Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާގު

އިރާގުގެ ނޫޖަބާ ޖަމާއަތުން އެމެރިކާއާއި ސައުދީއަށް އިންޒާރު، "ބޮޑު އަގަކުން ބަދަލު ހިފާނަން"

29 ޖުލައި 2026 | ބުދަ 18:25

އިރާގުގެ އެކި ސަރަހައްދުތަކަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެން، އެމެރިކާގެ އަސްކަރީ މަރުކަޒުތައް އެ ގައުމުން ބޭރުކުރުމަށާއި ސައުދީ އަރަބިއްޔާއާ އޮންނަ ގުޅުން ކަނޑާލުމަށް ނޫޖަބާ މޫވްމަންޓުން ވަނީ ގޮވާލާފައި. މި ހަމަލާތަކަކީ އިރާގުގެ އިސްތިގުލާލަށް އަރައިގަތުން ކަމަށް ބުނެ އެ ޖަމާއަތުން ބަދަލުހިފާނެ ކަމުގެ އިންޒާރު ދީފައިވާއިރު، އިރާގުގެ ރައީސް ވެސް ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ދިން މި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފަ

ރާއްޖެ އެމްވީ | 29 ޖުލައި 2026 | ބުދަ 18:25
ޢިރާޤުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ވަގުތުން އެ ޤައުމުން ބޭރުކުރުމަށް، ޢިރާޤުގެ ހަރަކާތު ހިޒްބުﷲ އަލް-ނޫޖަބާ ޖަމާއަތުން ގޮވާލައިފި

ޢިރާޤުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ވަގުތުން އެ ޤައުމުން ބޭރުކުރުމަށް، ޢިރާޤުގެ ހަރަކާތު ހިޒްބުﷲ އަލް-ނޫޖަބާ ޖަމާއަތުން ގޮވާލައިފި | ޕްރެސްޓީވީ

އިރާގުގެ ނޫޖަބާ މޫވްމަންޓުން އެމެރިކާއާއި ސައުދީ އަރަބިއްޔާއަށް އިންޒާރުދީ، އެ ގައުމުތަކުގެ މަސްލަހަތުތަކަށް "ބޮޑު އަގަކުން ބަދަލު ހިފާނެ" ކަމަށް ބުނެފި އެވެ. މި އިންޒާރު ދީފައިވަނީ އިރާގުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ރޭގަނޑުގެ ވަގުތެއްގައި ދިން ވައިގެ ހަމަލާތަކުގައި މަދުވެގެން 20 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވުމާ ގުޅިގެންނެވެ.

ބުދަ ދުވަހު ނެރުނު ބަޔާނެއްގައި، އިރާގުގެ ހަރަކާތު ހިޒްބުﷲ އަލް-ނޫޖަބާއިން ވަނީ ބަޣުދާދު، ބަސްރާ، ކަރުބަލާ، ކިރްކޫކް އަދި ނިނުވެހް ހިމެނޭހެން އެކި ޕްރޮވިންސްތަކަށް އެމެރިކާއާއި ސައުދީން ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

ޢިރާޤުގެ ދިޔާލާ ޕްރޮވިންސްގެ އަލް-މިޤްދާދިއްޔާ ޑިސްޓްރިކްޓްގެ އުތުރު ސަރަޙައްދަށް 2026 ޖުލައި 29 ވަނަ ދުވަހު ދިން ހަމަލާއެއްގައި ގެއްލުން ލިބުނު ސަރަހައްދެއްގައި ސަލާމަތީ ބާރުތަކާއި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ.

ޢިރާޤުގެ ދިޔާލާ ޕްރޮވިންސްގެ އަލް-މިޤްދާދިއްޔާ ޑިސްޓްރިކްޓްގެ އުތުރު ސަރަޙައްދަށް 2026 ޖުލައި 29 ވަނަ ދުވަހު ދިން ހަމަލާއެއްގައި ގެއްލުން ލިބުނު ސަރަހައްދެއްގައި ސަލާމަތީ ބާރުތަކާއި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ. | އޭއެފްޕީ

އެ ހަރަކާތުން ވަނީ އިރާގުގެ ބިމުން އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކާއި ހެޑްކުއާޓަރުތައް ވަގުތުން ބޭރުކުރުމަށް ގޮވާލާފަ އެވެ. އަދި އެމެރިކާގެ އަސްކަރީ ހާޒިރީއަކީ ގައުމުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް "ދާއިމީ އަދި ނުރައްކާތެރި ބިރެއް" ކަމަށް އެ ޖަމާއަތުން ސިފަކޮށްފައިވެ އެވެ.

މީގެ އިތުރުން، ސައުދީ އަރަބިއްޔާއަކީ އިރާގާ ދެކޮޅަށް ހިންގާ ޓެރަރިޒަމްގެ މައިގަނޑު ސްޕޮންސަރެއް ކަމަށް ބުނެ، އެ ގައުމާއެކު އޮންނަ ހުރިހާ ގުޅުންތަކެއް ވަގުތުން މެދުކަނޑާލުމަށް ބަޣުދާދު ސަރުކާރަށް ނޫޖަބާ މޫވްމަންޓުން ވަނީ ގޮވާލާފަ އެވެ.

މި ހަމަލާތަކާ ގުޅިގެން އިރާގު ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ފާޑުކިޔަމުން އެ ޖަމާއަތުން ބުނީ، ހަމައެކަނި "ރުޅިވެރިކަމުގެ ބަޔާންތަކާއި ކުށްވެރިކުރުމުގެ" ބަދަލުގައި އަމަލީ ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި މިފަދަ ބަޔާންތަކުގެ ސަބަބުން އިތުރު ހަމަލާތައް ދިނުމަށް ބާރު ލިބޭ ކަމަށްވެސް ބުނެފައިވެ އެވެ.

އިރާގުގެ ވައިގެ ސަރަހައްދު ރައްކާތެރިކުރުމަށްޓަކައި އެންމެ ޒަމާނީ އެއާ ޑިފެންސް ސިސްޓަމްތައް ވަގުތުން ގާއިމުކުރުމަށާއި، ގައުމުގެ އިސްތިގުލާލު ހިމާޔަތްކުރުމުގައި އިހުމާލުވި ފަރާތްތައް ޖަވާބުދާރީ ކުރުވުމަށްވެސް އެ ޖަމާއަތުން ވަނީ ގޮވާލާފަ އެވެ.

އެމެރިކާއާއި ސައުދީ އަރަބިއްޔާއިން އިރާގުގެ އިސްތިގުލާލަށް އަރައިގަތުމަށް ފުރުސަތު ނުދޭނެ ކަމަށާއި، އެ ގައުމުތަކުގެ މަސްލަހަތުތަކާއި ސަލާމަތަށް ބޮޑު ގެއްލުމެއް ދީގެން ނޫނީ މިކަން ދޫކޮށްނުލާނެ ކަމަށް އެ މޫވްމަންޓުން ވަނީ ބުނެފަ އެވެ.

އިރާގުގެ ރައީސް ނިޒާރު އާމިދީ ވެސް ވަނީ މި ހަމަލާތައް ކުށްވެރިކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ޗާޓަރާ ޚިލާފަށް އިރާގުގެ ރަސްމީ ސަލާމަތީ މުއައްސަސާތަކަށް އަމާޒުކޮށް ދީފައިވާ މި ހަމަލާއަކީ އިރާގުގެ އިސްތިގުލާލަށް އަރައިގަތުން ކަމަށެވެ.

އިރާގުގެ ބިމަކީ އަވަށްޓެރި ގައުމުތަކަށް ހަމަލާދޭން ބޭނުންކުރާ ތަނަކަށް ނުވަތަ ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތައް ނިންމާ މައިދާނަކަށް ހަދައިގެން ނުވާނެ ކަމަށް އާމިދީ ވިދާޅުވި އެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް އިރާގުގެ އިސްތިގުލާލަށް އިހުތިރާމްކުރުމަށާއި، ގައުމުގެ ސަލާމަތާއި ހަމަޖެހުމަށް ބުރޫއަރާފަދަ އަމަލުތަކުން ދުރުހެލިވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.

އިރާގުނޫޖަބާ މޫވްމަންޓްއެމެރިކާ-ސައުދީ އަރަބިއްޔާ

އިތުރަށް ކިޔާލަން

29 ޖުލައި 2026

އީރާނަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދޭނެ ކަމަށް ޓްރަމްޕް އިންޒާރު ދެއްވައިފި

29 ޖުލައި 2026
އީރާނަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދޭނެ ކަމަށް ޓްރަމްޕް އިންޒާރު ދެއްވައިފި
29 ޖުލައި 2026

އެމެރިކާއާއި ސައުދީ އަރަބިއްޔާ ގުޅިގެން އިރާގަށް ދިން ވައިގެ ހަމަލާތައް އީރާނުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

29 ޖުލައި 2026
އެމެރިކާއާއި ސައުދީ އަރަބިއްޔާ ގުޅިގެން އިރާގަށް ދިން ވައިގެ ހަމަލާތައް އީރާނުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި
29 ޖުލައި 2026

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

29 ޖުލައި 2026
ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި
28 ޖުލައި 2026

އިރާގުގެ ސަރަހައްދަކުން ސައުދީގެ ތެޔޮ އުފައްދާ މަރުކަރުތަކަށް ޓާގެޓްކޮށް ޑްރޯން ހަމަލާތަކެއް ދީފި

28 ޖުލައި 2026
އިރާގުގެ ސަރަހައްދަކުން ސައުދީގެ ތެޔޮ އުފައްދާ މަރުކަރުތަކަށް ޓާގެޓްކޮށް ޑްރޯން ހަމަލާތަކެއް ދީފި
27 ޖުލައި 2026

ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް އީރާނަށް ތާއީދުކުރާ އިރާގުގެ ޖަމާއަތަކުން ޑްރޯން ހަމަލާތަކެއް ދީފި

27 ޖުލައި 2026
ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް އީރާނަށް ތާއީދުކުރާ އިރާގުގެ ޖަމާއަތަކުން ޑްރޯން ހަމަލާތަކެއް ދީފި
24 ޖުލައި 2026

'ސާފު އުސޫލެއް': މަރުވާ އީރާނުގެ ކޮންމެ މަދަނީ ރައްޔިތެއްގެ ބަދަލުގައި އެމެރިކާ ސިފައިންގެ މީހަކު މަރާލާނެ ކަމަށް އީރާނުގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

24 ޖުލައި 2026
'ސާފު އުސޫލެއް': މަރުވާ އީރާނުގެ ކޮންމެ މަދަނީ ރައްޔިތެއްގެ ބަދަލުގައި އެމެރިކާ ސިފައިންގެ މީހަކު މަރާލާނެ ކަމަށް އީރާނުގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ
23 ޖުލައި 2026

އެމެރިކާގެ ރާގު ބަދަލުވެ، ސައުދީގެ ނިއުކްލިއަރ ޕްރޮގްރާމް ކުރިއަށް ދާނީ އިސްރާއީލާއެކު ގުޅުން ގާއިމު ކުރުމުން ކަމަށް ޓްރަމްޕް ހާމަ ކުރައްވައިފި

23 ޖުލައި 2026
އެމެރިކާގެ ރާގު ބަދަލުވެ، ސައުދީގެ ނިއުކްލިއަރ ޕްރޮގްރާމް ކުރިއަށް ދާނީ އިސްރާއީލާއެކު ގުޅުން ގާއިމު ކުރުމުން ކަމަށް ޓްރަމްޕް ހާމަ ކުރައްވައިފި
22 ޖުލައި 2026

ޓްރަމްޕް ސައުދީއަށް ޔުރޭނިއަމް މުއްސަނދިކުރުމުގެ ހުއްދަ ދެއްވައިފި

22 ޖުލައި 2026
ޓްރަމްޕް ސައުދީއަށް ޔުރޭނިއަމް މުއްސަނދިކުރުމުގެ ހުއްދަ ދެއްވައިފި
16 ޖުލައި 2026

ސައުދީ އަށް 1.96 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި

16 ޖުލައި 2026
ސައުދީ އަށް 1.96 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި
16 ޖުލައި 2026

އިރާނުގެ އުތުރުގެ ސަރަހައްދުތަކަށް އެމެރިކާ ސިފައިން ވަރުގަދަ ހަމަލާތަކެއް ދީފި

16 ޖުލައި 2026
އިރާނުގެ އުތުރުގެ ސަރަހައްދުތަކަށް އެމެރިކާ ސިފައިން ވަރުގަދަ ހަމަލާތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް