Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އީރާން

ޓްރަމްޕް ހުންނެވީ އީރާން އާއެކު ސިޔާސީ މަޝްވަރާތަކަށް ތައްޔާރަށް

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް ބުރާސްފަތި ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމެރިކާ އަށް ދޭ ބަހުގެ ޔަޤީންކަމާ ދެކޮޅަށް އީރާން އިން އަމަލުކޮށްފި ނަމަ، އެކަމުގެ ޒިންމާ ޓްރަމްޕް އެ ގައުމު ލައްވާ އުފުއްލަވާނެ ކަމަށް. ނަމަވެސް ހަމަ އެއާ އެކު، ޑިޕްލޮމެޓިކް އުސޫލުން މައްސަލަތައް ހައްލު ކުރުމަށް ޓްރަމްޕް އަބަދުވެސް ހުންނެވީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖުލައި 2026 | ހުކުރު 06:34
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އީރާން އާއެކު އުފެދިފައިވާ ނުތަނަވަސްކަން ބޮޑުވެފައި ވީ ނަމަވެސް، އެ ޤައުމުގެ ސިޔާސީ މަޝްވަރާތައް ކުރިއަށް ގެންދިޔުމުގެ ފުރުސަތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދިވެސް ބަންދު ނުކުރައްވާ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.

ވައިޓް ހައުސް އިން މިހެން ބުނެފައި ވަނީ، ދެ ޤައުމުގެ ދެމެދުގައި އަސްކަރީ ކުރިމަތިލުންތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައި އެވެ. 

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް ބުރާސްފަތި ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމެރިކާ އަށް ދޭ ބަހުގެ ޔަޤީންކަމާ ދެކޮޅަށް އީރާން އިން އަމަލުކޮށްފި ނަމަ، އެކަމުގެ ޒިންމާ ޓްރަމްޕް އެ ގައުމު ލައްވާ އުފުއްލަވާނެ ކަމަށެވެ. ނަމަވެސް ހަމަ އެއާ އެކު، ޑިޕްލޮމެޓިކް އުސޫލުން މައްސަލަތައް ހައްލު ކުރުމަށް ޓްރަމްޕް އަބަދުވެސް ހުންނެވީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އީރާން އިން ހައްޔަރުކޮށްފައި ހުރި އެމެރިކާގެ ރައްޔިތަކު މިދިޔަ ބުދަ ދުވަހު މިނިވަން ކުރުމާ ގުޅިގެން، ޓްރަމްޕް ވަނީ އެ ޤައުމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. މިއީ ދެ ޤައުމުގެ ދެ މެދުގައި އޮތް ގުޅުން ރަނގަޅު ވުމަށް ހުޅުވިގެން ދިޔަ ދޮރެއްގެ ގޮތުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކެ އެވެ. 

ލެވިޓް އިތުރަށް ވިދާޅުވީ، އީރާން އިން އަބަދު ވެސް ބޭނުން ވަނީ ޓްރަމްޕް އާއެކު އެއްބަސްވުމަކަށް އައުމަށް ކަމަށް އެ ޤައުމުން ހާމަކޮށްފައިވާ ކަމަށެވެ. އަދި މިހާރު ވެސް އެމެރިކާ އިން އަންނަނީ އީރާން އާއެކު ވާހަކަ ދައްކަމުން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އެހެން ނަމަވެސް، ހުރްމުޒް ކަނޑު އޮޅިން ދަތުރު ކުރާ އުޅަނދު ފަހަރަށް އީރާން އިން ހަމަލާ ދޭ ނަމަ، އޭގެ ނަތީޖާ ހިތިވާނެ ކަމުގެ އިންޒާރު ވެސް ވައިޓް ހައުސް އިން ވަނީ ދީފައި އެވެ. 

Your browser does not support the video tag.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަައިގެ ތެރެއިން

މިދިޔަ ޖޫން މަހުގެ ތެރޭގައި ދެ ޤައުމުގެ ދެ މެދުގައި އެކުލަވާލި ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން މިހާރު އޮތީ ނުރައްކަލެއްގެ ތެރޭގައި އެވެ. ސަބަބަކީ، ހުރްމުޒް ކަނޑު އޮޅީގައި ދަތުރު ކުރާ އުޅަނދު ފަހަރަށް އީރާން އިން ހަމަލާ ދެމުންދާ ކަމަށް ބުނެ، އެކަމުގެ ނުރައްކާ ހުއްޓުވުމަށް އެމެރިކާ އިން ފާއިތުވި ދުވަސް ތަކުގައި އީރާން އަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެެއް ދީފައިވާތީ އެެވެ. 

މީގެ އިތުރުން އީރާން އިން އަލުން މަޝްވަރާގެ މޭޒަށް ނައިސްފި ނަމަ، އެ ޤައުމުގެ އިންޖީނުގެތަކާއި، ފާލަންތަކަށް އަމާޒުކޮށް ދޭ ހަމަލާތައް ވަރުގަދަކޮށް ފުޅާ ކުރާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދެއްވައިފަ އެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާކެރޮލައިން ލެވިޓްޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

17 ޖުލައި 2026

އީރާނުގައި ބަންދުކޮށްފައި ހުރި އެމެރިކާގެ ރައްޔިތަކު މިނިވަންކޮށްފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕް ހެއްދެވީ އިތުރުފުޅެއް

17 ޖުލައި 2026
އީރާނުގައި ބަންދުކޮށްފައި ހުރި އެމެރިކާގެ ރައްޔިތަކު މިނިވަންކޮށްފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕް ހެއްދެވީ އިތުރުފުޅެއް
17 ޖުލައި 2026

ވައިޓް ހައުސްގެ ޓެލެޕްރޮމްޕްޓަރ އޮޕަރޭޓަރަކު ޓްރަމްޕްގެ ސްޕީޗްތަކުގެ ސިއްރު މަޢުލޫމާތު ބެޓް ކުރަން ބޭނުންކޮށްގެން ލައްކަ އެއްހާ ޑޮލަރު ހޯދި މައްސަލަ ފަޅާ އަރައފި

17 ޖުލައި 2026
ވައިޓް ހައުސްގެ ޓެލެޕްރޮމްޕްޓަރ އޮޕަރޭޓަރަކު ޓްރަމްޕްގެ ސްޕީޗްތަކުގެ ސިއްރު މަޢުލޫމާތު ބެޓް ކުރަން ބޭނުންކޮށްގެން ލައްކަ އެއްހާ ޑޮލަރު ހޯދި މައްސަލަ ފަޅާ އަރައފި
17 ޖުލައި 2026

އީރާނުން ބަހްރައިންގައި ހުރި އެމެރިކާގެ އެއަރބޭސް އަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

17 ޖުލައި 2026
އީރާނުން ބަހްރައިންގައި ހުރި އެމެރިކާގެ އެއަރބޭސް އަކަށް ވަރުގަދަ ހަމަލާތަކެއް ދީފި
16 ޖުލައި 2026

އީރާނުގެ ސަރަހައްދުތަކަށާއި ޓޭންކަރަކަށް އެމެރިކާއިން ހަމަލާދީފި، ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަމާޒުތަކަށް ތެހެރާނުން ހަމަލާދީފި: އެންމެ ފަހުގެ މައުލޫމާތު

16 ޖުލައި 2026
އީރާނުގެ ސަރަހައްދުތަކަށާއި ޓޭންކަރަކަށް އެމެރިކާއިން ހަމަލާދީފި، ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަމާޒުތަކަށް ތެހެރާނުން ހަމަލާދީފި: އެންމެ ފަހުގެ މައުލޫމާތު
16 ޖުލައި 2026

އެމެރިކާގެ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފިކަން އީރާނުން ބުނެފި

އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާންގެ ހޮސްޕިޓަލުން 211 ބަލި މީހުން ބަދަލު ކޮށްފި

16 ޖުލައި 2026
އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާންގެ ހޮސްޕިޓަލުން 211 ބަލި މީހުން ބަދަލު ކޮށްފި
16 ޖުލައި 2026

އިރާނުގެ އުތުރުގެ ސަރަހައްދުތަކަށް އެމެރިކާ ސިފައިން ވަރުގަދަ ހަމަލާތަކެއް ދީފި

16 ޖުލައި 2026
އިރާނުގެ އުތުރުގެ ސަރަހައްދުތަކަށް އެމެރިކާ ސިފައިން ވަރުގަދަ ހަމަލާތަކެއް ދީފި
15 ޖުލައި 2026

ބައިނަލްއަގްވާމީ ކަނޑުތަކުގައި މިނިވަންކަމާއެކު ވިޔަފާރި ދަތުރުފަތުރުކުރުމުގެ އުސޫލު ނިމުމަކަށް އަންނަނީބާ؟

15 ޖުލައި 2026
ބައިނަލްއަގްވާމީ ކަނޑުތަކުގައި މިނިވަންކަމާއެކު ވިޔަފާރި ދަތުރުފަތުރުކުރުމުގެ އުސޫލު ނިމުމަކަށް އަންނަނީބާ؟
15 ޖުލައި 2026

އީރާނުގެ ދެކުނުގެ ރަށްތައް އެމެރިކާގެ ބާރުގެ ދަށަށް ގެންގޮސްފާނެބާ؟

15 ޖުލައި 2026
އީރާނުގެ ދެކުނުގެ ރަށްތައް އެމެރިކާގެ ބާރުގެ ދަށަށް ގެންގޮސްފާނެބާ؟
15 ޖުލައި 2026

އީރާނަށް އެމެރިކާއިން އައު ހަމަލާތަކެއް ދީފި

15 ޖުލައި 2026
އީރާނަށް އެމެރިކާއިން އައު ހަމަލާތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު