Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮމަންވެލްތު ގޭމްސް

ކުލަގަދަ ރަސްމިއްޔާތަކާއެކު 2026 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސް ގްލާސްގޯގައި ފަށައިފި

24 ޖުލައި 2026 | ހުކުރު 05:45

ސްކޮޓްލޭންޑްގެ ގްލާސްގޯގައި 2026 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސް ރަސްމީކޮށް ފަށާފައިވާއިރު، 74 ގައުމަކުން މި މުބާރާތުގައި ބައިވެރިވޭ. މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ ދިދަ އުފުލާލަދިނީ ފެތުންތެރިޔާ މުހައްމަދު އާން ހުސައިން. ޖުމްލަ 10 ކުޅިވަރަކުން ކުރިއަށްދާ މި މުބާރާތަކީ ހަރަދު ކުޑަކޮށް، ދެމެހެއްޓެނިވި މޮޑެލްއަކަށް ބާއްވާ ފުރަތަމަ މުބާރާތް ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނޭ.

ރާއްޖެ އެމްވީ | 24 ޖުލައި 2026 | ހުކުރު 05:45
ސްކޮޓްލޭންޑްގެ ގްލާސްގޯގެ އޯވީއޯ ހައިޑްރޯގައި 2026 ޖުލައި 23 ގައި ބޭއްވި ކޮމަންވެލްތު ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.

ސްކޮޓްލޭންޑްގެ ގްލާސްގޯގެ އޯވީއޯ ހައިޑްރޯގައި 2026 ޖުލައި 23 ގައި ބޭއްވި ކޮމަންވެލްތު ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. | ގެޓީ އިމޭޖަސް

2026 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސް، ގްލާސްގޯގެ "ދަ ހައިޑްރޯ" އެރީނާގައި ބޭއްވި ކުލަގަދަ އަދި ފުރިހަމަ ހުޅުވުމުގެ ރަސްމިއްޔާތަކާއެކު ރަސްމީކޮށް ފަށައިފި އެވެ. ކްރިއޭޓިވް ލީޑް ލުއީސާ މޭހަންގެ އިރުޝާދުގެ ދަށުން ތައްޔާރުކުރި މި ރަސްމިއްޔާތުގައި، ކޮމަންވެލްތުގެ ރޫހާއި، ކުރު މުއްދަތެއްގެ ތެރޭގައި މި މުބާރާތް ބޭއްވުމާ ހަވާލުވި ގްލާސްގޯ ސިޓީގެ ކުޅަދާނަކަން ވަނީ ދައްކުވައިދީފަ އެވެ.

މުބާރާތުގައި ބައިވެެރިވާ ޓީމުތަކަށް ގްލާސްގޯ އިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައި

މުބާރާތުގައި ބައިވެރިވާ ގައުމުތަކުގެ އެތުލީޓުން އެރީނާއަށް ވަދެގެން އައި "ޕެރޭޑް އޮފް ނޭޝަންސް" ހިނގާލުމުގައި، 74 ގައުމަކާއި ސަރަހައްދަކުން އެތުލީޓުން ބައިވެރިވި އެވެ. އާންމުކޮށް އަމަލުކުރާ އުސޫލާ ހިލާފަށް، މިފަހަރުގެ މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ސްކޮޓްލޭންޑް އެރީނާއަށް ވަނީ އެންމެ ފަހުންނެވެ. އެހެން ގައުމުތައް އެރީނާއަށް ވަދެފައިވަނީ އެ ގައުމުތައް ނިސްބަތްވާ ސަރަހައްދުތަކުގެ ތަރުތީބުން، އަކުރުގެ ތަރުތީބުންނެވެ.

ހުޅުވުމުގެ ރަސްމިއްޔާތު ވަނީ ވަރަށް ކުލަގަދަކޮށް ބާއްވާފައި

އޭޝިއާ ސަރަހައްދުގެ ގައުމުތައް ހިންގާލުމުގައި ބައިވެރިވި ވަގުތު، ދިވެހިރާއްޖޭގެ ވަފުދު ވަނީ އެރީނާއަށް ހާޒިރުވެފަ އެވެ. އަށް މެންބަރުންގެ މައްޗަށް އެކުލެވޭ ރާއްޖޭގެ ވަފުދުގެ ދިދަ އުފުލާލަދިނީ ފެތުންތެރިޔާ މުހައްމަދު އާން ހުސައިން އެވެ. ޒުވާން ފެތުންތެރިޔާ ގައުމީ ދިދަ ހިފައިގެން ހިނގިއިރު، އޭނާއާއެކު "ކިންގްސް ބެޓަން" ހިފައިގެން ހުރީ ބެޓަން ބެއަރަރ މިރާލް އައިން ލަތީފެވެ. 2020 ވަނަ އަހަރު އަލުން ކޮމަންވެލްތާ ގުޅުނު ފަހުން، މިއީ ރާއްޖެއިން މި މުބާރާތުގައި ވިދިވިދިގެން ބައިވެރިވާ ދެވަނަ ފަހަރެވެ. ރާއްޖޭގެ ވަފުދުގައި ހިމެނެނީ ފެތުމާއި އެތުލެޓިކްސްގެ ކުޅިވަރުތަކުން ބައިވެރިވާ އެތުލީޓުންނެވެ. 

އެރީނާއަށް ވަތް އެހެން ގައުމުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ގައުމުތަކަށް ބަލާއިރު، މެލޭޝިއާގެ މަޝްހޫރު ބެޑްމިންޓަން ތަރިންނާ ނުލައި އެ ގައުމުން ބައިވެރިވިއިރު، ޕާކިސްތާނުގެ ވަފުދު އިސްވެ ނިކުތީ އޮލިމްޕިކްސްގެ ޖެވެލިން ތުރޯއިން ރަން މެޑަލް ހޯދި އަރުޝަދު ނަދީމާއެކުގައެވެ. ސްކޮޓްލޭންޑްގެ ރޮކް ބޭންޑް "ސިމްޕަލް މައިންޑްސް" އާއި އޮސްޓްރޭލިއާގެ ލަވަކިޔުންތެރިޔާ ޑެލްޓާ ގުޑްރެމްގެ ހުށަހެޅުންތަކުން ފެށުނު މި މުބާރާތުގައި، 10 ކުޅިވަރަކުން 11 ދުވަހުގެ މުއްދަތަށް ވާދަވެރި މުބާރާތްތައް ކުރިއަށްދާނެ އެވެ. ގްލާސްގޯ 2026 ގެ ސީއީއޯ ފިލް ބެޓީ ވިދާޅުވީ، މިއީ މުބާރާތުގެ ހަރަދުތައް ކުޑަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް އޮތް ތަނުގައިވެސް މުބާރާތް ބޭއްވޭނެ ނަމޫނާ މޮޑެލްއެއް ދައްކުވައިދޭނެ ފަހަރެއް ކަމަށެވެ.

ކޮމަންވެލްތު ގޭމްސްމޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އިތުރަށް ކިޔާލަން

24 ޖުލައި 2026

2026 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައި ރާއްޖެއާއެކު 74 ގައުމަކުން ބައިވެރިވޭ

24 ޖުލައި 2026
2026 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައި ރާއްޖެއާއެކު 74 ގައުމަކުން ބައިވެރިވޭ
23 ޖުލައި 2026

ފުރަތަމަ ސައުތު އީސްޓް އޭޝިއަން ޕްލަސް ޔޫތު ގޭމްސްގައި ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށް ލިބިއްޖެ

23 ޖުލައި 2026
ފުރަތަމަ ސައުތު އީސްޓް އޭޝިއަން ޕްލަސް ޔޫތު ގޭމްސްގައި ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށް ލިބިއްޖެ
30 މާރިޗު 2026

ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ޗެފް ޑި މިޝަން އަކަށް ފަޒްނާ ހަމަޖައްސައިފި

30 މާރިޗު 2026
ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ޗެފް ޑި މިޝަން އަކަށް ފަޒްނާ ހަމަޖައްސައިފި
18 ސެޕްޓެމްބަރު 2025

ސްޕޯޓްސް މިނިސްޓްރީ އަށް 12 ވަނަ ޑެޕިއުޓީ މިނިސްޓަރު އައްޔަނު ކުރައްވައިފި

18 ސެޕްޓެމްބަރު 2025
ސްޕޯޓްސް މިނިސްޓްރީ އަށް 12 ވަނަ ޑެޕިއުޓީ މިނިސްޓަރު އައްޔަނު ކުރައްވައިފި
03 ސެޕްޓެމްބަރު 2025

އިންޑިއާ އިން ކޮމަންވެލްތު ގޭމްސް އަށް ބިޑު ކޮށްފި

03 ސެޕްޓެމްބަރު 2025
އިންޑިއާ އިން ކޮމަންވެލްތު ގޭމްސް އަށް ބިޑު ކޮށްފި
23 ސެޕްޓެމްބަރު 2024

މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި

23 ސެޕްޓެމްބަރު 2024
މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި
21 ޖުލައި 2024

އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ ހިފަހައްޓާނީ ދީމާއާއި އިބާދުالله

21 ޖުލައި 2024
  އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ ހިފަހައްޓާނީ ދީމާއާއި އިބާދުالله
02 އޮކްޓޯބަރު 2022

ހިމްނާ އާއި އިބާދުﷲ ޖެމެއިކާއަށް ފުރައިފި

02 އޮކްޓޯބަރު 2022
ހިމްނާ އާއި އިބާދުﷲ ޖެމެއިކާއަށް ފުރައިފި
14 އޯގަސްޓު 2022

ދެ ގޭމްސް ވެސް ދިޔައީ އުންމީދު ކުރި ގޮތަށް ވަރަށް ރަނގަޅަށް: ހިމްނާ

14 އޯގަސްޓު 2022
ދެ ގޭމްސް ވެސް ދިޔައީ އުންމީދު ކުރި ގޮތަށް ވަރަށް ރަނގަޅަށް: ހިމްނާ
13 އޯގަސްޓު 2022

މިއީ ކުޅިވަރުގެ ސިޔާސަތު ބަދަލުކުރުމުގެ ނަތީޖާ: މިނިސްޓަރު މަޙްލޫފް

13 އޯގަސްޓު 2022
މިއީ ކުޅިވަރުގެ ސިޔާސަތު ބަދަލުކުރުމުގެ ނަތީޖާ: މިނިސްޓަރު މަޙްލޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް