Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވ. ތިނަދޫ

ވ.ތިނަދޫގައި ސިއްހީ ޚިދުމަތެއް ދެވޭނެ ގޮތެއް ނެތި މަރުކަޒު ހުންނަތާ އެއް މަހަށްވުރެ ގިނަ ދުވަސްވެއްޖެ

ތިނަދޫ ސިއްހީ މަރުކަޒުގައި ޑޮކްޓަރަކު އަދި ނަރުހަކު ނެތި ޚިދުމަތް މެދުކެނޑިފައިވާތީ، އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންގެ ކަންބޮޑުވުން ވަނީ އިންތިހާއަށް އިތުރުވެފައި. ފަތުރުވެރިކަން ފުޅާދާއިރާއެއްގައި ހިންގާ މި ރަށުގެ ކައުންސިލްގެ ހިންގުންވެސް ހުއްޓުމަކަށް އައިސްފައިވާއިރު، މި މައްސަލަ ބަލައި ހައްލުކުރުމަށް މަސައްކަތް ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އޮފް އިން ބުނެފައިވޭ. އަދި ހެލްތު މިނިސްޓްރީން ފޯނު ނުނަގާތީ އެފަރާތުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައި

އަމްނާ އިމާދު
އަމްނާ އިމާދު | 20 ޖުލައި 2026 | ހޯމަ 06:09
ވ. ތިނަދޫ، އެރަށަކީ ގެސްޓްހައުސް ވިޔަފާރި ވަރަށް ބޮޑަށް ފުވާވެފައިވާ ރަށެއް.

ވ. ތިނަދޫ، އެރަށަކީ ގެސްޓްހައުސް ވިޔަފާރި ވަރަށް ބޮޑަށް ފުވާވެފައިވާ ރަށެއް.

ވ. ތިނަދޫގައި ސިއްހީ ފަރުވާ ދެވޭނެ އެއްވެސް ގޮތެއް ނެތި އެރަށުގެ ސިއްހީ ޚިދުމަތް މެދުކެނޑިފައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެރަށުގެ ސިއްހީ މަރުކަޒުގައި މިވަގުތު އެއްވެސް ޑޮކްޓަރެއް އަދި ނަރުހެއް ވެސް ނެތްއިރު، މިއީ ފަތުރުވެރިކަން ފުޅާދާއިރާއެއްގައި ކުރިއަށްދާ ރަށަކަށް ވުމުން އާންމުންނާއި ވިޔަފާރިވެރިންގެ ކަންބޮޑުވުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

މި މައްސަލައާ ގުޅިގެން ފަށާއިރު ޕްރޮގްރާމްގެ ތެރެއިން ތިނަދޫ ކައުންސިލަށް ގުޅުމުން ކައުންސިލްގެ މުވައްޒަފެއް ބުނީ، ސިއްހީ މަރުކަޒުން ފޯނު ނުނަގާނެ ކަމަށާއި، އެތަނުގައި އެއްވެސް ޑޮކްޓަރެއް އަދި ނަރުހެއް ނެތް ކަމަށެވެ. އަދި މިހާރު މަހަކަށް ވުރެ ގިނަ ދުވަސްފައިވާ ކަމަށް އެމުވައްޒަފު ބުންޏެވެ.

މީގެ އިތުރުން މިމައްސަލައާ ގުޅިގެން ތަކުރާރުކޮށް ހެލްތު މިނިސްޓްރީ އަށް އަދި ހެލްތު މިނިސްޓްރީގެ މީޑީއާ އޮފިޝަލަށް ގުޅި ނަމަވެސް ފޯނު ނަގާފައެއް ނުވެ އެވެ.  

އެރަށަކީ ގެސްޓްހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގާ ރަކަށްވާތީ، މިމައްސަލައާ ގުޅިގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްއަށް ގުޅުމުން އޮފިޝަލް ވިދާޅުވީ ގެސްޓްހައުސް ވިޔަފާރި ހިންގުމުގެ ހުއްދަ ދޫކުރަނީ އެރަށެއްގައި ސިއްހީ މަރުކަޒެއް ހުރެ، އެ ތަނުން ސިއްހީ ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެހިފައިވާނަމަ ކަމަށެވެ. ނަމަވެސް ތިނަދޫގައި ޑޮކްޓަރުންނާއި ނަރުހުން ނެތިގެން ޚިދުމަތް މެދުކެނޑިފައިވާކަން މިހާތަނަށް އެނގިފައިނުވާ ކަމަށާއި، ހެލްތު މިނިސްޓްރީއާ ގުޅިގެން މި މައްސަލަ ބަލައި ހައްލު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

Your browser does not support the video tag.

ގެސްޓްހައުސް ވިޔަފާރި ހިންގުމުގެ ހުއްދަ ދޫކުރަނީ އެރަށެއްގައި ސިއްހީ މަރުކަޒެއް ހުރެ، އެ ތަނުން ސިއްހީ ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެހިފައިވާނަމަ

ތިނަދޫ އަކީ އާންމުކޮށް 300 އަށްވުރެ ގިނަ ފަތުރުވެރިން އަދި ސީޒަން ދުވަސްވަރު 500 އާއި 600 އާ ދެމެދުގެ އަދަދަކަށް ފަތުރުވެރިން އުޅޭ ރަށެކެވެ. ދައުލަތަށް ބޮޑު ޓެކުހެއް ދައްކަމުންދާ މިފަދަ ރަށެއްގައި ސިއްހީ ފަރުވާ ދެވޭނެ ގޮތެއް ނެތި މަހަކަށްވުރެ ގިނަ ދުވަސް ވެގެންދިއުމަކީ ސަރުކާރުގެ ބޮޑު އިހުމާލެއްގެ ގޮތުގައި އެ ރަށު މީހުން ދަނީ ސިފަ ކުރަމުންނެވެ. 

ރަށުގެ އިދާރީ ހިންގުމަށް ބަލާއިރު، ތިނަދޫ ކައުންސިލްގެ މަސައްކަތްތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. ކައުންސިލްގެ ރައީސް ޝުޖާއު އަލީގެ ގޮނޑި ގެއްލިފައިވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައެޅުމާ ގުޅިގެން، މިހާރު ކައުންސިލްގައި ތިއްބެވީ އެންމެ ދެ މެންބަރުންނެވެ. އަދި މިހާރު އޮތް ހާލަތުގެ ސަބަބުން ރަށުގެ މުހިންމު ކަންކަމުގައި ގޮތް ނިންމުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ.

ސިއްހީ ޚިދުމަތް މެދުކެނޑިފައިވާ މި ދަނޑިވަޅުގައި، ކުއްލި ހާލަތެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތެއް ނެތުމަކީ ރަށުގެ ރައްޔިތުންނާއި ފަތުރުވެރިންގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ. މިކަމަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް ރަށުގެ ރައްޔިތުން ދަނީ ގޮވާލަމުންނެވެ.

ވ. ތިނަދޫޞިއްޙީ މަރުކަޒު

އިތުރަށް ކިޔާލަން

03 ޖުލައި 2026

އެމްޑީޕީ އަށް ސޮއިކުރުމުން ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލިއްޖެ

03 ޖުލައި 2026
އެމްޑީޕީ އަށް ސޮއިކުރުމުން ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލިއްޖެ
04 ޖޫން 2026

ޕާޓީ ބަދަލުކުރި ކަމަށް ބުނެ، ތިނަދޫ ކައުންސިލްގެ ރައީސް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފި

04 ޖޫން 2026
 ޕާޓީ ބަދަލުކުރި ކަމަށް ބުނެ، ތިނަދޫ ކައުންސިލްގެ ރައީސް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފި
23 ޑިސެމްބަރު 2025

ފޯކައިދޫ ސިއްހީ މަރުކަޒު ގެ ވަށާ ފާރު ގެ ބެރީގެ މަސައްކަތް ހުއްޓިފައި އޮންނަތާ 2 އަހަރު

23 ޑިސެމްބަރު 2025
ފޯކައިދޫ ސިއްހީ މަރުކަޒު ގެ ވަށާ ފާރު ގެ ބެރީގެ މަސައްކަތް ހުއްޓިފައި އޮންނަތާ 2 އަހަރު
20 ޑިސެމްބަރު 2025

މިސަރުކާރުން ކަނޑިތީމުގައި ފެށި އެއްވެސް މަޝްރޫއުއެއް ކުރިއަކަށް ނުދޭ: ކައުންސިލް ރައީސް އަހުސަން

20 ޑިސެމްބަރު 2025
މިސަރުކާރުން ކަނޑިތީމުގައި ފެށި އެއްވެސް މަޝްރޫއުއެއް ކުރިއަކަށް ނުދޭ: ކައުންސިލް ރައީސް އަހުސަން
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
19 ސެޕްޓެމްބަރު 2025

ރައީސްގެ ދަތުރުފުޅުގެ ތެރެއިން ވ. ފުލިދޫގަ އާއި އެ އަތޮޅު ތިނަދޫގައި އޭޓީއެމް ހުޅުއްވައިދެއްވައިފި

19 ސެޕްޓެމްބަރު 2025
ރައީސްގެ ދަތުރުފުޅުގެ ތެރެއިން ވ. ފުލިދޫގަ އާއި އެ އަތޮޅު ތިނަދޫގައި އޭޓީއެމް ހުޅުއްވައިދެއްވައިފި
19 ޑިސެމްބަރު 2023

ވ.ތިނަދޫ ޕޮލިސް ޕޯސްޓު ހުޅުވައި ފުލުހުންގެ ޚިދުމަތްދޭން ފަށައިފި

19 ޑިސެމްބަރު 2023
ވ.ތިނަދޫ ޕޮލިސް ޕޯސްޓު ހުޅުވައި ފުލުހުންގެ ޚިދުމަތްދޭން ފަށައިފި
17 ޖުލައި 2023

ރައީސުލްޖުމްހޫރިއްޔާ، ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރައްވައި، ތިނަދޫ އައު އިންޖީނުގެ ހުޅުއްވައިދެއްވައިފި

17 ޖުލައި 2023
ރައީސުލްޖުމްހޫރިއްޔާ، ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރައްވައި، ތިނަދޫ އައު އިންޖީނުގެ ހުޅުއްވައިދެއްވައިފި
25 މާރިޗު 2023

ވ.ރަކީދޫއާއި ތިނަދޫ އަދި އދ. ދިއްދޫ ދާއިރާގެ ބައި-އިލެކްޝަން މެއި-6 ގައި

25 މާރިޗު 2023
ވ.ރަކީދޫއާއި ތިނަދޫ އަދި އދ. ދިއްދޫ ދާއިރާގެ ބައި-އިލެކްޝަން މެއި-6 ގައި
07 ސެޕްޓެމްބަރު 2022

ވ. ތިނަދޫ ކުނިކޮށިން 1350 ޓަނުގެ ކުނި ހުސްކޮށްފި

07 ސެޕްޓެމްބަރު 2022
ވ. ތިނަދޫ ކުނިކޮށިން 1350 ޓަނުގެ ކުނި ހުސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު