Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ވޯލްޑް ކަޕް ފައިނަލް: ސްޕެއިން އާއި އާޖެންޓީނާ ތާރީހީ ކުރިމަތިލުމަކަށް - މެޗު ބަލަން ފެށުމުގެ ކުރިން ކޮންމެހެން އެނގެންޖެހޭ މައުލޫމާތު

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާއިރު، މިއީ ފާއިތުވި 60 އަހަރުގެ ތެރޭގައި ޔޫރަޕާއި ދެކުނު އެމެރިކާގެ ޗެމްޕިއަނުން ފައިނަލެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މެސީ އާއި ޒުވާން ތަރި ޔަމާލްގެ ކުރިމަތިލުމެއް ފެންނާނެ މި މެޗު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑީ ސްޕެއިންއަށް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖެ އެމްވީ | 19 ޖުލައި 2026 | އާދީއްތަ 08:34
ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗުގައި ބައްދަލުކުރާ ދެޓީމުގައި ހިމެނޭ (ވައަތުން ކަނާތަައް) ސްޕެއިންގެ ރޮޑްރީ، އެލެކްސް ބައޭނާ، ލަމީން ޔަމާލް އަދި އުނާއި ސިމޯންގެ އިތުރުން އާޖެންޓީނާގެ އެމީލިއާނޯ މާޓިނޭޒް، ލިއޮނަލް މެސީ، ހޫލިއަން އަލްވަރޭޒް އަދި އެންޒޯ ފެނާންޑޭޒް

ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗުގައި ބައްދަލުކުރާ ދެޓީމުގައި ހިމެނޭ (ވައަތުން ކަނާތަައް) ސްޕެއިންގެ ރޮޑްރީ، އެލެކްސް ބައޭނާ، ލަމީން ޔަމާލް އަދި އުނާއި ސިމޯންގެ އިތުރުން އާޖެންޓީނާގެ އެމީލިއާނޯ މާޓިނޭޒް، ލިއޮނަލް މެސީ، ހޫލިއަން އަލްވަރޭޒް އަދި އެންޒޯ ފެނާންޑޭޒް | ގެޓީ އިމޭޖަސް

ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ 39 ދުވަހުގެ ފޯރިގަދަ ކުޅުމަށްފަހު، މުބާރާތުގެ އެންމެ ފަހު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ނުކުންނާނީ ގަދަފަދަ ސްޕެއިންއާ ދެކޮޅަށެވެ.

އަންނަ އާދިއްތަ ދުވަހު ނިއު ޖާޒީގައި ކުޅޭ މި ފައިނަލް މެޗަކީ ތަފާތު ކުރިމަތިލުމަކަށް ވެގެންދާނެ އެވެ. އެއީ މި މުބާރާތުގެ އެންމެ ވަރުގަދަ އެޓޭކާއި އެންމެ ވަރުގަދަ ޑިފެންސް ބައްދަލުކުރާ މެޗަށް ވާތީ އެވެ. 

އާޖެންޓީނާ އަކީ މިހާތަނަށް އެންމެ ގިނަ ލަނޑު (19 ލަނޑު) ޖެހި ޓީމެވެ. އަދި ސްޕެއިން އަކީ އެންމެ މަދު ލަނޑު (އެއް ލަނޑު) ބައިކޮޅަށް ވަން ޓީމެވެ. މީގެ އިތުރުން، މިއީ ފާއިތުވި 60 އަހަރުގެ ތެރޭގައި ދެކުނު އެމެރިކާގެ ޗެމްޕިއަނުންނާއި ޔޫރަޕްގެ ޗެމްޕިއަނުން ވޯލްޑް ކަޕް ފައިނަލެއްގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.

މި ކުރިމަތިލުން އިތުރަށް ހާއްސަވާ އަނެއް ސަބަބަކީ މިއީ ދެ ޖީލެއްގެ ދެ ތަރިންގެ ކުރިމަތިލުމަކަށް ވުމެވެ. އެގޮތުން ސްޕެއިންގެ އުމުރުން 19 އަހަރުގެ އުއްމީދީ ކުޅުންތެރިޔާ ލަމީން ޔަމާލް ނުކުންނާނީ، އޭނާ ކުޑައިރުން ފެށިގެން ނަމޫނާއަކަށް ބަލަމުން އައި އާޖެންޓީނާގެ އުމުރުން 39 އަހަރުގެ ލިއޮނަލް މެސީއާ ދެކޮޅަށެވެ.

ސްޕެއިން އާއި އާޖެންޓީނާ ބައްދަލުކުރާ މެޗާ ގުޅޭ މުހިންމު މައުލޫމާތުތައް:

މެޗުން މޮޅުވާނީ ކޮން ޓީމެއް؟

އޮޕްޓާ ސުޕަ ކޮމްޕިއުޓަރުން ލަފާކުރާ ގޮތުގައި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ 59.46 އިންސައްތަ ފުރުސަތު އޮތީ ސްޕެއިންއަށެވެ. އަދި 2022 ވަނަ އަހަރު ހޯދި ތަށި ދިފާއު ކުރުމުގެ 40.54 އިންސައްތަ ފުރުސަތެއް އާޖެންޓީނާއަށް އެބައޮތެވެ.

ވޯލްޑް ކަޕް ފައިނަލް ކުޅޭނީ ކޮންތާކު؟

ވޯލްޑް ކަޕް ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ނޭޝަނަލް ފުޓްބޯޅަ ލީގު (އެން.އެފް.އެލް) ގެ ދެ ޓީމު ކަމަށްވާ ނިއު ޔޯކް ޖަޔަންޓްސް އާއި ނިއު ޔޯކް ޖެޓްސްގެ ހޯމް ގްރައުންޑް ކަމަށްވާ މެޓްލައިފް ސްޓޭޑިއަމްގަ އެވެ. ފީފާ ވޯލްޑް ކަޕަށްޓަކައި މި ސްޓޭޑިއަމްގެ ނަން ވަގުތީ ގޮތުން ވަނީ "ނިއު ޔޯކް-ނިއު ޖާޒީ ސްޓޭޑިއަމް" އަށް ބަދަލުކޮށްފަ އެވެ.

2010 ވަނަ އަހަރު ބިނާކުރި މި ބޮޑު ސްޓޭޑިއަމަކީ ފުޓްބޯޅަ މެޗުތަކުގައި 82,500 ސަޕޯޓަރުންނަށް ވަދެވޭނެ ޖާގަ އޮތް ތަނެކެވެ. މި ސްޓޭޑިއަމްގައި 2025 ވަނަ އަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލް މެޗާއި ދެ ސެމީ ފައިނަލް މެޗު ވެސް ވަނީ ކުޅެފަ އެވެ.

ސްޕެއިން އާއި އާޖެންޓީނާ: ކުރިމަތިލުންތަކުގެ ތާރީހު

  • ޖުމްލަ މެޗު: 16
  • ސްޕެއިން މޮޅުވީ: 6
  • އާޖެންޓީނާ މޮޅުވީ: 6
  • އެއްވަރުވީ: 2

ސްޕެއިން އާއި އާޖެންޓީނާ: އެންމެ ފަހުން ކުޅުނު 5 މެޗު

(މިއީ ހުސް އެކުވެރިކަމުގެ މެޗުތަކެވެ)

  • މާރިޗު 2018: ސްޕެއިން 6-1 އާޖެންޓީނާ
  • ސެޕްޓެމްބަރު 2010: އާޖެންޓީނާ 4-1 ސްޕެއިން
  • ނޮވެމްބަރު 2009: ސްޕެއިން 2-1 އާޖެންޓީނާ
  • އޮކްޓޯބަރު 2006: ސްޕެއިން 2-1 އާޖެންޓީނާ
  • ނޮވެމްބަރު 1999: ސްޕެއިން 0-2 އާޖެންޓީނާ

މީގެ ކުރިން ވޯލްޑް ކަޕެއްގައި މި ދެ ޓީމު ބައްދަލުކުރިތަ؟

އާނއެކެވެ. ނަމަވެސް ބައްދަލުކުރީ އެންމެ ފަހަރަކު އެވެ.

އެއީ 1966 ވަނަ އަހަރު އިންގްލެންޑުގައި ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގަ އެވެ. އެ މެޗުން އާޖެންޓީނާ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. އެ މުބާރާތުން ސްޕެއިން ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އާޖެންޓީނާ ކެޓީ ކުއާޓާ ފައިނަލުންނެވެ.

ސްޕެއިން އާއި އާޖެންޓީނާ: ހޯދާފައިވާ ކާމިޔާބީތައް

ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބުކުރީ އެންމެ ފަހަރަކުއެވެ. އެއީ 2010 ވަނަ އަހަރުއެވެ. އާޖެންޓީނާ ވަނީ ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އެއީ 1978، 1986 އަދި 2022 ވަނަ އަހަރު އެވެ.

ބައްރުގެ މުބާރާތްތަކަށް ބަލާއިރު، ސްޕެއިން އަކީ ހަތަރު ފަހަރު (1964، 2008، 2012 އަދި 2024) ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިގެން އެންމެ ގިނަ ތަށި ހޯދި ޓީމުގެ ރެކޯޑް އޮތް ގައުމެވެ. އާޖެންޓީނާ އަކީ ދެކުނު އެމެރިކާގެ ކޮޕާ އެމެރިކާ 16 ފަހަރު ކާމިޔާބުކޮށްގެން އެންމެ ކާމިޔާބު ޓީމުގެ ރެކޯޑް އޮތް ގައުމެވެ. އެންމެ ފަހުން އެޓީމުން ކޮޕާ އެމެރިކާ ކާމިޔާބުކުރީ 2024 ވަނަ އަހަރު އެވެ.

ސްޕެއިންގެ މުހިންމު ކުޅުންތެރިންނަކީ ކޮބާ؟

ސްޕެއިންގެ ފޯވާޑް، ޖާޒީ ނަންބަރު 19 ލަމީން ޔަމާލް (ވ) އަދި އެ ގައުމުގެ މިޑްފީލްޑަރު، ޖާޒީ ނަންބަރު 20 ޕެޑްރީ (ކ) ނިއު ޖާޒީގެ އީސްޓް ހެނޯވަރގައި ހުންނަ މެލަނީ ލޭން ޓްރެއިނިންގ ގްރައުންޑްސްގައި ކުރިއަށްދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

ސްޕެއިންގެ ފޯވާޑް، ޖާޒީ ނަންބަރު 19 ލަމީން ޔަމާލް (ވ) އަދި އެ ގައުމުގެ މިޑްފީލްޑަރު، ޖާޒީ ނަންބަރު 20 ޕެޑްރީ (ކ) ނިއު ޖާޒީގެ އީސްޓް ހެނޯވަރގައި ހުންނަ މެލަނީ ލޭން ޓްރެއިނިންގ ގްރައުންޑްސްގައި ކުރިއަށްދިޔަ ފަރިތަކުރުންތަކުގެ ތެރެއިން | ގެޓީ އިމޭޖަސް

މި ފަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިންއަށް އެންމެ ގިނަ ލަނޑު ޖަހައިދިނީ ފަސް ލަނޑު ކާމިޔާބުކުރި މިކޭލް އޮޔަރްޒަބަލް އެވެ. މީގެ ތެރޭގައި ސެމީ ފައިނަލުގައި ފްރާންސް އަތުން މޮޅުވި މެޗުގައި ޖެހި ލަނޑު ހިމެނެ އެވެ. މީގެ އިތުރުން ރޮޑްރީ އަކީ ސްޕެއިންގެ މެދުތެރޭގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިއެކެވެ. އޭނާ ވަނީ މި މުބާރާތުގައި އެންމެ ގިނަ ޕާސް (648 ޕާސް) ފުރިހަމަކޮށްފަ އެވެ.

އަނިޔާގެ ސަބަބުން މި މުބާރާތުގައި ކުޅެމުން އަންނަ ޒުވާން ތަރި ޔަމާލްގެ އާންމު ކުޅުން އަދި ފެނިފައި ނުވި ނަމަވެސް، އޭނާއަކީ ކަނާތް ފަރާތު އަރިމަތިން އިދިކޮޅު ޓީމަށް އަބަދުވެސް ނުރައްކާ ކުރާނެ ކުޅުންތެރިއެކެވެ.

އާޖެންޓީނާގެ މުހިންމު ކުޅުންތެރިންނަކީ ކޮބާ؟

ޖޯޖިއާގެ މަރިއެޓާގައި ހުންނަ އެޓްލާންޓާ ޔުނައިޓެޑް ޓްރެއިނިން ސެންޓަރުގައި ކުރިއަށްދިޔަ ފަރިތަކުރުންތަކުގެ ތެރެއިން، އާޖެންޓީނާގެ މިޑްފީލްޑަރު ލިއަންޑްރޯ ޕަރޭޑޭސް (ވ) އަދި ފޯވާޑް ލިއޮނަލް މެސީ

ޖޯޖިއާގެ މަރިއެޓާގައި ހުންނަ އެޓްލާންޓާ ޔުނައިޓެޑް ޓްރެއިނިން ސެންޓަރުގައި ކުރިއަށްދިޔަ ފަރިތަކުރުންތަކުގެ ތެރެއިން، އާޖެންޓީނާގެ މިޑްފީލްޑަރު ލިއަންޑްރޯ ޕަރޭޑޭސް (ވ) އަދި ފޯވާޑް ލިއޮނަލް މެސީ | ގެޓީ އިމޭޖަސް

ޓީމުގެ އެންމެ މުހިންމު ތަރިއަކީ އަށް ލަނޑު ޖަހައި ހަތަރު އެސިސްޓް ހަދާފައިވާ މެސީ އެވެ. އޭނާއަކީ މިހާރު ރަން ބޫޓު ހޯދުމުގެ ރޭހުގައި އެންމެ ކުރީގައި އުޅޭ ކުޅުންތެރިޔާވެސް މެއެވެ.

މެސީ ވަނީ ގަދަ 16 އާ ހަމައަށް ކުޅުނު ކޮންމެ މެޗެއްގައި ލަނޑު ޖަހާފަ އެވެ. އަދި ކުއާޓާ ފައިނަލާއި ސެމީ ފައިނަލުގައި އޭނާ ދިން ބޯޅަތަކުން ލަނޑު ޖަހައި ޓީމަށް ކާމިޔާބީ ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި އެވެ. މީގެ އިތުރުން ލައުޓާރޯ މާޓިނޭޒް (ތިން ލަނޑު) އަދި އެންޒޯ ފެނާންޑޭޒް (ދެ ލަނޑު) ވެސް ވަނީ އާޖެންޓީނާގެ އެޓޭކުގައި މުހިންމު މަސައްކަތްތަކެއް ކޮށްފަ އެވެ.

ކުޅުންތެރިންނާއި ކޯޗުން ބުނަނީ ކީކޭ؟

އާޖެންޓީނާގެ ހެޑް ކޯޗު ލިއޮނަލް ސްކެލާނީ (ވައަތްފަރާތުގައި) އަދި ސްޕެއިންގެ ކޯޗު ލުއިސް ޑި ލަ ފުއެންޓޭ ވޯލްޑް ކަޕް ފައިނަލުގައި ބައްދަލުކުރާނެ

އާޖެންޓީނާގެ ހެޑް ކޯޗު ލިއޮނަލް ސްކެލާނީ (ވައަތްފަރާތުގައި) އަދި ސްޕެއިންގެ ކޯޗު ލުއިސް ޑި ލަ ފުއެންޓޭ ވޯލްޑް ކަޕް ފައިނަލުގައި ބައްދަލުކުރާނެ | އޭއެފްޕީ

ސްޕެއިންގެ ހެޑް ކޯޗު ލުއިސް ޑި ލަ ފުއެންޓޭ: "އަހަރެން ގަބޫލުކުރާ ގޮތުގައި ސްޕެއިން އާއި އާޖެންޓީނާ ވެސް މެޗަށް ނުކުންނާނީ ހުނަރާއި ރީތި ފުޓްބޯޅައަށް އިސްކަންދޭ ފަދަ ރޭވުންތަކަކާއެކު."

ސްޕެއިންގެ ކެޕްޓަން ރޮޑްރީ: "މި ޓީމާއި މި ޖީލަކީ ތާރީހުގައި ނަން ފަވާލާނެ ބައެއް... މިހާރު މިވަނީ ވޯލްޑް ކަޕްގެ ފައިނަލާ ހަމައަށް އާދެވިފައި. ޓީމުން މިހާތަނަށް ކުރި ދަތުރާ މެދު އުފާކުރަން، އެކަމަކު އަހަރެމެން މިހިސާބުން ހުއްޓައެއް ނުލާނަން. އަހަރެމެންގެ އަމާޒު މިއަށްވުރެ މާ މަތި."

އާޖެންޓީނާގެ ހެޑް ކޯޗު ލިއޮނަލް ސްކަލޯނީ: "މެސީއާ މެދު އަހަރެން ފަހުރުވެރިވަން. އެއީ ފުޓްބޯޅަ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ. އުމުރުން 39 އަހަރުގައި އޭނާ މިހުރި ފެންވަރުގައި ފައިނަލަކަށް ދިއުމަކީ ގަބޫލުކުރަންވެސް ދަތި އާދަޔާ ހިލާފު ކަމެއް."

އާޖެންޓީނާގެ ގޯލްކީޕަރު އެމީ މާޓިނޭޒް: "ތެދަށް ބުނަންޏާ، އަހަރެމެންނަށް މި ހާސިލުކުރެވުނު ކަންތައްތަކާ މެދު ވިސްނާލުމުން ބައެއް ފަހަރު އަމިއްލައަށް ރޮވޭ. އަހަރެން މި މަސައްކަތް ކުރަނީ މި ވަގުތުގެ އުފާ ލިބިގަންނަން. ސަބަބަކީ ފުޓްބޯޅަ ކުޅުންތެރިންގެ ގޮތުގައި ތިބޭއިރު، ކެރިއަރުގެ ކޮން ހިސާބެއްގައިކަން އުޅެވެނީ ބައެއް ފަހަރު އިހުސާސް ނުކުރެވޭތީ. އަހަރެންގެ ސަޕޯޓަރުންނަށް ބުނެލަން އޮތީ މި ވަގުތުގެ އުފާ ލިބިގަނެ، މޫނުމަތީގައި ހިނިތުންވުމަކާއެކު ތައްޔާރުވާށޭ. މިއީ އަބަދަށް ހަނދާން ހުންނާނެ ކަމެއް."

މެޗު އެއްވަރުވެއްޖެނަމަ ވާނީ ކިހިނެއް؟

ފުރިހަމަ ވަގުތު ހަމަވާއިރު ދެ ޓީމު އެއްވަރުވެފައި އޮތްނަމަ، 15 މިނެޓުގެ ދެ ހާފުގެ އިތުރު ވަގުތު ކުޅޭނެ އެވެ. އިތުރު ވަގުތު ކުޅެގެންވެސް ނަތީޖާ އެއްވަރުވެއްޖެނަމަ، މޮޅުވާ ޓީމެއް ކަނޑައަޅާނީ ޕެނަލްޓީ ޖަހައިގެންނެވެ.

އާޖެންޓީނާ-ސްޕެއިންލިއޮނެލް މެސީލަމިން ޔަމާލްފީފާ ވަރލްޑް ކަޕް 2026

އިތުރަށް ކިޔާލަން

19 ޖުލައި 2026

ފައިނަލުގައި އާޖެންޓިނާ ކުޅޭއިރު ލެޓިން އެމެރިކާގެ ގައުމުތަކުން އިދިކޮޅު ޓީމަށް ސަޕޯޓު ކުރަނީ ކީއްވެ؟

19 ޖުލައި 2026
ފައިނަލުގައި އާޖެންޓިނާ ކުޅޭއިރު ލެޓިން އެމެރިކާގެ ގައުމުތަކުން އިދިކޮޅު ޓީމަށް ސަޕޯޓު ކުރަނީ ކީއްވެ؟
19 ޖުލައި 2026

ފްރާންސް ބަލިކޮށް، އިންގްލެންޑަށް ވޯލްޑް ކަޕްގެ ތިން ވަނަ

19 ޖުލައި 2026
ފްރާންސް ބަލިކޮށް، އިންގްލެންޑަށް ވޯލްޑް ކަޕްގެ ތިން ވަނަ
17 ޖުލައި 2026

ވޯލްޑް ކަޕް: ބަންގްލަދޭޝްގެ ރައްޔިތުންގެ މެދުގައި ބްރެޒިލާއި އާޖެންޓީނާގެ ފުޓްބޯޅައަށް އޮންނަ ފޯރިގަދަ ލޯތްބަކީ އާދައިގެ ކަމެއް ނޫނެވެ!

17 ޖުލައި 2026
ވޯލްޑް ކަޕް: ބަންގްލަދޭޝްގެ ރައްޔިތުންގެ މެދުގައި ބްރެޒިލާއި އާޖެންޓީނާގެ ފުޓްބޯޅައަށް އޮންނަ ފޯރިގަދަ ލޯތްބަކީ އާދައިގެ ކަމެއް ނޫނެވެ!
17 ޖުލައި 2026

ވޯލްޑް ކަޕް ޗެމްޕިއަން ޓީމަށް ފީފާއިން "އަނގޮޓި" ދެނީ

17 ޖުލައި 2026
ވޯލްޑް ކަޕް ޗެމްޕިއަން ޓީމަށް ފީފާއިން "އަނގޮޓި" ދެނީ
17 ޖުލައި 2026

ޓްރަމްޕް އަށް އިންތިހާ އަށް ފާޑު ވިދާޅުވާ ސްޕެއިންގެ ބޮޑުވަޒީރު ސަންޗޭޒް، ވޯލްޑް ކަޕް ފައިނަލަށް އެމެރިކާ އަށް ވަޑައިގަންނަވަނީ

17 ޖުލައި 2026
ޓްރަމްޕް އަށް އިންތިހާ އަށް ފާޑު ވިދާޅުވާ ސްޕެއިންގެ ބޮޑުވަޒީރު ސަންޗޭޒް، ވޯލްޑް ކަޕް ފައިނަލަށް އެމެރިކާ އަށް ވަޑައިގަންނަވަނީ
17 ޖުލައި 2026

އަމިއްލަ ޤައުމުގައި ހުންނަވައިގެން މެޗު ބައްލަވަން ބޭނުންފުޅު ނުވާތީ، އާޖެންޓީނާގެ ރައީސް ފައިނަލް މެޗު ބައްލަވަން އެމެރިކާ އަށް ވަޑައިނުގަންނަވާނެ

17 ޖުލައި 2026
އަމިއްލަ ޤައުމުގައި ހުންނަވައިގެން މެޗު ބައްލަވަން ބޭނުންފުޅު ނުވާތީ، އާޖެންޓީނާގެ ރައީސް ފައިނަލް މެޗު ބައްލަވަން އެމެރިކާ އަށް ވަޑައިނުގަންނަވާނެ
17 ޖުލައި 2026

މެސީގެ ތިން ވަނަ ވޯލްޑް ކަޕް ފައިނަލް: އޭނާ އަކީ އެންމެ މޮޅު ކުޅުންތެރިޔާކަމާ މެދު އިތުރު ބަހުސެއް ނެތް!

17 ޖުލައި 2026
މެސީގެ ތިން ވަނަ ވޯލްޑް ކަޕް ފައިނަލް: އޭނާ އަކީ އެންމެ މޮޅު ކުޅުންތެރިޔާކަމާ މެދު އިތުރު ބަހުސެއް ނެތް!
17 ޖުލައި 2026

ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި މެސީ އާއި ޔަމާލް: އުމުރުން 20 އަހަރުގައި މެސީ ހުރީ ފަސް މަހުގެ ޔަމާލް އުރައިގެން!

17 ޖުލައި 2026
ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި މެސީ އާއި ޔަމާލް: އުމުރުން 20 އަހަރުގައި މެސީ ހުރީ ފަސް މަހުގެ ޔަމާލް އުރައިގެން!
16 ޖުލައި 2026

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލް ކާމިޔާބުކުރާނެ ފޭވަރިޓުންނަކީ ސްޕެއިން ކަމަށް ބެލެވެނީ ކީއްވެގެން ހެއްޔެވެ؟

16 ޖުލައި 2026
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލް ކާމިޔާބުކުރާނެ ފޭވަރިޓުންނަކީ ސްޕެއިން ކަމަށް ބެލެވެނީ ކީއްވެގެން ހެއްޔެވެ؟
16 ޖުލައި 2026

ވާދަވެރި އިންގްލެންޑްގެ މައްޗަށް ކުރިހޯދައި އާޖެންޓީނާ ފައިނަލަށް ދަތުރުކުރި މެޗުގެ ނަތީޖާ ބަދަލުކޮށްލީ ކިހިނެއް؟

16 ޖުލައި 2026
ވާދަވެރި އިންގްލެންޑްގެ މައްޗަށް ކުރިހޯދައި އާޖެންޓީނާ ފައިނަލަށް ދަތުރުކުރި މެޗުގެ ނަތީޖާ ބަދަލުކޮށްލީ ކިހިނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު