Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޮޑުތަކުރުފާނުމަގު

މާލޭ ބޮޑުތަކުރުފާނު މަގުން ހެދި ބައި ހުޅުވި އިރު ފެން ހިންދާ ނިޒާމެއް ނެތް!

30 ޖުލައި 2026 | ބުރާސްފަތި 16:29

ބޮޑުތަކުރުފާނުމަގުގެ ދެވަނަ ސެގްމަންޓް ހުޅުވި ނަމަވެސް، ފެން ހިންދާ ނިޒާމު ފުރިހަމަނުވާތީ ވާރޭވެހުމާއެކު އެ ސަރަހައްދުގައި ފެންބޮޑުވެ އާންމުންނަށް ވަނީ ދަތިތަކާ ކުރިމަތިވެފައި. މިކަމާ ގުޅިގެން އެމްޓީސީސީން ބުނީ އަންނަ މަހުގެ 15 ގެ ކުރިން ޕަމްޕު ސްޓޭޝަންތައް ބަހައްޓައި ނިންމާނެ ކަމަށާއި، މުޅި މަޝްރޫއު ނޮވެމްބަރު މަހަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް

ރާއްޖެ އެމްވީ | 30 ޖުލައި 2026 | ބުރާސްފަތި 16:29
ބޮޑުތަކުރުފާނު މަގުގައި ޕަމްޕް ސްޓޭޝަންގެ މަސައްކަތް ކުރަނީ

ބޮޑުތަކުރުފާނު މަގުގައި ޕަމްޕް ސްޓޭޝަންގެ މަސައްކަތް ކުރަނީ | އެމްޓީސީސީ

މާލޭ ބޮޑުތަކުރުފާނުމަގުން މި ސަރުކާރުން ހެދި ދެވަނަ ބައި ހުޅުވި އިރު އެތަނުގައި ފެން ހިންދާ ނިޒާމު ގާއިމުވެފައި ނެތް ކަން ހާމަ ވެއްޖެ އެވެ.

މަޝްރޫއެއް ނިންމާ ހުޅުވާލުމުގެ މާނައަކީ އެތަނެއް ފުރިހަމަކޮށްފައި އޮތުން ކަމަށް ވިސްނިފައި އޮތް ނަމަވެސް މާލޭ ބޮޑުތަކުރުފާނުމަގުން ހެދި ބައި ހުޅުވާލާފައިވަނީ މުޅިން މަސައްކަތް ނުނިމެނީސްކަން އާންމުންނަށް އެނގުނީ ބުރާސްފަތި ދުވަހު މާލެ އަށް ވެހުނު ވާރޭ އާ އެކު އެ މަގުގައި ވަރަށް ބޮޑަށް ފެންހެދުމުންނެވެ.

އާންމުންނަށް އެކަމުން އުނދަގޫވެ، މީސް މީޑިއާ ގައި ފާޑުކިޔަން ފެށުމާއެކު ސަރުކާރުން ބުނެފައިވަނި ބޮޑުތަކުރުފާނުމަގުގައި ފެންބޮޑުވަނީ އެ މަގުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ 3 ޕަމްޕު ސްޓޭޝަންގެ މަސައްކަތް ނުނިމޭތީކަމަށެވެ.

ފެން ބޮޑުވުމާ ގުޅިގެން މި މަސައްކަތް ހަވާލު ކޮށްފައިވާ އެމްޓީސީސީ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަންނަމަހުގެ 15 ވަނަ ދުވަހުގެ ކުރިން ބޮޑުތަކުރުފާނުމަގުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ 3 ޕަމްޕު ސްޓޭޝަން ބަހައްޓައި ޓެސްޓުކޮށް އަދި ކޮމިޝަންކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި މުއްދަތުގައިވެސް މާލެއަށް ކުރާ މޫސުމީ ވިއްސާރައާ ގުޅިގެން ބޮޑުތަކުރުފާނުމަގުގައި ފެން ބޮޑުވާނަމަ ފެން ހިންދުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން ގެންދާނެކަމަށް ވެސް ބުނެފައިވެ އެވެ.

ފަސް ބަޔަށް ބަހައިގެން ހަދަމުންދާ ބޮޑުތަކުރުފާނު މަގުގެ ބާކީއޮތް އެމް.ޕީ.އެލް. އިން ފެށިގެން ގޮސް ސުނާމީ ބިނާއާ ހަމަޔަށް އޮތް ސެގްމަންޓް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި، ފަޅުތެރޭގައި ހައެއްކަ ޖެޓީ އޮންނަ ގޮޮތައް ހުރިހާ ލޯންޗުތަކުން ސީދާ އެއްގަމަށް ކައިރިކުރެވޭ ގޮތަށް ރޭވިފައިވާ މަސައްކަތާ އެކީގައި، ނޮވެންބަރު މަސް ނިމެންވާއިރަށް ނިންމައި، މުޅި ބޭރުމަގާއި ފަޅުތެރޭގެ މަސައްކަތް ނިންމާލާނެ ކަމަށް ރައީސް މުއިއްޒު ވަނީ މިމަހުގެ 29 ވަނަ ދުވަހު "ނޭޝަންސް ޗެޓް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވިދާޅުވެފަ އެވެ.

މި ސަރުކާރުގެ ކޮންމެ ކަމެއް ކުރަނީ ވަށާ ޖެހޭ ގޮތަށް، ހުރިހާ ކަމެއް ވަރަށް ފުރިހަމަ އަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އާއްމުކޮށް ވިދާޅުވަމުން ގެންދާކަން ފާހަގަ ކުރެވެ އެވެ.

ބޮޑުތަކުރުފާނުމަގުއެމްޓީސީސީމާލެ

އިތުރަށް ކިޔާލަން

30 ޖުލައި 2026

ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން ނާލާފުށީ ފިޓްނަސް ސެންޓަރުގެ މަސައްކަތް ހުއްޓިފައި!

30 ޖުލައި 2026
ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން ނާލާފުށީ ފިޓްނަސް ސެންޓަރުގެ މަސައްކަތް ހުއްޓިފައި!
27 ޖުލައި 2026

މ. ނާލާފުށި ބިން ހިއްކުން: ނިންމި ބައުންޑްރީ ވޯލް ވެސް މިހާރު އޮތީ ގިރައިގެން ގޮސް މޫދާ އެއްވަރަށް ތިރިވެފައި!

27 ޖުލައި 2026
މ. ނާލާފުށި ބިން ހިއްކުން: ނިންމި ބައުންޑްރީ ވޯލް ވެސް މިހާރު އޮތީ ގިރައިގެން ގޮސް މޫދާ އެއްވަރަށް ތިރިވެފައި!
26 ޖުލައި 2026

މާލެ އަށް އުދަ އެރުމުގެ ސަބަބުން އުޅަނދު ފަހަރާއި، ބައެއް ތަންތަނަށް ވެސް ގެއްލުންވެއްޖެ

26 ޖުލައި 2026
މާލެ އަށް އުދަ އެރުމުގެ ސަބަބުން އުޅަނދު ފަހަރާއި، ބައެއް ތަންތަނަށް ވެސް ގެއްލުންވެއްޖެ
25 ޖުލައި 2026

މިދިޔަ އަހަރު އަމަލީ މަސައްކަތް ފަށާނެކަމަށް ރައީސް ވިދާޅުވި ކޯޓު ކޮމްޕްލެކްސްގެ މަޝްރޫއު ހަވާލުކޮށްލެވުނީ އަދި ކިރިޔާ!

25 ޖުލައި 2026
މިދިޔަ އަހަރު އަމަލީ މަސައްކަތް ފަށާނެކަމަށް ރައީސް ވިދާޅުވި ކޯޓު ކޮމްޕްލެކްސްގެ މަޝްރޫއު ހަވާލުކޮށްލެވުނީ އަދި ކިރިޔާ!
25 ޖުލައި 2026

"މުއިއްޒު ސްޕީޑު" ގައި ތާރުއެޅި އަމީނީ މަގު ދެވަނަ ފަހަރަށް މަރާމާތުކުރަން ޖެހިއްޖެ

25 ޖުލައި 2026
"މުއިއްޒު ސްޕީޑު" ގައި ތާރުއެޅި އަމީނީ މަގު ދެވަނަ ފަހަރަށް މަރާމާތުކުރަން ޖެހިއްޖެ
23 ޖުލައި 2026

ހުޅުމާލެ ފޭސް 2ގައި ބަސް ސްޓޮޕްތައް ގާއިމްކޮށްދިނުމަށް ސިޓީ ކައުންސިލުން އެމްޓީސީސީގައި އެދިއްޖެ

23 ޖުލައި 2026
ހުޅުމާލެ ފޭސް 2ގައި ބަސް ސްޓޮޕްތައް ގާއިމްކޮށްދިނުމަށް ސިޓީ ކައުންސިލުން އެމްޓީސީސީގައި އެދިއްޖެ
22 ޖުލައި 2026

މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނާއި އެ ރަށްރަށުގެ ކައުންސިލްތަކުން ބައްދަލުކުރަން ހިލޭ ޖާގަ ހަމަޖައްސައިދޭން ސިޓީ ކައުންސިލުން ނިންމައިފި

22 ޖުލައި 2026
މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނާއި އެ ރަށްރަށުގެ ކައުންސިލްތަކުން ބައްދަލުކުރަން ހިލޭ ޖާގަ ހަމަޖައްސައިދޭން ސިޓީ ކައުންސިލުން ނިންމައިފި
21 ޖުލައި 2026

ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް އިރުއިރުކޮޅާ ފައިސާ ކެނޑޭ މެސެޖުތައް ލިބެނީ ބޭންކުގެ މައްސަލައަކުން: އެމްޓީސީސީ

21 ޖުލައި 2026
ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް އިރުއިރުކޮޅާ ފައިސާ ކެނޑޭ މެސެޖުތައް ލިބެނީ ބޭންކުގެ މައްސަލައަކުން: އެމްޓީސީސީ
17 ޖުލައި 2026

ކޮންމެ އަހަރަކު މާލެއަށް އާ 2،000 ކުދިން، ރަށްރަށުގައި އަޅާ މަލްޓިޕާޕަސް ހޯލުތަކަށް ވަންނާނީ ފުރޭތަތަ؟

17 ޖުލައި 2026
ކޮންމެ އަހަރަކު މާލެއަށް އާ 2،000 ކުދިން، ރަށްރަށުގައި އަޅާ މަލްޓިޕާޕަސް ހޯލުތަކަށް ވަންނާނީ ފުރޭތަތަ؟
17 ޖުލައި 2026

މާލޭ މަގުތައް ޒަމާނީކޮށް ތަރައްޤީކުރުމަށް ހިންގާ ފުރަތަމަ ބިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް، ލަސްވެގެން 2027 ގެ ކުރީކޮޅު ފެށޭނޭކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

17 ޖުލައި 2026
މާލޭ މަގުތައް ޒަމާނީކޮށް ތަރައްޤީކުރުމަށް ހިންގާ ފުރަތަމަ ބިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް، ލަސްވެގެން 2027 ގެ ކުރީކޮޅު ފެށޭނޭކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް