Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާ-އެމެރިކާ

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، މެދުއިރުމަތި "ނުރައްކާތެރި ފުން ވަޅުގަނޑަކަށް" ވައްޓާލަމުންދާ ކަމަށް ޗައިނާ އިން ބުނެފި

15 ޖުލައި 2026 | ބުދަ 04:22

ޗައިނާއިން ބުނީ މެދުއިރުމަތީގެ މަސްލަހަތު ގެއްލި، ހާލަތު ގޯސްވަނީ ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާއިން ހުރަސްއަޅައި، އަމިއްލައަށް އިސްވެ އީރާނުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ކަމަށް. އެހެންކަމުން ސަރަހައްދީ ނުތަނަވަސްކަމުގެ ފުރިހަމަ ޒިންމާ އެމެރިކާއިން އުފުލަންޖެހޭނެ ކަމަށް ޗައިނާގެ މަންދޫބު ވިދާޅުވި.

ރާއްޖެ އެމްވީ | 15 ޖުލައި 2026 | ބުދަ 04:22
2026 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހު އާންމުކޮށްފައިވާ ވީޑިއޯއަކުން ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނާ ގޮތުގައި، މި ހަފުތާގެ ތެރޭގައި އީރާނާ ދެކޮޅަށް އެމެރިކާއިން ދިން ތިންވަނަ ބުރުގެ ހަމަލާތަކުގައި ބޭނުންކުރި މިސައިލެއް ފޮނުވާލާ މަންޒަރު.

2026 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހު އާންމުކޮށްފައިވާ ވީޑިއޯއަކުން ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނާ ގޮތުގައި، މި ހަފުތާގެ ތެރޭގައި އީރާނާ ދެކޮޅަށް އެމެރިކާއިން ދިން ތިންވަނަ ބުރުގެ ހަމަލާތަކުގައި ބޭނުންކުރި މިސައިލެއް ފޮނުވާލާ މަންޒަރު. | ރޮއިޓާސް

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، މެދުއިރުމަތި "ނުރައްކާތެރި ފުން ވަޅުގަނޑަކަށް" ވައްޓާލަމުންދާ ކަމަށް ބުނެ، އަންގާރަ ދުވަހު އދ. ގައި ޗައިނާއިން އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ޔަމަނުގެ ހޫޘީންނާ ގުޅޭގޮތުން ބޭއްވި ބަހުސެއްގައި، އދ. އަށް ކަނޑައަޅާފައި ހުންނަވާ ޗައިނާގެ މަންދޫބު ސުން ލެއި ވިދާޅުވީ، ޔަމަނާއި ރަތްކަނޑުގެ މިހާރުގެ ހާލަތުގެ ފުރިހަމަ ޒިންމާ އެމެރިކާއިން އުފުލަންޖެހޭނެ ކަމަށާއި އެކަމުގައި ދެބަސްވެވޭނެ ޖާގައެއް ނެތް ކަމަށެވެ.

ސުން ވިދާޅުވި ގޮތުގައި، ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށާއި އެ ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއަޅައި، އެ މައްސަލަ ދިގުދަންމަނީ ސީދާ އެމެރިކާއިންނެވެ.

"ސަލާމަތީ މަޖިލީހުގެ އެއްވެސް ހުއްދައެއް ނެތި، އަދި އެމެރިކާއާއި އީރާނާ ދެމެދު މަޝްވަރާތައް ކުރިއަށްދަނިކޮށް، އެމެރިކާއިން ވަނީ އީރާނަށް އަސްކަރީ ހަމަލާތަކެއް ދީފައެވެ. މީގެ ސަބަބުން އެ ސަރަހައްދުގެ މަސްލަހަތު އަނެއްކާވެސް މިވަނީ ނުރައްކާތެރި ފުން ވަޅުގަނޑަކަށް ވެއްޓިފައި،" ސުން ވިދާޅުވި އެވެ.

ސުން މިފަދައިން ވިދާޅުވީ، ޔަމަނުގެ ހޫޘީންނާ ދެކޮޅަށް އދ. އިން އަޅާފައިވާ ހަތިޔާރު އެތެރެކުރުން މަނާކުރުމުގެ ގަރާރާ ޗައިނާއިން ޚިލާފުވަމުންދާ ކަމަށް ބުނެ، އދ. އަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ވޯލްޓްޒް ކުރެއްވި ތުހުމަތުތަކަށް ރައްދު ދެއްވަމުންނެވެ.

ވޯލްޓްޒް ވިދާޅުވީ، އީރާނު ފަދަ ގައުމުތަކާއި، ޗައިނާގެ ބައެއް ކުންފުނިތަކާއި އިދާރާތަކުން އދ. ގެ 2216 ވަނަ ގަރާރާ ޚިލާފުވަމުންދާ ކަމަށާއި، ނަމަވެސް އެ ފަރާތްތަކާ މެދު އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނުވާ ކަމަށެވެ.

2015 ވަނަ އަހަރު ފާސްކުރި އދ. ގެ ސަލާމަތީ މަޖިލީހުގެ 2216 ވަނަ ގަރާރުގައި ބުނެފައިވަނީ، ހޫޘީން ހަމަލާތައް ހުއްޓާލައި، ޔަމަނުގައި އެ ޖަމާއަތުން ހިފާފައިވާ ސަރަހައްދުތަކުން ފޭބުމަށެވެ.

މީގެ އިތުރުން، އީރާނުގެ އެހީތެރިކަން ލިބޭ ހޫޘީންނާއި އެ ޖަމާއަތާ ގުޅުންހުރި ފަރާތްތަކަށް ހަތިޔާރު ފޯރުކޮށްދިނުން މަނާކުރުމުގެ އިތުރުން، މުދާ ހިފެހެއްޓުމާއި ދަތުރުފަތުރު ކުރުން މަނާކުރުން ފަދަ ފިޔަވަޅުތައް އެޅުމަށްވެސް އެ ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.

ދުނިޔޭގެ ބާރުގަދަ ދެ ގައުމުގެ މެދުގައި ބަދަލުކުރެވުނު މި ހޫނު ބަހުގެ ހަމަލާތަކުގައި، ޗައިނާގެ މަންދޫބު އިތުރަށް ވިދާޅުވީ، އެމެރިކާގެ އަމަލުތަކާއި ދައްކާ ވާހަކަތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތައް ނައްތާލުމަށްޓަކައި، އެމެރިކާއިން އަމިއްލަ އަމަލުތަކާ މެދު ފުންކޮށް ވިސްނައި، އަމަލީ ގޮތުން ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ.

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާޗައިނާޔަމަންހޫޡީޣައްޒާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

15 ޖުލައި 2026

އީރާނުން ކުވެއިތު، ބަހްރައިން އަދި އުރުދުންގައި ހުރި އެމެރިކާ ބޭސްތަކަށް ހަމަލާދީފި

15 ޖުލައި 2026
އީރާނުން ކުވެއިތު، ބަހްރައިން އަދި އުރުދުންގައި ހުރި އެމެރިކާ ބޭސްތަކަށް ހަމަލާދީފި
14 ޖުލައި 2026

އީރާނުގެ ގޭޝްމް ޖަޒީރާ އަށް އެމެރިކާ އިން ހަމަލާދީފި

14 ޖުލައި 2026
އީރާނުގެ ގޭޝްމް ޖަޒީރާ އަށް އެމެރިކާ އިން ހަމަލާދީފި
14 ޖުލައި 2026

ހޫޘީން ސައުދީ އަރަބިއްޔާ "ހިސާރުކުރާނެ" ކަމުގެ އިންޒާރު ދީފި

14 ޖުލައި 2026
ހޫޘީން ސައުދީ އަރަބިއްޔާ "ހިސާރުކުރާނެ" ކަމުގެ އިންޒާރު ދީފި
14 ޖުލައި 2026

އެމެރިކާގެ ސަބަބުން ގަލްފުގެ ގައުމުތައް އުނދަގޫ ހާލަތެއްގައި، ހަމަލާ އަމާޒުވަނީވެސް ހަމަލާއިން ދިފާއުވެވެނީވެސް އެމެރިކާއާ ހެދި

14 ޖުލައި 2026
އެމެރިކާގެ ސަބަބުން ގަލްފުގެ ގައުމުތައް އުނދަގޫ ހާލަތެއްގައި، ހަމަލާ އަމާޒުވަނީވެސް ހަމަލާއިން ދިފާއުވެވެނީވެސް އެމެރިކާއާ ހެދި
14 ޖުލައި 2026

ޔަމަނުގައި ފެށުނު ހަމަނުޖެހުމާއެކު ބާބުލް މަންދަބު ބަންދުވެއްޖެ ނަމަ ދެން ވާނީ ކިހިނެއް؟

14 ޖުލައި 2026
ޔަމަނުގައި ފެށުނު ހަމަނުޖެހުމާއެކު ބާބުލް މަންދަބު ބަންދުވެއްޖެ ނަމަ ދެން ވާނީ ކިހިނެއް؟
14 ޖުލައި 2026

ޔޫރަޕްގެ އެއާލައިންތަކަށް ގަލްފް ސަރަހައްދުން ދަތުރު ނުކުރުމަށް އިންޒާރު ދީފި

14 ޖުލައި 2026
ޔޫރަޕްގެ އެއާލައިންތަކަށް ގަލްފް ސަރަހައްދުން ދަތުރު ނުކުރުމަށް އިންޒާރު ދީފި
14 ޖުލައި 2026

އިރާނުން މެދުއިރުމަތީ މޯބައިލް ނެޓްވޯކްތައް ހެކްކޮށް އެމެރިކާ ސިފައިން މޮނިޓަރ ކުރަނީ

14 ޖުލައި 2026
އިރާނުން މެދުއިރުމަތީ މޯބައިލް ނެޓްވޯކްތައް ހެކްކޮށް އެމެރިކާ ސިފައިން މޮނިޓަރ ކުރަނީ
14 ޖުލައި 2026

ހުރްމުޒް ކަނޑު އޮޅީގެ ސަލާމަތާ ގުޅޭ ބިލެއް އީރާންގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފި

14 ޖުލައި 2026
ހުރްމުޒް ކަނޑު އޮޅީގެ ސަލާމަތާ ގުޅޭ ބިލެއް އީރާންގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފި
14 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޔޫއޭއީގެ ދެ ތެޔޮ ބޯޓަކަށް އީރާނުން ދިން މިސައިލް ހަމަލާތަކެއްގައި އިންޑިއާ މީހަކު މަރުވެއްޖެ

14 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޔޫއޭއީގެ ދެ ތެޔޮ ބޯޓަކަށް އީރާނުން ދިން މިސައިލް ހަމަލާތަކެއްގައި އިންޑިއާ މީހަކު މަރުވެއްޖެ
14 ޖުލައި 2026

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަލުން ފަށައިފިކަން ރައީސް ޓްރަމްޕް ކޮންގްރެސް އަށް ރަސްމީކޮށް އަންގަވައިފި

14 ޖުލައި 2026
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަލުން ފަށައިފިކަން ރައީސް ޓްރަމްޕް ކޮންގްރެސް އަށް ރަސްމީކޮށް އަންގަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް