Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮލަމްބިއާ

އިސްރާއީލާ ގުޅުން ވަރުގަދަކުރުމުގެ ގޮތުން ގުދުސްގައި އެމްބަސީއެއް ހުޅުވަން ކޮލަމްބިއާގެ އިންތިޚާބީ ރައީސް ނިންމަވައިފި

ކޮލަމްބިއާގެ އިންތިޚާބީ ރައީސް އަބެލާޑޯ ޑި ލާ އެސްޕްރިއޭލާ، އިސްރާއީލާ އެކު އޮތް ގުޅުން ވަރުގަދަކުރައްވައި ގުދުސްގައި އެމްބަސީއެއް ހުޅުއްވަން ނިންމަވައިފި. މީގެ އިތުރުން، އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމާ ދެކޮޅަށް އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައިން އެ ގައުމު ވަކިވާނެކަން އިއުލާންކުރެއްވުމާއެކު، މިއީ ކުރީގެ ސަރުކާރުގެ ސިޔާސަތުތަކާ މުޅިން އިދިކޮޅު ނިންމުމެއް.

ރާއްޖެ އެމްވީ | 17 ޖުލައި 2026 | ހުކުރު 01:23
ކޮލަމްބިއާގެ އިންތިޚާބީ ރައީސް، އަބެލާޑޯ ޑި ލާ އެސްޕްރިއޭލާ

ކޮލަމްބިއާގެ އިންތިޚާބީ ރައީސް، އަބެލާޑޯ ޑި ލާ އެސްޕްރިއޭލާ | ގެޓީ އިމޭޖަސް

ކޮލަމްބިއާގެ އެމްބަސީ އެއް ގުދުސްގައި ހުޅުވާނެ ކަމަށާއި، އިސްރާއީލާ ދެކޮޅަށް ބައިނަލްއަގުވާމީ އަދުލު އިންސާފާ ބެހޭ ކޯޓު (އައިސީޖޭ) އަށް ހުށަހަޅާފައިވާ މައްސަލައިން ވަކިވާނެ ކަމަށް ކޮލަމްބިއާގެ އިންތިޚާބީ ރައީސް އަބެލާޑޯ ޑި ލާ އެސްޕްރިއޭލާ ވިދާޅުވެއްޖެ އެވެ.

އިންތިޚާބީ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގުދުސްގައި އެމްބަސީއެއް ހުޅުވަން ނިންމެވީ އިސްރާއީލާ އޮތް "ތާރީޚީ އިއްތިހާދު" އަލުން އިއާދަކުރުމަށް ކުރައްވާ މަސައްކަތުގެ ދަށުން ކަމަށެވެ.

މީގެ އިތުރުން، ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ކޮލަމްބިއާއިން ތަދައްޚުލު ވެފައި އޮތް އޮތުން އަނބުރާ ގެންދާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ދެކުނު އެފްރިކާއިން ހުށަހެޅި މި ތާރީޚީ މައްސަލައިގައި ތުހުމަތުކޮށްފައިވަނީ، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ނަސްލު ނައްތާލުމުގެ ގަތުލުއާންމެއް ހިންގަމުންދާ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތާއީދާ އެކު އިންތިޚާބުވި ކޮލަމްބިއާގެ "ޑިފެންޑާސް އޮފް ދަ ހޯމްލޭންޑް" ޕާޓީގެ ކަނާތު ފިޔައިގެ ލީޑަރު، އެސްޕްރިއޭލާ އިސްރާއީލާ މެދު ގެންގުޅުއްވާ މި ސިޔާސަތަކީ، އިސްރާއީލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެ ގައުމުގެ ކުރީގެ ރައީސް، ވާތު ފިޔައިގެ ގުސްތާވޯ ޕެޓްރޯގެ ސިޔާސަތާ މުޅިން އިދިކޮޅު ސިޔާސަތެކެވެ.

އިސްރާއީލް-ކޮލަމްބިއާއިރުމަތީ ޤުދުސްއައިސީޖޭއަބެލާޑޯ ޑެ ލާ އެސްޕްރިއޭލާޣައްޒާގުސްޓާވޯ ޕެޓްރޯ

އިތުރަށް ކިޔާލަން

15 ޖުލައި 2026

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، މެދުއިރުމަތި "ނުރައްކާތެރި ފުން ވަޅުގަނޑަކަށް" ވައްޓާލަމުންދާ ކަމަށް ޗައިނާ އިން ބުނެފި

15 ޖުލައި 2026
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، މެދުއިރުމަތި "ނުރައްކާތެރި ފުން ވަޅުގަނޑަކަށް" ވައްޓާލަމުންދާ ކަމަށް ޗައިނާ އިން ބުނެފި
12 ޖުލައި 2026

ޣައްޒާ އަށް އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކެއްގައި 5 މީހުން ޝަހީދު ވެއްޖެ

12 ޖުލައި 2026
ޣައްޒާ އަށް އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކެއްގައި 5 މީހުން ޝަހީދު ވެއްޖެ
09 ޖުލައި 2026

ޣައްޒާގައި ވޯލްޑް ކަޕް މެޗުތައް ދެއްކުމުގެ އިންތިޒާމުގައި އުޅުނު ފަރާތްވެސް އިސްރާއީލުން ޝަހީދު ކޮށްލައިފި

09 ޖުލައި 2026
ޣައްޒާގައި ވޯލްޑް ކަޕް މެޗުތައް ދެއްކުމުގެ އިންތިޒާމުގައި އުޅުނު ފަރާތްވެސް އިސްރާއީލުން ޝަހީދު ކޮށްލައިފި
08 ޖުލައި 2026

ޑރ. އަބޫ ސަފިއްޔާއަށް އިސްރާއީލުގެ ޖަލުގައި އަނިޔާކުރާ މައްސަލައިގައި އދ.އިން ކަންބޮޑުވުން ފާޅުކޮށްފި

08 ޖުލައި 2026
ޑރ. އަބޫ ސަފިއްޔާއަށް އިސްރާއީލުގެ ޖަލުގައި އަނިޔާކުރާ މައްސަލައިގައި އދ.އިން ކަންބޮޑުވުން ފާޅުކޮށްފި
07 ޖުލައި 2026

އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުވެއްޖެ

07 ޖުލައި 2026
އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުވެއްޖެ
06 ޖުލައި 2026

ޣައްޒާ ގައި ވެރިކަން ހިންގަމުންދިޔަ އިދާރާ ހަމާސް އިން އުވާލައިފި

06 ޖުލައި 2026
ޣައްޒާ ގައި ވެރިކަން ހިންގަމުންދިޔަ އިދާރާ ހަމާސް އިން އުވާލައިފި
05 ޖުލައި 2026

ނަތަންޔާހޫ: ޣައްޒާގެ އަސްކަރީ އިންފްރާސްޓްރަކްޗަރ ނައްތާލުމުން މެނުވީ އާބާދުނުކުރާނަން

05 ޖުލައި 2026
ނަތަންޔާހޫ: ޣައްޒާގެ އަސްކަރީ އިންފްރާސްޓްރަކްޗަރ ނައްތާލުމުން މެނުވީ އާބާދުނުކުރާނަން
05 ޖުލައި 2026

އިސްރާއީލުން ސަރަހައްދީ ހަނގުރާމައެއް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އިންޒާރު ތުރުކީވިލާތުން ދީފި

05 ޖުލައި 2026
އިސްރާއީލުން ސަރަހައްދީ ހަނގުރާމައެއް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އިންޒާރު ތުރުކީވިލާތުން ދީފި
02 ޖުލައި 2026

ޣައްޒާގެ ހަނގުރާމައަށް 1،000 ދުވަސް - މުހިންމު ތަފާސްހިސާބުތައް

02 ޖުލައި 2026
ޣައްޒާގެ ހަނގުރާމައަށް 1،000 ދުވަސް - މުހިންމު ތަފާސްހިސާބުތައް
02 ޖުލައި 2026

ޣައްޒާ ހަނގުރާމަ އަށް 1،000 ދުވަސް - "އަރަބިން ތިބީ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިނުވެ، ވޯލްޑް ކަޕް މެޗުތައް ބަލަން"

02 ޖުލައި 2026
ޣައްޒާ ހަނގުރާމަ އަށް 1،000 ދުވަސް - "އަރަބިން ތިބީ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިނުވެ، ވޯލްޑް ކަޕް މެޗުތައް ބަލަން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު