Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނުން ކުވެއިތު، ބަހްރައިން އަދި އުރުދުންގައި ހުރި އެމެރިކާ ބޭސްތަކަށް ހަމަލާދީފި

15 ޖުލައި 2026 | ބުދަ 04:14

އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، "އޮޕަރޭޝަން ނަސްރު-2" ގެ ދަށުން ދިން މި ހަމަލާތަކުގައި އެމެރިކާގެ ލޮޖިސްޓިކްސް ސެންޓަރުތަކަށާއި، ކޮމާންޑް ސެންޓަރުތަކުގެ އިތުރުން ހަނގުރާމަމަތީ ބޯޓުތަކާއި ޑްރޯންތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަމަށް އީރާނުން ބުނޭ.

ރާއްޖެ އެމްވީ | 15 ޖުލައި 2026 | ބުދަ 04:14

އެމެރިކާއިން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބަދަލުހިފުމުގެ ގޮތުން ހަމަލާދިނުމަށްޓަކައި، އީރާނުގެ މިސައިލްތައް ތައްޔާރުކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ. | ޕްރެސްޓީވީ

އީރާނުގެ ސަރަހައްދުތަކަށް އެމެރިކާއިން އަލުން ދޭންފެށި ހަމަލާތަކާ ގުޅިގެން، ކުވެއިތާއި ބަހްރައިން އަދި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބަދަލުހިފުމުގެ އާ ހަމަލާތަކެއް ދީފިކަން އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އިއުލާންކޮށްފި އެވެ. މި ހަމަލާތަކުގައި އަމާޒުކޮށްފައިވަނީ އެމެރިކާގެ އަސްކަރީ ލޮޖިސްޓިކްސް، ކޮމާންޑް އެންޑް ކޮންޓްރޯލް އަދި އަސްކަރީ އިންފްރާސްޓްރަކްޗާތަކަށެވެ.

ބުދަ ދުވަހު އާންމުކުރި ތިން ބަޔާނެއްގައި އައިއާރުޖީސީ އިން ބުނީ، މި ހަމަލާތަކަކީ އެ ޖަމާއަތުން ހިންގާ "އޮޕަރޭޝަން ނަސްރު-2" ގެ ހަތަރުވަނަ، ފަސްވަނަ އަދި ހަވަނަ ފޭސްގެ ދަށުން ދިން ހަމަލާތަކެއް ކަމަށެވެ.

ކުވެއިތުގައި ހުންނަ އެމެރިކާގެ ލޮޖިސްޓިކްސް ސެންޓަރަށް ހަމަލާ ދިނުން 

އައިއާރުޖީސީ އިން ނެރުނު ފުރަތަމަ ބަޔާނުގައި، ރޭގަނޑުގެ ވަގުތެއްގައި އީރާނުގެ ދެކުނުގެ ޕްރޮވިންސްތަކުގެ އައްސޭރިފަށުގެ ބޭސްތަކަށާއި އެކި ސަރަހައްދުތަކަށް ކްރޫޒް މިސައިލާއި ވައިގެ މަގުން އެމެރިކާއިން ބޮން އެޅި މައްސަލަ ވަނީ ކުށްވެރިކޮށްފަ އެވެ.

އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެމެރިކާއިން މި އުދުވާނީ ހަމަލާތައް ދީފައިވަނީ، އެމެރިކާގެ ހަމަލާތަކާއި ގާނޫނާ ޚިލާފު އަމަލުތަކާ ގުޅިގެން ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުން، އެއްވެސް އުޅަނދަކަށް ގަވާއިދާ ޚިލާފުވާން ނުވަތަ އެމެރިކާއަށް އެއްބާރުލުން ދޭން ނުކެރުމުންނެވެ.

އެމެރިކާއިން މި ހަމަލާތައް ދިނީ އެ ގައުމުގެ ނުކުޅެދުންތެރިކަމާއި ބަލިކަށިކަން ފޮރުވުމަށް ކަމަށާއި، ނަމަވެސް އީރާނުގެ ފައުޖުތަކުން ވަނީ އެމެރިކާއަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދީ، އުދުވާނީ ބާރުތަކަށް އަދަބުދީފައި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އައިއާރުޖީސީ އިން ބުނި ގޮތުގައި "އޮޕަރޭޝަން ނަސްރު-2" ގެ ހަތަރުވަނަ ފޭސްގައި ހަމަލާދީފައިވަނީ ކުވެއިތުގެ މިނާ އަބްދުالله ގައި ހުންނަ "ކޭ.ޖޭ.އެލް" އަށެވެ. މިއީ ހުޅަނގު އޭޝިއާގައި ހުންނަ އެމެރިކާ ސިފައިންގެ މައި ލޮޖިސްޓިކްސް އަދި ސަޕޯޓް ސެންޓަރެވެ. މި ހަމަލާތަކުގެ ސަބަބުން އެ މަރުކަޒުގައި އަލިފާން ރޯވެ، އެތަން ސުންނާފަތިވެފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

އައިއާރުޖީސީ އިން އިތުރަށް ބުނީ، އެމެރިކާއިން އުދުވާނީ އަމަލުތައް ހުއްޓާލަންދެން އީރާނުގެ ހަނގުރާމަވެރިންގެ ބަދަލުހިފުމުގެ ހަމަލާތައް ކުރިއަށްދާނެ ކަމަށާއި، ހުރްމުޒް ކަނޑުއޮޅި އޮންނާނީ ބަންދުކޮށްފައި ކަމަށެވެ.

ބަހްރައިންގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ދިން ހަމަލާތައް 

އައިއާރުޖީސީ އިން ނެރުނު ދެވަނަ ބަޔާނުގައި ބުނީ، "އޮޕަރޭޝަން ނަސްރު-2" ގެ ފަސްވަނަ ފޭސްގެ ހަމަލާތައް ފަތިހުގެ ވަގުތެއްގައި އެ ޖަމާއަތުގެ ކަނޑުގެ ސިފައިން ދީފައިވާ ކަމަށެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ ބަހްރައިންގައި ހުންނަ އެމެރިކާގެ ފަސްވަނަ ފްލީޓްގެ އެން.އެސް.އައި މެނޭޖްމަންޓް ސެންޓަރާއި، ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރާއި، އަސްކަރީ ސާމާނު ރައްކާކުރާ ގުދަންތަކުގެ އިތުރުން ތެޔޮ ރައްކާކުރާ ތަންތަނަށެވެ.

އެ މަރުކަޒުތަކަށް ހަމަލާދީ ސުންނާފަތިކޮށްލާފައިވާ ކަމަށްވެސް އައިއާރުޖީސީ އިން ބުންޏެވެ.

މީގެ އިތުރުން، ހުރްމުޒް ކަނޑުއޮޅި ކޮންޓްރޯލް ކުރާކަމަށް ބުނެ އިންޑިއާ ކަނޑުގެ ސަރަހައްދަށް އެމެރިކާގެ ކަނޑުގެ ސިފައިން ފޮނުވައި، އުޅަނދުފަހަރު ދަތުރުކުރާ މަގުތައް ބަންދުކޮށް، ދުނިޔެއަށް މި ސަރަހައްދުގެ ތެލާއި ގޭސް ލިބުމަށް ހުރަސްއަޅަމުންދާ ދިއުން އެ ބަޔާނުގައި ވަނީ ކުށްވެރިކޮށްފަ އެވެ.

"ދުޝްމަނުން ދަންނަންޖެހޭނެ ކަމަކީ، ކަނޑުފޭރޭ މީހުން ފަދައިން އެމެރިކާއިން އިންޑިއާ ކަނޑުގެ މަގުން ދުނިޔެއަށް ތެލާއި ގޭސް އެކްސްޕޯޓްކުރާ މަގު ބަންދުކޮށްފައިވާތީ، އެމެރިކާއާއި އެ ގައުމުގެ ބައިވެރިންގެ މަސްލަހަތު އޮތް އެހެން ތެލާއި ގޭސް އެކްސްޕޯޓްކުރާ މަގުތައްވެސް ބަންދުވާނެ ކަމަށް އުންމީދުކުރަން ޖެހޭނެ ކަމަށް،" ބަޔާނުގައިވެއެވެ. އަދި މި ސަރަހައްދުގެ ތެލާއި ގޭސް ލިބޭނީ އެންމެންނަށް ކަމަށާއި، ނޫންނަމަ އެކަކަށްވެސް އެ ފުރުސަތު ނޯންނާނެ ކަމަށް އައިއާރުޖީސީ އިން ބުންޏެވެ.

އުރުދުންގައި ހުންނަ އަލް-އަޒްރަގް އެއާބޭސް އަށް ދިން ހަމަލާ

އައިއާރުޖީސީ އިން ނެރުނު އެހެން ބަޔާނެއްގައި ބުނީ، އޮޕަރޭޝަނުގެ ހަވަނަ ފޭސްގައި އުރުދުންގައި ހުންނަ އެމެރިކާގެ އަލް-އަޒްރަގް އެއާބޭސްއަށް ހަމަލާދީފައިވާ ކަމަށެވެ. މި ހަމަލާތައް ދީފައިވަނީ އެ ޖަމާއަތުގެ އެއިރޯސްޕޭސް ފޯސް އިންނެވެ. މި ހަމަލާތަކުގައި އެމެރިކާގެ އެފް-15، އެފް-16 އަދި އެފް-35 މަރުކާގެ ހަނގުރާމަމަތީ ބޯޓުތައް ބަހައްޓާފައި ހުރި ހޭންގަރުތަކަށް އަމާޒުކޮށް، އެތަނުގައި ތިބި އެމެރިކާގެ އެމް.ކިއު-9 މަރުކާގެ ސްޓްރެޓީޖިކް ޑްރޯންތަކެއް ނައްތާލައި، ހޭންގަރުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

އީރާނަށް އަމާޒުކޮށް އެމެރިކާއާއި އިސްރާއީލުން ދެމުންދާ އުދުވާނީ ހަމަލާތަކުގެ ތެރެއިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭޕްރީލް 7 ވަނަ ދުވަހު އެއްފަރާތުން ހަނގުރާމަ ހުއްޓާލިކަން އިއުލާންކުރި ފަހުންވެސް، އެމެރިކާއިން ވަނީ އީރާނުގެ ސަރަހައްދީ އިންސައްތައާ ޚިލާފު އެތައް އަމަލެއް ހިންގާފަ އެވެ.

ޕާކިސްތާނު މެދުވެރިވެގެން މިދިޔަ މަހު ވޮޝިންޓަނާއި ތެހެރާނާ ދެމެދު ސޮއިކުރި ފަހުމުނާމާގެ ފުރަތަމަ މާއްދާގައި، ހުރިހާ ދިމާއަކުން އުދުވާނީ ހަމަލާތައް ހުއްޓާލުމަށް ސާފުކޮށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެމެރިކާގެ މިފަދަ އަމަލުތައް ވަނީ ކުރިއަށް ގޮސްފަ އެވެ.

މީގެ އިތުރުން، ހުރްމުޒް ކަނޑުއޮޅިން ރައްކާތެރިކަމާއެކު ގާނޫނީ ގޮތުން ދަތުރުކުރުމަށް އީރާނުން ކަނޑައަޅާފައިވާ މަގު ނޫން އެހެން މަގަކުން، ގަވާއިދާ ޚިލާފަށް އުޅަނދުފަހަރު ދަތުރުކުރުވުމަށް އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އީރާނުގެ ހަތިޔާރު އެޅި ފައުޖުތަކުން ވަނީ، ހުރްމުޒް ކަނޑުއޮޅީގައި ގަވާއިދާ ޚިލާފަށް އުޅަނދުފަހަރު ދަތުރުކުރުވުމަށް ކުރާ މަސައްކަތްތަކާއެކު، އެމެރިކާއިން ހިންގާ ކޮންމެ އުދުވާނީ އަމަލަކަށް ދޫނުދީ ވަރުގަދަ ރައްދު ހަމަލާތައް ދެމުންނެވެ.

މަސްދަރު: ޕްރެސް ޓީވީ

އީރާން-އެމެރިކާއިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްކުވައިތުބަޙްރައިންއުރުދުންހުރްމުޒް ކަނޑުއޮޅި

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

14 ޖުލައި 2026

އީރާނުގެ ގޭޝްމް ޖަޒީރާ އަށް އެމެރިކާ އިން ހަމަލާދީފި

14 ޖުލައި 2026
އީރާނުގެ ގޭޝްމް ޖަޒީރާ އަށް އެމެރިކާ އިން ހަމަލާދީފި
14 ޖުލައި 2026

އެމެރިކާގެ ސަބަބުން ގަލްފުގެ ގައުމުތައް އުނދަގޫ ހާލަތެއްގައި، ހަމަލާ އަމާޒުވަނީވެސް ހަމަލާއިން ދިފާއުވެވެނީވެސް އެމެރިކާއާ ހެދި

14 ޖުލައި 2026
އެމެރިކާގެ ސަބަބުން ގަލްފުގެ ގައުމުތައް އުނދަގޫ ހާލަތެއްގައި، ހަމަލާ އަމާޒުވަނީވެސް ހަމަލާއިން ދިފާއުވެވެނީވެސް އެމެރިކާއާ ހެދި
14 ޖުލައި 2026

ޔަމަނުގައި ފެށުނު ހަމަނުޖެހުމާއެކު ބާބުލް މަންދަބު ބަންދުވެއްޖެ ނަމަ ދެން ވާނީ ކިހިނެއް؟

14 ޖުލައި 2026
ޔަމަނުގައި ފެށުނު ހަމަނުޖެހުމާއެކު ބާބުލް މަންދަބު ބަންދުވެއްޖެ ނަމަ ދެން ވާނީ ކިހިނެއް؟
14 ޖުލައި 2026

ޔޫރަޕްގެ އެއާލައިންތަކަށް ގަލްފް ސަރަހައްދުން ދަތުރު ނުކުރުމަށް އިންޒާރު ދީފި

14 ޖުލައި 2026
ޔޫރަޕްގެ އެއާލައިންތަކަށް ގަލްފް ސަރަހައްދުން ދަތުރު ނުކުރުމަށް އިންޒާރު ދީފި
14 ޖުލައި 2026

އިރާނުން މެދުއިރުމަތީ މޯބައިލް ނެޓްވޯކްތައް ހެކްކޮށް އެމެރިކާ ސިފައިން މޮނިޓަރ ކުރަނީ

14 ޖުލައި 2026
އިރާނުން މެދުއިރުމަތީ މޯބައިލް ނެޓްވޯކްތައް ހެކްކޮށް އެމެރިކާ ސިފައިން މޮނިޓަރ ކުރަނީ
14 ޖުލައި 2026

އެމެރިކާއިން އަނެއްކާވެސް އީރާނަށް ބޮން އަޅައިފި، ތެހެރާނުން ގަލްފަށާއި ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފި: އެންމެ ފަހުގެ ޚަބަރުތަކަކީ ކޮބާ؟

14 ޖުލައި 2026
އެމެރިކާއިން އަނެއްކާވެސް އީރާނަށް ބޮން އަޅައިފި، ތެހެރާނުން ގަލްފަށާއި ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފި: އެންމެ ފަހުގެ ޚަބަރުތަކަކީ ކޮބާ؟
14 ޖުލައި 2026

އަރަބި ކަނޑުން ދަތުރުކުރަމުންދިޔަ "ސްޓޯލްޓް މެގްނީޒިއަމް" ނަމަކަށް ކިޔާ ތެޔޮ ޓޭންކަރަކަށް ހަމަލާދީފި

14 ޖުލައި 2026
އަރަބި ކަނޑުން ދަތުރުކުރަމުންދިޔަ "ސްޓޯލްޓް މެގްނީޒިއަމް" ނަމަކަށް ކިޔާ ތެޔޮ ޓޭންކަރަކަށް ހަމަލާދީފި
14 ޖުލައި 2026

ހުރްމުޒް ކަނޑު އޮޅީގެ ސަލާމަތާ ގުޅޭ ބިލެއް އީރާންގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފި

14 ޖުލައި 2026
ހުރްމުޒް ކަނޑު އޮޅީގެ ސަލާމަތާ ގުޅޭ ބިލެއް އީރާންގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފި
14 ޖުލައި 2026

އީރާނުގެ ޑެޕިއުޓީ އެމްބަސެޑަރު ހާޒިރުކޮށް އިންޑިއާއިން ވަރުގަދަ އިހުތިޖާޖެއް ކޮށްފި

14 ޖުލައި 2026
އީރާނުގެ ޑެޕިއުޓީ އެމްބަސެޑަރު ހާޒިރުކޮށް އިންޑިއާއިން ވަރުގަދަ އިހުތިޖާޖެއް ކޮށްފި
14 ޖުލައި 2026

ބަހުރޭނުން އީރާނުގެ ވައިގެ ހަމަލާތައް ނާކާމިޔާބުކޮށްލައިފި

14 ޖުލައި 2026
ބަހުރޭނުން އީރާނުގެ ވައިގެ ހަމަލާތައް ނާކާމިޔާބުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް