Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިނޭންސް މިނިސްޓްރީ

މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ އަދިވެސް ދަނީ އިތުރުވަމުން، ބަޖެޓް ޑެފިސިޓް 1.4 ބިލިއަން ރުފިޔާގައި!

2 އޯގަސްޓު 2026 | އާދީއްތަ 09:47

މިދިޔަ އަހަރާ އަޅާބަލާއިރު މުވައްޒަފުންގެ މުސާރައާއި ސަބްސިޑީއަށް ކުރާ ހޭދަ ބޮޑުތަނުން އިތުރުވެ، ދައުލަތުގެ ޖުމްލަ ޚަރަދު 25.5 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ހިނގާފައިވަނީ ހިންގުމުގެ ޚަރަދަށް ކަމަށްވާއިރު، މާލީ ހިސާބުތަކުން ދައްކަނީ 1.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 2 އޯގަސްޓު 2026 | އާދީއްތަ 09:47
ރައީސް މުއިއްޒުގެ ސަރުކާރުން މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ ދަނީ އިތުރުވަމުން، ޖުމްލަ ޚަރަދު 25.5 ބިލިއަން ރުފިޔާއަށް ވަނީ އަރާފައި

ރައީސް މުއިއްޒުގެ ސަރުކާރުން މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ ދަނީ އިތުރުވަމުން، ޖުމްލަ ޚަރަދު 25.5 ބިލިއަން ރުފިޔާއަށް ވަނީ އަރާފައި | ރައީސް އޮފީސް

މިއަހަރުގެ މިހާތަނަށް ދައުލަތުގެ ޚަރަދުތައް މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެ، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ އިންތިހާއަށް އުފުލިފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން 23 ޖުލައި 2026 ގެ ނިޔަލަށް އެކުލަވާލާ އާންމު ކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، މުސާރައާއި އުޖޫރައާއި ޕެންޝަނަށް ކުރި ޚަރަދު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.5 އިންސައްތަ އިތުރުވެ 8.5 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 7.8 ބިލިއަން ރުފިޔާއަށްވުރެ 739.7 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

Advertisement - newsAdvertisement

ދައުލަތުގެ ޚަރަދުތައް އިތުރުވަމުން ދާއިރު މިއީ މިއީ ނޮވެންބަރު 2025 ގައި ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވާތީ އައިސްފައިވާ ބަދަލެއް ކަމަށް ފިނޭންސް މިނިސްޓްރީ އިން ދަނީ ބުނަމުންނެވެ. 

ރިޕޯޓަށް ބަލާއިރު ސަބްސިޑީއަށް ކުރި ޚަރަދު 79.0 އިންސައްތަ އިތުރުވެ 3.2 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި 23 ގެ ނިޔަލަށް ހޭދަކުރި 1.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.4 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ސަބްސިޑީ އަށް ވެސް ކުރާ ހޭދަ އިތުރުވަމުންދާއިރު ސަރުކާރުން ބުނަމުން ދަނީ މި އަދަދު އިތުރުވަމުން ދަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގުތައް އުފުލިފައިވާތީ ކަމަށެވެ. 

ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުގެ ޖުމްލަ ހުރީ 25.5 ބިލިއަން ރުފިޔާގަ އެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 21.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 19.7 އިންސައްތަ ނުވަތަ 4.2 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މި އިތުރުވުމުން ދައްކުވައިދެނީ، ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށާއި، ސިއްހީ ޚިދުމަތްތަކަށާއި، އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމުތަކަށް ދެމިހުރި ގޮތެއްގައި ފައިސާ ޚަރަދުކުރަމުން ދިއުމެވެ.

23 ޖުލައި 2026 ގެ ނިޔަލަށް ހުރި މާލީ ހިސާބުތަކުން ދައްކާ ގޮތުގައި 1.5 ބިލިއަން ރުފިޔާގެ ޕްރައިމަރީ ސަރޕްލަސްއެއް ލިބިފައިވާއިރު، އޯވަރޯލް ބެލެންސް ހުރީ 1.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގަ އެވެ.

އެ މިނިސްޓްރީ އިން މީގެ ކުރިން އާންމު ކޮށްފައިވާ ރިޕޯޓުތަކަށް ބަލާއިރު މިއަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ކުރި ޚަރަދުގެ 87 އިންސައްތައަކީ ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި 21,362.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށެވެ. އެގޮތުން މުސާރަ އާއި ޕެންޝަނަށް 8,008.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓްރީވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުމުސާރަ އާއި އުޖޫރަ

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

3

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

30 ޖުލައި 2026

ޖޫންމަހުގެ ނިޔަލަށް 34 ބިލިއަން ޚަރަދުކޮށްފި، ހުސްވި އަހަރާ އަޅާބަލާއިރު 45 އިންސައްތަ އިތުރު!

30 ޖުލައި 2026
ޖޫންމަހުގެ ނިޔަލަށް 34 ބިލިއަން ޚަރަދުކޮށްފި، ހުސްވި އަހަރާ އަޅާބަލާއިރު 45 އިންސައްތަ އިތުރު!
24 ޖުލައި 2026

ބަޖެޓު ޚަރަދުގެ 87 އިންސައްތަ ހިންގުމަށް، ޕީއެސްއައިޕީ މަޝްރޫއުތަކަށްކުރި ހޭދަ 16 އިންސައްތަ ދަށަށް، ބަޖެޓް ޑެފިސިޓް 1.5 ބިލިއަނަށް

24 ޖުލައި 2026
ބަޖެޓު ޚަރަދުގެ 87 އިންސައްތަ ހިންގުމަށް، ޕީއެސްއައިޕީ މަޝްރޫއުތަކަށްކުރި ހޭދަ 16 އިންސައްތަ ދަށަށް، ބަޖެޓް ޑެފިސިޓް 1.5 ބިލިއަނަށް
22 ޖުލައި 2026

ދައުލަތުގެ ބަޖެޓް 1,5 ބިލިއަން ރުފިޔާއިން ޑެފިސިޓްވެއްޖެ

22 ޖުލައި 2026
ދައުލަތުގެ ބަޖެޓް 1,5 ބިލިއަން ރުފިޔާއިން ޑެފިސިޓްވެއްޖެ
04 ޖުލައި 2026

ރިއަލް އެސްޓޭޓް ހައުސިންގ ޕްރޮޖެކްޓެއް ހިންގަން މާލީ ވުޒާރާގައި ހުއްދައަށް އެދި އަހަރެއް ވީއިރުވެސް ހުއްދަ ނުލިބޭ: މޭޔަރު ޢާޠިފް

04 ޖުލައި 2026
ރިއަލް އެސްޓޭޓް ހައުސިންގ ޕްރޮޖެކްޓެއް ހިންގަން މާލީ ވުޒާރާގައި ހުއްދައަށް އެދި އަހަރެއް ވީއިރުވެސް ހުއްދަ ނުލިބޭ: މޭޔަރު ޢާޠިފް
02 ޖުލައި 2026

ސްޓެލްކޯ އަށް ފާއިތުވި އަހަރު 239 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް: އޮޑިޓް ރިޕޯޓް

02 ޖުލައި 2026
ސްޓެލްކޯ އަށް ފާއިތުވި އަހަރު 239 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް: އޮޑިޓް ރިޕޯޓް
02 ޖުލައި 2026

ދައުލަތުގެ އެކި އިދާރާތަކުން ސްޓެލްކޯއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 948 މިލިއަނަށް އަރާ

02 ޖުލައި 2026
ދައުލަތުގެ އެކި އިދާރާތަކުން ސްޓެލްކޯއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 948 މިލިއަނަށް އަރާ
18 ޖޫން 2026

ދައުލަތުގެ ކުންފުނިތަކަށް ރިސޯޓު ތަރައްޤީކުރުމުގެ ގަވާއިދު ގެޒެޓްކޮށްފި

18 ޖޫން 2026
ދައުލަތުގެ ކުންފުނިތަކަށް ރިސޯޓު ތަރައްޤީކުރުމުގެ ގަވާއިދު ގެޒެޓްކޮށްފި
16 ޖޫން 2026

މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ސަރުކާރުން 110.6 މިލިއަން ރުފިޔާގެ ދަރަނި އުފައްދައިފި

16 ޖޫން 2026
މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ސަރުކާރުން 110.6 މިލިއަން ރުފިޔާގެ ދަރަނި އުފައްދައިފި
08 ޖޫން 2026

ފިނޭންސް މިނިސްޓަރަކަށް ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޒަރީރު އައްޔަނުކޮށްފި

08 ޖޫން 2026
ފިނޭންސް މިނިސްޓަރަކަށް ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޒަރީރު އައްޔަނުކޮށްފި
07 ޖޫން 2026

ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަން ގެ ތެރެއިން 2024 ވަނަ އަހަރު އެއްވެސް ފައިސާއެއް ލިބުނު ކަން އެނގޭކަށް ނެތް: އޮޑިޓް ރިޕޯޓް

07 ޖޫން 2026
ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަން ގެ ތެރެއިން 2024 ވަނަ އަހަރު އެއްވެސް ފައިސާއެއް ލިބުނު ކަން އެނގޭކަށް ނެތް: އޮޑިޓް ރިޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް