Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

ގަލްފް ގައުމުތަކަށް އީރާނުގެ ހަމަލާތައް ކުރިއަށްދާއިރު، އެމެރިކާއިން އީރާނުގެ ބަނދަރުތައް އަލުން ބަންދުކޮށްފި: އެންމެ ފަހުގެ މައުލޫމާތަކީ ކޮބައި؟

15 ޖުލައި 2026 | ބުދަ 09:37

އެމެރިކާއިން އީރާނުގެ އަސްކަރީ މަރުކަޒުތަކަށާއި އައްސޭރިފަށުގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، އީރާނުން ވަނީ ބަދަލުހިފުމުގެ ގޮތުން އަވަށްޓެރި ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވާލާފައި. މި ކުރިމަތިލުންތަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮތް ސުލްހައިގެ އެއްބަސްވުން ބާތިލުވެފައިވާކަން އީރާނުން އިއުލާނުކޮށްފައިވާއިރު، މަސްރަހު އިތުރަށް ގޯސްވެ ސަރަހައްދީ ހަމަނުޖެހުން ވަނީ ބޮޑުވެފައި.

ރާއްޖެ އެމްވީ | 15 ޖުލައި 2026 | ބުދަ 09:37

ކުވައިތުގައި ހުންނަ ގުދަނަކަށް އީރާނުގެ "ޝާހިދު-136" މަރުކާގެ ހަމަލާދޭ ޑްރޯނެއް ވެއްޓި، ގޮވާ މަންޒަރު ފެންނަ ވީޑިއޯއެއް | ސްކްރީން އިމޭޖް

ސުލްހައަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި ބެލެވުނު އެއްބަސްވުމުގައި ސޮއިކުރިތާ މަހެއްވެސް ނުވަނީސް، އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް ކަނޑުގެ މަގުން އަޅާފައިވާ ހުރަސްތައް (ނޭވަލް ބްލޮކޭޑް) އަލުން އިއާދަކޮށްފި އެވެ.

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ދެމުންދާ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން، އީރާނަށް އަމާޒުކޮށް ދިން ހަމަލާތަކުގެ އެންމެ ފަހުގެ ބުރު ނިންމާލާފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުދަ ދުވަހު ވަނީ ބުނެފަ އެވެ. އެމެރިކާގެ ސިފައިން މިހާރު ދަނީ އީރާނުގެ ބަނދަރުތަކަށާއި އައްސޭރިފަށުގެ ސަރަހައްދުތަކަށް ވަދެ ނިކުމެވާ އުޅަނދުފަހަރަށް ހުރަސްއަޅަމުންނެވެ. ނަމަވެސް، ހުރްމުޒް ކަނޑުއޮޅީގެ މައްޗަށް އޮތް އީރާނުގެ ބާރުވެރިކަމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުން ބުނެ އެވެ.

މީގެ އިތުރުން، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ބުނެފައިވަނީ، ރޭގަނޑުގެ ވަގުތެއްގައި ބަހްރައިން، ކުވެއިތު އަދި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ރައްދުގައި ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށެވެ.

އަންގާރަ ދުވަހުގެ ރޭގަނޑާއި ބުދަ ދުވަހު އީރާނާއި އެމެރިކާއާ ދެމެދު ހިނގާދިޔަ ކަންތައްތަކާއި، ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ ޚުލާސާއެއް ތިރީގައި އެވަނީ އެވެ.

އެމެރިކާއިން އީރާނަށް ހަމަލާދިނީ ކޮން ތަންތަނަކަށް؟

ސެންޓްކޮމް އިން ހާމަކުރި ގޮތުގައި، ބުދަ ދުވަހުގެ ގްރީނިޗް މީން ޓައިމްއިން 02:00 ހާއިރު، އީރާނަށް އަމާޒުކޮށް އިތުރު ހަމަލާތަކެއް ވަނީ ދީފަ އެވެ. މި ހަމަލާތަކުގައި ހުރްމުޒް ކަނޑުއޮޅި ކައިރީގައިވާ ސަރަހައްދުތަކާއި އީރާނުގެ އައްސޭރިފަށުގެ "އަސްކަރީ އެތައް އަމާޒަކަށް" ހަމަލާދީފައިވާ ކަމަށް އެމެރިކާއިން ބުނެ އެވެ.

މި ހަމަލާތައް ހަތް ގަޑިއިރަށް ދެމިގެންދިޔަ ކަމަށާއި، އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި، ޑްރޯންތަކާއި، ކަނޑުގެ އުޅަނދުފަހަރު ބޭނުންކޮށްގެން އީރާނުގެ މިސައިލް އަދި ޑްރޯން މަރުކަޒުތަކަށާއި، ކަނޑުގެ އަސްކަރީ ގާބިލްކަމާއި، އައްސޭރިފަށުގެ ދިފާއީ ނިޒާމުތަކަށް އަމާޒުކޮށް "ޕްރެސިޝަން މިއުނިޝަންސް" ނުވަތަ އަމާޒަށް ސީދާވާ ގޮވާއެތި ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށް ސެންޓްކޮމް އިން އިތުރަށް ބުންޏެވެ.

އީރާނުގެ މީޑިއާތަކުން ބުދަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ މިސައިލްތައް ވަނީ އީރާނުގެ ޗަބަހާރު ސިޓީގައި ހުރި ކަނޑުގެ ސަރަހައްދު ބަލަހައްޓާ ޓަވަރަކަށް އަރާފަ އެވެ. މި ޓަވަރަކީ ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށާއި މަސްވެރިން ހޯދާ ސަލާމަތްކުރުމުގެ މަސައްކަތްތަކަށް ބޭނުންކުރާ މަދަނީ ވަސީލަތެކެވެ.

އީރާނުގެ ސްޓޫޑަންޓް ނިއުސް ނެޓްވޯކް (އެސްއެންއެން) އިން ބުދަ ދުވަހު ބުނި ގޮތުގައި، އެމެރިކާއިން ވަނީ އީރާނުގެ އިރުދެކުނު ސިސްތާން އަދި ބަލޫޗިސްތާން ޕްރޮވިންސްގެ ބަމްޕޫރުގައި ހުރި އަސްކަރީ މަރުކަޒަކަށްވެސް ހަމަލާދީފަ އެވެ.

އީރާނުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ހުސައިން ކަރްމަންޕޫރު ވިދާޅުވި ގޮތުގައި، ރޭގަނޑު އެމެރިކާއިން ދިން ހަމަލާތަކުގައި 260 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. މީގެ އިތުރުން، އެންމެ ފަހުން ދިން މި ހަމަލާތަކުގައި 30 އަށްވުރެ ގިނަ އާންމުން މަރުވެފައިވާ ކަމަށް ތެހެރާނުން ބުނެ އެވެ.

ގަލްފް ސަރަހައްދުގައި އީރާނުން ހަމަލާދިނީ ކޮން ތަންތަނަކަށް؟

ކުވެއިތު:

ކުވެއިތުގެ އަސްކަރިއްޔާއިން ބުދަ ދުވަހު ބުނީ، އީރާނުން ދެމުންދާ މިސައިލް އަދި ޑްރޯން ހަމަލާތަކަށް ރައްދުދެމުންދާ ކަމަށާއި، ކަމާބެހޭ ފަރާތްތަކުން ދޭ ސަލާމަތީ އިރުޝާދުތަކަށް ތަބާވުމަށް އާންމުންނަށް އިލްތިމާސްކުރާ ކަމަށެވެ. ކުވެއިތުގެ މިނިސްޓްރީ އޮފް ޑިފެންސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ ހަމަލާއެއް ކުވެއިތުގެ އަސްކަރީ އުޅަނދަކަށް އަރައި، ހަތަރު ސިފައިން ވަނީ ޒަޚަމްވެފަ އެވެ.

ބަހުރައިން:

ބަހުރައިން ގައި ވައިގެ މަގުން ދޭ ހަމަލާތަކުން ރައްކާތެރިވުމުގެ އެލާމްތައް ވަނީ އަޅާފައެވެ. އަދި އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީން ވަނީ އާންމުން ހަމަޖެހިގެން ތިބުމަށާއި، އެންމެ ކައިރީގައިވާ ރައްކާތެރި ތަނަކަށް ވަނުމަށް އިލްތިމާސްކޮށްފަ އެވެ.

އުރުދުން:

އުރުދުންގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަތް އީރާނުގެ ހަތަރު ބެލިސްޓިކް މިސައިލެއް އެ ގައުމުގެ ދިފާއީ ނިޒާމުން ވަނީ ހުއްޓުވައި ވައްޓާލާފަ އެވެ.

ދެ ފަރާތުން ދައްކާފައިވަނީ ކޮން ވާހަކަތަކެއް؟

އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބްއާބާދީ އަންގާރަ ދުވަހު ވިދާޅުވީ، އެމެރިކާއާއެކު އެއްބަސްވެފައިވާ ފަހުމުނާމާ (އެމް.އޯ.ޔޫ) މިހާރު ބާތިލުވެފައިވާ ކަމަށެވެ.

އެމެރިކާއިން އަލުން ބަނދަރުތައް ބަންދުކުރުމާ ގުޅިގެން، އައިއާރްޖީސީ އިން ވަނީ މެދުއިރުމަތިން ބޭރުކުރާ ހަކަތައިގެ ހުރިހާ ވަސީލަތްތަކެއް ހުއްޓުވާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ. އެ ޖަމާއަތުން ބުނި ގޮތުގައި، "މި ސަރަހައްދުގެ ތެލާއި ގޭސް ބޭރުކުރެވޭނީ އެންމެންނަށް، ނޫނީ އެކަކަށްވެސް ބޭރު ނުކުރެވޭނެ" އެވެ.

އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން އަންގާރަ ދުވަހު ބުނީ، އީރާނުގެ މަރުކަޒީ ބޭންކާ ގުޅުންހުރި ކްރިޕްޓޯކަރަންސީ ވޮލެޓްތަކަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، 130 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ފްރީޒްކޮށްފައިވާ ކަމަށެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އަންގާރަ ދުވަހު ޕެންޓަގަންގައި އިރާގުގެ ބޮޑުވަޒީރު އަލީ އަލް-ޒައިދީއާ ބައްދަލުކުރައްވައި، ބަޣުދާދާއެކު ބާއްވާ ގުޅުން އިތުރަށް ބަދަހިކުރުމަށް ވޮޝިންޓަނުން ބޭނުންވާ ޝަރުތުތައް ވަނީ ހުށަހަޅުއްވާފަ އެވެ.

އެ ބައްދަލުވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހެގްސެތު ވިދާޅުވީ، އިރާގުން އެ ގައުމުގެ ސިޔާދަތު ދަމަހައްޓަންޖެހޭ ކަމަށާއި، އީރާނަށް ތާއީދުކުރާ ހަތިޔާރުއެޅި ޖަމާއަތްތައް ހުއްޓުވަން ކަމަށެވެ. އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ތެރެއިން، އެމެރިކާގެ ސިފައިންނަށް ތަކުރާރުކޮށް ހަމަލާދެނީ އެ ޖަމާއަތްތަކުން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

އދ. އަށް އީރާނުން ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު އާމިރު ސައީދު އިރަވާނީ ބުދަ ދުވަހު އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، "އެމެރިކާއަކީ އަނިޔާ ލިބޭ ފަރާތެއް ނޫން ކަމަށާއި، އެއީ އިސްވެ ހަމަލާދޭ ފަރާތް" ކަމަށެވެ.

އިރްނާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިރަވާނީ ލިޔުއްވާފައިވަނީ ތެހެރާނާއެކު ފަހުމުނާމާގައި ސޮއިކުރިތާ "ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި"، ވޮޝިންޓަނުން އެ ގައުމުގެ ވައުދުތައް ފުއްދުމަށް ތަކުރާރުކޮށް އިންކާރުކޮށްފައިވާ ކަމަށާއި، އެ އެއްބަސްވުން ތަންފީޒުކުރުމަށް ގަސްދުގައި ހުރަސްއަޅާފައިވާ ކަމަށެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާހުރްމުޒް ކަނޑުއޮޅިސެންޓްރަލް ކޮމާންޑްއިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްޕީޓް ހެގްސެތްއިރާގު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

15 ޖުލައި 2026

އީރާން އަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ނަތަންޔާހޫ ދެއްވައިފި

15 ޖުލައި 2026
އީރާން އަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ނަތަންޔާހޫ ދެއްވައިފި
15 ޖުލައި 2026

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، މެދުއިރުމަތި "ނުރައްކާތެރި ފުން ވަޅުގަނޑަކަށް" ވައްޓާލަމުންދާ ކަމަށް ޗައިނާ އިން ބުނެފި

15 ޖުލައި 2026
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، މެދުއިރުމަތި "ނުރައްކާތެރި ފުން ވަޅުގަނޑަކަށް" ވައްޓާލަމުންދާ ކަމަށް ޗައިނާ އިން ބުނެފި
15 ޖުލައި 2026

އީރާނުން ކުވެއިތު، ބަހްރައިން އަދި އުރުދުންގައި ހުރި އެމެރިކާ ބޭސްތަކަށް ހަމަލާދީފި

15 ޖުލައި 2026
އީރާނުން ކުވެއިތު، ބަހްރައިން އަދި އުރުދުންގައި ހުރި އެމެރިކާ ބޭސްތަކަށް ހަމަލާދީފި
14 ޖުލައި 2026

އީރާނުގެ ގޭޝްމް ޖަޒީރާ އަށް އެމެރިކާ އިން ހަމަލާދީފި

14 ޖުލައި 2026
އީރާނުގެ ގޭޝްމް ޖަޒީރާ އަށް އެމެރިކާ އިން ހަމަލާދީފި
14 ޖުލައި 2026

ޓްރަމްޕް އިރާގު ބޮޑުވަޒީރަށް ވައިޓްހައުސްއިން މަރުހަބާ ވިދާޅުވެއްޖެ

14 ޖުލައި 2026
ޓްރަމްޕް އިރާގު ބޮޑުވަޒީރަށް ވައިޓްހައުސްއިން މަރުހަބާ ވިދާޅުވެއްޖެ
14 ޖުލައި 2026

އެމެރިކާގެ ސަބަބުން ގަލްފުގެ ގައުމުތައް އުނދަގޫ ހާލަތެއްގައި، ހަމަލާ އަމާޒުވަނީވެސް ހަމަލާއިން ދިފާއުވެވެނީވެސް އެމެރިކާއާ ހެދި

14 ޖުލައި 2026
އެމެރިކާގެ ސަބަބުން ގަލްފުގެ ގައުމުތައް އުނދަގޫ ހާލަތެއްގައި، ހަމަލާ އަމާޒުވަނީވެސް ހަމަލާއިން ދިފާއުވެވެނީވެސް އެމެރިކާއާ ހެދި
14 ޖުލައި 2026

ޔަމަނުގައި ފެށުނު ހަމަނުޖެހުމާއެކު ބާބުލް މަންދަބު ބަންދުވެއްޖެ ނަމަ ދެން ވާނީ ކިހިނެއް؟

14 ޖުލައި 2026
ޔަމަނުގައި ފެށުނު ހަމަނުޖެހުމާއެކު ބާބުލް މަންދަބު ބަންދުވެއްޖެ ނަމަ ދެން ވާނީ ކިހިނެއް؟
14 ޖުލައި 2026

ޔޫރަޕްގެ އެއާލައިންތަކަށް ގަލްފް ސަރަހައްދުން ދަތުރު ނުކުރުމަށް އިންޒާރު ދީފި

14 ޖުލައި 2026
ޔޫރަޕްގެ އެއާލައިންތަކަށް ގަލްފް ސަރަހައްދުން ދަތުރު ނުކުރުމަށް އިންޒާރު ދީފި
14 ޖުލައި 2026

އިރާނުން މެދުއިރުމަތީ މޯބައިލް ނެޓްވޯކްތައް ހެކްކޮށް އެމެރިކާ ސިފައިން މޮނިޓަރ ކުރަނީ

14 ޖުލައި 2026
އިރާނުން މެދުއިރުމަތީ މޯބައިލް ނެޓްވޯކްތައް ހެކްކޮށް އެމެރިކާ ސިފައިން މޮނިޓަރ ކުރަނީ
14 ޖުލައި 2026

އެމެރިކާއިން އަނެއްކާވެސް އީރާނަށް ބޮން އަޅައިފި، ތެހެރާނުން ގަލްފަށާއި ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފި: އެންމެ ފަހުގެ ޚަބަރުތަކަކީ ކޮބާ؟

14 ޖުލައި 2026
އެމެރިކާއިން އަނެއްކާވެސް އީރާނަށް ބޮން އަޅައިފި، ތެހެރާނުން ގަލްފަށާއި ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފި: އެންމެ ފަހުގެ ޚަބަރުތަކަކީ ކޮބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް