Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޕީއެލް

އެމްޕީއެލް ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމަށް ލަމްއާން އައްޔަންކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޯޑަށް ގެނައި ބަދަލާއެކު، ސަރުކާރުގެ އެކި ކުންފުނިތަކުގެ އިސް މަގާމުތަކަށް އައު ބޭފުޅުން އައްޔަންކުރުމުގެ މަސައްކަތް ދަނީ ބާރު ސްޕީޑުގައި ކުރިއަށް. މިގޮތުން މިފްކޯ އާއި ޕީސީބީގެ އިސްވެރިންނަށް ވެސް ބަދަލުތަކެއް ގެނެސްފައިވާއިރު، މިއީ ޚަރަދު ކުޑަކޮށް ހިންގުން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރެވޭ ކަމެއް. ނަމަވެސް، މި ބަދަލުތަކުގެ ސަބަބުން ޚިދުމަތްތަކަށް ކުރާނެ އަސަރާ މެދު އާންމު ރައްޔިތުންގެ މެދުގައި ވަނީ ސުވާލު އުފެދިފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 1 މެއި 2026 | ހުކުރު 12:48
އެމްޕީއެލް ގެ ބޯޑަށް އައްޔަންކުރި ލަމްޢާން

އެމްޕީއެލް ގެ ބޯޑަށް އައްޔަންކުރި ލަމްޢާން | ޕީސީބީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަގާމަށް މ. ހަޒާރީވިލާ، މުޙައްމަދު ލަމްޢާން ހުކުރު ދުވަހު އައްޔަންކޮށްފި އެވެ.

މި އައްޔަންކުރުމާ އެކު އެ މަގާމުގައި ހުންނެވި ހ. އާހަމަ، އިބްރާހިމް ޒިޔަތު ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ.

Advertisement - newsAdvertisement

މި މަގާމާ ހަވާލުވުމަށްޓަކައި ބުރާސްފަތި ދުވަހު ލަމްޢާން ވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ލަމްޢާން އަކީ ސަރުކާރު ކުންފުނިތަކުގެ މަތީ މަގާމުތަކުގައި ތަޖުރިބާކާރު ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވާފަ އެވެ. އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީގެ ޗީފް ހިއުމަން ރިސޯސް އޮފިސަރުގެ މަގާމާއި ޗީފް ޕްރޮކިއުމަންޓް އޮފިސަރުގެ މަގާމު ވެސް ފުރުއްވާފައިވެ އެވެ.

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ އަކަށް އިބްރާހީމް ޒިޔަތު އައްޔަންކޮށްފައިވަނީ މާރިޗު 6 ވަނަ ދުވަހު އެވެ. ޒިޔަތު އަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ ކުރީގެ ސީއީއޯ އެވެ. ނަމަވެސް ހުކުރު ދުވަހު އޭނާ އެ މަގާމުން ވަކިކޮށްފައިވާއިރު، ވަކިކުރި ސީދާ ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

މި ބަދަލުތައް ގެނެސްފައި މި ވަނީ އެޕްރީލް 4 ވަނަ ދުވަހު ބ ޭއްވި އިންތިހާބު ތަކުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީ އާއެކު ސަރުކާރުގެ ހިންގުމަށް ބޮޑެތި ބަދަލު ތަކެއް ގެންނަމުންދާ ދަނޑިވަޅެއްގަ އެވެ. 

އެ ގޮތުން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށް، ޕީސީބީގެ ރައީސްކަން ކުރެއްވި މުޙައްމަދު އަނަސް ބުރާސްފަތި ދުވަހު ވަނީ އައްޔަންކޮށްފަ އެވެ. އަދި، ޕީސީބީގެ ރައީސް ކަމަށް 2015 އިން 2019 އަށް އެ މަގާމު އަދާކުރެއްވި މުޙައްމަދު ނިޒާރު ވަނީ އަލުން އައްޔަންކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވަނީ ސަރުކާރު ހިންގުމުގެ ޚަރަދު ކުޑަކުރުމަށް ކުންފުނިތަކުގެ ހިންގުމަށް ގިނަ ބަދަލުތަކެއް ގެންނާނެކަން އިއުލާނުކޮށްފަ އެވެ. ނަމަވެސް ސަރުކާރުގެ ހިންގުމަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް އެއްވެސް ކަހަލަ ހެޔޮ އަސަރެއް ނުކުރާތީ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

 

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްމުޙައްމަދު ލަމްޢާންމުޙައްމަދު ނިޒާރު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒުގެ ސަރުކާރުގައި އެމްޕީއެލަށް އައްޔަންކުރި ތިންވަނަ ސީއީއޯގެ މަގާމަށް ހުސައިން ޝަފީގް!

ރައީސް މުއިއްޒުގެ ސަރުކާރުގައި އެމްޕީއެލަށް އައްޔަންކުރި ތިންވަނަ ސީއީއޯގެ މަގާމަށް ހުސައިން ޝަފީގް!

22 އެޕްރީލު 2026
ހަރަދުކުޑަކުރުމުގެ ގޮތުން އެމްޕީއެލް އިން މުވައްޒަފުންގެ މަސައްކަތު ގަޑި ކުރުކޮށްފި

ހަރަދުކުޑަކުރުމުގެ ގޮތުން އެމްޕީއެލް އިން މުވައްޒަފުންގެ މަސައްކަތު ގަޑި ކުރުކޮށްފި

09 އެޕްރީލު 2026
އެމްޕީއެލްގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އެމްޕީއެލްގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

21 މާރިޗު 2026
އެމްޕީއެލްގެ ތިން ވަނަ ޑެޕިއުޓީ ސީއީއޯ އަކަށް ޒިޔަތު އައްޔަންކޮށްފި

އެމްޕީއެލްގެ ތިން ވަނަ ޑެޕިއުޓީ ސީއީއޯ އަކަށް ޒިޔަތު އައްޔަންކޮށްފި

17 މާރިޗު 2026
ސަރުކާރުގެ ކުންފުނި އެމްޕީއެލް އިން ލޮޖިސްޓިކްސް ވިޔަފާރިއަށް

ސަރުކާރުގެ ކުންފުނި އެމްޕީއެލް އިން ލޮޖިސްޓިކްސް ވިޔަފާރިއަށް

07 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު