Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ-ޔަމަން

ހޫޘީން ސައުދީ އަރަބިއްޔާ "ހިސާރުކުރާނެ" ކަމުގެ އިންޒާރު ދީފި

14 ޖުލައި 2026 | އަންގާރަ 16:21

ޔަމަނުގެ ސަންޢާ އެއާޕޯޓަށް ދިން ހަމަލާގެ ބަދަލުހިފުމުގެ ގޮތުން ސައުދީ އަރަބިއްޔާގެ އެއާޕޯޓުތަކަށް ހަމަލާދީ އެ ގައުމު ހިސާރުކުރާނެ ކަމުގެ އިންޒާރު ހޫޘީން ދީފި. މި ހަމަލާތަކާ ގުޅިގެން ޔަމަނުގައި ގާއިމުވެފައި އޮތް ވަގުތީ ސުލްހަ ނިމުމަކަށް އައުމުގެ ބިރު ބޮޑުވެފައިވާއިރު، ބާބުލް މަންދަބު ކަނޑުއޮޅި ބަންދުކޮށްފާނެ ކަމުގެ އިޝާރާތެއް ވެސް އެ ޖަމާއަތުން ވަނީ ކޮށްފައި.

ރާއްޖެ އެމްވީ | 14 ޖުލައި 2026 | އަންގާރަ 16:21
އީރާނުގެ ތާއީދާއެކު ޔަމަނުގައި ހަރަކާތްތެރިވާ ހޫޘީ ޖަމާއަތަށް ތާއީދުކުރާ މީހުން، އީރާނާއި ލުބުނާނާ އެކު ސާބިތުކަމާއެކު ތިބިކަން ހާމަކުރުމުގެ ގޮތުން 2026 އޭޕްރިލް 8 ވީ ބުދަ ދުވަހު ސަންޢާގައި ބޭއްވި އެއްވުމެއްގައި ހަތިޔާރާއެކު މުޒާހަރާ ކުރަނީ.

އީރާނުގެ ތާއީދާއެކު ޔަމަނުގައި ހަރަކާތްތެރިވާ ހޫޘީ ޖަމާއަތަށް ތާއީދުކުރާ މީހުން، އީރާނާއި ލުބުނާނާ އެކު ސާބިތުކަމާއެކު ތިބިކަން ހާމަކުރުމުގެ ގޮތުން 2026 އޭޕްރިލް 8 ވީ ބުދަ ދުވަހު ސަންޢާގައި ބޭއްވި އެއްވުމެއްގައި ހަތިޔާރާއެކު މުޒާހަރާ ކުރަނީ. | ގެޓީ އިމޭޖަސް

ޔަމަނުގެ ސަންޢާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން، ސައުދީ އަރަބިއްޔާ "ހިސާރުކުރާނެ" ކަމުގެ އިންޒާރު، އަންސާރުﷲ ގެ ނަމުން މަޝްހޫރުވެފައިވާ ހޫޘީ ހަނގުރާމަވެރި ޖަމާއަތުގެ އިސް އޮފިޝަލަކު ދީފި އެވެ.

ހޫޘީން މިދިޔަ ހޯމަ ދުވަހު ދިން މި ހަމަލާގެ ޒިންމާ ސައުދީ އަރަބިއްޔާގެ ބޮލުގައި އެޅުވި ނަމަވެސް، ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ޔަމަނުގެ ސަރުކާރުން ވަނީ އެ ހަމަލާގެ ޒިންމާ އުފުލާފަ އެވެ. ޔަމަނު ސަރުކާރުން ބުނި ގޮތުގައި އެ ހަމަލާއަކީ ހޫޘީންގެ ކޮންޓްރޯލް އޮންނަ ވެރިރަށް ސަންޢާއަށް އީރާނުގެ ބޯޓެއް ޖެއްސުން ހުއްޓުވުމަށް އެޅި ފިޔަވަޅެކެވެ.

އަލްޖަޒީރާއާ ވާހަކަދައްކަވަމުން ހޫޘީންގެ ސިޔާސީ ބިއުރޯގެ މެންބަރު މުޙައްމަދު އަލްބުޚައިތީ ވިދާޅުވީ، ސައުދީ އަރަބިއްޔާއިން ދޭ ކަމަށް އެ ޖަމާއަތަށް ގަބޫލުކުރެވޭ ކޮންމެ ހަމަލާއަކަށް ރައްދު ދޭނެ ކަމަށެވެ. އަލްބުޚައިތީ ވިދާޅުވި ގޮތުގައި، ސަންޢާ އެއާޕޯޓަށް ފްލައިޓްތައް ޖެއްސުމާއި ފުރުން ހުއްޓުވުމަށް ސައުދީން ހަމަލާދޭ ނަމަ، ސައުދީގެ އެއާޕޯޓުތަކަށް ހަމަލާދީ، ހޫޘީންނާ މެދު އަމަލުކުރާ ފަދައިން ސައުދީ އަރަބިއްޔާ ވެސް ހިސާރުކުރުމުގެ ހައްގު ޔަމަނަށް ލިބިގެންވެ އެވެ.

ހޫޘީންގެ ތަރުޖަމާނު ޔަޙްޔާ ސަރީޢު ވިދާޅުވީ، ހޯމަ ދުވަހުގެ ހަމަލާއާއެކު 2014 ވަނަ އަހަރު ހޫޘީން ސަންޢާ ހިފި ފަހުން ހިނގަމުންދާ ހަނގުރާމައިގެ "މަސްލަހަތު ގާއިމުކުރުމުގެ މަރުހަލާ" ނިމުމަކަށް އައިސްފައިވާ ކަމަށެވެ. މި ހަފުތާގައި ހިނގި ހަމަލާތަކަކީ މިދިޔަ ޖުލައި މަހުގެ ކުރީކޮޅު ހުދައިދާގައި ހޫޘީންނާއި ސަރުކާރުގެ ފައުޖުތަކާ ދެމެދު ހިނގި ކުރިމަތިލުންތަކަށް ފަހު ހިނގި ހަމަލާތަކެކެވެ. މީގެ ސަބަބުން، މީގެ ހަތަރު އަހަރު ކުރިން އެއްބަސްވި ވަގުތީ ސުލްހައަށް ފަހު ގާއިމުވެފައި އޮތް ހަމަޖެހުން ނިމުމަކަށް އައުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

އަލްބުޚައިތީ ވިދާޅުވި ގޮތުގައި، "ރައްދެއް ނުދީ އަދި އަދަބު ނުދީ ދޫކޮށްނުލާނެ" މި ހަމަލާތައް އަމާޒުކޮށްފައިވަނީ، ތެހެރާނުން ހޫޘީ ވަފުދެއް ގޮވައިގެން އައި އީރާނުގެ ބޯޓެއް ޖައްސަން އުޅެނިކޮށް ސަންޢާ އެއާޕޯޓުގެ ރަންވޭއަށެވެ. އެ ވަފުދަކީ ފެބުރުވަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ކުރީކޮޅު އަވަހާރަކޮށްލި އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީގެ ޖަނާޒާގައި ބައިވެރިވި ވަފުދެކެވެ. އީރާނުގެ އެ ބޯޓުން ދަތުރުކުރި އޮފިޝަލުންގެ ތެރޭގައި އަލްބުޚައިތީ ވެސް ހިމެނިވަޑައިގަންނަވާއިރު، އެ ބޯޓު ފަހުން ވަނީ ހޫޘީންގެ ކޮންޓްރޯލް އޮންނަ ރަތްކަނޑުގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ހުދައިދާއަށް މިސްރާބު ބަދަލުކޮށްފަ އެވެ.

އޭނާ މިހެން ވިދާޅުވީ ސަންޢާ އެއާޕޯޓަށް ދިން ހަމަލާގެ ރައްދުގައި ހޫޘީން ސައުދީ އަރަބިއްޔާގެ ދެކުނުގައި އޮންނަ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ފޮނުވާލާފައި ވަނިކޮށެވެ. ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ބުނި ގޮތުގައި އެ މިސައިލްތައް ވަނީ ކާމިޔާބުކަމާއެކު ވައިގެ ތެރޭގައި ގޮއްވާލާފަ އެވެ.

ސަންޢާ އެއާޕޯޓަށް ކުރިމަތިވެފައިވާ "ހިސާރު" ނިމުމަކަށް ގެނައުމަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ހޫޘީން ވަނީ ދީފަ އެވެ. އަދި ސަންޢާއާއި ތެހެރާނާ ދެމެދު ކުރާ ދަތުރުތައް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށް ވައުދުވެ، އެ މަގުސަދު ހާސިލުކުރުމަށްޓަކައި ސައުދީގެ އެއާޕޯޓުތަކުގެ މަސައްކަތް ހުއްޓުވުމަކީ އެ ޖަމާއަތަށް އުނދަގޫ ކަމެއް ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މި ފަހަކަށް އައިސް މަސްލަހަތު ގޯސްވެފައިވަނީ ޖުލައި 3 ވަނަ ދުވަހު ތެހެރާނާއި ސަންޢާއާ ދެމެދު ކުރި ދަތުރަކާ ގުޅިގެންނެވެ. އެ ދުވަހު އީރާނުގެ ބޯޓު ޖެއްސުން ހުއްޓުވުމަށް ސައުދީގެ ހަނގުރާމަމަތީ ބޯޓުތަކުން މަސައްކަތް ކުރި ކަމަށް ހޫޘީން ވަނީ ތުހުމަތުކޮށްފަ އެވެ. މިއީ ފާއިތުވި 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި އީރާނުގެ ބޯޓެއް ސަންޢާއަށް ޖެއްސިކަން އާންމުކޮށް އިއުލާނުކުރި ފުރަތަމަ ފަހަރެވެ.

ޔަމަނު ސަރުކާރުން ތުހުމަތުކުރާ ގޮތުގައި އީރާނުން ޔަމަނަށް ކުރާ ދަތުރުތަކަކީ ހޫޘީންނަށް ހަނގުރާމަވެރި ސާމާނު ފޮނުވުމަށް ބޭނުންކުރާ އުކުޅެކެވެ. މިދިޔަ ހޯމަ ދުވަހު އދ. ގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން ޔަމަނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢަބްދުﷲ އަލްސަޢުދީ ވިދާޅުވީ، ސަންޢާއަށް ޖައްސަން އުޅުނު ބޯޓަކީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އާ ގުޅުން އޮތް ބޯޓެއް ކަމަށާއި، އެ ބޯޓުގައި އަސްކަރީ ތަމްރީނު ލިބިފައިވާ މީހުންނާއި ހަނގުރާމަވެރި އާލާތްތައް ހުރި ކަމަށެވެ. މީގެ އިތުރުން، ތެހެރާނުގައި ތިބި ހޫޘީ ވަފުދު ސަންޢާއަށް ގެނައުމަށް ޔަމަނުގެ އެއާލައިނެއް ބޭނުންކުރުމުގެ ފުރުސަތު ސަރުކާރުން ހުށަހެޅި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބާބުލް މަންދަބު ކަނޑުއޮޅި ބަންދުކޮށްފާނެތޯ ސުވާލުކުރުމުން އަލްބުޚައިތީ ވިދާޅުވީ ހުރިހާ ފުރުސަތެއް ވެސް އެބައޮތް ކަމަށެވެ.

"ބާބުލް މަންދަބު ކަނޑަކީ ޔަމަނަށް ލިބިފައިވާ ވަރުގަދަ އިސްތިރާތީޖީ ބާރެއް،" އަލްބުޚައިތީ ވިދާޅުވި އެވެ. "އަޅުގަނޑުމެން މި ބާރުގެ ބޭނުންކުރާނީ އަޅުގަނޑުމެންނަށް ހަމަލާދޭ ގައުމުތަކާ ދެކޮޅަށް. ނަމަވެސް ޔަމަނާ ދެކޮޅުވެރިކަމެއް ނެތް ގައުމުތަކަށް ގެއްލުން ނުވާނެ ގޮތަކަށް ބާބުލް މަންދަބުގެ ބޭނުން ހިފާނަން."

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން، އިސްރާއީލާއި އެމެރިކާއާ ގުޅުން ހުރި ކަމަށް ބުނާ އާގުބޯޓުތަކަށް ހޫޘީން މީގެ ކުރިން ވަނީ ހަމަލާދީފަ އެވެ. މި ހަމަލާތަކުގެ ސަބަބުން ރަތްކަނޑުގެ ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، މަދުވެގެން ނުވަ ފަޅުވެރިން މަރުވެ، ހަތަރު ބޯޓު އަޑިއަށް ގޮސް، ބައެއް ބޯޓުތައް ހޫޘީންގެ ބާރުގެ ދަށަށް ގެންގޮސްފައިވެ އެވެ.

ހޫޘީންގެ ހަމަލާތައް ހުއްޓުވުމަށް އެމެރިކާ، އިސްރާއީލް އަދި އިނގިރޭސިވިލާތުން މީގެ ކުރިން ޔަމަނަށް ހަމަލާދީފައިވެ އެވެ. ނަމަވެސް 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ފަހުން ހޫޘީންގެ ހަމަލާތައް ވަނީ މެދުކެނޑިފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

ޔަމަންހޫޡީއީރާންބާބުލް މަންދަބުސައުދީ-ޔަމަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

14 ޖުލައި 2026

ޔަމަނުގައި ފެށުނު ހަމަނުޖެހުމާއެކު ބާބުލް މަންދަބު ބަންދުވެއްޖެ ނަމަ ދެން ވާނީ ކިހިނެއް؟

14 ޖުލައި 2026
ޔަމަނުގައި ފެށުނު ހަމަނުޖެހުމާއެކު ބާބުލް މަންދަބު ބަންދުވެއްޖެ ނަމަ ދެން ވާނީ ކިހިނެއް؟
14 ޖުލައި 2026

ޔޫރަޕްގެ އެއާލައިންތަކަށް ގަލްފް ސަރަހައްދުން ދަތުރު ނުކުރުމަށް އިންޒާރު ދީފި

14 ޖުލައި 2026
ޔޫރަޕްގެ އެއާލައިންތަކަށް ގަލްފް ސަރަހައްދުން ދަތުރު ނުކުރުމަށް އިންޒާރު ދީފި
14 ޖުލައި 2026

އިރާނުން މެދުއިރުމަތީ މޯބައިލް ނެޓްވޯކްތައް ހެކްކޮށް އެމެރިކާ ސިފައިން މޮނިޓަރ ކުރަނީ

14 ޖުލައި 2026
އިރާނުން މެދުއިރުމަތީ މޯބައިލް ނެޓްވޯކްތައް ހެކްކޮށް އެމެރިކާ ސިފައިން މޮނިޓަރ ކުރަނީ
14 ޖުލައި 2026

އަރަބި ކަނޑުން ދަތުރުކުރަމުންދިޔަ "ސްޓޯލްޓް މެގްނީޒިއަމް" ނަމަކަށް ކިޔާ ތެޔޮ ޓޭންކަރަކަށް ހަމަލާދީފި

14 ޖުލައި 2026
އަރަބި ކަނޑުން ދަތުރުކުރަމުންދިޔަ "ސްޓޯލްޓް މެގްނީޒިއަމް" ނަމަކަށް ކިޔާ ތެޔޮ ޓޭންކަރަކަށް ހަމަލާދީފި
14 ޖުލައި 2026

ހުރްމުޒް ކަނޑު އޮޅީގެ ސަލާމަތާ ގުޅޭ ބިލެއް އީރާންގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފި

14 ޖުލައި 2026
ހުރްމުޒް ކަނޑު އޮޅީގެ ސަލާމަތާ ގުޅޭ ބިލެއް އީރާންގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފި
14 ޖުލައި 2026

އީރާނުގެ ޑެޕިއުޓީ އެމްބަސެޑަރު ހާޒިރުކޮށް އިންޑިއާއިން ވަރުގަދަ އިހުތިޖާޖެއް ކޮށްފި

14 ޖުލައި 2026
އީރާނުގެ ޑެޕިއުޓީ އެމްބަސެޑަރު ހާޒިރުކޮށް އިންޑިއާއިން ވަރުގަދަ އިހުތިޖާޖެއް ކޮށްފި
14 ޖުލައި 2026

ޔަމަނުގެ ހޫޘީން ގެ ހަމަލާ އާ ގުޅިގެން ސައުދީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ދެމިއޮންނާނެ ކަމަށް އެމެރިކާ އިން ބުނެފި

14 ޖުލައި 2026
ޔަމަނުގެ ހޫޘީން ގެ ހަމަލާ އާ ގުޅިގެން ސައުދީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ދެމިއޮންނާނެ ކަމަށް އެމެރިކާ އިން ބުނެފި
14 ޖުލައި 2026

އީރާންގެ މިސައިލް އާއި ޑްރޯން އުފައްދާ މަރުކަޒު ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް އެމެރިކާާ އިން ބުނެފި

14 ޖުލައި 2026
އީރާންގެ މިސައިލް އާއި ޑްރޯން އުފައްދާ މަރުކަޒު ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް އެމެރިކާާ އިން ބުނެފި
13 ޖުލައި 2026

ބާބުލް މަންދަބު ބަންދުކޮށް ތެލުގެ އަގު 200 ޑޮލަރަށް މައްޗަށް ޖައްސާނެ ކަމުގެ އިންޒާރު ޔަމަނުން ދީފި

13 ޖުލައި 2026
ބާބުލް މަންދަބު ބަންދުކޮށް ތެލުގެ އަގު 200 ޑޮލަރަށް މައްޗަށް ޖައްސާނެ ކަމުގެ އިންޒާރު ޔަމަނުން ދީފި
13 ޖުލައި 2026

ޔަމަން އާއި ސައުދީގެ މަޝްރަހު ހޫނުވެ ހޫޘީން ސައުދީ އަށް މިސައިލް ހަމަލާ ދީފި

13 ޖުލައި 2026
ޔަމަން އާއި ސައުދީގެ މަޝްރަހު ހޫނުވެ ހޫޘީން ސައުދީ އަށް މިސައިލް ހަމަލާ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް