Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކަނޑުފޭރުން

މިދިޔަ ހަފްތާގައި އަދަން ކަނޑުން ގެއްލުނު ބޯޓު އޮތީ ސޯމާލިއާ ކަނޑުފޭރޭ މީހުންގެ އަތްދަށުގައި

24 ޖުލައި 2026 | ހުކުރު 09:15

ޓެންޒޭނިއާގެ ދިދަ ޖަހާފައިވާ "އެމްޓީ އަސާނާ" ނަމަކަށް ކިޔާ ތެޔޮ ބޯޓު 20 ފަޅުވެރިންނާއެކު ސޯމާލިއާގެ ކަނޑުފޭރޭ މީހުން ވަނީ ހައިޖެކްކޮށްފައި. ޖަރުމަނާއި ފިލިޕީންސްގެ ރައްޔިތުން ހިމެނޭ މި ބޯޓު ސޯމާލިއާގެ އައްސޭރިފަށަށް ގެންގޮސްފައިވާއިރު، މިއީ 2023 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އެ ސަރަހައްދުގައި ކަނޑުފޭރުމުގެ އަމަލުތައް އަލުން އިތުރުވަމުންދާ ދަނޑިވަޅެއްގައި ހިނގި ހާދިސާއެއް.

ރާއްޖެ އެމްވީ | 24 ޖުލައި 2026 | ހުކުރު 09:15
ޕާކިސްތާނުގެ ކަރާޗީން ފުރައިގެން ސޯމާލިއާގެ ބޮސާސޯއަށް ދަތުރުކުރަމުންދިޔަ، ޓެންޒޭނިއާގެ ދިދަ ނަގާފައިވާ "އެމްޓީ އަސާނާ" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް، ޔަމަނުގެ އައްސޭރިފަށުން ސޯމާލިއާގެ ކަނޑުފޭރޭ ބަޔަކު ވަނީ ހައިޖެކް ކޮށްފައި

ޕާކިސްތާނުގެ ކަރާޗީން ފުރައިގެން ސޯމާލިއާގެ ބޮސާސޯއަށް ދަތުރުކުރަމުންދިޔަ، ޓެންޒޭނިއާގެ ދިދަ ނަގާފައިވާ "އެމްޓީ އަސާނާ" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް، ޔަމަނުގެ އައްސޭރިފަށުން ސޯމާލިއާގެ ކަނޑުފޭރޭ ބަޔަކު ވަނީ ހައިޖެކް ކޮށްފައި | ދަ ޑެއިލީ ސޯމާލިއާ

މިދިޔަ ހަފުތާގައި އަދަން ކަނޑުން ހައިޖެކް ކުރި މުދާ އުފުލާ ބޯޓެއް މިހާރު ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ ބާރުގެ ދަށުގައިވާ ކަމަށް، ސޯމާލިއާގެ މިނިވަން ދައުލަތެއްގެ ގޮތުގައި އޮންނަ ޕަންޓްލޭންޑް ސަރަހައްދުގެ ދެ ރައްޔިތަކު ބުރާސްފަތި ދުވަހު ރޮއިޓާސްއަށް ކަށަވަރުކޮށްދީފި އެވެ.

"އެމްޓީ އަސާނާ" ނަމަކަށް ކިޔާ މި ބޯޓަކީ ޓެންޒޭނިއާގެ ދިދަ ޖަހާފައިވާ، ތެލާއި ކެމިކަލް އުފުލާ ޓޭންކަރެކެވެ.

ރޮއިޓާސްއާ ވާހަކަދެއްކި މީހުންގެ ތެރެއިން އެކަކީ ކުރިން ކަނޑުފޭރުމުގެ އަމަލުތަކުގައި އުޅުނު މީހެކެވެ. އޭނާ ބުނި ގޮތުގައި "އެމްޓީ އަސާނާ" ބޯޓުގައި ޖުމްލަ 20 ފަޅުވެރިން އެބަތިއްބެވެ. އޭގެ ތެރޭގައި ޖަރުމަނުވިލާތުގެ އަށް މީހުންނާއި ފިލިޕީންސްގެ 10 މީހުން ހިމެނެއެވެ.

މިކަމާ ގުޅިގެން ޖަރުމަނުވިލާތުގެ ފޮރިން މިނިސްޓްރީން ބުނީ، ގައުމުން ބޭރުގައި އެ ގައުމުގެ ރައްޔިތުން ރަހީނުކުރާ މައްސަލަތަކުގައި އެ މިނިސްޓްރީން އާންމުކޮށް ވަކި އެއްޗެއް ހާމަނުކުރާ ކަމަށެވެ.

ޕަންޓްލޭންޑްގެ ކަލޫލާ ސަރަހައްދަށް ނިސްބަތްވާ އަނެއް މީހާ ބުނި ގޮތުގައި، ކަނޑުފޭރޭ މީހުން އެ ބޯޓަށް ކާބޯތަކެތި އުފުލަނިކޮށް އޭނާއަށް ވަނީ ފެނިފައެވެ.

ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން މިދިޔަ ހަފުތާގައި ބުނެފައިވަނީ، ހުއްދަނެތް ބަޔަކު  އަދަން ކަނޑުން ބޯޓަކަށް އަރައި، އެ ބޯޓު ސޯމާލިއާގެ ކަނޑުގެ ސަރަހައްދަށް މިސްރާބު ބަދަލުކޮށްފައިވާ ކަމަށެވެ. އެ އިދާރާއިން ވަނީ މިއީ ހައިޖެކް ކުރުމުގެ އަމަލެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.

ސޯމާލިއާގެ ކަނޑުފޭރޭ މީހުން ވަނީ 2008 އާއި 2018 އާ ދެމެދު އެ ގައުމުގެ ދިގު އައްސޭރިފަށުގެ ސަރަހައްދުތަކުގައި ބޮޑެތި ނުރައްކާތަކެއް ކުރިމަތިކުރުވާފަ އެވެ. ގިނަ ދުވަސްތަކެއް ވަންދެން މައިތިރިވެފައި އޮތުމަށްފަހު، 2023 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ކަނޑުފޭރުމުގެ އަމަލުތައް އަނެއްކާވެސް ވަނީ އިތުރުވާން ފަށާފަ އެވެ.

މަސްދަރު: ރޮއިޓާސް

ސޯމާލިއާކަނޑުފޭރުން

އިތުރަށް ކިޔާލަން

22 ޖުލައި 2026

ސޯމާލިޔާގެ އައު ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި

22 ޖުލައި 2026
ސޯމާލިޔާގެ އައު ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި
17 ޖުލައި 2026

އަދަން ކަނޑުން ދަތުރުކުރަމުން ދިޔަ ޓޭންކަރަކަށް ކަނޑުފޭރޭ ބަޔަކު އަރައިފި

17 ޖުލައި 2026
އަދަން ކަނޑުން ދަތުރުކުރަމުން ދިޔަ ޓޭންކަރަކަށް ކަނޑުފޭރޭ ބަޔަކު އަރައިފި
05 ޖުލައި 2026

ޔަމަނުގެ އައްސޭރިފަށުން ރަތްކަނޑުގައި މުދާ އުފުލާ ބޯޓަކަށް ހަމަލާދީފި

05 ޖުލައި 2026
ޔަމަނުގެ އައްސޭރިފަށުން ރަތްކަނޑުގައި މުދާ އުފުލާ ބޯޓަކަށް ހަމަލާދީފި
16 ޖޫން 2026

ސޯމާލީލޭންޑުން ގުދުސްގައި އެމްބަސީ ހުޅުވުމާއެކު ފަލަސްތީނުން ރުޅިގަދަވެއްޖެ

16 ޖޫން 2026
ސޯމާލީލޭންޑުން ގުދުސްގައި އެމްބަސީ ހުޅުވުމާއެކު ފަލަސްތީނުން ރުޅިގަދަވެއްޖެ
15 ޖޫން 2026

އެމެރިކާ އަށް އެެތެރެ ވިޔަ ނުދިން ސޮމާލިއާގެ ރެފްރީ އަރްޓާން އަށް ފީފާ އިން މުބާރާތުގެ ފީ ދޭން ނިންމައިފި

15 ޖޫން 2026
އެމެރިކާ އަށް އެެތެރެ ވިޔަ ނުދިން ސޮމާލިއާގެ ރެފްރީ އަރްޓާން އަށް ފީފާ އިން މުބާރާތުގެ ފީ ދޭން ނިންމައިފި
09 ޖޫން 2026

ސޯމާލިއާގެ ރެފްރީ އޮމާރް އަރްޓާން އެމެރިކާ އަށް އެތެރެވިޔަ ނުދިން

09 ޖޫން 2026
ސޯމާލިއާގެ ރެފްރީ އޮމާރް އަރްޓާން އެމެރިކާ އަށް އެތެރެވިޔަ ނުދިން
02 މެއި 2026

ޔަމަނުގެ ހަތިޔާރު އެޅި ބަޔަކު ތެޔޮ ޓޭންކަރެއް ހައިޖެކްކޮށްފި

02 މެއި 2026
ޔަމަނުގެ ހަތިޔާރު އެޅި ބަޔަކު ތެޔޮ ޓޭންކަރެއް ހައިޖެކްކޮށްފި
11 ޖެނުއަރީ 2026

އިޒްރޭލުން ޣައްޒާގެ ފަލަސްތީީނު ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އުޅޭކަމަށް ސޯމާލިއާގެ މިނިސްޓަރަކު ތުހުމަތުކުރައްވައިފި

11 ޖެނުއަރީ 2026
އިޒްރޭލުން ޣައްޒާގެ ފަލަސްތީީނު ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އުޅޭކަމަށް ސޯމާލިއާގެ މިނިސްޓަރަކު ތުހުމަތުކުރައްވައިފި
07 ޖެނުއަރީ 2026

ސޯމާލީލޭންޑަށް އިޒްރޭލުގެ ޚާރިޖީ ވަޒީރު ގިޑިއޯން ސާރް ޒިޔާރަތްކޮށްފި

07 ޖެނުއަރީ 2026
ސޯމާލީލޭންޑަށް އިޒްރޭލުގެ ޚާރިޖީ ވަޒީރު ގިޑިއޯން ސާރް ޒިޔާރަތްކޮށްފި
29 ޑިސެމްބަރު 2025

ސޮމާލީލޭންޑް ގައި ހަރަކާތްތެރިވާ އިޒްރޭލުގެ ކޮންމެ ފަރާތަކަށް ހަމަލާ ދޭނެ ކަމަށް ބުނެ ޙޫޘީ ޖަމާޢަތުން އިންޒާރު ދީފި

29 ޑިސެމްބަރު 2025
ސޮމާލީލޭންޑް ގައި ހަރަކާތްތެރިވާ އިޒްރޭލުގެ ކޮންމެ ފަރާތަކަށް ހަމަލާ ދޭނެ ކަމަށް ބުނެ ޙޫޘީ ޖަމާޢަތުން އިންޒާރު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް