދަ 16 އިންސައްތަ ދަށަށް، ބަޖެޓް ޑެފިސިޓް 1.5 ބިލިއަނަށް
22 ޖުލައި 2026

ދައުލަތުގެ ބަޖެޓް 1,5 ބިލިއަން ރުފިޔާއިން ޑެފިސިޓްވެއްޖެ

22 ޖުލައި 2026
ދައުލަތުގެ ބަޖެޓް 1,5 ބިލިއަން ރުފިޔާއިން ޑެފިސިޓްވެއްޖެ
08 ޖުލައި 2026

ޖޫން 4 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 110.6 މިލިއަން ރުފިޔާގެ ޑެފިސިޓެއް

08 ޖުލައި 2026
ޖޫން 4 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 110.6 މިލިއަން ރުފިޔާގެ ޑެފިސިޓެއް
04 ޖުލައި 2026

މިސަރުކާރުން ދައްކާ އެންމެ ވަރުގަދަ ތަރައްޤީގެ މަޝްރޫޢަކީ ލޯނު ދެއްކުން: މޭޔަރު ޢާޠިފް

04 ޖުލައި 2026
މިސަރުކާރުން ދައްކާ އެންމެ ވަރުގަދަ ތަރައްޤީގެ މަޝްރޫޢަކީ ލޯނު ދެއްކުން: މޭޔަރު ޢާޠިފް
29 ޖޫން 2026

ސަރުކާރުން ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމަން ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި

29 ޖޫން 2026
ސަރުކާރުން ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމަން ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި
29 ޖޫން 2026

ދައުލަތުގެ ޚަރަދުތައް ކުޑަވެފައިވަނީ ދާއިމީކޮށް ޚަރަދުތައް މަދުކޮށްގެންނެއް ނޫން، އޭގެ ބަދަލުގައި ބިލުތަކަށް ފައިސާ ދެއްކުން ފަސްކޮށްގެން: ވޯލްޑް ބޭންކް

29 ޖޫން 2026
ދައުލަތުގެ ޚަރަދުތައް ކުޑަވެފައިވަނީ ދާއިމީކޮށް ޚަރަދުތައް މަދުކޮށްގެންނެއް ނޫން، އޭގެ ބަދަލުގައި ބިލުތަކަށް ފައިސާ ދެއްކުން ފަސްކޮށްގެން: ވޯލްޑް ބޭންކް
29 ޖޫން 2026

ސުކޫކު ދެއްކުމަށް ފަހު، އެކަމުގެ ކާމިޔާބީ ފާހަގަ ކުރުމަށް ފިނޭންސް މިނިސްޓްރީ އިން ހަނދާނީ ލިޔުން ދީފި

29 ޖޫން 2026
ސުކޫކު ދެއްކުމަށް ފަހު، އެކަމުގެ ކާމިޔާބީ ފާހަގަ ކުރުމަށް ފިނޭންސް މިނިސްޓްރީ އިން ހަނދާނީ ލިޔުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް