Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އީރާން

އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާންގެ ހޮސްޕިޓަލުން 211 ބަލި މީހުން ބަދަލު ކޮށްފި

16 ޖުލައި 2026 | ބުރާސްފަތި 06:30

އީރާންގެ ދައުލަތުގެ މީޑިއާ، އައިއާރުއައިބީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމެރިކާގެ ހަމަލާތަކާ ގުޅިގެން ހުސްކުރަން ޖެހުނީ އަހްވާޒްގައި ހުންނަ "ޝަހީދު ބަޣާއީ ހޮސްޕިޓަލް". މި ހޮސްޕިޓަލް އަށް ދިން ހަމަލާ ތަކުގެ ސަބަބުންނާއި، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެތަނުގައި ފަރުވާ ހޯދަމުން ދިޔަ 211 ބަލި މީހަކު ވަނީ އެހެން ސިއްހީ މަރުކަޒު ތަކަށް ވަގުތުން ބަދަލު ކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖުލައި 2026 | ބުރާސްފަތި 06:30
ޝަހީދު ބަޣާއީ ހޮސްޕިޓަލް އިން ބަލި މީހުން ބަދަލު ކުރުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން

ޝަހީދު ބަޣާއީ ހޮސްޕިޓަލް އިން ބަލި މީހުން ބަދަލު ކުރުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން | ސޯޝަލް މީޑިއާ

އެމެރިކާ އިން އީރާނުގެ އަހްވާޒް އަށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން އެ ސިޓީގެ ހޮސްޕިޓަލެއްގައި ތިބި 200 އަށް ވުރެ ގިނަ ބަލި މީހުން ރައްކާތެރި ސަރަހައްދު ތަކަށް ބަދަލު ކޮށްފި އެވެ.

އީރާންގެ ދައުލަތުގެ މީޑިއާ، އައިއާރުއައިބީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމެރިކާގެ ހަމަލާތަކާ ގުޅިގެން ހުސްކުރަން ޖެހުނީ އަހްވާޒްގައި ހުންނަ "ޝަހީދު ބަޣާއީ ހޮސްޕިޓަލް" އެވެ. މި ހޮސްޕިޓަލް އަށް ދިން ހަމަލާ ތަކުގެ ސަބަބުންނާއި، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެތަނުގައި ފަރުވާ ހޯދަމުން ދިޔަ 211 ބަލި މީހަކު ވަނީ އެހެން ސިއްހީ މަރުކަޒު ތަކަށް ވަގުތުން ބަދަލު ކޮށްފައި އެވެ.

މި ހަމަލާ ތަކަކީ އެމެރިކާ ސަރުކާރުން އެ ސަރަހައްދުގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަން ތަކުގެ ތެރެއިން ދީފައިވާ ހަމަލާ ތަކެކެވެ. އައިއާރުއައިބީ އިން ބުނި ގޮތުގައި ބަލި މީހުން ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް ކުއްލި ގޮތަކަށެވެ. އެހެން ނަމަވެސް، މި ހާދިސާގައި ބަލި މީހަކަށް ނުވަތަ ހޮސްޕިޓަލްގެ މުވައްޒަފަކަށް ލިބުނު އަނިޔާއެއްގެ ތަފްސީލު އެ މީޑިއާ އިން ހާމަ ކޮށްފައި ނުވެ އެވެ.

އަހްވާޒްގައި ހުންނަ "ޝަހީދު ބަޣާއީ ހޮސްޕިޓަލް" އިން ބަލި މީހުން ބަދަލު ކުރާ މަންޒަރު

އެމެރިކާ އިން އީރާންގެ އެކި ސަރަހައްދު ތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާ ތަކުގެ ސަބަބުން އެ ގައުމުގެ އާންމު ޚިދުމަތް ތަކަށް ބޮޑެތި ބުރޫ ތަކެއް އަރަމުންދާކަން ފާހަގަ ކުރެވެ އެވެ. ޚާއްސަކޮށް ސިއްހީ ޚިދުމަތްދޭ ތަންތަނަށް މިފަދަ ހަމަލާ ތަކުގެ އަސަރު ކުރުމަކީ އާންމު ރައްޔިތުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އުފެދިފައިވާ ކަމެކެވެ.

ޝަހީދު ބަޣާއީ ހޮސްޕިޓަލް އިން ބަދަލުކުރި ބަލި މީހުންނަށް މިހާރު އެހެން ހޮސްޕިޓަލް ތަކުން ފަރުވާ ދެމުންދާ ކަމަށާއި، އެމީހުންގެ ހާލަތު ކައިރިން ބަލަމުންދާ ކަމަށް އީރާންގެ ސިއްހީ އިދާރާ ތަކުން މައުލޫމާތު ދީފައިވެ އެވެ. މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ ދިފާއީ ވުޒާރާ އިން ވަކި އެއްޗެއް ބުނެފައި ނުވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

16 ޖުލައި 2026

އިރާނުގެ އުތުރުގެ ސަރަހައްދުތަކަށް އެމެރިކާ ސިފައިން ވަރުގަދަ ހަމަލާތަކެއް ދީފި

16 ޖުލައި 2026
އިރާނުގެ އުތުރުގެ ސަރަހައްދުތަކަށް އެމެރިކާ ސިފައިން ވަރުގަދަ ހަމަލާތަކެއް ދީފި
16 ޖުލައި 2026

އީރާނުން އެމެރިކާއާ މަޝްވަރާކުރުމުގެ ވިސްނުމެއް ނެތް، ފޯކަސް ހުރީ ދިފާއަށް

16 ޖުލައި 2026
އީރާނުން އެމެރިކާއާ މަޝްވަރާކުރުމުގެ ވިސްނުމެއް ނެތް، ފޯކަސް ހުރީ ދިފާއަށް
15 ޖުލައި 2026

ބައިނަލްއަގްވާމީ ކަނޑުތަކުގައި މިނިވަންކަމާއެކު ވިޔަފާރި ދަތުރުފަތުރުކުރުމުގެ އުސޫލު ނިމުމަކަށް އަންނަނީބާ؟

15 ޖުލައި 2026
ބައިނަލްއަގްވާމީ ކަނޑުތަކުގައި މިނިވަންކަމާއެކު ވިޔަފާރި ދަތުރުފަތުރުކުރުމުގެ އުސޫލު ނިމުމަކަށް އަންނަނީބާ؟
15 ޖުލައި 2026

އީރާނުގެ ދެކުނުގެ ރަށްތައް އެމެރިކާގެ ބާރުގެ ދަށަށް ގެންގޮސްފާނެބާ؟

15 ޖުލައި 2026
އީރާނުގެ ދެކުނުގެ ރަށްތައް އެމެރިކާގެ ބާރުގެ ދަށަށް ގެންގޮސްފާނެބާ؟
15 ޖުލައި 2026

އިރާނުން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދަކަށް އިންޒާރުގެ ބަޑި ޖަހައިފި

15 ޖުލައި 2026
އިރާނުން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދަކަށް އިންޒާރުގެ ބަޑި ޖަހައިފި
15 ޖުލައި 2026

އީރާނަށް އެމެރިކާއިން އައު ހަމަލާތަކެއް ދީފި

15 ޖުލައި 2026
އީރާނަށް އެމެރިކާއިން އައު ހަމަލާތަކެއް ދީފި
15 ޖުލައި 2026

އީރާނުގެ އިންޖީނު ގެތަކާއި، ފާލަންތަކަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި

15 ޖުލައި 2026
އީރާނުގެ އިންޖީނު ގެތަކާއި، ފާލަންތަކަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި
15 ޖުލައި 2026

އީރާނަށް ދޭ ހަމަލާތައް ވަރުގަދަ ކުރަން ޓްރަމްޕް ސިޗުއޭޝަން ރޫމު ގައި ބައްދަލުވުމެއް ބާއްވައިފި

15 ޖުލައި 2026
އީރާނަށް ދޭ ހަމަލާތައް ވަރުގަދަ ކުރަން ޓްރަމްޕް ސިޗުއޭޝަން ރޫމު ގައި ބައްދަލުވުމެއް ބާއްވައިފި
15 ޖުލައި 2026

ގަލްފް ގައުމުތަކަށް އީރާނުގެ ހަމަލާތައް ކުރިއަށްދާއިރު، އެމެރިކާއިން އީރާނުގެ ބަނދަރުތައް އަލުން ބަންދުކޮށްފި: އެންމެ ފަހުގެ މައުލޫމާތަކީ ކޮބައި؟

15 ޖުލައި 2026
ގަލްފް ގައުމުތަކަށް އީރާނުގެ ހަމަލާތައް ކުރިއަށްދާއިރު، އެމެރިކާއިން އީރާނުގެ ބަނދަރުތައް އަލުން ބަންދުކޮށްފި: އެންމެ ފަހުގެ މައުލޫމާތަކީ ކޮބައި؟
15 ޖުލައި 2026

އީރާން އަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ނަތަންޔާހޫ ދެއްވައިފި

15 ޖުލައި 2026
އީރާން އަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ނަތަންޔާހޫ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް