Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ-ތުރުކީ

ރާއްޖެއާއި ތުރުކީއާ ދެމެދު ވެފައިވާ ވިޔަފާރިގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފި

1 އޯގަސްޓު 2026 | ހޮނިހިރު 11:03

ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސޮއިކުރި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް އަމަލުކުރަން ފެށުމާއެކު، ރާއްޖޭގެ މަހުގެ ބާވަތްތައް ހިމެނޭހެން 75 ބާވަތެއް އެ ގައުމަށް އެކްސްޕޯޓް ކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުމޭ. މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ އިގުތިޞާދީ ގުޅުން ބަދަހިވެ، ތުރުކީން އެތެރެކުރާ މުދާ ހެޔޮ އަގުގައި ލިބުމުގެ ފުރުސަތު ދިވެހި ވިޔަފާރިވެރިންނަށް ފަހިވެގެންދާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެ

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 1 އޯގަސްޓު 2026 | ހޮނިހިރު 11:03
ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސޮއިކުރި ވިޔަފާރި އެއްބަސްވުމަށް މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައި

ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސޮއިކުރި ވިޔަފާރި އެއްބަސްވުމަށް މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައި | ރައީސް އޮފީސް

ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސޮއިކުރި ވިޔަފާރި އެއްބަސްވުމަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ. 

ހޮނިހިރު ދުވަހު އިކޮނޮމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖެ އާއި ތުރުކީގެ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް 1 އޮގަސްޓް 2026 ގައި ރަސްމީކޮށް ފަށާފައިވާ ކަމަށެވެ. އަދި މި އެގްރީމަންޓްއަކީ ދެ ގައުމުގެ ވިޔަފާރި، އިންވެސްޓްމަންޓް އަދި އިގުތިޞާދީ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. 

Advertisement - newsAdvertisement

މި އެގްރީމަންޓްގައި ސޮއި ކުރީ 2 ގައުމުގެ ޓްރޭޑް މިނިސްޓްރީގެ ފަރާތުން 4 ނޮވެންބަރު 2024 ގައި އެވެ. މިއެއްބަސްވުމަށް އަމަލުކުރަން ފެށުމަށްޓަކައި ރާއްޖެއާއި ތުރުކީވިލާތުގެ ސަރުކާރުން ފުރިހަމަކުރަން ޖެހޭ ގާނޫނީ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މި އެއްބަސްވުމުގެ ދަށުން 75 ބާވަތެއް އެކްސްޕޯޓް ކުރުމުގައި ލުއި ލިބޭނެ އެވެ. އަދި ތުރުކީން އެތެރެކުރާ މުދާ، ދިވެހި ވިޔަފާރިވެރިންނަށް ހެޔޮ އަގުގައި އިމްޕޯޓް ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް ވެސް ބުނެފައިވެ އެވެ. 

މިކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތައް 85 މިލިއަންނަށް ވުރެ ގިނަ ފަރާތްތަކަށް އެކްސްޕޯޓް ކުރެވޭނެ ކަމަށެވެ. 

ދިވެހިރާއްޖެ-ތުރުކީވިލާތްޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓްއެމްޓީޕީޓީއޭ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

27 ޑިސެމްބަރު 2025

''ދަރުމަވަންތަ މަނަވަރު'' ގެނައުމުގައި އަޑި ނޭނގޭ ޑީލެއް އޮންނާނެ، މި މައްސަލާގައި ރައީސް މުއިއްޒަށް ދައުވާ އުފުލޭ ދުވަސް އަންނާނެ: ވަކީލް ނިޝާން

27 ޑިސެމްބަރު 2025
''ދަރުމަވަންތަ މަނަވަރު'' ގެނައުމުގައި އަޑި ނޭނގޭ ޑީލެއް އޮންނާނެ، މި މައްސަލާގައި ރައީސް މުއިއްޒަށް ދައުވާ އުފުލޭ ދުވަސް އަންނާނެ: ވަކީލް ނިޝާން
30 މާރިޗު 2017

ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

30 މާރިޗު 2017
ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި
22 މާރިޗު 2017

ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލަކީ މަޖިލީސް، މަސީހު ބަދަލުކުރެވޭނެ:ޕާޓީތައް

22 މާރިޗު 2017
ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލަކީ މަޖިލީސް، މަސީހު ބަދަލުކުރެވޭނެ:ޕާޓީތައް
15 މާރިޗު 2017

އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި

15 މާރިޗު 2017
އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި
09 މާރިޗު 2017

މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު

09 މާރިޗު 2017
މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
19 ފެބުރުއަރީ 2017

ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

19 ފެބުރުއަރީ 2017
ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި
04 ފެބުރުއަރީ 2017

މަރުވެފައިވާ ބަޔަކަށް އެލަވަންސް ދޫކޮށްފި

04 ފެބުރުއަރީ 2017
މަރުވެފައިވާ ބަޔަކަށް އެލަވަންސް ދޫކޮށްފި
02 ފެބުރުއަރީ 2017

ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

02 ފެބުރުއަރީ 2017
ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް