Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އީރާނުގެ ފާލަންތަކާއި، އެއަރޕޯޓު ތަކާއި، ރޭލު ސްޓޭޝަނެއްގެ އިތުރުން މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އެމެރިކާއިން ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފި

އީރާނުގެ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް އެމެރިކާއިން ދެމުންދާ ހަމަލާތަކުގައި ފާލަންތަކާއި އެއާޕޯޓުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އާންމުންގެ ގިނަ ބަޔަކު ވަނީ މަރުވެފައި. ސުލްހައިގެ އެއްބަސްވުމާ އެމެރިކާއިން ތަކުރާރުކޮށް ޚިލާފުވަމުންދާތީ، އީރާނުން ވަނީ އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބަދަލުހިފުމުގެ ހަމަލާތަކެއް ދީފައި.

ރާއްޖެ އެމްވީ | 17 ޖުލައި 2026 | ހުކުރު 00:32
Your browser does not support the video tag.
0:00 / 0:00

އެމެރިކާގެ އަސްކަރީ ބާރުތަކުން އީރާނުގެ ބަންދަރު އައްބާސްއާއި އެ ގައުމުގެ އެތެރެވަރީގެ އެހެން ސިޓީތަކާ ގުޅުވައިދޭ މުހިންމު ބްރިޖަކަށް ހަމަލާދީ، އެ ބްރިޖް ޝޫރު ކޯރުގެ ތެރެއަށް ވައްޓާލައިފި | ސްކްރީން އިމޭޖް

އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އަމާޒުކޮށް، ބުރާސްފަތި ދުވަހުގެ ރޭގަނޑުން ފެށިގެން ހުކުރު ދުވަހާ ހަމައަށް އެމެރިކާ ސިފައިން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގައި އާންމުން ބޭނުންކުރާ އުމްރާނީ ވަސީލަތްތައް ކަމަށްވާ ފާލަންތަކާއި، ރޭލު ސްޓޭޝަނެއްގެ އިތުރުން މީހުން ދިރިއުޅޭ އަވަށްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.

ހުރްމުޒްގާން ޕްރޮވިންސްގެ ޚުމޭރު ކައުންޓީގައި ހުރި ތިން ފާލަމަކަށް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ހަމަލާދީފަ އެވެ. މީގެ ތެރޭގައި ބަންދަރު އައްބާސް އާއި ފާރްސް ޕްރޮވިންސްގެ ލާރް ގުޅުވައިދޭ އެންމެ މުހިންމު ފާލަން ކަމަށްވާ ޚުމޭރު ބްރިޖް ވެސް ހިމެނެއެވެ.

އެމެރިކާގެ މި ހަމަލާތައް ދީފައިވަނީ ފާލަންތަކުގެ މަތިން އުޅަނދުފަހަރު ދަތުރުކުރަމުން ދިޔަ ވަގުތެއްގަ އެވެ. މީގެ ސަބަބުން ބައެއް އުޅަނދުތައް ފާލަން މަތިން ކަހާލައިގެން ވެއްޓިފައިވެ އެވެ.

އީރާނުގެ އޮފިޝަލުން ހާމަކުރެއްވި ގޮތުގައި، ފާލަންތަކަށް ދިން މި ހަމަލާތަކުގައި މަދުވެގެން ދެ މީހަކު މަރުވެ، ހަތަރު މީހަކު ވަނީ ޒަޚަމްވެފަ އެވެ.

މީގެ އިތުރުން، ބަންދަރު އައްބާސްގެ ބަނދަރުމަތީ ސިޓީއެއްގައި މީހުން ދިރިއުޅޭ އަވަށަކަށް ދިން ހަމަލާއެއްގައި އާންމުންގެ އެކަކު މަރުވެ، އަށް މީހަކު ވަނީ ޒަޚަމްވެފަ އެވެ.

އެމެރިކާ ސިފައިން ވަނީ އެ ސިޓީގެ ރޭލު ޖަންކްޝަން ސްޓޭޝަނަށް ވެސް ހަމަލާދީފަ އެވެ. މި ހަމަލާގައި އީރާނުގެ ދެ މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެ އެވެ.

މި ހަމަލާތަކުގެ ސަބަބުން ކިޝް އައިލެންޑްގައި ހުންނަ ކަރަންޓު ސަބްސްޓޭޝަނަކަށް މައްސަލަ ދިމާވެ، އެ ސަރަހައްދުން ވަނީ މުޅިން ކަރަންޓު ކެނޑިފަ އެވެ.

ބަންދަރު އައްބާސް އެއާޕޯޓް ކައިރިން ވެސް ބާރުގަދަ ގޮވާލުންތަކުގެ އަޑު އިވިފައިވާއިރު، އެއާޕޯޓުގެ އިމާރާތަށް މަދުވެގެން އެއް މިސައިލް އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އީރާނުގެ އިރުދެކުނުގައި އޮންނަ އިރާންޝަހަރު އެއާޕޯޓަށް ވެސް އެމެރިކާއިން ހަމަލާދީފައިވާއިރު، އެއާޕޯޓް ސަރަހައްދުން ތިން ގޮވުމެއްގެ އަޑު ވަނީ އިވިފަ އެވެ.

މި ހަމަލާތަކުގައި މަދުވެގެން އެކަކު ޒަޚަމްވެފައިވާއިރު، އެއާޕޯޓުގެ ކަރަންޓު ފޯރުކޮށްދޭ ވަސީލަތްތަކަށާއި ތެޔޮ ރައްކާކުރާ ޓޭންކުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

މިއީ ޖެހިޖެހިގެން ހަވަނަ ރޭ އެމެރިކާއިން އީރާނަށް ދިން ވަރުގަދަ ހަމަލާތަކެކެވެ.

އީރާނުގެ ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި، އެމެރިކާއިން މިހާރު ކުރިއަށްގެންދާ ހަމަލާތަކުގެ ސިލްސިލާގައި މިހާތަނަށް އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން މަދުވެގެން 35 އާންމުން ވަނީ މަރުވެފަ އެވެ. އަދި 300 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.

ހަމަލާތަކުގެ އިތުރުން، އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތައް އަލުން ބަންދުކޮށް ކަނޑުގެ މަގުން ހުރަސްތައް ކުރިމަތިކުރުވާފަ އެވެ. މީގެ ސަބަބުން އެ ސަރަހައްދުގެ މަސްރަހު ވަނީ އިތުރަށް ނުތަނަވަސްވެފަ އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބަންދުކޮށްފައިވާ ސަރަހައްދުން ދަތުރުކުރަން އުޅުނު ވިޔަފާރި ތިން އުޅަނދެއް އެމެރިކާ ސިފައިން ހުއްޓުވައި އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. އަދި އަމުރަށް ނުކިޔަމަންތެރިވި އެއް އުޅަނދު ހުއްޓުވައި، ބަލައި ފާސްކުރުމަށްޓަކައި އެހެން އުޅަނދަކަށް އެމެރިކާ ސިފައިން އަރާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އީރާނުން ބަދަލު ހިފުން

އެމެރިކާގެ މި އުދުވާނީ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އާއި އީރާނުގެ އަސްކަރިއްޔާއިން ވަނީ ޕާޝިއަން ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބަދަލުހިފުމުގެ ހަމަލާތަކެއް ދީފަ އެވެ.

އީރާނުން މި ހަމަލާތައް ދީފައިވަނީ، އެ ގައުމުގެ އުމްރާނީ ވަސީލަތްތަކަށް އެމެރިކާއިން ދޭ ކޮންމެ ހަމަލާއަކަށް ރައްދު ދިނުމުގެ ގޮތުން މުޅި ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ ވަސީލަތްތަކެއް ސުންނާފަތިކޮށްލާނެ ކަމަށް އީރާނުގެ ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓާސްއިން އިންޒާރު ދީފައިވަނިކޮށެވެ.

އީރާނުގެ ތަރުޖަމާނު ވިދާޅުވީ، އީރާނުގެ އެންމެ އުމްރާނީ ވަސީލަތަކަށް ހަމަލާދިން ނަމަވެސް، އީރާނުން މިހާތަނަށް ކެތްތެރިކަން އިސްކުރުމުގެ ސަބަބުން ސަލާމަތުން ހުރި މުޅި ސަރަހައްދުގެ ހުރިހާ ވަސީލަތްތަކެއް ހަލާކުކޮށްލާނެކަން ދުޝްމަނުން ދަންނަންޖެހޭނެ ކަމަށެވެ.

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް އެއްވެސް ސަބަބެއް ނެތި ފެށި މި އުދުވާނީ ހަނގުރާމަ ފަށާފައިވަނީ ފެބްރުއަރީ 28 ގައެވެ. މި ހަނގުރާމައިގެ ފުރަތަމަ ހަމަލާތަކުގައި އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ ވަނީ އަވަހާރަކޮށްލާފަ އެވެ.

ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް މަގުފަހިކުރުމަށްޓަކައި ޖޫން 17 ގައި 14 ނުކުތާގެ މައްޗަށް އެކުލެވޭ ފަހުމުނާމާއެއްގައި ސޮއިކުރި ނަމަވެސް، ވޮޝިންޓަނުން ވަނީ ތަކުރާރުކޮށް އެ އެއްބަސްވުމާ ޚިލާފުވެފަ އެވެ. އެގޮތުން އީރާނުގެ ތެލުގެ ވިޔަފާރިއަށް އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، އަސްކަރީ ހަމަލާތައް ދަނީ ކުރިއަށް ގެންދަމުންނެވެ.

މި ފަހުމުނާމާގައި ސޮއިކުރި ފަހުން އެމެރިކާއިން 42 ފަހަރަށް އެއްބަސްވުމާ ވަރަށް ބޮޑަށް ޚިލާފުވެފައިވާ ކަމަށް އީރާނުން ބުނެފައިވެ އެވެ. އަދި މިފަދަ އަމަލުތައް ކުރިއަށްދާނަމަ، އެއްބަސްވުމަށް އަމަލުކުރުން އީރާނުން ހުއްޓާލާނެ ކަމަށް ތެހެރާނުން ވަނީ އިއުލާނުކޮށްފަ އެވެ.

އީރާންއީރާން-އެމެރިކާއިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް

އިތުރަށް ކިޔާލަން

16 ޖުލައި 2026

"ފިނޑި ހަނގުރާމައިގެ ޖަރީމާ އެއް" އެމެރިކާ އިން ކެންސަރު ހޮސްޕިޓަލު ކައިރިއަށް ދިން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި

16 ޖުލައި 2026
"ފިނޑި ހަނގުރާމައިގެ ޖަރީމާ އެއް" އެމެރިކާ އިން ކެންސަރު ހޮސްޕިޓަލު ކައިރިއަށް ދިން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި
16 ޖުލައި 2026

އެމެރިކާގެ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފިކަން އީރާނުން ބުނެފި

16 ޖުލައި 2026
އެމެރިކާގެ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފިކަން އީރާނުން ބުނެފި
16 ޖުލައި 2026

އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާންގެ ހޮސްޕިޓަލުން 211 ބަލި މީހުން ބަދަލު ކޮށްފި

16 ޖުލައި 2026
އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާންގެ ހޮސްޕިޓަލުން 211 ބަލި މީހުން ބަދަލު ކޮށްފި
16 ޖުލައި 2026

އީރާނުން އެމެރިކާއާ މަޝްވަރާކުރުމުގެ ވިސްނުމެއް ނެތް، ފޯކަސް ހުރީ ދިފާއަށް

16 ޖުލައި 2026
އީރާނުން އެމެރިކާއާ މަޝްވަރާކުރުމުގެ ވިސްނުމެއް ނެތް، ފޯކަސް ހުރީ ދިފާއަށް
15 ޖުލައި 2026

އިރާނުން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދަކަށް އިންޒާރުގެ ބަޑި ޖަހައިފި

15 ޖުލައި 2026
އިރާނުން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދަކަށް އިންޒާރުގެ ބަޑި ޖަހައިފި
15 ޖުލައި 2026

އީރާނަށް އެމެރިކާއިން އައު ހަމަލާތަކެއް ދީފި

15 ޖުލައި 2026
އީރާނަށް އެމެރިކާއިން އައު ހަމަލާތަކެއް ދީފި
15 ޖުލައި 2026

އީރާނަށް ދޭންފެށި ހަމަލާތަކާ ގުޅޭގޮތުން އެމެރިކާ އިން ކުރި ގިނަ ލަފާކުރުންތައް ހަގީގަތާ ޚިލާފުވެ ފަނުފުލުން ދަނީ

15 ޖުލައި 2026
އީރާނަށް ދޭންފެށި ހަމަލާތަކާ ގުޅޭގޮތުން އެމެރިކާ އިން ކުރި ގިނަ ލަފާކުރުންތައް ހަގީގަތާ ޚިލާފުވެ ފަނުފުލުން ދަނީ
15 ޖުލައި 2026

ގަލްފް ގައުމުތަކަށް އީރާނުގެ ހަމަލާތައް ކުރިއަށްދާއިރު، އެމެރިކާއިން އީރާނުގެ ބަނދަރުތައް އަލުން ބަންދުކޮށްފި: އެންމެ ފަހުގެ މައުލޫމާތަކީ ކޮބައި؟

15 ޖުލައި 2026
ގަލްފް ގައުމުތަކަށް އީރާނުގެ ހަމަލާތައް ކުރިއަށްދާއިރު، އެމެރިކާއިން އީރާނުގެ ބަނދަރުތައް އަލުން ބަންދުކޮށްފި: އެންމެ ފަހުގެ މައުލޫމާތަކީ ކޮބައި؟
15 ޖުލައި 2026

އީރާނުން ކުވެއިތު، ބަހްރައިން އަދި އުރުދުންގައި ހުރި އެމެރިކާ ބޭސްތަކަށް ހަމަލާދީފި

15 ޖުލައި 2026
އީރާނުން ކުވެއިތު، ބަހްރައިން އަދި އުރުދުންގައި ހުރި އެމެރިކާ ބޭސްތަކަށް ހަމަލާދީފި
14 ޖުލައި 2026

ހޫޘީން ސައުދީ އަރަބިއްޔާ "ހިސާރުކުރާނެ" ކަމުގެ އިންޒާރު ދީފި

14 ޖުލައި 2026
ހޫޘީން ސައުދީ އަރަބިއްޔާ "ހިސާރުކުރާނެ" ކަމުގެ އިންޒާރު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު