Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

އަމިއްލަ ޤައުމުގައި ހުންނަވައިގެން މެޗު ބައްލަވަން ބޭނުންފުޅު ނުވާތީ، އާޖެންޓީނާގެ ރައީސް ފައިނަލް މެޗު ބައްލަވަން އެމެރިކާ އަށް ވަޑައިނުގަންނަވާނެ

17 ޖުލައި 2026 | ހުކުރު 10:38

މިލޭ ވިދާޅުވީ މުބާރާތުގައި މިހާތަނަށް އާޖެންޓީނާ އިން ކުޅުނު ހަތް މެޗު ވެސް ބައްލަވާފައި ވަނީ އަމިއްލަފުޅު ޤައުމުގައި ހުންނަވައިގެން ކަމަށް. އެ ހަތް މެޗުން ވެސް އާޖެންޓީނާ މޮޅުވެފައިވާއިރު، މިލޭ ވިދާޅުވީ ޓީމަށް ތަރުހީބު ދިނުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، އަމިއްލަފުޅު ޤައުމުގެ ރައްޔިތުންނާ އެކު މެޗު ބެއްލެވުމަށް އިޚްތިޔާރު ކުރެއްވީ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖުލައި 2026 | ހުކުރު 10:38
އާޖެންޓީނާގެ ރައީސް ހަވިއާ މިލޭ

އާޖެންޓީނާގެ ރައީސް ހަވިއާ މިލޭ | ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ސްޕެއިން އާއި އާޖެންޓީނާ ބައްދަލު ކުރާ މެޗު ބައްލަވާނީ އަމިއްލަފުޅު ޤައުމުގައި ހުންނަވައިގެން ކަމަށާއި، މުބާރާތުގެ ފައިނަލް މެޗު ބައްލަވަން އެމެރިކާ އަށް ވަޑައިނުގަންނަވާނެ ކަމަށް އާޖެންޓީނާގެ ރައީސް ހަވިއާ މިލޭ ވިދާޅުވެއްޖެ އެވެ.

މިލޭ ވިދާޅުވީ މުބާރާތުގައި މިހާތަނަށް އާޖެންޓީނާ އިން ކުޅުނު ހަތް މެޗު ވެސް ބައްލަވާފައި ވަނީ އަމިއްލަ ޤައުމުގައި ހުންނަވައިގެން ކަމަށެވެ. އެ ހަތް މެޗުން ވެސް އާޖެންޓީނާ މޮޅުވެފައިވާއިރު، މިލޭ ވިދާޅުވީ ޓީމަށް ތަރުހީބު ދިނުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، އަމިއްލަފުޅު ޤައުމުގެ ރައްޔިތުންނާ އެކު މެޗު ބެއްލެވުމަށް އިޚްތިޔާރު ކުރެއްވީ ކަމަށެވެ.

ބުރާސްފަތި ދުވަހު މިލޭ އެހެން ވިދާޅުވެފައި ވަނީ ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ނޫސްވެރިޔާ ސުވާލު ދަންނަވާފައި ވަނީ އާދީއްތަ ދުވަހު އެމެރިކާގެ ނިއު ޖާސީ އަށް ވަޑައިގެން، މިލޭގެ ގާތް އެކުވެރިޔާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ފީފާގެ ޖިއާނީ އިންފަންޓީނޯ އާ އެކު މެޗު ބައްލަވާނެތޯ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިލޭ ވިދާޅުވީ، އެއްގޮތަކަށް ވެސް އެހެން ނޫން ކަމަށެވެ. 

އާޖެންޓީނާގެ ރޭޑިއޯ ސްޓޭޝަނެއް ކަމަށް އެލް އޮބްޒާވަޑޯ އަށް ދެއްވި ބަސްދީގަތުމެއްގައި މިލޭ ވިދާޅުވީ، އޮލިވޯސްގައި ހުންނަ ރައީސްގެ ގެކޮޅުގައި ހުންނަވައިގެން މެޗު ބައްލަވާނެ ކަމަށެވެ. މިލޭ ވިދާޅުވީ އާޖެންޓީނާގެ ޓީމަށް ފުރިހަމަ ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށާއި، އާޖެންޓީނާ އިން މުބާރާތުގެ ތަށި ހަތަރު ވަނަ ފަަހަރަށް އުފުލާލާނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ. 

ވޯލްޑް ކަޕްގެ ފައިނަލް މެޗު ބަައްލަވަން މިލޭ ވަޑައިނުގަންނަވާއިރު، އާޖެންޓީނާގެ ރައީސުން ވަނީ ދިގު މުއްދަތެއް ވަންދެން އެކަން ކުރައްވައިފަ އެވެ. މީގެ ކުރިން 1990 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި އާޖެންޓީނާގެ ރައީސް ކާލޯސް މެނެމް ޓީމާ ބައްދަލު ކުރެއްވި އެވެ. އޭގެ ފަހުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ކެމަރޫން އަތުން ބަލިވުމާ އެކު، އޭގެ ފަހުން އާޖެންޓީނާގެ ރައީސުން ވޯލްޑް ކަޕްގެ މެޗު ބައްލަވަން ވަޑައިގެންނެވި ކަމެއް އެނގިފައި ނުވެ އެވެ.

އާޖެންޓީނާ އިން ވަނީ އެންމެ ފަހުން 2022 ވަނަ އަހަރު ޤަތަރުގައި އޮތް ވޯލްޑް ކަޕް ކާމިޔާބު ކޮށްފައި އެވެ. މިފަހަރުގެ މުބާރާތުގެ ފައިނަލް އިން އާޖެންޓީނާ ޖާގަ ހޯދާފައިވާއިރު، އާޖެންޓީނާ އިން މުބާރާތުގެ ތަށި ދިފާއު ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރާނެ އެވެ.

ފީފާ ވަރލްޑް ކަޕް 2026އާޖެންޓީނާހަވިއާ މިލޭ

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

މޯދީގެ ވީޑިއޯ މައްސަލައިގައި ޒަކަރބާގް މައާފަށް އެދިއްޖެ

އިތުރަށް ކިޔާލަން

17 ޖުލައި 2026

ޓްރަމްޕް އަށް އިންތިހާ އަށް ފާޑު ވިދާޅުވާ ސްޕެއިންގެ ބޮޑުވަޒީރު ސަންޗޭޒް، ވޯލްޑް ކަޕް ފައިނަލަށް އެމެރިކާ އަށް ވަޑައިގަންނަވަނީ

17 ޖުލައި 2026
ޓްރަމްޕް އަށް އިންތިހާ އަށް ފާޑު ވިދާޅުވާ ސްޕެއިންގެ ބޮޑުވަޒީރު ސަންޗޭޒް، ވޯލްޑް ކަޕް ފައިނަލަށް އެމެރިކާ އަށް ވަޑައިގަންނަވަނީ
17 ޖުލައި 2026

މެސީގެ ތިން ވަނަ ވޯލްޑް ކަޕް ފައިނަލް: އޭނާ އަކީ އެންމެ މޮޅު ކުޅުންތެރިޔާކަމާ މެދު އިތުރު ބަހުސެއް ނެތް!

17 ޖުލައި 2026
މެސީގެ ތިން ވަނަ ވޯލްޑް ކަޕް ފައިނަލް: އޭނާ އަކީ އެންމެ މޮޅު ކުޅުންތެރިޔާކަމާ މެދު އިތުރު ބަހުސެއް ނެތް!
17 ޖުލައި 2026

ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި މެސީ އާއި ޔަމާލް: އުމުރުން 20 އަހަރުގައި މެސީ ހުރީ ފަސް މަހުގެ ޔަމާލް އުރައިގެން!

17 ޖުލައި 2026
ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި މެސީ އާއި ޔަމާލް: އުމުރުން 20 އަހަރުގައި މެސީ ހުރީ ފަސް މަހުގެ ޔަމާލް އުރައިގެން!
16 ޖުލައި 2026

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލް ކާމިޔާބުކުރާނެ ފޭވަރިޓުންނަކީ ސްޕެއިން ކަމަށް ބެލެވެނީ ކީއްވެގެން ހެއްޔެވެ؟

16 ޖުލައި 2026
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލް ކާމިޔާބުކުރާނެ ފޭވަރިޓުންނަކީ ސްޕެއިން ކަމަށް ބެލެވެނީ ކީއްވެގެން ހެއްޔެވެ؟
16 ޖުލައި 2026

ވާދަވެރި އިންގްލެންޑްގެ މައްޗަށް ކުރިހޯދައި އާޖެންޓީނާ ފައިނަލަށް ދަތުރުކުރި މެޗުގެ ނަތީޖާ ބަދަލުކޮށްލީ ކިހިނެއް؟

16 ޖުލައި 2026
ވާދަވެރި އިންގްލެންޑްގެ މައްޗަށް ކުރިހޯދައި އާޖެންޓީނާ ފައިނަލަށް ދަތުރުކުރި މެޗުގެ ނަތީޖާ ބަދަލުކޮށްލީ ކިހިނެއް؟
16 ޖުލައި 2026

ފޯކްލޭންޑް ބެނާ މައްސަލައިގައި ފީފާއިން އާޖެންޓީނާއަށް ފިޔަވަޅު އަޅަނީ

16 ޖުލައި 2026
ފޯކްލޭންޑް ބެނާ މައްސަލައިގައި ފީފާއިން އާޖެންޓީނާއަށް ފިޔަވަޅު އަޅަނީ
16 ޖުލައި 2026

އިންގްލެންޑުން ހެދި ގޯސްތަކުގެ ފައިދާ ރަނގަޅަށް ނެގުނު، އާޖެންޓީނާ އޮތީ ލެއިން ޤުރުބާންވާން ތައްޔާރަށް: ސްކަލޯނީ

16 ޖުލައި 2026
އިންގްލެންޑުން ހެދި ގޯސްތަކުގެ ފައިދާ ރަނގަޅަށް ނެގުނު، އާޖެންޓީނާ އޮތީ ލެއިން ޤުރުބާންވާން ތައްޔާރަށް: ސްކަލޯނީ
16 ޖުލައި 2026

ޓުޗެލް ގެނައި ބަދަލުތަކަށް ފާޑު ކިޔުން، އޭނާ ބުނީ "ރިގްރެޓް" ނުކުރާ ކަމަށް!

16 ޖުލައި 2026
ޓުޗެލް ގެނައި ބަދަލުތަކަށް ފާޑު ކިޔުން، އޭނާ ބުނީ "ރިގްރެޓް" ނުކުރާ ކަމަށް!
16 ޖުލައި 2026

ޑެޝޯމްޕްސްގެ ސުވާލެއް: "މިއީ ސެމީ ފައިނަލް މެޗެއް އިންސާފު ކުރެވޭ ފެންވަރުގެ ރެފްރީއެއްތަ؟"

16 ޖުލައި 2026
ޑެޝޯމްޕްސްގެ ސުވާލެއް: "މިއީ ސެމީ ފައިނަލް މެޗެއް އިންސާފު ކުރެވޭ ފެންވަރުގެ ރެފްރީއެއްތަ؟"
16 ޖުލައި 2026

މޮޅު ކުޅުންތެރިޔަކަށް މެސީ ވީ ސަބަބެއް އޮތީމާ، އަދި ވެސް ކުޅެނީ އެންމެ މަތީ ފެންވަރުގައި: ކޭން

16 ޖުލައި 2026
މޮޅު ކުޅުންތެރިޔަކަށް މެސީ ވީ ސަބަބެއް އޮތީމާ، އަދި ވެސް ކުޅެނީ އެންމެ މަތީ ފެންވަރުގައި: ކޭން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް