Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަންގްލަދޭޝް-ދިވެހިރާއްޖެ

"ބަންގްލަދޭޝް ފަސްޓް" ސިޔާސަތާއި ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު ކަނޑުމަގުން ވިޔަފާރި ދަތުރުތައް ބޭއްވުމާ ބެހޭ މަޝްވަރާކޮށްފި

27 ޖުލައި 2026 | ހޯމަ 07:29

ރާއްޖެއާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރުން ބޭއްވި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި ސީދާ ކަނޑުމަގުން ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި. މީގެ އިތުރުން މަސައްކަތްތެރިންނާއި، ސިއްހީ އަދި ތައުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަދައްކަވައި، އިގްތިސާދީ އެއްބާރުލުން އިތުރުކުރުމަށް ދެ ގައުމުން ވަނީ ވާހަކަ ދައްކާފައި

ރާއްޖެ އެމްވީ | 27 ޖުލައި 2026 | ހޯމަ 07:29
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލުއްރަޙްމާން އާ ބައްދަލުކުރައްވަނީ

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލުއްރަޙްމާން އާ ބައްދަލުކުރައްވަނީ | ޚާރިޖީ ވުޒާރާ

ބަންގްލަދޭޝް އާއި ދިވެހިރާއްޖެއާ ދެމެދު ކަނޑުމަގުން ވިޔަފާރީގެ ދަތުރުތައް ބާއްވަން މަޝްވަރާ ކޮށްފި އެވެ.

މީގެ އިތުރުން ބަންގްލަދޭޝްގެ މަސައްކަތްތެރިންނާއި، ފަތުރުވެރިކަމާއި، ތައުލީމާއި، ސިއްހީ ދާއިރާގެ އިތުރުން ބްލޫ އިކޮނޮމީ ނުވަތަ ނޫ އިގްތިސާދާ ގުޅޭގޮތުން ދެ ގައުމުގެ ފޮރިން މިނިސްޓަރުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މަޝްވަރާތައް ކުރިއަށްދިޔައީ އާދީއްތަ ދުވަހުގެ ހަވީރު މާލޭގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ޚަލީލުއްރަހްމާން، ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްއާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރެއިން ކަމަށެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ މެދުގައި މަތީ ފަންތީގެ ދަތުރުތައް ބޭއްވުމާ ގުޅޭގޮތުންނާއި، ދެ ގައުމުގެ ވިޔަފާރި އާއި ގުޅުންތައް ފުޅާކުރުމަށްޓަކައި ސީދާ ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ގާއިމުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވި އެވެ. ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، ޑރ. ޚަލީލުއްރަހްމާން ވަނީ އެ ގައުމުގެ ސަރުކާރުން ގެންގުޅޭ "ބަންގްލަދޭޝް ފަސްޓް" ޚާރިޖީ ސިޔާސަތު ތަކުރާރުކުރައްވައި، އެކުވެރި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.

މި ބައްދަލުވުމުގައި ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ޑރ. މުހައްމަދު ނަޒްމުލް އިސްލާމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ކަނޑުމަގުން ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ހުށަހަޅާފައިވަނީ ދެ ގައުމުގެ މެދުގައި ކަނޑުމަގުގެ ގުޅުން ވަރުގަދަކޮށް، ދޭދޭ ވިޔަފާރި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. މިގޮތުން ސީދާ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރެވުމުން، ދެ ގައުމުގެ މެދުގައި މުދާ އުފުލުމަށް ފަސޭހަވެ، އިގްތިސާދީ ގޮތުން ފުޅާ ދާއިރާއެއްގައި އެއްބާރުލުން ދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ބަޔާނުގައިވެ އެވެ.

ބަންގްލަދޭޝް-ދިވެހިރާއްޖެޚަލީލުއްރަޙްމާންއިރުތިޝާމް އާދަމްބަންގްލަދޭޝް ފަސްޓް

އިތުރަށް ކިޔާލަން

26 ޖުލައި 2026

މިނިވަން ދުވަހުގެ މުނާސަބަތުގައި ހެވިކަމާއި ކުޅިވަރުތައް ބާއްވައިފި

26 ޖުލައި 2026
މިނިވަން ދުވަހުގެ މުނާސަބަތުގައި ހެވިކަމާއި ކުޅިވަރުތައް ބާއްވައިފި
25 ޖުލައި 2026

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރައީސް މުއިއްޒު އާ ބައްދަލު ކުރައްވައިފި

25 ޖުލައި 2026
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރައީސް މުއިއްޒު އާ ބައްދަލު ކުރައްވައިފި
20 ޖުލައި 2026

ފިޓްނަސް ވަސީލަތްތައް ހޯދަން އިންޑިއާއާއެކު ފަހުމުނާމާގައި ސޮއިކުރީ ރައީސް މުއިއްޒުގެ "މޯލްޑިވްސް ފަސްޓް" ސިޔާސަތުގެ ދަށުން: އިރުތިޝާމް

20 ޖުލައި 2026
ފިޓްނަސް ވަސީލަތްތައް ހޯދަން އިންޑިއާއާއެކު ފަހުމުނާމާގައި ސޮއިކުރީ ރައީސް މުއިއްޒުގެ "މޯލްޑިވްސް ފަސްޓް" ސިޔާސަތުގެ ދަށުން: އިރުތިޝާމް
11 ޖުލައި 2026

ޕާކިސްތާނާއި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުން މަޝްވަރާ ކުރައްވައިފި

11 ޖުލައި 2026
ޕާކިސްތާނާއި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުން މަޝްވަރާ ކުރައްވައިފި
11 ޖުލައި 2026

ބަންގްލަދޭޝް އާއި ރާއްޖެ އިން ކުށްވެރިން ބަދަލުކުރުމަށް އެއްބަސްވަނީ

11 ޖުލައި 2026
ބަންގްލަދޭޝް އާއި ރާއްޖެ އިން ކުށްވެރިން ބަދަލުކުރުމަށް އެއްބަސްވަނީ
10 ޖުލައި 2026

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ

10 ޖުލައި 2026
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ
02 ޖުލައި 2026

ރާއްޖެ އާއި ތައިލެންޑުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

02 ޖުލައި 2026
ރާއްޖެ އާއި ތައިލެންޑުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި
12 މެއި 2026

އައު ޚާރިޖީ ވަޒީރުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ވެސް އިންޑިއާއަށް!

12 މެއި 2026
އައު ޚާރިޖީ ވަޒީރުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ވެސް އިންޑިއާއަށް!
27 އެޕްރީލު 2026

ސާހިބު މީހާ ކުރީމާ އޯކޭ އެވެ. އަޅުން ކުރީމާ ގޯހެވެ.

27 އެޕްރީލު 2026
ސާހިބު މީހާ ކުރީމާ އޯކޭ އެވެ. އަޅުން ކުރީމާ ގޯހެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް