Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އީރާނަށް ދޭ ހަމަލާތައް ވަރުގަދަ ކުރަން ޓްރަމްޕް ސިޗުއޭޝަން ރޫމު ގައި ބައްދަލުވުމެއް ބާއްވައިފި

15 ޖުލައި 2026 | ބުދަ 09:48

އީރާނުގެ އެތެރޭގެ މުހިންމު އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ރައީސް ޓްރަމްޕާއި ގައުމީ ސަލާމަތާ ބެހޭ އިސް ޓީމުން މަޝްވަރާކޮށްފިއެވެ. މި ރޭވުންތަކުގެ ބޭނުމަކީ ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް ބާރުއަޅައި، އީރާނުގެ އަސްކަރީ ގާބިލުކަން ކުޑަކުރުމެވެ. މީގެ އިތުރުން، އީރާނުގެ ބަނދަރުތައް ބަންދުކުރުމުގެ އޮޕަރޭޝަނެއް އެމެރިކާގެ ކަނޑުގެ ސިފައިން މިހާރު ވަނީ ފަށާފައެވެ.

ރާއްޖެ އެމްވީ | 15 ޖުލައި 2026 | ބުދަ 09:48
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސް އާއި، ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޑެން ކޭން އާއި، ނައިބު ރައީސް ޖޭޑީ ވޭންސްގެ އިތުރުން ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، 2025 ޖޫން 21 ވީ ދުވަހު ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމްގައި ތިއްބަވައިގެން، އީރާނުގެ ނިއުކްލިއާ މަރުކަޒަކަށް އަމާޒުކޮށް ދިން ހަމަލާތަކުގެ މިޝަން ކުރިއަށްދާ ގޮތް ބައްލަވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސް އާއި، ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޑެން ކޭން އާއި، ނައިބު ރައީސް ޖޭޑީ ވޭންސްގެ އިތުރުން ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، 2025 ޖޫން 21 ވީ ދުވަހު ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމްގައި ތިއްބަވައިގެން، އީރާނުގެ ނިއުކްލިއާ މަރުކަޒަކަށް އަމާޒުކޮށް ދިން ހަމަލާތަކުގެ މިޝަން ކުރިއަށްދާ ގޮތް ބައްލަވަނީ | ގެޓީ އިމޭޖަސް

އީރާނާ ދެކޮޅަށް މިހާރު ހިންގަމުންދާ އަސްކަރީ ހަރަކާތްތަކަށްވުރެ ފުޅާ ދާއިރާއެއްގައި ވަރުގަދަ ހަމަލާތަކެއް ދިނުމުގެ ރޭވުންތަކާ ގުޅޭގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމްގައި ބައްދަލުވުމެއް ބާއްވަވާފައިވާ ކަމަށް، އެ މަޝްވަރާތަކުގެ މައުލޫމާތު ހުރި ތިން މަސްދަރަކާ ހަވާލާދީ އެކްސިއޯސް އިން ރިޕޯޓްކޮށްފި އެވެ.

އެ ރިޕޯޓުގައިވާ ގޮތުން، މި މަޝްވަރާތައް ބިނާވެފައިވަނީ އީރާނުގެ އެތެރޭގައި ހުރި މުހިންމު ސްޓްރެޓީޖިކް އަމާޒުތަކަށް ހަމަލާދިނުމާ ގުޅޭގޮތުންނެވެ. މިއީ ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާއިން ހުށަހަޅާފައިވާ ޝަރުތުތަކަށް ތެހެރާނުން އެއްބަސްވުމަށް މަޖުބޫރުކުރުވުމުގެ ގޮތުން، ޓްރަމްޕް ސަރުކާރުން އަސްކަރީ ފިއްތުންތައް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތެކެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ، ހުރްމުޒް ކަނޑުއޮޅި ހިމެނޭ ސަރަހައްދަށާއި އީރާނުގެ ދެކުނު އައްސޭރިފަށަށް އަމާޒުކޮށް އެމެރިކާގެ އަސްކަރިއްޔާއިން މެދުނުކެނޑި ހަމަލާދެމުންދާތާ ހަތަރުވަނަ ދުވަހު އެވެ.

އެމެރިކާގެ އޮފިޝަލުން އެކްސިއޯސްއަށް މައުލޫމާތު ދެއްވި ގޮތުގައި، މި ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އީރާނުގެ ވައިގެ ދިފާއީ ނިޒާމުތަކަށާއި، ރާޑަރު ސިސްޓަމްތަކަށާއި، މަނަވަރުތަކަށް ހަމަލާދޭ މިސައިލް އުދުއްސާ މަރުކަޒުތަކުގެ އިތުރުން ޑްރޯން ފޮނުވާލާ ތަންތަނަށެވެ. މީގެ ބޭނުމަކީ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދިނުމަށް އީރާނަށް އޮތް ގާބިލުކަން ބޮޑުތަނުން ކުޑަކުރުމެވެ.

އެ ރިޕޯޓުގައިވާ ގޮތުން، ހަމަ އެވަގުތު އީރާނުން ދަނީ އުރުދުން، ކުވެއިތު އަދި ބަހްރޭންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތައް ދެމުންނެވެ.

މީގެ އިތުރުން، އީރާނުގެ ބަނދަރުތައް ބަންދުކުރުމަށް އެމެރިކާގެ ކަނޑުގެ ސިފައިން ހިންގާ "ނޭވަލް ބްލޮކޭޑް" ނުވަތަ ކަނޑުގެ މަގު ބަންދުކުރުމުގެ އޮޕަރޭޝަން ވެސް އަންގާރަ ދުވަހުގެ މެންދުރުފަހު ވަނީ ފަށާފަ އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ވެރިޔާ އެޑްމިރަލް ބްރެޑް ކޫޕާ ވިދާޅުވީ، ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އީރާނުން ގަސްދުގައި އެ ސަރަހައްދުގެ އާންމުންނަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށެވެ. އެގޮތުން ވިޔަފާރިކުރާ ހަތް އުޅަނދަކަށް ހަމަލާދީ، އުޅަނދުފަހަރުގެ ފަޅުވެރިންގެ ތެރެއިން 12 އެއްހާ މީހުން މަރުވެ، ޒަޚަމްވެ ނުވަތަ ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހަމަލާތައް ކުރިއަށްދިޔަ ނަމަވެސް، ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅިން ގާތްގަނޑަކަށް 300 އެއްހާ އުޅަނދު ދަތުރުކުރުމުގައި އެމެރިކާގެ އަސްކަރިއްޔާއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އޮފިޝަލުން އެކްސިއޯސްއަށް މައުލޫމާތު ދީފައިވެ އެވެ.

އެކްސިއޯސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސިޗުއޭޝަން ރޫމްގައި ބޭއްވި މި ބައްދަލުވުމުގައި ރައީސް ޓްރަމްޕްގެ އަރިހުގައި ގައުމީ ސަލާމަތާ ބެހޭ ޓީމުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ނައިބު ރައީސް ޖޭޑީ ވެންސް، ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު، ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑެން ކޭން، ސީއައިއޭގެ ޑިރެކްޓަރު ޖޯން ރެޓްކްލިފް އަދި ވައިޓް ހައުސްގެ އެންވޯއީ ސްޓީވް ވިޓްކޮފް ހިމެނިވަޑައިގަންނަވަ އެވެ.

މަސްދަރުތަކުން ބުނާ ގޮތުގައި، މި މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ ކަނޑުއޮޅި ސަރަހައްދުގައި މިހާރު ހިންގާ އޮޕަރޭޝަންތަކުގެ އިތުރުން، އީރާނުގެ އެތެރޭގައި ހުރި މުހިންމު ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ފަދަ ވަރުގަދަ ހަމަލާތަކެއް ދިނުމުގެ ރޭވުންތަކަށެވެ.

އީރާން-އެމެރިކާހުރްމުޒް ކަނޑުއޮޅި

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

15 ޖުލައި 2026

ގަލްފް ގައުމުތަކަށް އީރާނުގެ ހަމަލާތައް ކުރިއަށްދާއިރު، އެމެރިކާއިން އީރާނުގެ ބަނދަރުތައް އަލުން ބަންދުކޮށްފި: އެންމެ ފަހުގެ މައުލޫމާތަކީ ކޮބައި؟

15 ޖުލައި 2026
ގަލްފް ގައުމުތަކަށް އީރާނުގެ ހަމަލާތައް ކުރިއަށްދާއިރު، އެމެރިކާއިން އީރާނުގެ ބަނދަރުތައް އަލުން ބަންދުކޮށްފި: އެންމެ ފަހުގެ މައުލޫމާތަކީ ކޮބައި؟
15 ޖުލައި 2026

އީރާން އަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ނަތަންޔާހޫ ދެއްވައިފި

15 ޖުލައި 2026
އީރާން އަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ނަތަންޔާހޫ ދެއްވައިފި
15 ޖުލައި 2026

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، މެދުއިރުމަތި "ނުރައްކާތެރި ފުން ވަޅުގަނޑަކަށް" ވައްޓާލަމުންދާ ކަމަށް ޗައިނާ އިން ބުނެފި

15 ޖުލައި 2026
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، މެދުއިރުމަތި "ނުރައްކާތެރި ފުން ވަޅުގަނޑަކަށް" ވައްޓާލަމުންދާ ކަމަށް ޗައިނާ އިން ބުނެފި
15 ޖުލައި 2026

އީރާނުން ކުވެއިތު، ބަހްރައިން އަދި އުރުދުންގައި ހުރި އެމެރިކާ ބޭސްތަކަށް ހަމަލާދީފި

15 ޖުލައި 2026
އީރާނުން ކުވެއިތު، ބަހްރައިން އަދި އުރުދުންގައި ހުރި އެމެރިކާ ބޭސްތަކަށް ހަމަލާދީފި
14 ޖުލައި 2026

އީރާނުގެ ގޭޝްމް ޖަޒީރާ އަށް އެމެރިކާ އިން ހަމަލާދީފި

14 ޖުލައި 2026
އީރާނުގެ ގޭޝްމް ޖަޒީރާ އަށް އެމެރިކާ އިން ހަމަލާދީފި
14 ޖުލައި 2026

އެމެރިކާގެ ސަބަބުން ގަލްފުގެ ގައުމުތައް އުނދަގޫ ހާލަތެއްގައި، ހަމަލާ އަމާޒުވަނީވެސް ހަމަލާއިން ދިފާއުވެވެނީވެސް އެމެރިކާއާ ހެދި

14 ޖުލައި 2026
އެމެރިކާގެ ސަބަބުން ގަލްފުގެ ގައުމުތައް އުނދަގޫ ހާލަތެއްގައި، ހަމަލާ އަމާޒުވަނީވެސް ހަމަލާއިން ދިފާއުވެވެނީވެސް އެމެރިކާއާ ހެދި
14 ޖުލައި 2026

ޔަމަނުގައި ފެށުނު ހަމަނުޖެހުމާއެކު ބާބުލް މަންދަބު ބަންދުވެއްޖެ ނަމަ ދެން ވާނީ ކިހިނެއް؟

14 ޖުލައި 2026
ޔަމަނުގައި ފެށުނު ހަމަނުޖެހުމާއެކު ބާބުލް މަންދަބު ބަންދުވެއްޖެ ނަމަ ދެން ވާނީ ކިހިނެއް؟
14 ޖުލައި 2026

ޔޫރަޕްގެ އެއާލައިންތަކަށް ގަލްފް ސަރަހައްދުން ދަތުރު ނުކުރުމަށް އިންޒާރު ދީފި

14 ޖުލައި 2026
ޔޫރަޕްގެ އެއާލައިންތަކަށް ގަލްފް ސަރަހައްދުން ދަތުރު ނުކުރުމަށް އިންޒާރު ދީފި
14 ޖުލައި 2026

އިރާނުން މެދުއިރުމަތީ މޯބައިލް ނެޓްވޯކްތައް ހެކްކޮށް އެމެރިކާ ސިފައިން މޮނިޓަރ ކުރަނީ

14 ޖުލައި 2026
އިރާނުން މެދުއިރުމަތީ މޯބައިލް ނެޓްވޯކްތައް ހެކްކޮށް އެމެރިކާ ސިފައިން މޮނިޓަރ ކުރަނީ
14 ޖުލައި 2026

އެމެރިކާއިން އަނެއްކާވެސް އީރާނަށް ބޮން އަޅައިފި، ތެހެރާނުން ގަލްފަށާއި ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފި: އެންމެ ފަހުގެ ޚަބަރުތަކަކީ ކޮބާ؟

14 ޖުލައި 2026
އެމެރިކާއިން އަނެއްކާވެސް އީރާނަށް ބޮން އަޅައިފި، ތެހެރާނުން ގަލްފަށާއި ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފި: އެންމެ ފަހުގެ ޚަބަރުތަކަކީ ކޮބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް