Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނުން ބަހްރައިންގައި ހުރި އެމެރިކާގެ އެއަރބޭސް އަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

އެމެރިކާއިން އީރާނުގެ މަދަނީ އަމާޒުތަކަށް ދެމުންދާ ހަމަލާތަކުގައި 35 މީހުން މަރުވެ، މަދަނީ އިންފްރާސްޓްރަކްޗަރަށް ގެއްލުންތައް ދިނުމާ ގުޅިގެން އޭގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ދަނީ ބަހްރައިން، ކުވެއިތު އަދި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުން. މި އޮޕަރޭޝަނުގެ ދަށުން ބަހްރައިންގެ އަލް-ސަޚީރު އެއާބޭސްއަށް ޑްރޯން ހަމަލާތަކެއް ދީފައިވާއިރު، އީރާނުގެ މިނިވަންކަމަށް އަރައިގަންނަ ކޮންމެ ފަރާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ ދީފަ

ރާއްޖެ އެމްވީ | 17 ޖުލައި 2026 | ހުކުރު 00:48
Your browser does not support the video tag.
0:00 / 0:00

ބަހްރައިންގައި ހުންނަ އެމެރިކާގެ ފަސްވަނަ ފްލީޓްގެ މައި މަރުކަޒަށް އީރާނުން ވަރުގަދަ މިސައިލް ހަމަލާތަކެއް ވަނީ ދީފަ | ސްކްރީން އިމޭޖް

އީރާނުގެ އާންމު ރައްޔިތުންނަށާއި މަދަނީ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް އެމެރިކާއިން ދެމުންދާ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، ބަހްރައިންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުގެ އަސްކަރިއްޔާއިން ވަރުގަދަ ހަމަލާތަކެއް ދީފި އެވެ. "އޮޕަރޭޝަން ތަންޑަރ" ގެ 11 ވަނަ ފިޔަވަހީގެ ދަށުން ދިން މި ހަމަލާތައް އަމާޒުކޮށްފައިވަނީ އެމެރިކާގެ އަސްކަރިއްޔާގެ ހެލިކޮޕްޓަރުތަކާއި ޕީ-8 މާކްގެ ޖާސޫސީ މަތިންދާބޯޓުތައް ބޭސްކޮށްފައިވާ މަރުކަޒަށެވެ.

އީރާނުގެ އަސްކަރިއްޔާއިން ހުކުރު ދުވަހު ހާމަކުރި ގޮތުގައި، ބަހްރައިންގެ އަލް-ސަޚީރު އެއާބޭސްއަށް މި ހަމަލާ ދީފައިވަނީ "އަރަޝް" މާކްގެ ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯންތައް ބޭނުންކޮށްގެންނެވެ.

އީރާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްލާމީ ޖުމްހޫރިއްޔާގެ އަސްކަރިއްޔާއިން ހިންގާ "އޮޕަރޭޝަން ތަންޑަރ" ގެ 11 ވަނަ ފިޔަވަހީގެ ދަށުން، ބަހްރައިންގެ އަލް-ސަޚީރު ބޭސްގައި ހުރި އެމެރިކާގެ ޓެރަރިސްޓް އަސްކަރިއްޔާގެ ހެލިކޮޕްޓަރުތަކާއި ޕީ-8 މާކްގެ ޖާސޫސީ މަތިންދާބޯޓުތަކަށް ކާމިޔާބު ހަމަލާތަކެއް ދީފައިވާ ކަމަށެވެ.

އީރާނުގެ ސަލާމަތާއި މިނިވަންކަމަކީ އެއްވެސް ދޫދިނުމެއް އޮތް ކަމެއް ނޫންކަން ފާހަގަކޮށް، ދުޝްމަނުންގެ ކޮންމެ ހަމަލާއަކަށް ވަގުތުން ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އަސްކަރިއްޔާއިން ވަނީ ދީފަ އެވެ.

މީގެ އިތުރުން، އީރާނުގެ ރައްޔިތުންގެ ކެތްތެރިކަމާއި އަޒުމް، އަދި އީރާނުގެ އަސްކަރިއްޔާއާއި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ގާބިލުކަން ވަޒަންކުރުމުގައި ދުޝްމަނުންނަށް ހެދޭ ކޮންމެ ގޯހަކަށް ވަރަށް ބޮޑު އަގަކުން ބަދަލުދޭން ޖެހޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މި ހަމަލާއަކީ އެމެރިކާއިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންތަކާ ތަކުރާރުކޮށް ޚިލާފުވެ، އީރާނުގެ ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މުޅި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ރައްދު ދިނުމަށް އީރާނުން ފަށާފައިވާ ފުޅާ އޮޕަރޭޝަނުގެ ބައެކެވެ.

ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އެމެރިކާއިން ވަނީ އީރާނަށް އަމާޒުކޮށް އެތައް ފަހަރަކު ހަމަލާދީފަ އެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ ފާލަންތަކާއި، ރޭލުވޭ ސްޓޭޝަންތަކާއި، އެއާޕޯޓުތަކުގެ އިތުރުން އާންމުން ދިރިއުޅޭ އަވަށްތައް ފަދަ މަދަނީ ތަންތަނަށެވެ.

އީރާނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާއިން މިހާރު ދެމުންދާ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 35 އާންމުން މަރުވެފައިވެ އެވެ. މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭއިރު، 300 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.

މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުގެ އަސްކަރީ ބާރުތަކުން ދަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެން ސިލްސިލާ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އާއި އީރާނުގެ އަސްކަރިއްޔާއިން ވަނީ ޕާޝިއަން ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފަ އެވެ. މީގެ ތެރޭގައި ކުވެއިތު، ބަހްރައިން އަދި އުރުދުންގައި ހުރި އެމެރިކާގެ ބޭސްތައް ހިމެނެ އެވެ.

އީރާން-އެމެރިކާބަޙްރައިންއޮޕަރޭޝަން ތަންޑަރއަލް-ސަޚީރު އެއާބޭސްއައިއާރުޖީސީކުވައިތު

އިތުރަށް ކިޔާލަން

16 ޖުލައި 2026

އީރާނުގެ ސަރަހައްދުތަކަށާއި ޓޭންކަރަކަށް އެމެރިކާއިން ހަމަލާދީފި، ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަމާޒުތަކަށް ތެހެރާނުން ހަމަލާދީފި: އެންމެ ފަހުގެ މައުލޫމާތު

16 ޖުލައި 2026
އީރާނުގެ ސަރަހައްދުތަކަށާއި ޓޭންކަރަކަށް އެމެރިކާއިން ހަމަލާދީފި، ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަމާޒުތަކަށް ތެހެރާނުން ހަމަލާދީފި: އެންމެ ފަހުގެ މައުލޫމާތު
16 ޖުލައި 2026

އެމެރިކާގެ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފިކަން އީރާނުން ބުނެފި

އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާންގެ ހޮސްޕިޓަލުން 211 ބަލި މީހުން ބަދަލު ކޮށްފި

16 ޖުލައި 2026
އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާންގެ ހޮސްޕިޓަލުން 211 ބަލި މީހުން ބަދަލު ކޮށްފި
16 ޖުލައި 2026

އިރާނުގެ އުތުރުގެ ސަރަހައްދުތަކަށް އެމެރިކާ ސިފައިން ވަރުގަދަ ހަމަލާތަކެއް ދީފި

16 ޖުލައި 2026
އިރާނުގެ އުތުރުގެ ސަރަހައްދުތަކަށް އެމެރިކާ ސިފައިން ވަރުގަދަ ހަމަލާތަކެއް ދީފި
15 ޖުލައި 2026

ބައިނަލްއަގްވާމީ ކަނޑުތަކުގައި މިނިވަންކަމާއެކު ވިޔަފާރި ދަތުރުފަތުރުކުރުމުގެ އުސޫލު ނިމުމަކަށް އަންނަނީބާ؟

15 ޖުލައި 2026
ބައިނަލްއަގްވާމީ ކަނޑުތަކުގައި މިނިވަންކަމާއެކު ވިޔަފާރި ދަތުރުފަތުރުކުރުމުގެ އުސޫލު ނިމުމަކަށް އަންނަނީބާ؟
15 ޖުލައި 2026

އީރާނުގެ ދެކުނުގެ ރަށްތައް އެމެރިކާގެ ބާރުގެ ދަށަށް ގެންގޮސްފާނެބާ؟

15 ޖުލައި 2026
އީރާނުގެ ދެކުނުގެ ރަށްތައް އެމެރިކާގެ ބާރުގެ ދަށަށް ގެންގޮސްފާނެބާ؟
15 ޖުލައި 2026

އީރާނަށް އެމެރިކާއިން އައު ހަމަލާތަކެއް ދީފި

15 ޖުލައި 2026
އީރާނަށް އެމެރިކާއިން އައު ހަމަލާތަކެއް ދީފި
15 ޖުލައި 2026

އީރާނުގެ އިންޖީނު ގެތަކާއި، ފާލަންތަކަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި

15 ޖުލައި 2026
އީރާނުގެ އިންޖީނު ގެތަކާއި، ފާލަންތަކަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި
15 ޖުލައި 2026

އީރާނަށް ދޭ ހަމަލާތައް ވަރުގަދަ ކުރަން ޓްރަމްޕް ސިޗުއޭޝަން ރޫމު ގައި ބައްދަލުވުމެއް ބާއްވައިފި

15 ޖުލައި 2026
އީރާނަށް ދޭ ހަމަލާތައް ވަރުގަދަ ކުރަން ޓްރަމްޕް ސިޗުއޭޝަން ރޫމު ގައި ބައްދަލުވުމެއް ބާއްވައިފި
15 ޖުލައި 2026

ގަލްފް ގައުމުތަކަށް އީރާނުގެ ހަމަލާތައް ކުރިއަށްދާއިރު، އެމެރިކާއިން އީރާނުގެ ބަނދަރުތައް އަލުން ބަންދުކޮށްފި: އެންމެ ފަހުގެ މައުލޫމާތަކީ ކޮބައި؟

15 ޖުލައި 2026
ގަލްފް ގައުމުތަކަށް އީރާނުގެ ހަމަލާތައް ކުރިއަށްދާއިރު، އެމެރިކާއިން އީރާނުގެ ބަނދަރުތައް އަލުން ބަންދުކޮށްފި: އެންމެ ފަހުގެ މައުލޫމާތަކީ ކޮބައި؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު