Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމާލީ ހާލަތު

ޖޫން 4 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 110.6 މިލިއަން ރުފިޔާގެ ޑެފިސިޓެއް

8 ޖުލައި 2026 | ބުދަ 16:09

ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ޓެކްސް އާއި ޖީއެސްޓީން ހިއްސާކުރާއިރު، މުވައްޒަފުންގެ މުސާރައާއި ސަބްސިޑީގެ އިތުރުން އާސަންދައަށް ބޮޑު ހޭދައެއް ވަނީ ކޮށްފައި. ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ބޯހިޔާވަހިކަމާއި ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ޚަރަދެއްކޮށްފައިވާއިރު، އެންމެ ބޮޑު ބަޖެޓެއް ބޭނުންކޮށްފައިވަނީ ތައުލީމާ ބެހޭ މިނިސްޓްރީ އަދި އިންފްރާސްޓްރަކްޗަރ މިނިސްޓްރީން. މީގެ އިތުރުން ދައުލަތުގެ ޚަރަދު ހަމަޖެއްސުމަށް އެތެރޭގެ ބާޒާރަށް ޓްރެޜަރީ ބިލާއި ބޮންޑު ވިއްކައިގެން ފައިސާ ހޯދާފައިވާކަން ފާހަގަކުރެވޭ.

ރާއްޖެ އެމްވީ | 8 ޖުލައި 2026 | ބުދަ 16:09
ފައިސާ ގުނާ މެޝިނެއްގައި ދިވެހި ރުފިޔާތަކެއް ގުނަނީ

ފައިސާ ގުނާ މެޝިނެއްގައި ދިވެހި ރުފިޔާތަކެއް ގުނަނީ | ޝަޓާ ސްޓޮކް

މި އަހަރުގެ ޖޫން މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 19,089.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ ހަފުތާގެ މާލީ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މި މުއްދަތުގައި ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ 19,199.8 މިލިއަން ރުފިޔާގަ އެވެ. މިއާއެކު ދައުލަތުގެ ބަޖެޓުން މިހާތަނަށް 110.6 މިލިއަން ރުފިޔާގެ ޑެފިސިޓެއް ނުވަތަ ދަރަނި ހުރިކަން ފާހަގަކުރެވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، މިއަހަރު ލިބުނު އާމްދަނީ އާއި ކުރި ޚަރަދު ވެސް ވަނީ އިތުރުވެފަ އެވެ.

ދައުލަތަށް ލިބުނު އާމްދަނީގެ ތަފްސީލަށް ބަލާއިރު، އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. އެގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 14,842.9 މިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި 8,552.4 މިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ ގޮތުގައި ލިބުނު 6,018.5 މިލިއަން ރުފިޔާ ހިމެނެ އެވެ. މީގެ އިތުރުން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 3,851.9 މިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި 393.6 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ޚަރަދުތަކުގެ ތަފްސީލަށް ބަލާއިރު، ދައުލަތުގެ ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދުގެ ގޮތުގައި 16,874.1 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށެވެ. އެގޮތުން މުސާރަ އާއި ޕެންޝަނަށް 6,616.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އިދާރީ އަދި ހިންގުމުގެ ޚަރަދުތަކަށް 10,188.3 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މީގެ ތެރޭގައި ސަބްސިޑީއަށް ހޭދަކުރި 2,300.5 މިލިއަން ރުފިޔާ އާއި އާސަންދައަށް ހޭދަކުރި 971.3 މިލިއަން ރުފިޔާ ހިމެނެ އެވެ.

ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ކެޕިޓަލް ޚަރަދުގެ ގޮތުގައި ޖޫން 4 ގެ ނިޔަލަށް 2,325.7 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މީގެ ތެރެއިން ބިނާވެށި ތަރައްގީކުރުމުގެ މަޝްރޫއުތަކަށް 1,329.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މި މުއްދަތުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް ނުވަތަ ޕީއެސްއައިޕީ މަޝްރޫއުތަކަށް ޖުމްލަ 2,310.4 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ޕީއެސްއައިޕީގެ ދަށުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ދަތުރުފަތުރުގެ ނިޒާމު ގާއިމުކުރުމަށާއި ބިން ހިއްކުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށެވެ.

އޮފީސްތަކުގެ ބަޖެޓް ބޭނުންކޮށްފައިވާ މިންވަރަށް ބަލާއިރު، އެންމެ ބޮޑު ބަޖެޓެއް ހޭދަކޮށްފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުންނެވެ. އެ މިނިސްޓްރީން 1,985.7 މިލިއަން ރުފިޔާ ބޭނުންކޮށްފައިވެ އެވެ. ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުންނެވެ. އެއީ 1,661.4 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން 1,516.2 މިލިއަން ރުފިޔާ އަދި ދިވެހި ފުލުހުންގެ ޚިދުމަތުން 1,097.4 މިލިއަން ރުފިޔާ ވަނީ ބޭނުންކޮށްފަ އެވެ.

ދައުލަތުގެ ދަރަނީގެ ހާލަތަށް ބަލާއިރު، ޖޫން މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ދޫކޮށްފައިވާ ސެކިއުރިޓީޒްގެ ޖުމްލަ އަދަދު ހުރީ 97,152.5 މިލިއަން ރުފިޔާގަ އެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އެތެރޭގެ ބާޒާރަށް ދޫކޮށްފައިވާ އިންސްޓްރޫމަންޓްތަކެވެ. އެގޮތުން ޓްރެޜަރީ ބިލްގެ ގޮތުގައި 43,927.0 މިލިއަން ރުފިޔާ އަދި ޓްރެޜަރީ ބޮންޑުގެ ގޮތުގައި 28,641.8 މިލިއަން ރުފިޔާ ހިމެނެ އެވެ. އިސްލާމީ މާލީ ނިޒާމުގެ ތެރެއިން ދޫކޮށްފައިވާ އިންސްޓްރޫމަންޓްތަކުގެ އަދަދު ހުރީ 6,142.4 މިލިއަން ރުފިޔާގަ އެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްޖީއެސްޓީ ދައުލަތުގެ އާމްދަނީ އާއި ޚަރަދުފިސްކަލް ރިޕޯޓު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

04 ޖުލައި 2026

މިސަރުކާރުން ދައްކާ އެންމެ ވަރުގަދަ ތަރައްޤީގެ މަޝްރޫޢަކީ ލޯނު ދެއްކުން: މޭޔަރު ޢާޠިފް

04 ޖުލައި 2026
މިސަރުކާރުން ދައްކާ އެންމެ ވަރުގަދަ ތަރައްޤީގެ މަޝްރޫޢަކީ ލޯނު ދެއްކުން: މޭޔަރު ޢާޠިފް
29 ޖޫން 2026

ސަރުކާރުން ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމަން ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި

29 ޖޫން 2026
ސަރުކާރުން ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމަން ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި
29 ޖޫން 2026

ސުކޫކު ދެއްކުމަށް ފަހު، އެކަމުގެ ކާމިޔާބީ ފާހަގަ ކުރުމަށް ފިނޭންސް މިނިސްޓްރީ އިން ހަނދާނީ ލިޔުން ދީފި

29 ޖޫން 2026
ސުކޫކު ދެއްކުމަށް ފަހު، އެކަމުގެ ކާމިޔާބީ ފާހަގަ ކުރުމަށް ފިނޭންސް މިނިސްޓްރީ އިން ހަނދާނީ ލިޔުން ދީފި
16 ޖޫން 2026

މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ސަރުކާރުން 110.6 މިލިއަން ރުފިޔާގެ ދަރަނި އުފައްދައިފި

16 ޖޫން 2026
މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ސަރުކާރުން 110.6 މިލިއަން ރުފިޔާގެ ދަރަނި އުފައްދައިފި
14 ޖޫން 2026

ދައުލަތައް ހުސްވި އަހަރުގެ އޭޕްރީލް މަހު ލިބުނު އާމްދަނީ އަށް ވުރެ މިއަހަރު ލިބުނުވަރު ދަށްވެއްޖެ

14 ޖޫން 2026
ދައުލަތައް ހުސްވި އަހަރުގެ އޭޕްރީލް މަހު ލިބުނު އާމްދަނީ އަށް ވުރެ މިއަހަރު ލިބުނުވަރު ދަށްވެއްޖެ
10 ޖޫން 2026

އާމްދަނީގެ ގޮތުގައި މެއި މަހު ލިބުނު އަދަދު ދަށްވެއްޖެ

10 ޖޫން 2026
އާމްދަނީގެ ގޮތުގައި މެއި މަހު ލިބުނު އަދަދު ދަށްވެއްޖެ
03 މެއި 2026

ފާރަވެރިވުމުން މިލްކުވެރިކަމަށް: އެސްއޯއީތަކުގެ ކޮންޓްރޯލް އަލުން މަރުކަޒުކުރެވެމުންދާ ގޮތް - ކުރީގެ ޓްރޭޑް މިނިސްޓަރ އަހްމަދު މަހައްމަދު

03 މެއި 2026
ފާރަވެރިވުމުން މިލްކުވެރިކަމަށް: އެސްއޯއީތަކުގެ ކޮންޓްރޯލް އަލުން މަރުކަޒުކުރެވެމުންދާ ގޮތް - ކުރީގެ ޓްރޭޑް މިނިސްޓަރ އަހްމަދު މަހައްމަދު
29 މާރިޗު 2026

ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ޚަރަދު އިތުރަށް ދަށަށް ގޮސްފައިވާކަން ފިނޭންސްގެ ހިސާބުތަކުން ދައްކައިފި

29 މާރިޗު 2026
ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ޚަރަދު އިތުރަށް ދަށަށް ގޮސްފައިވާކަން ފިނޭންސްގެ ހިސާބުތަކުން ދައްކައިފި
15 ފެބުރުއަރީ 2026

ޖެނުއަރީ މަހު މީރާ އިން އުއްމީދު ކުރި އާމްދަނީ އެއް ނުލިބުނު

15 ފެބުރުއަރީ 2026
ޖެނުއަރީ މަހު މީރާ އިން އުއްމީދު ކުރި އާމްދަނީ އެއް ނުލިބުނު
27 އޮކްޓޯބަރު 2023

ޖީއެސްޓީ ބަޔާން ހުށަހަޅަން ހަނދާން ކޮށްދީފި، ސުންގަޑިއަކީ 29 އޮކްޓޯބަރު!

27 އޮކްޓޯބަރު 2023
ޖީއެސްޓީ ބަޔާން ހުށަހަޅަން ހަނދާން ކޮށްދީފި، ސުންގަޑިއަކީ 29 އޮކްޓޯބަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް