Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނުން ކުވެއިތުގެ ކަރަންޓާއި ފެން އުފައްދާ އިތުރު ޕްލާންޓަކަށް ހަމަލާދީ ސުންނާފަތި ކޮށްލައިފި

އެމެރިކާއިން އީރާނުގެ އާންމު ޚިދުމަތްތަކަށް އަމާޒުކޮށް ޖެހިޖެހިގެން ހަތް ރޭ ހަމަލާދީފައިވާއިރު، ބަދަލުހިފުމުގެ ގޮތުން ދަނީ ގަލްފް ސަރަހައްދުގައި އެމެރިކާގެ އެސެޓްތައް ހުރި ގައުމުތަކަށް ހަމަލާދެމުން. އީރާނުން ކުވެއިތުގެ ކަރަންޓާއި ފެން އުފައްދާ މަރުކަޒަކަށް ވަރުގަދަ ހަމަލާތަކެއް ވަނީ ދީފައި. މި ހަމަލާތަކުގެ ސަބަބުން ކުވެއިތުގެ ފެން އުފައްދާ ނިޒާމަށާއި، ކަރަންޓުގެ ޚިދުމަތައް ބުރޫ އަރާފައިވާއިރު، އެއާޕޯޓުގެ އޮޕަރޭޝަންތައް ވެސް ވަނީ ހުއްޓާލާފައި.

ރާއްޖެ އެމްވީ | 18 ޖުލައި 2026 | ހޮނިހިރު 08:18
Your browser does not support the video tag.
0:00 / 0:00

އީރާނުން ދިން ހަމަލާތަކުގެ ސަބަބުން ކުވައިތުގައި ފެން އުފައްދާ ޕްލާންޓްތަކާއި ކަރަންޓު އުފައްދާ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެ ތަންތަން ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި | ސްކްރީން އިމޭޖް

ކުރިން ދިން ހަމަލާއަށް 24 ގަޑިއިރުވެސް ނުވަނީސް، އީރާނުން ކުވެއިތުގެ ކަރަންޓާއި ފެން އުފައްދާ އިތުރު ޕްލާންޓަކަށް ހަމަލާދީ، އޭގެ ބައެއް ޔުނިޓްތައް މަސައްކަތް ނުކުރާ މިންވަރަށް ހަލާކުކޮށްލާފައިވާ ކަމަށް އެ ގައުމުން ހޮނިހިރު ދުވަހު ބުނެފި އެވެ.

ކުވެއިތުގެ މިނިސްޓްރީ އޮފް އިލެކްޓްރިސިޓީ އެންޑް ވޯޓާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިން މި ހަމަލާގެ ސަބަބުން ކަރަންޓާއި ފެން ސާފުކުރާ ޕްލާންޓުގެ ބައެއް ބައިތަކުގައި އަލިފާން ރޯވެ، ކަރަންޓު އުފައްދާ ބައެއް ޔުނިޓްތަކުގެ މަސައްކަތް މެދުކަނޑާލަން ޖެހިފައިވާ ކަމަށެވެ.

އެމެރިކާގެ ސިފައިން ހުކުރު ދުވަހުގެ ރޭ ވެސް އީރާނަށް ހަމަލާދީފައިވާއިރު، މިއީ ޖެހިޖެހިގެން އެމެރިކާއިން އީރާނަށް ހަމަލާދިން ހަތްވަނަ ރެއެވެ. ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާނުގެ ފެނުގެ ނިޒާމަށާއި އާންމުން ބޭނުންކުރާ ބްރިޖުތަކަށް އަމާޒުކޮށް ވަނީ ހަމަލާދީފަ އެވެ.

މި ހަމަލާތަކާ ގުޅިގެން، އީރާނުގެ ދެކުނުގެ ސަރަހައްދުތައް ކަމަށްވާ ބަންދަރު އައްބާސް ފަދަ ރަށްތަކުގެ ރައްޔިތުންނަށް މި ހޫނު މޫސުމުގައި ކަރަންޓާއި ބޯފެން ލިބުމުގެ ދަތިކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އީރާނުން ރިޕޯޓުކޮށްފައިވެ އެވެ.

އީރާނުން މި ހަމަލާތައް ދީފައިވަނީ، ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް ބަދަލުހިފުމުގެ ގޮތުންނެވެ.

އީރާނުގެ ހަމަލާތަކާ ގުޅިގެން ކުވެއިތުގެ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލުމަށްފަހު، ގިނަ ފްލައިޓްތަކެއްގެ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށް ކުވެއިތު އެއާވޭސްއިން ހޮނިހިރު ދުވަހު ވަނީ ބުނެފަ އެވެ.

އީރާން-ކުވެއިތުއީރާން-އެމެރިކާބަންދަރު އައްބާސްކުވައިތު އެއަރވޭސް

އިތުރަށް ކިޔާލަން

18 ޖުލައި 2026

ކުވެއިތު އެއާޕޯޓުގެ ފްލައިޓްތައް އީރާނުގެ ހަމަލާތަކާ ގުޅިގެން ބަންދުކޮށްފި

18 ޖުލައި 2026
ކުވެއިތު އެއާޕޯޓުގެ ފްލައިޓްތައް އީރާނުގެ ހަމަލާތަކާ ގުޅިގެން ބަންދުކޮށްފި
18 ޖުލައި 2026

ކުވޭތުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ދަތުރުތައް ރީޝެޑިއުލް ކޮށްފި

18 ޖުލައި 2026
ކުވޭތުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ދަތުރުތައް ރީޝެޑިއުލް ކޮށްފި
18 ޖުލައި 2026

ބޫޝެހްރު ނިއުކްލިއާ ޕްލާންޓަށް އެއްވެސް ހަމަލާއެއް އަމާޒުވެފައެއް ނުވޭ، މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ދޮގެއް: ރިޕޯޓް

18 ޖުލައި 2026
ބޫޝެހްރު ނިއުކްލިއާ ޕްލާންޓަށް އެއްވެސް ހަމަލާއެއް އަމާޒުވެފައެއް ނުވޭ، މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ދޮގެއް: ރިޕޯޓް
18 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅިން ތައިލެންޑުގެ ދިދަ ޖަހާފައިވާ އުޅަނދަކަށް ހަމަލާދީފި

18 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅިން ތައިލެންޑުގެ ދިދަ ޖަހާފައިވާ އުޅަނދަކަށް ހަމަލާދީފި
17 ޖުލައި 2026

އީރާނުގެ ވަރުގަދަ އިންޒާރު: އެމެރިކާގެ އަސްކަރިއްޔާއަށް ނިސްބަތްވާ އުޅަނދުފަހަރާއި ވަސީލަތްތައް މިދަނީ ވަރަށް ގާތުން މޮނިޓަރު ކުރަމުން "ޒީރޯ އަވާ" އާ ދަނީ ގާތްވަމުން!

17 ޖުލައި 2026
އީރާނުގެ ވަރުގަދަ އިންޒާރު: އެމެރިކާގެ އަސްކަރިއްޔާއަށް ނިސްބަތްވާ އުޅަނދުފަހަރާއި ވަސީލަތްތައް މިދަނީ ވަރަށް ގާތުން މޮނިޓަރު ކުރަމުން "ޒީރޯ އަވާ" އާ ދަނީ ގާތްވަމުން!
17 ޖުލައި 2026

އުރުދުންގައި ހުރި އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން އީރާނުން ހަމަލާދީފި

17 ޖުލައި 2026
އުރުދުންގައި ހުރި އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން އީރާނުން ހަމަލާދީފި
17 ޖުލައި 2026

އަދަން ކަނޑުން ދަތުރުކުރަމުން ދިޔަ ޓޭންކަރަކަށް ކަނޑުފޭރޭ ބަޔަކު އަރައިފި

17 ޖުލައި 2026
އަދަން ކަނޑުން ދަތުރުކުރަމުން ދިޔަ ޓޭންކަރަކަށް ކަނޑުފޭރޭ ބަޔަކު އަރައިފި
17 ޖުލައި 2026

އީރާނުގެ ހަމަލާގައި ކުވެއިތުގެ ކަރަންޓު ސްޓޭޝަނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

17 ޖުލައި 2026
އީރާނުގެ ހަމަލާގައި ކުވެއިތުގެ ކަރަންޓު ސްޓޭޝަނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
17 ޖުލައި 2026

ބުރާސްފަތި ދުވަހު ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައިވަނީ މުދާ އުފުލާ އެންމެ ތިން އުޅަނދު

17 ޖުލައި 2026
ބުރާސްފަތި ދުވަހު ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައިވަނީ މުދާ އުފުލާ އެންމެ ތިން އުޅަނދު
17 ޖުލައި 2026

އެމެރިކާއިން އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާދީފި، އީރާނުން ގަލްފުގެ ގައުމުތަކަށް ހަމަލާދީ ބަދަލު ހިފަނީ: އެންމެ ފަހުގެ މައުލޫމާތު

17 ޖުލައި 2026
އެމެރިކާއިން އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާދީފި، އީރާނުން ގަލްފުގެ ގައުމުތަކަށް ހަމަލާދީ ބަދަލު ހިފަނީ: އެންމެ ފަހުގެ މައުލޫމާތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު