Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފަތުރުވެރިކަން

ފަތުރުވެރިކަން އަދިވެސް ދަށް، މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު 4.6 އިންސައްތަ ދަށް!

27 ޖުލައި 2026 | ހޯމަ 17:56

މިއަހަރުގެ ޖުލައި 22 ގެ ނިޔަލަށް 1.19 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.6 އިންސައްތައިގެ ދަށްވުމެއް. އެންމެ ގިނަ ފަތުރުވެރިން ޗައިނާ އާއި ރަޝިޔާއިން ޒިޔާރަތްކުރި ނަމަވެސް، އަންނަ މިންވަރު މަދުވުމުގެ ކަންބޮޑުވުމާއެކު މަޓާޓޯ އާއި ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ސަރުކާރުގެ އެހީތެރިކަމަށް އެދިފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 27 ޖުލައި 2026 | ހޯމަ 17:56
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވުން: ޖުލައި 22 ގެ ނިޔަލަށް 1.19 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.6 އިންސައްތައިގެ ދަށްވުމެއް

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވުން: ޖުލައި 22 ގެ ނިޔަލަށް 1.19 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.6 އިންސައްތައިގެ ދަށްވުމެއް | ގޫގުލް

ރާއްޖޭގެ ފަތުރުވެރިކަން ކުރިއާ އެއްވަރަށް ރަނގަޅުވެފައިވާ ކަމަށާއި ފަތުރުވެރިކަމުން ލިބޭ ނަފާ އިތުރުވަމުންދާ ކަމަށް މި ސަރުކާރުން ބުނި ނަމަވެސް، މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު އަދިވެސް ދަށް ކަމަށް ޓޫރިޒަމް މިިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީ އިން އާންމު ކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު މި އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.19 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ރިޕޯޓުގައިވާ ގޮތުން، މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޖުމްލަ 1,198,343 (އެއް މިލިއަން އެއް ލައްކަ ނުވަދިހަ އަށް ހާސް ތިން ސަތޭކަ ސާޅިސް ތިން) ފަތުރުވެރިން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.6 އިންސައްތައިގެ ދަށްވުމެކެވެ. 

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓުތަކަށް ބަލާއިރު، ލިސްޓުގެ އެއްވަނައިގައި އޮތީ ޗައިނާ އެވެ. ޗައިނާއިން 201,739 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މާކެޓް ހިއްސާގެ 17.2 އިންސައްތަ އެވެ. ދެވަނައި ގައި 14.6 އިންސައްތަ ހިއްސާއާއެކު ރަޝިޔާ އޮތްއިރު، ތިން ވަނައި ގައި އޮތީ 8.0 އިންސައްތަ ހިއްސާކުރާ އިނގިރޭސިވިލާތެވެ.

މީގެ އިތުރުން އިޓަލީ، ޖަރުމަނުވިލާތް، އިންޑިއާ، ފްރާންސް، އެމެރިކާ، އޮސްޓްރޭލިއާ އަދި ސުވިޒަލޭންޑަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކެވެ. މީގެ ތެރެއިން ޗައިނާ ފަތުރުވެރިންގެ 66.5 އިންސައްތަ ރިސޯޓުތަކުގައި މަޑުކުރާއިރު، ރަޝިޔާ ފަތުރުވެރިންގެ 80.9 އިންސައްތަ އިސްކަންދެނީ ލޯކަލް ޓުއަރިޒަމަށެވެ.

ފަތުރުވެރިން ރާއްޖެއަށް އެތެރެވާ ބަނދަރުތަކަށް ބަލާއިރު، 97.5 އިންސައްތަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެއީ 1,168,608 (އެއް މިލިއަން އެއް ލައްކަ ފަސްދޮޅަސް އަށް ހާސް، ހަ ސަތޭކަ އަށް) ފަތުރުވެރިންނެވެ. މީގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓާއި، މާފަރު އިންޓަނޭޝަނަލް އެއާޕޯޓާއި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ވިލާ އިންޓަނޭޝަނަލް އެއާޕޯޓާއި ދ. އެއާޕޯޓަށް ވެސް ފަތުރުވެރިން ވަނީ އައިސްފަ އެވެ. ކަނޑުމަގުން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވަނީ 15,577 ފަތުރުވެރިންނެވެ. 

ރާއްޖޭގެ ފަތުރުވެރިކަމުގެ ބެޑް ކެޕޭސިޓީއަށް ބަލާއިރު، މިހާރު އޮޕަރޭޝަނުގައި ޖުމްލަ 68,266 އެނދު އެބަހުއްޓެވެ. މީގެ ތެރެއިން 66 އިންސައްތަ ނުވަތަ 45,115 އެނދަކީ ރިސޯޓުތަކުގެ އެނދެވެ. ގެސްޓްހައުސްތަކުގައި 16,982 އެނދު ހުރިއިރު، މިއީ ޖުމްލަ ކެޕޭސިޓީގެ 25 އިންސައްތަ އެވެ. ސަފާރީ އުޅަނދުފަހަރުގައި 3,515 އެނދު އަދި ހޮޓާތަކުގައި 2,654 އެނދު އޮޕަރޭޝަނުގައި އެބަހުއްޓެވެ. 

ރާއްޖޭގެ އިގްތިސާދުގެ މައި ނާރަކީ ފަތުރުވެރިކަން ކަމުގައިވާއިރު، ފަތުރުވެރިން އަންނަ މިންވަރު ދަށްވުމަކީ ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި އެއާލައިންތަކުގެ އިތުރުން ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކަށް ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. 

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވަމުން ދިއުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގެއްލުންތަކެއްވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސަރުކާރުގެ ކުއްލި އެހީތެރިކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އިން ވަނީ އެދިފަ އެވެ.

ފަތުރުވެރިންގެ ތަފާސް ހިސާބުފަތުރުވެރިކަމުގެ ޞިނާޢަތް

އިތުރަށް ކިޔާލަން

18 ޖުލައި 2026

ކުރިއާ އެއްވަރަށް ފަތުރުވެރިން އަންނަކަމަށް ސަރުކާރުން ބުނި ނަމަވެސް އަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު 4.8 އިންސައްތަ ދަށް!

18 ޖުލައި 2026
ކުރިއާ އެއްވަރަށް ފަތުރުވެރިން އަންނަކަމަށް ސަރުކާރުން ބުނި ނަމަވެސް އަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު 4.8 އިންސައްތަ ދަށް!
07 ޖުލައި 2026

ފަތުރުވެރިކަން އަދިވެސް ދަނީ ދަށަށް! ޖޫން މަހު އައި ފަތުރުވެރިންގެ އަދަދު 12 އިންސައްތަ ދަށުގައި

07 ޖުލައި 2026
ފަތުރުވެރިކަން އަދިވެސް ދަނީ ދަށަށް! ޖޫން މަހު އައި ފަތުރުވެރިންގެ އަދަދު 12 އިންސައްތަ ދަށުގައި
16 މާރިޗު 2026

ދުވާލެއްގެ މައްޗަށް 3000 އެއްހާ ބުކިންގ ދަނީ ކެންސަލްވަމުން، ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ!

16 މާރިޗު 2026
ދުވާލެއްގެ މައްޗަށް 3000 އެއްހާ ބުކިންގ ދަނީ ކެންސަލްވަމުން، ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ!
10 ޖެނުއަރީ 2026

އަހަރުގެ ފުރަތަމަ ހަފުތާގައި އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޔޫރަޕުން

10 ޖެނުއަރީ 2026
އަހަރުގެ ފުރަތަމަ ހަފުތާގައި އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޔޫރަޕުން
09 ޑިސެމްބަރު 2025

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް
27 ޖޫން 2025

ހަލާލް ޓޫރިޒަމް ކުރިއަރުވަން، ލުއިތަކާ އެކު ރަށްތަކެއް ދޫކުރަނީ

27 ޖޫން 2025
ހަލާލް ޓޫރިޒަމް ކުރިއަރުވަން، ލުއިތަކާ އެކު ރަށްތަކެއް ދޫކުރަނީ
14 އެޕްރީލު 2025

ސައުދީން ވީއައިއޭ ތަރައްގީ ކުރުމަށް ބޭނުންވާ އިތުރު 17 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

14 އެޕްރީލު 2025
ސައުދީން ވީއައިއޭ ތަރައްގީ ކުރުމަށް ބޭނުންވާ އިތުރު 17 މިލިއަން ޑޮލަރުގެ ލޯނެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް