Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަތްކަނޑު

ޔަމަނުގެ އައްސޭރިފަށުން ރަތްކަނޑުގައި މުދާ އުފުލާ ބޯޓަކަށް ހަމަލާދީފި

5 ޖުލައި 2026 | އާދީއްތަ 15:56

ޔަމަނުގެ އައްސޭރިފަށުން ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް ހަތިޔާރު އެޅި ބަޔަކު ހަމަލާދީފައިވާތީ، ޔޫ.ކޭ.އެމް.ޓީ.އޯ އިން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައި ނުވާއިރު، މީގެ ކުރިން ހޫޘީންނާއި ސޯމާލިއާގެ ކަނޑުފޭރޭ މީހުން އެ ސަރަހައްދުގައި މިފަދަ ހަރަކާތްތައް ހިންގާފައިވޭ.

ރާއްޖެ އެމްވީ | 5 ޖުލައި 2026 | އާދީއްތަ 15:56
ޔަމަނުގެ ހުޅަނގު އައްސޭރީގައި އޮންނަ މޮކާ ބަނދަރު ސަރަހައްދުން ހޫޘީ ހަނގުރާމަވެރިން ފަހަތަށް ޖެއްސުމަށް ސަރުކާރަށް ތާއީދުކުރާ ފައުޖުތަކުން ކުރިއަށްދާއިރު، އެ ފައުޖުގެ ސިފައިންގެ މީހަކު އޭނާގެ ހަތިޔާރު އުފުލާލައިގެން ހުރި މަންޒަރު.

ޔަމަނުގެ ހުޅަނގު އައްސޭރީގައި އޮންނަ މޮކާ ބަނދަރު ސަރަހައްދުން ހޫޘީ ހަނގުރާމަވެރިން ފަހަތަށް ޖެއްސުމަށް ސަރުކާރަށް ތާއީދުކުރާ ފައުޖުތަކުން ކުރިއަށްދާއިރު، އެ ފައުޖުގެ ސިފައިންގެ މީހަކު އޭނާގެ ހަތިޔާރު އުފުލާލައިގެން ހުރި މަންޒަރު. | ގެޓީ އިމޭޖަސް

ޔަމަނުގެ އައްސޭރިފަށުން ރަތްކަނޑުން ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓަކަށް އާދީއްތަ ދުވަހު ހަމަލާއެއް ދީފައިވާ ކަމަށް އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ބުނެފި އެވެ.

ޔަމަނުގެ އައްސޭރިފަށުން މި ހަމަލާ ދީފައިވާކަން ރިޕޯޓްކޮށް، ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫ.ކޭ.އެމް.ޓީ.އޯ) އިން ބުނީ، ހަތިޔާރު އެޅި ގޮތް ނޭނގޭ ބަޔަކު އެ ބޯޓަށް ހަމަލާދެމުންދާ ކަމުގެ މައުލޫމާތު ބޯޓުން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ޔޫ.ކޭ.އެމް.ޓީ.އޯ އިން ހާމަކުރި ގޮތުގައި ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ.

ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން އަލުން ބޯޓުފަހަރަށް ހަމަލާދޭން ފަށާނެ ކަމުގެ އިންޒާރު ދީފައިވީ ނަމަވެސް، ފަހަކަށް އައިސް އެފަދަ ހަމަލާއެއް ދީފައެއް ނުވެ އެވެ. އަދި މި ހާދިސާއާ ގުޅޭގޮތުން ހޫޘީންގެ ތަރުޖަމާނަކު ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

މީގެ އިތުރުން، ފަހަކަށް އައިސް ސޯމާލިއާގެ ކަނޑުފޭރޭ މީހުންވެސް ދަނީ އަދަން ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މަސްދަރު: އޭޕީ

ޔަމަންރަތް ކަނޑުހޫޡީސޯމާލިއާއަދަން ކަނޑު

އިތުރަށް ކިޔާލަން

04 ޖުލައި 2026

ސައުދީން ހޫޘީންނަށް ވަރުގަދަ އިންޒާރެއް ދީފި

04 ޖުލައި 2026
ސައުދީން ހޫޘީންނަށް ވަރުގަދަ އިންޒާރެއް ދީފި
16 ޖޫން 2026

ސޯމާލީލޭންޑުން ގުދުސްގައި އެމްބަސީ ހުޅުވުމާއެކު ފަލަސްތީނުން ރުޅިގަދަވެއްޖެ

16 ޖޫން 2026
ސޯމާލީލޭންޑުން ގުދުސްގައި އެމްބަސީ ހުޅުވުމާއެކު ފަލަސްތީނުން ރުޅިގަދަވެއްޖެ
15 ޖޫން 2026

އެމެރިކާ އަށް އެެތެރެ ވިޔަ ނުދިން ސޮމާލިއާގެ ރެފްރީ އަރްޓާން އަށް ފީފާ އިން މުބާރާތުގެ ފީ ދޭން ނިންމައިފި

15 ޖޫން 2026
އެމެރިކާ އަށް އެެތެރެ ވިޔަ ނުދިން ސޮމާލިއާގެ ރެފްރީ އަރްޓާން އަށް ފީފާ އިން މުބާރާތުގެ ފީ ދޭން ނިންމައިފި
09 ޖޫން 2026

ސޯމާލިއާގެ ރެފްރީ އޮމާރް އަރްޓާން އެމެރިކާ އަށް އެތެރެވިޔަ ނުދިން

09 ޖޫން 2026
ސޯމާލިއާގެ ރެފްރީ އޮމާރް އަރްޓާން އެމެރިކާ އަށް އެތެރެވިޔަ ނުދިން
08 ޖޫން 2026

އިޒްރޭލުގެ އުޅަނދުފަހަރު ރަތްކަނޑުން ދަތުރު ކުރުން ހޫޘީން މަނާކޮށްފި

08 ޖޫން 2026
އިޒްރޭލުގެ އުޅަނދުފަހަރު ރަތްކަނޑުން ދަތުރު ކުރުން ހޫޘީން މަނާކޮށްފި
28 މެއި 2026

ޔަމަނުގެ ކުރީގެ ރައީސް ހާދީ އަވަހާރަވެއްޖެ

28 މެއި 2026
ޔަމަނުގެ ކުރީގެ ރައީސް ހާދީ އަވަހާރަވެއްޖެ
02 މެއި 2026

ޔަމަނުގެ ހަތިޔާރު އެޅި ބަޔަކު ތެޔޮ ޓޭންކަރެއް ހައިޖެކްކޮށްފި

02 މެއި 2026
ޔަމަނުގެ ހަތިޔާރު އެޅި ބަޔަކު ތެޔޮ ޓޭންކަރެއް ހައިޖެކްކޮށްފި
28 މާރިޗު 2026

ހަނގުރާމައިގެ ތެރެއަށް ވަދެ، ހޫޘީން އިޒްރޭލަށް ފުރަތަމަ ފަހަރަށް ހަމަލާ ދީފި

28 މާރިޗު 2026
ހަނގުރާމައިގެ ތެރެއަށް ވަދެ، ހޫޘީން އިޒްރޭލަށް ފުރަތަމަ ފަހަރަށް ހަމަލާ ދީފި
26 މާރިޗު 2026

ޔަމަނުގެ އަންސާރުﷲ އިން އީރާނުގެ ދިފާއުގައި ހަނގުރާމައަށް ތައްޔާރުވަނީ

26 މާރިޗު 2026
ޔަމަނުގެ އަންސާރުﷲ އިން އީރާނުގެ ދިފާއުގައި ހަނގުރާމައަށް ތައްޔާރުވަނީ
28 ފެބުރުއަރީ 2026

ހޫޘީ ލީޑަރު އީރާނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަކީ އީރާނަށް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށް ބުނެފި

28 ފެބުރުއަރީ 2026
ހޫޘީ ލީޑަރު އީރާނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަކީ އީރާނަށް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް