Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުވައިޓް ހައުސް

ވައިޓް ހައުސްގެ ޓެލެޕްރޮމްޕްޓަރ އޮޕަރޭޓަރަކު ޓްރަމްޕްގެ ސްޕީޗްތަކުގެ ސިއްރު މަޢުލޫމާތު ބެޓް ކުރަން ބޭނުންކޮށްގެން ލައްކަ އެއްހާ ޑޮލަރު ހޯދި މައްސަލަ ފަޅާ އަރައފި

ވައިޓް ހައުސްގެ ޓެލެޕްރޮމްޕްޓަރ އޮޕަރޭޓަރަކު ރައީސް ޓްރަމްޕްގެ ތަޤުރީރުތަކުގެ ސިއްރު މަޢުލޫމާތު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދި މައްސަލައެއްގައި އޭނާ ސަސްޕެންޑްކޮށްފި. "ކަލްޝީ" ޕްލެޓްފޯމް މެދުވެރިކޮށް ބެޓްކޮށްގެން ގާތްގަނޑަކަށް އެއްލައްކަ ޑޮލަރު ހޯދަން އުޅުނު މި މުވައްޒަފުގެ މައްސަލަ މިހާރު އަންނަނީ ތަޙުޤީޤު ކުރަމުންނެވެ. އޭނާ ހޯދި ފައިސާ މިހާރު ވަނީ ހިފަހައްޓާފައި.

ރާއްޖެ އެމްވީ | 17 ޖުލައި 2026 | ހުކުރު 01:45
2016 ވަނަ އަހަރުން ފެށިގެން ވައިޓް ހައުސްގައި މަސައްކަތް ކުރަމުން އައި ގަބްރިއަލް ޕެރޭޒްގެ މައްޗަށް، އެމެރިކާގެ ރައީސް ބޭނުންކުރައްވާނެ ކަމަށް ބެލޭ ބަސްތަކަށް އަމާޒުކޮށް އޮންލައިންކޮށް ބެޓް ކުރިކަމުގެ ތުހުމަތު ވަނީ ކޮށްފައި

2016 ވަނަ އަހަރުން ފެށިގެން ވައިޓް ހައުސްގައި މަސައްކަތް ކުރަމުން އައި ގަބްރިއަލް ޕެރޭޒްގެ މައްޗަށް، އެމެރިކާގެ ރައީސް ބޭނުންކުރައްވާނެ ކަމަށް ބެލޭ ބަސްތަކަށް އަމާޒުކޮށް އޮންލައިންކޮށް ބެޓް ކުރިކަމުގެ ތުހުމަތު ވަނީ ކޮށްފައި | ގެޓީ އިމޭޖަސް

ވައިޓް ހައުސްގެ ޓެލެޕްރޮމްޕްޓަރ އޮޕަރޭޓަރެއްގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފަކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާ ތަޤުރީރުތަކާ ގުޅޭގޮތުން އިންސައިޑަރ އިންފޮމޭޝަން ނުވަތަ އެތެރޭގެ ސިއްރު މަޢުލޫމާތު ބޭނުންކޮށްގެން ބޮޑެތި ބެޓްތަކެއް ނުވަތަ މުޢާމަލާތްތަކެއް ހިންގައި، ގާތްގަނޑަކަށް 100,000 ޑޮލަރު ހޯދި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަޙުޤީޤު ކުރަން ފަށައިފި އެވެ.

2016 ވަނަ އަހަރުން ފެށިގެން ވައިޓް ހައުސްގައި މަސައްކަތް ކުރަމުން އަންނަ ގޭބްރިއަލް ޕެރޭޒްގެ މައްޗަށް ތުހުމަތު ކުރެވެނީ، ރައީސް ޓްރަމްޕް ދެއްވާ "ސްޓޭޓް އޮފް ދަ ޔޫނިއަން" ފަދަ މުހިންމު ތަޤުރީރުތަކުގައި ބޭނުންކުރައްވާނެ ވަކި ޚާއްޞަ ބަސްތަކަކަށް އަމާޒުކޮށް ބެޓް ކުރި ކަމަށެވެ.

މި މުޢާމަލާތްތައް ހިންގާފައިވަނީ ދުނިޔޭގައި ހިނގާ އެކި ހާދިސާތަކާ ގުޅޭގޮތުން ކުރިއާލައި ގޮތް ނިންމައި ބެޓް ކުރެވޭ "ކަލްޝީ" ނަމަކަށް ކިޔާ ޕްލެޓްފޯމެއްގަ އެވެ. އެ ކުންފުނިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި މައްސަލަ މިހާރު ވަނީ އެ ޕްލެޓްފޯމް ރެގިއުލޭޓްކުރާ އިދާރާ ކަމަށްވާ ކޮމޮޑިޓީ ފިއުޗާސް ޓްރޭޑިންގ ކޮމިޝަން (ސީ.އެފް.ޓީ.ސީ) އަށް ރިޕޯޓްކޮށްފަ އެވެ.

ޚަބަރުތައް ބުނާގޮތުން، މި މުޢާމަލާތްތަކުން ލިބުނު އެއްވެސް ފައިސާއެއް ނެގުމުގެ ކުރިން، ކަލްޝީން ވަނީ ޕެރޭޒްގެ އެކައުންޓް ފްރީޒްކޮށްފަ އެވެ.

ބީ.ބީ.ސީ އަށް މަޢުލޫމާތު ދެމުން އެ ޕްލެޓްފޯމުން ބުނީ، މިދިޔަ މާރިޗު މަހުގެ ތެރޭގައި "މެންޝަން މާކެޓްސް" ނުވަތަ ތަޤުރީރު ދޭ ފަރާތަކުން ވަކި ޤައުމުތަކެއްގެ ނަން، އިޤްތިޞާދީ ބަސްތައް ނުވަތަ ކެމްޕޭން ޝިއާރުތައް ބޭނުންކުރާނެތޯ ކުރީބައިގައި ލަފާކޮށް ކުރާ ބެޓްތަކުގައި އާދަޔާ ޚިލާފު ކަންތައްތަކެއް އެ ކުންފުނީގެ އެނަލިސްޓުންނަށް ފާހަގަކުރެވުނު ކަމަށެވެ.

ކަލްޝީން ހާމަކުރި ގޮތުގައި، ރައީސުންނާއި ފެޑަރަލް ރިޒާވްގެ ޗެއަރމަނުން ފަދަ ސިޔާސީ ލީޑަރުން ބޭނުންކުރައްވާ ބަސްތަކުގެ ސަބަބުން، ބޭރު ފައިސާގެ ބާޒާރާއި، ތެލުގެ އަގާއި، އަދި ހިއްސާގެ ބާޒާރަށް ބިލިއަނުން ޑޮލަރުގެ ބަދަލުތައް އާދެ އެވެ.

އެކައުންޓްގެ މަޢުލޫމާތުތައް ބޭނުންކޮށްގެން އެ ކުންފުނިން ކުރި ތަޙުޤީޤުން އެނގުނު ގޮތުގައި، މި މުޢާމަލާތްތައް ހިންގާފައިވަނީ ވައިޓް ހައުސްގެ ޓެލެޕްރޮމްޕްޓަރުތައް އޮޕަރޭޓްކުރާ ފެޑަރަލް މުވައްޒަފެކެވެ.

މި މުޢާމަލާތްތަކުން ލިބުނު 90,000 އަށްވުރެ ގިނަ ޑޮލަރު އެކައުންޓުން ނެގުމުގެ ކުރިން އެކްސްޗޭންޖުން ވަނީ އެ ފައިސާ ހިފަހައްޓާފަ އެވެ. ކަލްޝީގެ ހެޑް އޮފް އެންފޯސްމަންޓް ރޮބަޓް ޑިނޯލްޓް ވިދާޅުވީ، އެ ކުންފުނިން މި މުޢާމަލާތްތައް ފާހަގަކޮށް، އޭގެ ހެކިތައް ރެގިއުލޭޓަރުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް ވިދާޅުވީ، ޓެލެޕްރޮމްޕްޓަރ އޮޕަރޭޓަރުގެ މި މައްސަލަ ރައީސް ޓްރަމްޕަށް އެނގިވަޑައިގަންނަވާ ކަމަށާއި، އެ މުވައްޒަފު މިހާރު ހުރީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޝަނެއްގައި ކަމަށެވެ. އަދި މިއީ ވަރަށް ދެރަކޮށް ހިނގި ކަމެއް ކަމަށާއި މީގެ ފަހުން ޕެރޭޒް ވައިޓް ހައުސްގައި މަސައްކަތް ނުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

Your browser does not support the video tag.

ޑޮނަލްޑް ޓްރަމްޕް ޖޫނިއާވައިޓް ހައުސްގޭބްރިއަލް ޕެރޭޒްކަލްޝީކެރޮލައިން ލެވިޓް

އިތުރަށް ކިޔާލަން

20 ޖޫން 2026

ޤަތަރުން ހަދިޔާކުރި ލަގްޒަރީ ޖެޓު، ޓްރަމްޕްގެ އެއާ ފޯސް ވަން އަށް

20 ޖޫން 2026
ޤަތަރުން ހަދިޔާކުރި ލަގްޒަރީ ޖެޓު، ޓްރަމްޕްގެ އެއާ ފޯސް ވަން އަށް
15 ޖޫން 2026

ވައިޓް ހައުސް އަކީ ޓްރަމްޕްގެ އަމިއްލަ މުދަލެއް ނޫން، އެއީ އެމެރިކާ ރައްޔިތުންނަށް ޚިދުމަތް ކުރަން ހުރި ތަނެއް: ނިއުސަމް

15 ޖޫން 2026
ވައިޓް ހައުސް އަކީ ޓްރަމްޕްގެ އަމިއްލަ މުދަލެއް ނޫން، އެއީ އެމެރިކާ ރައްޔިތުންނަށް ޚިދުމަތް ކުރަން ހުރި ތަނެއް: ނިއުސަމް
14 ޖޫން 2026

80 އަހަރު ވުމަކީ އުފާވާ ކަމެއް ނޫން، ތަހުނިޔާ ކިޔާނެ ކަމެއް ނެތް: ޓްރަމްޕް

14 ޖޫން 2026
80 އަހަރު ވުމަކީ އުފާވާ ކަމެއް ނޫން، ތަހުނިޔާ ކިޔާނެ ކަމެއް ނެތް: ޓްރަމްޕް
14 ޖޫން 2026

ޓްރަމްޕްގެ 80 ވަނަ އުފަން ދުވަސް ފާހަގަ ކުރަން، ވައިޓް ހައުސްގައި ޔޫއެފްސީ މުބާރާތެއް

14 ޖޫން 2026
ޓްރަމްޕްގެ 80 ވަނަ އުފަން ދުވަސް ފާހަގަ ކުރަން، ވައިޓް ހައުސްގައި ޔޫއެފްސީ މުބާރާތެއް
11 ޖޫން 2026

ޓްރަމްޕްގެ އެންމެ ފަހުގެ މެޑިކަލް ޗެކަޕްގައި 22 ޑޮކްޓަރުންނަށް ދެއްކި، މިއީ ރެކޯޑު އަދަދެއް

11 ޖޫން 2026
ޓްރަމްޕްގެ އެންމެ ފަހުގެ މެޑިކަލް ޗެކަޕްގައި 22 ޑޮކްޓަރުންނަށް ދެއްކި، މިއީ ރެކޯޑު އަދަދެއް
30 މެއި 2026

ޓްރަމްޕްގެ ބަރުދަނުގައި 108 ކިލޯ، ބަރުދަން ލުއި ކުރަން ޑޮކްޓަރުން އިރުޝާދު ދީފި

30 މެއި 2026
ޓްރަމްޕްގެ ބަރުދަނުގައި 108 ކިލޯ، ބަރުދަން ލުއި ކުރަން ޑޮކްޓަރުން އިރުޝާދު ދީފި
27 މެއި 2026

އަހަރެންގެ ޞިއްޙީ ޗެކަޕް ވަރަށް "ފުރިހަމަ": ޓްރަމްޕް

27 މެއި 2026
އަހަރެންގެ ޞިއްޙީ ޗެކަޕް ވަރަށް "ފުރިހަމަ": ޓްރަމްޕް
27 މެއި 2026

ޓްރަމްޕްގެ އޭއައި ކޮމިޓީ އަށް ކުރީގެ އެޓާނީ ޖެނެރަލް ބޮންޑީ އައްޔަން ކުރައްވައިފި

27 މެއި 2026
ޓްރަމްޕްގެ އޭއައި ކޮމިޓީ އަށް ކުރީގެ އެޓާނީ ޖެނެރަލް ބޮންޑީ އައްޔަން ކުރައްވައިފި
26 މެއި 2026

13 މަސް ދުވަހުގެ ތެރޭގައި ތިން ވަނަ ފަހަރަށް ޓްރަމްޕް ހޮސްޕިޓަލް އަށް ވަޑައިގަންނަވަނީ

26 މެއި 2026
13 މަސް ދުވަހުގެ ތެރޭގައި ތިން ވަނަ ފަހަރަށް ޓްރަމްޕް ހޮސްޕިޓަލް އަށް ވަޑައިގަންނަވަނީ
24 މެއި 2026

ވައިޓް ހައުސް ކައިރީގައި އަނެއްކާ ވެސް ބަޑީގެ ހަމަލާ ތަކެއް

24 މެއި 2026
ވައިޓް ހައުސް ކައިރީގައި އަނެއްކާ ވެސް ބަޑީގެ ހަމަލާ ތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު