Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އދ. ދިގުރަށް

ކުރީ ސަރުކާރުން ފަށާފައިވާ ދިގުރަށު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މި ސަރުކާރު އައި ފަހުން އޮތީ ހުއްޓިފައި

އދ. ދިގުރަށުގެ ބަނދަރުގެ ޖާގަ އިތުރުކުރުމަށް ފަށާފައިވާ މަސައްކަތް ސަރުކާރު ބަދަލުވުމާއެކު ވަނީ ހުއްޓިފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2025 | ބުރާސްފަތި 13:32
އަދ. ދިގުރަށް: ކުރީ ސަރުކާރުން ފަށާފައިވާ ދިގުރަށު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މި ސަރުކާރު އައިފަހުން ހުރީ ހުއްޓިފައިވާކަން ކައުންސިލް ރައީސް އުސްމާން ވިދާޅުވި

އަދ. ދިގުރަށް: ކުރީ ސަރުކާރުން ފަށާފައިވާ ދިގުރަށު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މި ސަރުކާރު އައިފަހުން ހުރީ ހުއްޓިފައިވާކަން ކައުންސިލް ރައީސް އުސްމާން ވިދާޅުވި

ރައީސް އިބުރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރު ބަދަލުވިފަހުން އދ. ދިގުރަށުގެ ބަނދަރުގެ ޖާގަ އިތުރުކުރުމަށް ފަށާފައިވާ މަސައްކަތް ހުއްޓުނު ގޮތަށް އެތަނުގެ މަސައްކަތް އެއްވެސް ވަރަކަށް ކުރިޔަށް ނުދާ ކަމަށް އެރަށު ކައުންސިލްގެ ރައީސް އިބުރާހީމް އުސްމާން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ 'ހާލު ކިހިނެއް' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އުސްމާން ވިދާޅުވީ އެ ރަށުގެ ބަނދަރުގެ ދަތިކަން ވަރަށް ބޮޑަށް ހުރުމުން ޞާލިހުގެ ސަރުކާރުން އެކަމަށް ހައްލެއް ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި ކަމަށާއި އެހެން ނަމަވެސް ސަރުކާރު ބަދަލުވި ފަހުން ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ވަނީ ހުއްޓިފައި ކަމަށެވެ.

Advertisement - newsAdvertisement

އުސްމާން ވިދާޅުވީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރީ ސަރުކާރުން ވަރަށް ބާރު ސްޕީޑުގައި ކުރިޔަށް ގެންދިޔަ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރު ބަދަލުވެ، މި ސަރުކާރު އައި ފަހުން މިހާތަނަށް އަހަރަކާއި ނުވަރަކަށް މަސް ވެގެން ދިޔައިރުގައި ވެސް އެތަނުގެ އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަން އޭނާ ފާހަގަކުރެއްވި އެވެ.

ދިގުރަށުގެ ބަނދަރުގެ ޖާގަ ކުޑަވުމުން ދިމާވާ ދަތިތަށް ފާހަގަކުރައްވަމުން އުސްމާން ވިދަޅުވީ ބަނދަރުގެ ދަތިކަން ހުރުމުން އެކަމުގެ އުނދަގޫ ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރަމުން އަންނަކަމަށާއި އެހެން ކަމުން ބަނދަރު ކުޑަވުމުން ދިމާވާ ދަތިތަކަށް ވަރަށް އަވަހަށް ހައްލެއް ބޭނުންވާ ކަމަށެވެ.

އުސްމާން ވިދާޅުވީ ދިގުރަށަކީ ވަރަށް ގިނަ އޮޑިދޯނިފަހަރު ވެސް އޮންނަ ރަށެއް ކަމަށާއި އެގޮތުން ކުރިން އޮތް ކުޑަ ބަނދަރު އޮތް ގޮތުން އޮޑިދޯނިފަހަރު ގެންގުޅޭ ފަރާތްތަކަށް އެކަމުގެ ދަތިކަން ވަރަށް ބޮޑަށް ފޯރާކަމަށެވެ.

އެހެން ނަމަވެސް ކުރީ ސަރުކާރުން ފެށި ބަނދަރުގެ މަޝްރޫއުގެ ތެރެއިން އޮޑިދޯނިފަހަރު ގާތްކޮށްލެވޭ ގޮތަށް ޖެޓީގެ ބޮޑުބައެއް ހުރީ ނިމިފައި ކަމަށާއި އެއީ ބަނދަރުގެ ދަތިތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައަކާއި ހައްލެއް ކަމަށް އުސްމާނު ވިދާޅުވި އެވެ.

އުސްމާން ވިދާޅުވީ ބަނދަރުގެ މަޝްރޫއު ރައީސް ޞާލިހުގެ ސަރުކާރުން ފަށާފައި ވަނީ މިހާރު އޮތް ބަނދަރާއި ގުޅުވައިގެން ދިގުމިނަށް 523 ފޫޓު އަދި ފުޅާމިނަށް 250 ފޫޓު އިތުރަށް ބޮޑުކުރާ ގޮތަށް ކަމަށާއި އަދި ބޭރުން ޖެޓީއެއް ވެސް ތަރައްގީކުރާ ގޮތަށް ކަމަށެވެ.

އެހެން ނަމަވެސް ކުރީ ސަރުކާރުން ފަށާފައިވާ އެ މަޝްރޫއުގެ މަސައްކަތް މި ސަރުކާރު އައި ހިސާބުން ހުއްޓިފައިވާ ކަމަށް އުސްމާން ވިދާޅުވި އެވެ.

ބަނދަރުގެ މަޝްރޫއަކީ ރައީސް ޞާލިހުގެ ސަރުކާރުން ފެށި މަޝްރޫއެއް. އެއީ މިހާރު އޮތް ބަނދަރު ކުޑަކަމުން ރަށުގެ ރައްޔިތުންނަށް އެކަމުގެ ދަތިކަން ހުރުމުން ކުރީ ސަރުކާރުން ފައްޓަވައިދެއްވި މަޝްރޫއެއް. ބަނދަރަށް އިތުރުކުރުމަށް ނިންމީ ދިގުމިނުގައި 523 ފޫޓް އަދި ފުޅާ މިނުގަ 250 ފޫޓު ހުންނަވަރަށް. އެއީ ޖެޓީ އަކާ ވެސް އެކު.
ދިގުރަށު ކައުންސިލްގެ ރައީސް އިބުރާހީ މް އުސްމާން

އުސްމާން އިތުރަށް ވިދާޅުވީ ކައިރިމުސްތަގުބަލެއްގައި ރައީސް މުއިއްޒު ވެސް އެ ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި އެހެން ނަމަވެސް ބަނދަރު އަދި ތަރައްގީވެފަ އޮތް ވަރައްބަލާއިރު، އެތަން ހުޅުވައި ރިނބަން ކަނޑާލެވޭވަރު އަދި ނުވާނޭ ކަމަށެވެ.

ދިގުރަށަކީ ކުރީ ސަރުކާރުން ވަރަށް ގިނަ ބޮޑެތި މަޝްރޫއުތަކެއް ހިންގަމުން އައި ރަށެކެވެ. އެހެން ނަމަވެސް ސަރުކާރު ބަދަލުވެ، ރައީސް މުއިއްޒުގެ މި ސަރުކާރު އައިފަހުން އެ ހުރިހާ މަޝްރޫއުތަކެއް ވެސް ހުރީ ހުއްޓިފަ އެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުއދ. ދިގުރަށްއިބްރާހިމް ހުސެއިންބަނދަރު މަޝްރޫޢުދިއްގަރު ކައުންސިލްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު