Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުސްލިމުންގެ ގަބުރުސްތާނުތައް ނެގުން

ހިތްފަސޭހަ މައިޒާންފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ގަބުރުސްތާނުތައް ނެގުން ހުއްދައެއް ނުވާނެ: ފަތުވާ

އިސްލާމްދީނުގައި އާދަމްގެފާނުންގެ ދަރީން، އެކަލާނގެ އުފެއްދެވި ގިނަ މަހުލޫގުތަކުންގެ މައްޗަށް ވަނީ މާތް ކުރައްވާފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 10 ޖުލައި 2025 | ބުރާސްފަތި 08:03
ޕާކިން ޒޯނެއް ތަރައްގީ ކުރުމަށް މާފަންނު ސަހަރާ ހުސްކުރަނީ - ފައިލް ފޮޓޯ

ޕާކިން ޒޯނެއް ތަރައްގީ ކުރުމަށް މާފަންނު ސަހަރާ ހުސްކުރަނީ - ފައިލް ފޮޓޯ

ކުޅިވަރުކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާންފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުން ނުވަތަ ނެގުން ހުއްދައެއް ނުވާނެ ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފިއެވެ.

ފަތުވާ މަޖިލީހުން އާއްމު ކުރި 31 ވަނަ ފަތުވާގައި މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުމުގެ ހުކުމާ ގުޅޭގޮތުން ގިނަ ދަލީލުތަކެއް ހިމަނާފައިވެއެވެ.

Advertisement - newsAdvertisement

އިސްލާމްދީނުގައި އާދަމްގެފާނުންގެ ދަރީން، އެކަލާނގެ އުފެއްދެވި ގިނަ މަހުލޫގުތަކުންގެ މައްޗަށް މާތް ކުރައްވައި މަތިވެރި ކުރައްވާފައިވާކަން ފަތުވާގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން ސޫރަތު އަލްއިސްރާއުގެ 70 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވާފައިވެއެވެ. މާނައީ ''ހަމަކަށަވަރުން ތިމަންރަސްކަލާނގެ އާދަމްގެ ދަރިން މާތް ކުރެއްވިއެވެ. އަދި އެއުރެން އެއްގަމާއި، ކަނޑުގައި އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން ރިޒުގު ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތް ކުރެއްވީމެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް

ފަތުވާގައި ވަނީ މި މަތިވެރިކަމަކީ މުސްލިމު އަހާ ދިރިހުރުމާ ގުޅިފައިވާ ކަމެއް ނޫން ކަމާއި، މަރުވުމަށްފަހުވެސް މި ދެންނެވި އިހުތިރާމު ދެމިގެންވާ ކަމަށެވެ.

މާނައީ: އާއިޝަތުގެފާނުންގެ އަރިހުން ރިވާވެފައިވެއެވެ. ހަމަކަށަވަރުން ﷲގެ ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީސް ކުރެއްވިއެވެ. މައްޔިތެއްގެ ކަށި ބިންދުމަކީ އެމީހާ ދިރިހުރިއިރު އޭނާގެ ކަށި ބިންދުން ފަދަ ކަމެކެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް

މީގެ އިތުރުން ގަބުރުސްތާނު ކޮނެގެން ކަށިތައް ނަގާ އެހެންތަނަކަށް ބަދަލުކުރުމަކީ ވަޅުލެވިފައިވާ މީސްތަކުންގެ ހުރުމަތް ކެނޑޭ ކަމެއް ކަމަށް ފަތުވާގައި ބުނެފައިވެއެވެ.

މާނައީ: އަބޫ ހުރައިރާގެ އަރިހުން ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތްﷲގެ ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީސް ކުރެއްވިއެވެ. ތިޔަބައިމީހުންކުރެ މީހަކު އަނދަމުންދާ އަލިފާންގަނޑެއްގެ މަތީގައި އީށީނދެ އޭނާގެ ހެދުން އަންދާލައި އަދި އަލިފާން އޭނާއާ ހަމައަށް ފޯރުމަކީ ގަބުރެއްގެ މަތީގައި އިށީނުމަށްވުރެ އޭނާއަށް މާ ހެޔޮވެގެންވާ ކަމެކެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް

ފަތުވާގައި ބުނީ، މިއީ އިސްލާމީ ޝަރީއަތުގައި ގިނަގުނަ ވައީދުގެ ބަސްފުޅުތައް ވާރިދުވެފައިވާ ކަމަކަށްވާއިރު، ކުޅިވަރުކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާންފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުން ނުވަތަ ނެގުން ހުއްދަ ނުވާނެ ކަމަށެވެ.

ނަމަވެސް ރާއްޖޭގެ އެކިއެކި ރަށްރަށުގައި ގަބުރުސްތާނުތައް އުވާލާފައިވެއެވެ. އެކަށިތައް ނަގާ އެހެން ދިމާލަކަށް ގެންގޮސް، އެގާޖަތަކުގައި ކުޅިވަރު ކޯޓުތައް ހަދައި ބޭނުންކުރެއެވެ. މީގެ އިތުރުން މާލެސިޓީގައި ވެސް މާފަންނު ސަހަރާ ހުސްކުރުމަށް ފަހު އެ ތަނުގައި ޕާކިން ޒޯނެއް ހަދައި، ބާސްކެޓު ކޯޓެއް ވެސް ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް މާފަންނު ސަހަރާއިން ބައެއް ހުސްކޮށް ވަނީ އެ ތަނުގައި ޕާކިން ޒޯނެއް ހަދާފައެވެ. އަދި މިހާރު ގަލޮޅު ސަހަރާގެ ބައެއް ހުސްކޮށްގެން ވެސް އެސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތް މާލެސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.

ގަބުރުސްތާނުކުޅިވަރުގެ ވަޞީލަތްތައްމުސްލިމުން އިސްލާމްދީން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އޮކްޓޯބަރ މަހުގެ ނިޔަލަށް ގަލޮޅު ސިޓީ ޕާރކް ތަރައްޤީ ކުރުމުގެ މަސައްކަތް ނިންމަން މަސައްކަތް ކުރަނީ

އޮކްޓޯބަރ މަހުގެ ނިޔަލަށް ގަލޮޅު ސިޓީ ޕާރކް ތަރައްޤީ ކުރުމުގެ މަސައްކަތް ނިންމަން މަސައްކަތް ކުރަނީ

09 ސެޕްޓެމްބަރު 2025
މުސްލިމަކާ ދިމާއަށް ކާފިރެކޭ ބުނުމަކީ ނުރައްކާތެރި ކަމެއް: ޚުތުބާ

މުސްލިމަކާ ދިމާއަށް ކާފިރެކޭ ބުނުމަކީ ނުރައްކާތެރި ކަމެއް: ޚުތުބާ

18 ޖުލައި 2025
ޖުވާކުޅުމަކީ މުޅި ދުނިޔޭގައި ފެތުރިފައިވާ ވަބާއެއް، މިކަން ހުއްޓުވުމަށް ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކުގެ ދައުރު އަދާކުރަންޖެހޭ: ޚުތުބާ

ޖުވާކުޅުމަކީ މުޅި ދުނިޔޭގައި ފެތުރިފައިވާ ވަބާއެއް، މިކަން ހުއްޓުވުމަށް ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކުގެ ދައުރު އަދާކުރަންޖެހޭ: ޚުތުބާ

11 ޖުލައި 2025
އަޟްޙާ ޢީދު: ދުނިޔެމަތީގައި ﷲ ލެއްވި އެންމެ މާތް އަދި މަތިވެރި އެއް ދުވަސް!

އަޟްޙާ ޢީދު: ދުނިޔެމަތީގައި ﷲ ލެއްވި އެންމެ މާތް އަދި މަތިވެރި އެއް ދުވަސް!

05 ޖޫން 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު