Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފޯމިއުލާ ވަން

ފޯމިއުލާ ވަން: މެލޭޝިއާ ޖީޕީގެ އެއްވަނަ ހޯދީ ވާސްޓެޕަން

56 ލެޕްގެ މި ރޭސް ވާސްޓެޕަން ނިންމާފައިވަނީ އެއް ގަޑިއިރާ ތިރީސް މިނެޓުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 2 އޮކްޓޯބަރު 2017 | ހޯމަ 10:33
މެލޭޝިއަން ޖީޕީ ކާމިޔާބުކުރި ވާސްޓެޕަން

މެލޭޝިއަން ޖީޕީ ކާމިޔާބުކުރި ވާސްޓެޕަން

ފޯމިއުލާ ވަންގެ މެލޭޝިއާ ގްރޭންޑް ޕްރީ ނެދަލޭންޑްސްގެ މެކްސް ވާސްޓެޕަން ކާމިޔާބު ކޮށްފިއެވެ.

މެލޭޝިއާގެ "ސޭޕަންގް އިންޓަނޭޝަނަލް ސާކިޓް" ގައި ކުރިޔަށް ދިޔަ މި ރޭސް ރެޑްބުލް ރޭސިންއަށް ނިސްބަތްވާ ވާސްޓެޕަން ކާމިޔާބު ކޮށްފައިވަނީ މާސިޑީސްގެ ލުއިސް ހެމިލްޓަންއާ ހަމަ އޭނާގެ ޓީމުގެ ޑެނިއެލް ރިކާޑޯ ފަހަތަށް ޖައްސާލުމަށް ފަހުއެވެ.

56 ލެޕްގެ މި ރޭސް ވާސްޓެޕަން ނިންމާފައިވަނީ އެއް ގަޑިއިރާ ތިރީސް މިނެޓުންނެވެ. އޭނާގެ ފަހަތުން ދެވަނައަށް ނިންމި މާސިޑީސް ރޭސިންގެ ލުއިސް ހެމިލްޓަންއަށް ރޭސް ނިންމުނީ ވާސްޓެޕަންއަށް ވުރެ 12 ސިކުންތު ފަހުންނެވެ. އަދި ތިންވަނައަށް ރޭސް ނިންމި ރެޑްބުލް ރޭސްންގެ ޑެނިއެލް ރިކާޑޯއަށް ރޭސް ނިންމާލެވިފައިވަނީ ވާސްޓެޕަންއަށް ވުރެ 22 ސިކުންތު ލަހުންނެވެ.

ފޯމިއުލާ ވަން ވޯލްޑް ޗެމްޕިއަންޝިޕުގައި ހެމިލްޓަންއާ އެންމެ ބޮޑަށް ވާދަކުރަމުން އަންނަ ފެރާރީގެ ސެބެސްޓިއަން ވެޓެލް އެންމެ ފަހަތުގައި އޮވެގެން ރޭސް ފެށިއިރު އޭނާއަށް ރޭސް ނިންމާލެވުނީ ހަތަރު ވަނައިގައެވެ.

ރޭސް ނިންމާލުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ވާސްޓެޕަން ބުނެފައިވަނީ އޭނާގެ 20 ވަނަ އުފަންދުވަހުގެ ހަދިޔާއަކަށް ރޭހުން އެއްވަނަ ލިބުމަކީ ވަރަށް އުފާވާ ކަމެއް ކަމަށާއި ބާކީ ހުރި ރޭސްތަކުގައި ރަނގަޅު ނަތީޖާއެއް ނެރެ އަންނަ ސީޒަނުގައި ޗެމްޕިއަންޝިޕަށް ވާދަކުރަން ބޭނުންވާ ކަމަށެވެ. އަދި ރޭސް ފެށިއިރު ރޭސް ކާމިޔާބު ކުރެވިދާނެ ކަމުގެ އެއްވެސް އުއްމީދެއް ވެސް ނެތް ކަމަށް ވާސްޓެޕަން ބުނެފައިވެއެވެ.

ފޯމިއުލާ ވަން ވޯލްޑް ޗެމްޕިއަންޝިޕްގެ އެއްވަނައިގައި ހެމިލްޓަން އޮތީ 281 ޕޮއިންޓާއެކެއެވެ. ފެރާރީގެ ޑްރައިވަރު ވެޓެލް އޮތީ 247 ޕޮއިންޓާއެކު ދެވަނައިގައެވެ. އަދި 222 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ މާސިޑީސްގެ ވަލްޓޭރީ ބޯޓާސްއެވެ.

ޓީމުތަކުގެ ރޭންކިންގެ އެއްވަނައިގައި 503 ޕޮއިންޓާއެކު މާސިޑީސް އޮތްއިރު 385 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ފެރާރީއެވެ. ފޯމިއުލާ ވަންގެ ސީޒަނުގައި ބާކީ ފަސް ރޭސް އޮތްއިރު ދެން ރޭހެއް ދެން އޮންނާނީ އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހު ޖަޕާނުގެ "ސުޒުކާ ސާކިޓް" ގައެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
31 ޖެނުއަރީ 2017

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު