Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއީރާން-އެމެރިކާ

ބުރާސްފަތި ދުވަހު ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައިވަނީ މުދާ އުފުލާ އެންމެ ތިން އުޅަނދު

އެމެރިކާއާއި އީރާނުގެ ހަމަނުޖެހުންތަކާ ގުޅިގެން ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރުތައް ގާތްގަނޑަކަށް ހުއްޓުމަކަށް އައިސް، ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ވަނީ އުފުލިފައި. އީރާނުން ތެލާއި ގޭސް އެކްސްޕޯޓްކުރުން ހުއްޓުވާނެ ކަމުގެ އިންޒާރު ދީފައިވާއިރު، މި މަގުން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު ވަނީ ރެކޯޑް މިންވަރަކަށް މަދުވެފައި. މީގެ އިތުރުން މަސްރަހު އިތުރަށް ގޯސްވެއްޖެނަމަ ބާބުލް މަންދަބު ކަނޑުއޮޅި ބަންދުކޮށްފާނެ ކަމުގެ ބިރުވެސް މިހާރު ވަނީ ބޮޑުވެފައި

ރާއްޖެ އެމްވީ | 17 ޖުލައި 2026 | ހުކުރު 11:39
Your browser does not support the video tag.
0:00 / 0:00

އީރާނުގެ ބަނދަރުތައް ބަންދުކުރުމަށްޓަކައި އެމެރިކާގެ ކަނޑުގެ ސިފައިން ފަށާފައިވާ "ނޭވަލް ބްލޮކޭޑް" ނުވަތަ ކަނޑުގެ މަގުން ހުރަސްއެޅުމުގެ އޮޕަރޭޝަން އަލުން ފެށިފަހުން، އެ ސަރަހައްދުން ދަތުރުކުރަން މަސައްކަތްކުރި ވިޔަފާރި އުޅަނދުފަހަރުގެ މިސްރާބު އެމެރިކާގެ އަސްކަރީ ބާރުތަކުން ވަނީ ބަދަލުކޮށްލާފައި | ސެންޓްކޮމް

އީރާނުން އުޅަނދުފަހަރަށް ދޭން ފެށި ހަމަލާތަކާއި، އީރާނާ ގުޅުންހުރި މުދާ އުފުލާ އުޅަނދުތަކަށް އެމެރިކާއިން އަލުން ހުރަސްތަކެއް ކުރިމަތިކުރުވުމާ ގުޅިގެން، ގިނަ އުޅަނދުތަކެއް ދަތުރު ހުއްޓާލާފައި ވަނިކޮށް ބުރާސްފަތި ދުވަހު ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައިވަނީ އެންމެ ތިން މުދާ އުފުލާ އުޅަނދުކަން ޝިޕިންގް ޑޭޓާތަކުން ހާމަވެއްޖެ އެވެ.

މިއީ މިދިޔަ މޭ މަހަށްފަހު އެއް ދުވަހެއްގެ ތެރޭގައި އެންމެ މަދު އުޅަނދު އެ ސަރަހައްދު ހުރަސްކުރި ދުވަހެވެ.

އެމެރިކާއާއި އީރާނާ ދެމެދު ކުރިމަތިލުންތައް އަލުން ވަރުގަދަވުމާ ގުޅިގެން، ދުނިޔޭގެ ތެލާއި ގޭސް އުފުލާ އެންމެ މުހިންމު މަގު ކަމަށްވާ ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރުތައް ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ވަނީ އުފުލިފަ އެވެ.

ކެޕްލަރ (Kpler) ގެ ތަފާސްހިސާބުތަކުން ހުކުރު ދުވަހުގެ ޖީ.އެމް.ޓީ ގަޑިން 05:13 އާ ހަމައަށް ދައްކާ ގޮތުގައި، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ތެޔޮ އުފުލާ އުޅަނދެއް ކަމަށްވާ "މީރާން" އާއި، އެލް.ޕީ.ޖީ އުފުލާ ކުޑަ އުޅަނދެއް ކަމަށްވާ "ނޮރީޓާ" ބުރާސްފަތި ދުވަހު އީރާނުގެ މަގުން ކަނޑުއޮޅިން ބޭރުވި ނަމަވެސް، އެމެރިކާގެ ބްލޮކޭޑް އޮތް ގަލްފް އޮފް އޮމާން ސަރަހައްދަށް ވަނީ މަޑުކޮށްފަ އެވެ.

އެލް.އެސް.އީ.ޖީ (LSEG) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކަނޑުމަތީގައި އުޅަނދުފަހަރަށް ތެޔޮ އެޅުމަށް ބޭނުންކުރާ އިރާގުގެ ތެޔޮ ބަރުކޮށްފައިވާ "އެރޯލިއާ" ނަމަކަށް ކިޔާ ޓޭންކަރު، ހުކުރު ދުވަހުގެ ކުރީކޮޅު ކަނޑުއޮޅިން ބޭރުވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އަނބުރާލުމަށްފަހު އަލުން ގަލްފް ސަރަހައްދަށް ވަނީ ވަދެފަ އެވެ.

ހަނގުރާމަ ފެށުމުގެ ކުރިން ދުވާލަކު އެވްރެޖްކޮށް 125 އުޅަނދު އެ ސަރަހައްދު ހުރަސްކުރި ނަމަވެސް، މިދިޔަ ބުދަ ދުވަހު އެ ކަނޑުއޮޅި ހުރަސްކޮށްފައިވަނީ އެންމެ 11 އުޅަނދެވެ.

ބުރާސްފަތި ދުވަހަކީ ވަރަށް ގިނަ އަދަދަކަށް ސާފުނުކުރާ ތެޔޮ އުފުލާ ބޮޑެތި އުޅަނދުތައް ނުވަތަ އެލް.އެން.ޖީ ޓޭންކަރުތައް އެ ކަނޑުއޮޅި ހުރަސްނުކޮށް ދިޔަ ޖެހިޖެހިގެން ދެވަނަ ދުވަހެވެ.

އެހެންނަމަވެސް، ބުރާސްފަތި ދުވަހު ކަނޑުއޮޅިން ބޭރުން އޭ.އައި.އެސް ޓްރެކިންގް ސިސްޓަމުން ދެ ބޮޮޑު ދެ އުޅަނދެއް ވަނީ ފެނިފައެވެ. މިއިން ކޮންމެ އުޅަނދެއްގައި ދެ މިލިއަން ފީފާގެ ސާފުނުކުރާ ތެޔޮ ހުއްޓެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ސައުދީ އަރަބިއްޔާގެ ތެޔޮ ބަރުކޮށްފައިވާ "ކޮލަމްބިއާ ޕްރޮސްޕެރިޓީ" ދަތުރުކުރަމުންދަނީ ޖަޕާނުގެ އޮކިނާވާއަށެވެ. އަދި އިރާގުގެ ބަސްރާ މީޑިއަމް ތެޔޮ ބަރުކޮށްފައިވާ "ކޮސްޓާ ރިކާ ޕްރޮސްޕެރިޓީ" މިސްރާބު ޖަހާފައިވަނީ ތުރުކީއަށެވެ.

ޑޭޓާބޭސްއިން ދައްކާ ގޮތުގައި މި ޓޭންކަރުތައް ކަނޑުއޮޅި ހުރަސްކުރީ ޖުލައި 13 ގައެވެ. ނަމަވެސް އެސް އެންޑް ޕީ ގްލޯބަލް އެނާޖީން އަންދާޒާކުރާ ގޮތުގައި އެ އުޅަނދުތައް ބޭރުވީ ޖުލައި 14 ގައެވެ.

އިރާގުގެ ބަސްރާ ޓާމިނަލްގައި އޮތް ތެޔޮ ޓޭންކަރަކަށް ޑްރޯން ހަމަލާއެއް އަމާޒުވުމާ ގުޅިގެން، ބުރާސްފަތި ދުވަހު އިރާގުން ތެޔޮ ބަރުކުރުން ވަގުތީ ގޮތުން މެދުކަނޑާލި ކަމަށް އެ ގައުމުގެ ތެލާއި ސަލާމަތީ ދާއިރާގެ ހަތަރު މަސްދަރަކުން ރޮއިޓާސްއަށް މައުލޫމާތު ދީފައިވެ އެވެ. ނަމަވެސް ފަހުން ވަނީ އަލުން ތެޔޮ ބަރުކުރަން ފަށާފަ އެވެ.

އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ ހަމަލާތައް ކުރިއަށްދާހާ ހިނދަކު، ހޮރްމުޒް ކަނޑުއޮޅި މެދުވެރިކޮށް އެއްވެސް ތެލެއް ނުވަތަ ގޭހެއް އެކްސްޕޯޓް ނުކުރެވޭނެ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުރާސްފަތި ދުވަހު ވަނީ ބުނެފަ އެވެ.

ހަކަތަ ފޯރުކޮށްދިނުމަށް އޮތް ނުރައްކާ އިތުރުވަމުންދާއިރު، އެމެރިކާއިން އީރާނުގެ އިންފްރާސްޓްރަކްޗަރަށް ހަމަލާދީފިނަމަ، ރަތް ކަނޑުގެ ދޮރުމަތީގައި އޮންނަ މުހިންމު އަނެއް މަގު ކަމަށްވާ ބާބުލް މަންދަބު ކަނޑުއޮޅި ބަންދުކުރުމަށް ޔަމަނުގެ ހޫތީންނަށް އީރާނުން ބާރުއަޅާފާނެ ކަމުގެ އިޝާރާތެއް ދީފައިވާ ކަމަށް މަސްދަރުތަކުން ރޮއިޓާސްއަށް މައުލޫމާތު ދެއެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާހުރްމުޒް ކަނޑުއޮޅިއޮމާން ގަލްފްބާބުލް މަންދަބު

އިތުރަށް ކިޔާލަން

17 ޖުލައި 2026

އެމެރިކާއިން އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާދީފި، އީރާނުން ގަލްފުގެ ގައުމުތަކަށް ހަމަލާދީ ބަދަލު ހިފަނީ: އެންމެ ފަހުގެ މައުލޫމާތު

17 ޖުލައި 2026
އެމެރިކާއިން އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާދީފި، އީރާނުން ގަލްފުގެ ގައުމުތަކަށް ހަމަލާދީ ބަދަލު ހިފަނީ: އެންމެ ފަހުގެ މައުލޫމާތު
17 ޖުލައި 2026

އީރާން އާއެކު ކުރި މަޝްވަރާތަކުން މާލީ މަންފާ ހޯދުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތު އެމެރިކާގެ ނައިބު ރައީސް ދޮގުކުރައްވައިފި

17 ޖުލައި 2026
އީރާން އާއެކު ކުރި މަޝްވަރާތަކުން މާލީ މަންފާ ހޯދުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތު އެމެރިކާގެ ނައިބު ރައީސް ދޮގުކުރައްވައިފި
17 ޖުލައި 2026

ޓްރަމްޕް ހުންނެވީ އީރާން އާއެކު ސިޔާސީ މަޝްވަރާތަކަށް ތައްޔާރަށް

17 ޖުލައި 2026
ޓްރަމްޕް ހުންނެވީ އީރާން އާއެކު ސިޔާސީ މަޝްވަރާތަކަށް ތައްޔާރަށް
17 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅީގެ ހަމަނުޖެހުންތަކާ އެކު ދުނިޔެއަށް ބޭނުންވާ ހަކަތަ އަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު ދީފީ

17 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅީގެ ހަމަނުޖެހުންތަކާ އެކު ދުނިޔެއަށް ބޭނުންވާ ހަކަތަ އަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު ދީފީ
17 ޖުލައި 2026

އީރާނުގައި ބަންދުކޮށްފައި ހުރި އެމެރިކާގެ ރައްޔިތަކު މިނިވަންކޮށްފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕް ހެއްދެވީ އިތުރުފުޅެއް

17 ޖުލައި 2026
އީރާނުގައި ބަންދުކޮށްފައި ހުރި އެމެރިކާގެ ރައްޔިތަކު މިނިވަންކޮށްފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕް ހެއްދެވީ އިތުރުފުޅެއް
17 ޖުލައި 2026

އީރާނުން ބަހްރައިންގައި ހުރި އެމެރިކާގެ އެއަރބޭސް އަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

17 ޖުލައި 2026
އީރާނުން ބަހްރައިންގައި ހުރި އެމެރިކާގެ އެއަރބޭސް އަކަށް ވަރުގަދަ ހަމަލާތަކެއް ދީފި
16 ޖުލައި 2026

އީރާނުގެ ސަރަހައްދުތަކަށާއި ޓޭންކަރަކަށް އެމެރިކާއިން ހަމަލާދީފި، ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަމާޒުތަކަށް ތެހެރާނުން ހަމަލާދީފި: އެންމެ ފަހުގެ މައުލޫމާތު

16 ޖުލައި 2026
އީރާނުގެ ސަރަހައްދުތަކަށާއި ޓޭންކަރަކަށް އެމެރިކާއިން ހަމަލާދީފި، ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަމާޒުތަކަށް ތެހެރާނުން ހަމަލާދީފި: އެންމެ ފަހުގެ މައުލޫމާތު
16 ޖުލައި 2026

އެމެރިކާގެ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފިކަން އީރާނުން ބުނެފި

އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާންގެ ހޮސްޕިޓަލުން 211 ބަލި މީހުން ބަދަލު ކޮށްފި

16 ޖުލައި 2026
އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާންގެ ހޮސްޕިޓަލުން 211 ބަލި މީހުން ބަދަލު ކޮށްފި
16 ޖުލައި 2026

އިރާނުގެ އުތުރުގެ ސަރަހައްދުތަކަށް އެމެރިކާ ސިފައިން ވަރުގަދަ ހަމަލާތަކެއް ދީފި

16 ޖުލައި 2026
އިރާނުގެ އުތުރުގެ ސަރަހައްދުތަކަށް އެމެރިކާ ސިފައިން ވަރުގަދަ ހަމަލާތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު