Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަޑެއްލާ

"މިދިޔަ ފެބްރުއަރީ މަހު ފަށާނެ ކަމަށް ބުނި ނަޑެއްލާ ބަނދަރު އަދިވެސް ނުފެށޭ"

ރައީސް މުއިއްޒު ފެބްރުއަރީ މަހު ބަނދަރު ފަށަން ދެއްވި މުއްދަތު ފަހަނަ އަޅާ ވަނީ ގޮސްފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 10 އޮކްޓޯބަރު 2025 | ހުކުރު 08:12
ގދ.ނަޑެއްލާ ކައުންސިލްގެ ރައީސް މުހައްމަދު އަންޝައު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަނީ 10.09.2025

ގދ.ނަޑެއްލާ ކައުންސިލްގެ ރައީސް މުހައްމަދު އަންޝައު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަނީ 10.09.2025

މިދިޔަ ފެބްރުއަރީ މަހު ފަށާނެ ކަމަށް ބުނި ނަޑެއްލާ ބަނދަރު އަދިވެސް ނުފެށޭ ކަމަށާއި އެއީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ގދ.ނަޑެއްލާ ކައުންސިލްގެ ރައީސް މުހައްމަދު އަންޝައު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ހުކުރު ދުވަހު، ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

މިދިޔަ ޖެނުއަރީ މަހު ނަޑެއްލާ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ބަނދަރުގެ މަސައްކަތް މިދިޔަ ފެބްރުއަރީ މަހު ފަށާނެ ކަމަށެވެ. އެހެންނަމަވެސް އެކަން ކުރެވިފައި ނުވާކަން ނަޑެއްލާ ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

ގދ. ނަޑެއްލާގެ ކުރިއެރުމާއި ތަރައްޤީއަށް ރައްޔިތުން ބޭނުންވާ އެންމެ މުހިއްމު ކަންކަން މި އަހަރު ފަށްޓަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. ނަމަވެސް އަމަލީ މަސައްކަތްތައް ކުރިއަށް ދާތަން ނުފެންނާތީ ހުސް ވައުދުތަކަކުން އާއްމުން ކުރާނެ ކަމެއް ނެތް ކަމަށް ކައުންސިލް ރައީސް ވަނީ ވިދާޅުވެފައެވެ.

"ރައްޔިތުންނެއް ޤަބޫލެއް ނުކުރޭ. އަޅުގަނޑުމެންނަށް ޤަބޫލެއް ނުކުރެވޭ. އެއީ މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ވައުދުތަކެއް ވެ އެ ވައުދުތައް ނުފުއްދި ދަނީ." އޭނާ ވިދާޅުވިއެވެ.

ނަޑެއްލާގައި މިހާރު ބޭނުންކުރަމުން ދަނީ 2008 ވަނަ އަހަރު ހަދާފައިވާ ކުޑަ ބަނދަރެވެ. އެހެންކަމުން އެ ރަށަށް އެކަށީގެންވާ ފެންވަރުގެ ބަނދަރެއްގެ މުހިންމުކަން ވަރަށް ބޮޑެވެ.

މީގެ އިތުރުން ރައްޔިތުން މާޔޫސްވާ ގޮތަށް އެތައް ކަމެއް ހިނގަމުންދާ ކަަމަށް އޭނާ ވިދާޅުވިއެވެ. ނަޑެއްލާ ކައުންސިލްގެ އިޙްތިސާސްގައި 7 ފަޅު ރަށް އޮތް ނަމަވެސް އެ ފަޅު ރަށްތަކުން ނަފާ ހޯދަން ރާވާފައިވާ ކަންކަން ކުރެވޭނެ ގޮތެއް ވެސް ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންނަށް ބިންތައް ކުއްޔަށް ދޭން ބޭނުންވިޔަސް އެކަން ކޮށްދޭނެ ގޮތެއް މި ވަގުތު ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ބޭނުން ވަނީ އަމަލީ ގޮތުން ކުރާ މަސައްކަތް ފެނި ރައްޔިތުންނަށް ފަސޭހަ ވާނެ ގޮތްތަކެއް ފެނުން ކަމަށާއި މި ސަރުކާރާއި އެކުގައި އަދި އެ މަންޒަރު ނުފެންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ނަޑެއްލާމުހައްމަދު ޖައުޝަން ރައީސް މުއިއްޒުބަނދަރު މަޝްރޫޢުފަޅުރަށްތައްބިން ކުއްޔަށްދިނުން

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު