Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނުން އެމެރިކާގެ އެމްކިއު-9 ރީޕަރ ޑްރޯނެއް ވައްޓާލާ ވީޑިއޯ އެއް ހާމަކޮށްފި

އައިއާރުޖީސީގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓުން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ ހުޅަނގު ދެކުނުގެ ސިޓީއެއް ކަމަށްވާ އަހްވާޒްގެ ވައިގެ ސަރަހައްދުން މި ޑްރޯން ވައްޓާލާފައިވަނީ އައިއާރުޖީސީ އެއަރޯސްޕޭސް ފޯސްގެ އެންމެ ފަހުގެ ކުރިއަރާފައިވާ ވައިގެ ދިފާއީ ނިޒާމެއް ބޭނުންކޮށްގެން ކަމަށް

ރާއްޖެ އެމްވީ | 19 ޖުލައި 2026 | އާދީއްތަ 11:32
Your browser does not support the video tag.
0:00 / 0:00

އެމެރިކާ އަސްކަރިއްޔާގެ އެމްކިއު-9 ރީޕަރ ޑްރޯނެއް | ގެޓީ އިމޭޖަސް

އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ އުދުވާނީ ހަމަލާތަކާ ދެކޮޅަށް ކުރިއަށްގެންދާ ދިފާއީ އޮޕަރޭޝަންތަކުގެ ތެރެއިން، އެމެރިކާގެ އެމްކިއު-9 ރީޕަރ މަރުކާގެ ޑްރޯނެއް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ހުއްޓުވައި ބަޑިޖަހައި ވައްޓާލައިފި އެވެ.

އައިއާރުޖީސީގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓުން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ ހުޅަނގު ދެކުނުގެ ސިޓީއެއް ކަމަށްވާ އަހްވާޒްގެ ވައިގެ ސަރަހައްދުން މި ޑްރޯން ވައްޓާލާފައިވަނީ އައިއާރުޖީސީ އެއަރޯސްޕޭސް ފޯސްގެ އެންމެ ފަހުގެ ކުރިއަރާފައިވާ ވައިގެ ދިފާއީ ނިޒާމެއް ބޭނުންކޮށްގެން ކަމަށެވެ. މި ނިޒާމަކީ ގައުމުގެ އިންޓަގްރޭޓެޑް އެއަރ ޑިފެންސް ނެޓްވޯކްގެ ދަށުން ހިންގާ ނިޒާމެކެވެ.

މި ހާދިސާ ހިނގާފައިވަނީ އީރާނުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް އެމެރިކާއިން ދެމުންދާ ހަމަލާތަކަށް ދެ ހަފުތާ ވެފައިވަނިކޮށެވެ.

އެތައް ބަޔަކު މަރުވި އެމެރިކާގެ މި ހަނގުރާމަވެރި ޖަރީމާތަކަށް ރައްދު ދިނުމުގެ ގޮތުން، އީރާނުގެ ސަލާމަތީ ބާރުތަކުން ވަނީ އެ ސަރަހައްދުގައި ހުރި އެމެރިކާގެ އިސްތިރާތީޖީ އަމާޒުތަކަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދީފަ އެވެ.

އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ޣައިރު ގާނޫނީ އުދުވާނީ ހަނގުރާމައެއް ފެށީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. ނަމަވެސް، އީރާނުން ދެއްކި ހިތްވަރުގަދަ ދިފާއާއި، ކާމިޔާބު ރައްދު ހަމަލާތަކުގެ އިތުރުން ހުރްމުޒް ކަނޑުއޮޅީގެ މައްޗަށް އޮތް ބާރުވެރިކަމުގެ ސަބަބުން، 40 ދުވަސް ފަހުން އޭޕްރިލް މަހުގެ 8 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމަށް ދުޝްމަނުންނަށް މަޖުބޫރުވި އެވެ.

މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހު، ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ތެހެރާނާއި ވޮޝިންޓަނާ ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ހުރިހާ ދިމާލަކުން ހަނގުރާމަވެރި އަމަލުތައް ދާއިމީކޮށް ހުއްޓާލުމަށާއި، ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ފަހުގެ އެއްބަސްވުމަކަށް ދިއުމަށް ދެ ފަރާތުން މަޝްވަރާ ކުރުމަށް ކަނޑައަޅާފައިވެ އެވެ.

އެހެންނަމަވެސް، ވޮޝިންޓަނުން ވަނީ މި ފަހުމުނާމާގެ ހުރިހާ މާއްދާތަކާ ޚިލާފުވެފަ އެވެ. މިއާއެކު އީރާނުން ވަނީ އެމެރިކާއަށް ވަރުގަދަ ރައްދެއް ދީ، "މި ސަރަހައްދަށް އެމެރިކާއިން ނުފޫޒު ފޯރުވުން ހުއްޓާލަންދެން" ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮންނާނެ ކަމަށް އިއުލާންކޮށްފަ އެވެ.

އީރާން-އެމެރިކާއިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއެމްކިއު-9 ރީޕަރހުރްމުޒް ކަނޑުއޮޅިއީރާން-އިސްރާއީލު

އިތުރަށް ކިޔާލަން

19 ޖުލައި 2026

އީރާން ހަނގުރާމައިން އެމެރިކާ އަށް ނުކުމެވޭނެ ގޮތެއް ނެތް، ކުރިމަތިލީ ކެތްތެރި ހިތްވަރުގަދަ ދުޝްމަނަކާ!

19 ޖުލައި 2026
އީރާން ހަނގުރާމައިން އެމެރިކާ އަށް ނުކުމެވޭނެ ގޮތެއް ނެތް، ކުރިމަތިލީ ކެތްތެރި ހިތްވަރުގަދަ ދުޝްމަނަކާ!
19 ޖުލައި 2026

ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި އެމެރިކާގެ ރައްޔިތުންނަށް ސަލާމަތީ އިންޒާރެއް ސްޓޭޓް ޑިޕާޓްމަންޓުން ނެރެފި

19 ޖުލައި 2026
ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި އެމެރިކާގެ ރައްޔިތުންނަށް ސަލާމަތީ އިންޒާރެއް ސްޓޭޓް ޑިޕާޓްމަންޓުން ނެރެފި
19 ޖުލައި 2026

އީރާނަށް އެމެރިކާއިން ޖެހިޖެހިގެން އަށްވަނަ ރޭ ހަމަލާދީފި، އީރާނުން ގަލްފުގައި ހުރި އެމެރިކާގެ ބޭސްތަކަށް ރައްދު ހަމަލާދީފި - އެންމެ ފަހުގެ މައުލޫމާތު

19 ޖުލައި 2026
އީރާނަށް އެމެރިކާއިން ޖެހިޖެހިގެން އަށްވަނަ ރޭ ހަމަލާދީފި، އީރާނުން ގަލްފުގައި ހުރި އެމެރިކާގެ ބޭސްތަކަށް ރައްދު ހަމަލާދީފި - އެންމެ ފަހުގެ މައުލޫމާތު
19 ޖުލައި 2026

އެމެރިކާގެ ރައީސްގެ ސޮޔަކީ އަގެއް ނެތް އެއްޗެއް، މިއަދު މިވަނީ 'ބޮޑު ޝައިތާނާ' ގެ ހަގީގީ ސޫރަ އަނެއްކާވެސް ދުނިޔެއަށް ހާމަވެފައި: އީރާނުގެ ލީޑަރު

19 ޖުލައި 2026
އެމެރިކާގެ ރައީސްގެ ސޮޔަކީ އަގެއް ނެތް އެއްޗެއް، މިއަދު މިވަނީ 'ބޮޑު ޝައިތާނާ' ގެ ހަގީގީ ސޫރަ އަނެއްކާވެސް ދުނިޔެއަށް ހާމަވެފައި: އީރާނުގެ ލީޑަރު
18 ޖުލައި 2026

ސަރަހައްދުގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް އެމެރިކާގެ ހިއްސާދާރުން ހިމެނޭ ކުންފުނިތަކުގެ ވަސީލަތްތަކަށް ހަމަލާދީ ހަނގުރާމަ ފުޅާކުރާނެ ކަމުގެ އިންޒާރު އީރާނުން ދީފި

18 ޖުލައި 2026
ސަރަހައްދުގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް އެމެރިކާގެ ހިއްސާދާރުން ހިމެނޭ ކުންފުނިތަކުގެ ވަސީލަތްތަކަށް ހަމަލާދީ ހަނގުރާމަ ފުޅާކުރާނެ ކަމުގެ އިންޒާރު އީރާނުން ދީފި
18 ޖުލައި 2026

އީރާނުން ކުވެއިތުގެ ކަރަންޓާއި ފެން އުފައްދާ އިތުރު ޕްލާންޓަކަށް ހަމަލާދީ ސުންނާފަތި ކޮށްލައިފި

18 ޖުލައި 2026
އީރާނުން ކުވެއިތުގެ ކަރަންޓާއި ފެން އުފައްދާ އިތުރު ޕްލާންޓަކަށް ހަމަލާދީ ސުންނާފަތި ކޮށްލައިފި
18 ޖުލައި 2026

ކުވެއިތު އެއާޕޯޓު އީރާނުގެ ހަމަލާތަކާ ގުޅިގެން ބަންދުކޮށްފި

18 ޖުލައި 2026
ކުވެއިތު އެއާޕޯޓު އީރާނުގެ ހަމަލާތަކާ ގުޅިގެން ބަންދުކޮށްފި
18 ޖުލައި 2026

ކުވޭތުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ދަތުރުތައް ރީޝެޑިއުލް ކޮށްފި

18 ޖުލައި 2026
ކުވޭތުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ދަތުރުތައް ރީޝެޑިއުލް ކޮށްފި
18 ޖުލައި 2026

އެމެރިކާއިން އީރާނަށް ޖެހިޖެހިގެން ހަތްވަނަ ރޭގެ ހަމަލާތައް ދީފި

18 ޖުލައި 2026
އެމެރިކާއިން އީރާނަށް ޖެހިޖެހިގެން ހަތްވަނަ ރޭގެ ހަމަލާތައް ދީފި
18 ޖުލައި 2026

ބޫޝެހްރު ނިއުކްލިއާ ޕްލާންޓަށް އެއްވެސް ހަމަލާއެއް އަމާޒުވެފައެއް ނުވޭ، މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ދޮގެއް: ރިޕޯޓް

18 ޖުލައި 2026
ބޫޝެހްރު ނިއުކްލިއާ ޕްލާންޓަށް އެއްވެސް ހަމަލާއެއް އަމާޒުވެފައެއް ނުވޭ، މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ދޮގެއް: ރިޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު