Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއީރާން-އެމެރިކާ

ބައިނަލްއަގްވާމީ ކަނޑުތަކުގައި މިނިވަންކަމާއެކު ވިޔަފާރި ދަތުރުފަތުރުކުރުމުގެ އުސޫލު ނިމުމަކަށް އަންނަނީބާ؟

15 ޖުލައި 2026 | ބުދަ 16:32

ހުރްމުޒް ކަނޑުއޮޅި ކޮންޓްރޯލްކޮށް އުޅަނދުފަހަރުން ފީ ނެގުމަށް އީރާނުން ކުރާ މަސައްކަތުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރީގެ ޚަރަދުތައް ބޮޑުވެ، ކަނޑުތަކުގައި އޮތް ދަތުރުފަތުރުގެ މިނިވަންކަން ގެއްލުމުގެ ބިރު ވަނީ ބޮޑުވެފައި. މީގެ ސަބަބުން ދުނިޔޭގެ އެހެން މުހިންމު ކަނޑުގެ މަގުތަކުގައިވެސް މިފަދަ ފީތައް ތައާރަފުވެ، މުދަލުގެ އަގު އުފުލި އިގްތިސާދީ ނުތަނަވަސްކަން އިތުރުވެދާނެ ކަމަށް މާހިރުން އިންޒާރުދޭ.

ރާއްޖެ އެމްވީ | 15 ޖުލައި 2026 | ބުދަ 16:32
އޮމާންގެ އުތުރުގައިވާ މުސަންދަމް ޕެނިންސިއުލާގެ އައްސޭރިފަށުން، ހުރްމުޒް ކަނޑުއޮޅި ކައިރީގައި ބޯޓުފަހަރުތަކެއް ބަނދަރުކޮށްފައި އޮއްވާ މަތިން ނަގާފައިވާ ފޮޓޯއެއް.

އޮމާންގެ އުތުރުގައިވާ މުސަންދަމް ޕެނިންސިއުލާގެ އައްސޭރިފަށުން، ހުރްމުޒް ކަނޑުއޮޅި ކައިރީގައި ބޯޓުފަހަރުތަކެއް ބަނދަރުކޮށްފައި އޮއްވާ މަތިން ނަގާފައިވާ ފޮޓޯއެއް. | ގެޓީ އިމޭޖަސް

އީރާނުގެ ނިއުކްލިއާ ގާބިލުކަން ކުޑަކޮށްލުމަށް ކަމަށް ބުނެ އެމެރިކާ އާއި އިސްރާއީލުން ފެށި ހަނގުރާމަ، މިހާރު ވަނީ ދުނިޔޭގެ ވިޔަފާރީގެ އެންމެ މުހިންމު އެއް މަގު ކޮންޓްރޯލް ކުރުމުގެ ކުރިމަތިލުމަކަށް ބަދަލުވެފަ އެވެ.

އީރާނުގެ ހަނގުރާމަ މިހާރު ބަދަލުވެފައިވަނީ ތެލާއި، ގުދުރަތީ ގޭހާއި، ގަސްކާނާގެ އިތުރުން އެހެނިހެން މުދާ އުފުލުމުގައި ދުނިޔޭގެ އެންމެ މުހިންމު އެއް މަރުކަޒު ކަމަށްވާ "ސްޓްރެއިޓް އޮފް ހުރްމުޒް" ނުވަތަ ހުރްމުޒްކަނޑުއޮޅި ކޮންޓްރޯލް ކުރުމުގެ ހަނގުރާމައަކަށެވެ.

މި ހަމަނުޖެހުންތަކުގެ ނަތީޖާއެއްގެ ގޮތުން ހުރްމުޒް ކަނޑުއޮޅި ދާއިމީގޮތެއްގައި އީރާނުގެ ނުވަތަ އެމެރިކާގެ ކޮންޓްރޯލްގެ ދަށަށް ހިނގައްޖެނަމަ، މިއީ އެތައް ގަރުނެއް ވަންދެން ބައިނަލްއަގުވާމީ ވިޔަފާރީގެ މައިބަދައިގެ ގޮތުގައި އޮތް "ކަނޑުތަކުގައި މިނިވަންކަމާއެކު ދަތުރުފަތުރުކުރުމުގެ" އުސޫލު ނިމުމަކަށް އައުމުގެ ފެށުމަކަށް ވެދާނެ އެވެ.

ކޮންސަލްޓަންސީ ފާމެއް ކަމަށްވާ ރައިސްޓޭޑް އެނާޖީގެ ސީނިއާ އެނަލިސްޓް އެރިކް ގްރަންޑް ސީއެންއެންއަށް މައުލޫމާތު ދެމުން ބުނިގޮތުގައި، މީގެ ސަބަބުން ނުރައްކާތެރި އުސޫލެއް ގާއިމުވެ، ކަނޑުމަގުން ކުރާ ބައިނަލްއަގުވާމީ ވިޔަފާރީގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެގެންދާނެއެވެ. އަދި މި ޚަރަދުތަކުގެ ބުރަ އެންމެ ފަހުން އުފުލަން ޖެހޭނީ މުދާ ގަންނަ އާންމު ރައްޔިތުންނެވެ.

އީރާނުގެ އާ ހަކަތައިގެ ހަތިޔާރު

ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އިސްވެ ދޭން ފެށި ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ ވަގުތުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރިކަން އިއުލާނުކޮށްފަ އެވެ. މިއީ ތާރީޚުގައިވެސް ތެޔޮ ސަޕްލައިއަށް ކުރިމަތިވި އެންމެ ބޮޑު ލޮޅުމެވެ.

ދުނިޔޭގެ އިގްތިސާދުގެ މައްޗަށް ބާރު ފޯރުވޭނެ އާ މަގެއް ފެނުމާއެކު، ތެހެރާނުން މިހާރު މަސައްކަތް ކުރަމުންދަނީ އެ ބާރު ދެމެހެއްޓުމަށެވެ.

މި ކަނޑުއޮޅި ހުރަސްކުރަން ބޭނުންވާ އުޅަނދުފަހަރު، އީރާނުން އަލަށް އުފެއްދި "ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީ" (ޕީޖީއެސްއޭ) އާ ގުޅިގެން ކަންކަން ހަމަޖައްސަން ޖެހެ އެވެ. މީގެ ތެރޭގައި ބޮޑެތި އަދަދުތަކުން ފައިސާ ދެއްކުން ހިމެނޭއިރު، އެހެން ނޫންނަމަ އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ހަމަލާތަކާ ކުރިމަތިލާން ޖެހުމުގެ ބިރު އެބައޮތެވެ.

ޖޫން މަހުގެ 18 ވަނަ ދުވަހު އީރާނުން އެމެރިކާއާއެކު 60 ދުވަހުގެ ފަހުމުނާމާއެއްގައި ސޮއިކުރުމުން، މި ފީތައް ނެގުން ވަގުތީގޮތުން މެދުކަނޑާލި ނަމަވެސް، ޕީޖީއެސްއޭ މެދުވެރިކޮށް އީރާނުން ދަތުރުފަތުރުތައް ކޮންޓްރޯލް ކުރުން ހުއްޓައެއް ނުލައެވެ.

އީރާނުން ދަނީ އެ ފަހުމުނާމާގައިވާ މާއްދާއެއްގެ ބޭނުން ހިފައި، އެ ކަނޑުއޮޅީގެ މައްޗަށް އޮތް ކޮންޓްރޯލް ގާނޫނީގޮތުން ވަރުގަދަ ކުރަމުންނެވެ. އެ މާއްދާގައި ބުނަނީ ވިޔަފާރި އުޅަނދުފަހަރު ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ އިންތިޒާމުތައް ތެހެރާނުން ހަމަޖައްސަން ޖެހޭނެ ކަމަށެވެ. އީރާނުން މިދިޔަ އަންގާރަ ދުވަހު ބުނިގޮތުގައި، ފަހުމުނާމާގައި ސޮއިކުރި ފަހުން ވޭތުވެދިޔަ ތިން ހަފުތާގެ ތެރޭގައި އެހެން ގައުމުތަކުގެ 200 އަށްވުރެ ގިނަ އުޅަނދު ވަނީ ޕީޖީއެސްއޭއާ ގުޅިގެން ދަތުރުކޮށްފަ އެވެ.

މި މާއްދާ ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މާނަކުރީ، އެ 60 ދުވަހުގެ ތެރޭގައި އެއްވެސް ހުރަހެއް ނެތި އުޅަނދުފަހަރަށް ދަތުރުކުރެވޭނެ ކަމަށެވެ. ފަހުމުނާމާއަށް ފަހު ދަތުރުތައް އިތުރުވެ، އެންމެ ގިނައިން ދަތުރުކުރި ދުވަސްވަރު ދުވާލަކު 70 އުޅަނދު ކަނޑުއޮޅި ހުރަސްކުރި އެވެ. މިއީ ހަނގުރާމައިގެ ކުރިން އާންމުކޮށް ދަތުރުކުރާ އަދަދުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަ އެވެ.

ނަމަވެސް ކަނޑުއޮޅީގައި އަލުން ނުތަނަވަސްކަން އުފެދުމާއެކު، ދަތުރުތައް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އެގޮތުން މިދިޔަ އާދީއްތަ ދުވަހު އެ ސަރަހައްދުން ދަތުރުކުރީ އެންމެ 12 ވަރަކަށް އުޅަނދެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އީރާނުގެ ސިޔާސަތާ އެއްގޮތަށް، ހުރްމުޒް ކަނޑުއޮޅި ހިމާޔަތްކުރުމަށް އެމެރިކާއިން ކުރާ މަސައްކަތުގެ އަގުގެ ގޮތުގައި ވިޔަފާރި އުޅަނދުފަހަރުގެ އަތުން 20 އިންސައްތައިގެ ފީއެއް ނަގާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ސޯޝަލް މީޑިއާގައި މި އިންޒާރު ދެއްވިތާ 24 ގަޑިއިރު ނުވަނީސް އެމަނިކުފާނު ވަނީ އެ ނިންމުން ދޫކޮށްލައްވާފަ އެވެ.

ޝިޕިން އެސޯސިއޭޝަން "ބިމްކޯ" އިން ބުނާގޮތުގައި، މި ފީ ނެގިނަމަ ވަރަށް ބޮޑެތި ތެޔޮ ޓޭންކަރުތަކުން ކޮންމެ ދަތުރަކަށް ގާތްގަނޑަކަށް 27 މިލިއަން ޑޮލަރު ދައްކަން ޖެހުނީހެވެ.

މި އަގަކީ ބުއްދިއަށް ގަބޫލުކުރަން ދަތި އަދަދެއް ނަމަވެސް، ޓްރަމްޕްގެ މި އިންޒާރުގެ ސަބަބުން އީރާނުގެ އަމަލުތަކަށް ގާނޫނީ ސިފައެއް ލިބިގެންދިޔައެވެ. އީރާނުގެ ސަރުކާރުން ވަނީ މަލާމާތުގެ ރޫހެއްގައި ސޯޝަލް މީޑިއާގައި މިކަން ފާހަގަކޮށްފަ އެވެ.

އީރާނުން ބުނާގޮތުގައި ޓްރަމްޕް ނަގަން އުޅުނު ފީ މާ ބޮޑެވެ. "20 އިންސައްތައަކީ ހަމަގައިމުވެސް މާ ބޮޑު އަދަދެއް،" އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ހޯމަ ދުވަހު އެކްސްގައި ލިޔުއްވާފައިވެ އެވެ. "އަހަރެމެން ވާނީ އިންސާފުވެރި."

ޓޯލް ފީ ނެގުމުގެ މައްސަލަ

ޓޯޓޮއިސް ކެޕިޓަލްގެ ސީނިއާ ޕޯޓްފޯލިއޯ މެނޭޖަރު ރޮބް ތަމްލް ފާހަގަކުރި ގޮތުގައި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން ފީ ނަގަން ފަށައިފިނަމަ، މުދާ އުފުލުމުގެ އަގު އިންތިހާއަށް އުފުލިގެންދާނެ އެވެ.

ޚަރަދު ބޮޑުވުމަކީ ކަންބޮޑުވުމެއް ނަމަވެސް، އެއީ އޮތް އެންމެ ބޮޑު މައްސަލައެއް ނޫނެވެ.

މައުލޫމާތު ލިބޭގޮތުގައި އީރާނުން ދަނީ ތެޔޮ ޓޭންކަރުތަކުގައި ހުންނަ ކޮންމެ ތެޔޮ ފީފާއަކަށް 1 ޑޮލަރާއި 2 ޑޮލަރާ ދެމެދުގެ އަދަދެއް ނަގަމުންނެވެ. މީގެ ސަބަބުން ވަރަށް ބޮޑެތި ތެޔޮ ޓޭންކަރުތަކުން (ވީއެލްސީސީ) ގާތްގަނޑަކަށް 2 މިލިއަން ޑޮލަރު އީރާނަށް ލިބެ އެވެ.

ނަމަވެސް، ޝިޕިން ކުންފުނިތަކުން މި ފައިސާ ދައްކަން ތައްޔާރަށް ތިބި ނަމަވެސް، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އިދާރާތަކަށް ފައިސާ ދައްކާ އުޅަނދުފަހަރަށް އިންޝުއަރެންސް ދިނުމަށް އިންޝުއަރެންސް ކުންފުނިތަކުން ދެކޮޅު ހަދާނެ އެވެ. މީގެ ތެރޭގައި އީރާނުގެ މުހިންމު ބައެއް މުއައްސަސާތައް ހިމެނެ އެވެ.

"ގާނޫނީ ބަހުސްތައް ބާއްވާ، އިންޝުއަރެންސް ކުންފުނިތަކުން މިކަމުގައި އެންމެ ފުރަތަމަ ގޮތެއް ނިންމާނެ،" މާލީ ލަފާދޭ ބޮޑު ކުންފުންޏެއް ކަމަށްވާ ޑިވިއާ ގްރޫޕްގެ ސީއީއޯ ނައިޖެލް ގްރީން ވިދާޅުވި އެވެ. "ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނުރައްކާ އޮތް ކަމަކަށް ޓޯލް ފީ ބަދަލުވެއްޖެނަމަ، އިންޝުއަރެންސް ކުރާ ފަރާތްތަކުން އެއްކޮށް ކަވަރޭޖް ދިނުން ހުއްޓާލަފާނެ."

އޮމާން ފަދަ ތިންވަނަ ގައުމެއް މެދުވެރިކޮށް ފީ ނެގި ނަމަވެސް، މިއީ އދ. ގެ ކަނޑުގެ ގާނޫނުތަކާ (ޔޫއެންސީއެލްއޯއެސް) ޚިލާފު ކަމަކަށް ވުމުގެ ފުރުސަތު ބޮޑެވެ. މީގެ ސަބަބުން އިންޝުއަރެންސް ކުންފުނިތަކަށް ދަތުރުތައް ބާތިލުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މީގެ އިތުރުން މިއަށްވުރެ ބޮޑު ކަންބޮޑުވުމެއްވެސް އެބައޮތެވެ. އެއީ ހުރްމުޒް ކަނޑުއޮޅިން ފައިސާ ނަގަން ފެށުމަކީ ދުނިޔޭގެ އެހެން މުހިންމު ކަނޑުގެ މަގުތަކުގައިވެސް މިފަދަ އުސޫލެއް ގާއިމުވުމަށް މަގުފަހިވާނެ ކަމަކަށް ވުމެވެ. މީގެ ސަބަބުން އިންޑޮނޭޝިއާ، ސިންގަޕޫރު، ޗައިނާ، ތައިވާން އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން އެ ގައުމުތަކުގެ ޖިއޮގްރަފީގެ ބޭނުން ހިފައި، މިފަދަ ފީތައް ނަގަން ފަށާފާނެ އެވެ.

ރައިސްޓޭޑް އެނާޖީގެ ސީނިއާ އެނަލިސްޓުން ކަމަށްވާ މިޝޭލް ބްރޫހާޑް އަދި އެމަނުއަލް ބެލޮސްޓްރީނޯ އަންދާޒާކުރާ ގޮތުގައި، ހުރްމުޒް، ޖިބްރޯލްޓާ، ތައިވާން، ޑޯވާ އަދި މަލަކާ ހިމެނޭގޮތަށް ދުނިޔޭގެ މައިގަނޑު 10 ކަނޑުގެ މަގުން އަހަރަކު 136 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ޓޯލް ފީގެ ގޮތުގައި ހޯދުމުގެ ފުރުސަތު އެބައޮތެވެ.

"ކަނޑުގެ މަގުތަކުން ފައިސާ ނަގާ ދުނިޔެއެއްގައި، މުދަލުގެ އަގު އުފުލި، ގައުމުތަކުގެ މެދުގައި ބައިބައިވުން ބޮޑުވެ، އަސްކަރީ ކުރިމަތިލުންތައް އިތުރުވުމުގެ ފުރުސަތު ބޮޑުވާނެ،" އެ ބޭފުޅުން ވިދާޅުވި އެވެ.

މަސްދަރު: ސީއެންއެން

އީރާން-އެމެރިކާއީރާން-އިސްރާއީލުހުރްމުޒް ކަނޑުއޮޅިގަލްފް ސްޓްރެއިޓް އޮތޯރިޓީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

15 ޖުލައި 2026

އީރާނުގެ ދެކުނުގެ ރަށްތައް އެމެރިކާގެ ބާރުގެ ދަށަށް ގެންގޮސްފާނެބާ؟

15 ޖުލައި 2026
އީރާނުގެ ދެކުނުގެ ރަށްތައް އެމެރިކާގެ ބާރުގެ ދަށަށް ގެންގޮސްފާނެބާ؟
15 ޖުލައި 2026

އިރާނުން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދަކަށް އިންޒާރުގެ ބަޑި ޖަހައިފި

15 ޖުލައި 2026
އިރާނުން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދަކަށް އިންޒާރުގެ ބަޑި ޖަހައިފި
15 ޖުލައި 2026

އީރާނަށް އެމެރިކާއިން އައު ހަމަލާތަކެއް ދީފި

15 ޖުލައި 2026
އީރާނަށް އެމެރިކާއިން އައު ހަމަލާތަކެއް ދީފި
15 ޖުލައި 2026

އީރާނުގެ އިންޖީނު ގެތަކާއި، ފާލަންތަކަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި

15 ޖުލައި 2026
އީރާނުގެ އިންޖީނު ގެތަކާއި، ފާލަންތަކަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި
15 ޖުލައި 2026

އީރާނަށް ދޭ ހަމަލާތައް ވަރުގަދަ ކުރަން ޓްރަމްޕް ސިޗުއޭޝަން ރޫމު ގައި ބައްދަލުވުމެއް ބާއްވައިފި

15 ޖުލައި 2026
އީރާނަށް ދޭ ހަމަލާތައް ވަރުގަދަ ކުރަން ޓްރަމްޕް ސިޗުއޭޝަން ރޫމު ގައި ބައްދަލުވުމެއް ބާއްވައިފި
15 ޖުލައި 2026

ގަލްފް ގައުމުތަކަށް އީރާނުގެ ހަމަލާތައް ކުރިއަށްދާއިރު، އެމެރިކާއިން އީރާނުގެ ބަނދަރުތައް އަލުން ބަންދުކޮށްފި: އެންމެ ފަހުގެ މައުލޫމާތަކީ ކޮބައި؟

15 ޖުލައި 2026
ގަލްފް ގައުމުތަކަށް އީރާނުގެ ހަމަލާތައް ކުރިއަށްދާއިރު، އެމެރިކާއިން އީރާނުގެ ބަނދަރުތައް އަލުން ބަންދުކޮށްފި: އެންމެ ފަހުގެ މައުލޫމާތަކީ ކޮބައި؟
15 ޖުލައި 2026

އީރާން އަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ނަތަންޔާހޫ ދެއްވައިފި

15 ޖުލައި 2026
އީރާން އަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ނަތަންޔާހޫ ދެއްވައިފި
15 ޖުލައި 2026

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، މެދުއިރުމަތި "ނުރައްކާތެރި ފުން ވަޅުގަނޑަކަށް" ވައްޓާލަމުންދާ ކަމަށް ޗައިނާ އިން ބުނެފި

15 ޖުލައި 2026
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، މެދުއިރުމަތި "ނުރައްކާތެރި ފުން ވަޅުގަނޑަކަށް" ވައްޓާލަމުންދާ ކަމަށް ޗައިނާ އިން ބުނެފި
15 ޖުލައި 2026

އީރާނުން ކުވެއިތު، ބަހްރައިން އަދި އުރުދުންގައި ހުރި އެމެރިކާ ބޭސްތަކަށް ހަމަލާދީފި

15 ޖުލައި 2026
އީރާނުން ކުވެއިތު، ބަހްރައިން އަދި އުރުދުންގައި ހުރި އެމެރިކާ ބޭސްތަކަށް ހަމަލާދީފި
14 ޖުލައި 2026

އީރާނުގެ ގޭޝްމް ޖަޒީރާ އަށް އެމެރިކާ އިން ހަމަލާދީފި

14 ޖުލައި 2026
އީރާނުގެ ގޭޝްމް ޖަޒީރާ އަށް އެމެރިކާ އިން ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް