Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އިސްރާއީލު

އީރާނާ އެކު ކުރަމުންދާ ހަނގުރާމަ ދިގުދަންމަން އެމެރިކާ އަށް އިސްރާއީލުގެ އިސް ފަރާތްތަކުން ނުފޫޒު ފޯރުވާ ކަމަށް އެމެރިކާގެ ނައިބު ރައީސް ވިދާޅުވެއްޖެ

އީރާނާއެކު އެމެރިކާއިން އެކުލަވާލި އެއްބަސްވުމާ ދެކޮޅަށް އާންމުންގެ ޚިޔާލު ބަދަލުކުރުމަށް އިސްރާއީލުން މަސައްކަތްކުރާ ކަމަށް ޖޭޑީ ވޭންސް ތުހުމަތުކުރައްވައިފިއެވެ. މިފަދަ ނުފޫޒުތަކުގެ ސަބަބުން އެމެރިކާގެ ސިޔާސީ ނިންމުންތަކަށް އަސަރުކޮށްފާނެތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ނަމަވެސް، އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމަށް އެމެރިކާއިން އަޅާ ފިޔަވަޅުތަކަށް ތާއީދުކުރައްވާނެ ކަމަށްވެސް ވޭންސް ވިދާޅުވިއެވެ.

ރާއްޖެ އެމްވީ | 16 ޖުލައި 2026 | ބުރާސްފަތި 17:13
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް | ގެޓީ އިމޭޖަސް

އީރާނާއެކު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން އެކުލަވާލި އެއްބަސްވުމާ ދެކޮޅަށް އެމެރިކާގެ އާންމު ރައްޔިތުންގެ ޚިޔާލު ބަދަލުކުރުމަށް އިސްރާއީލު ސަރުކާރުގެ ބައެއް މެންބަރުން މަސައްކަތް ކޮށްފައިވާ ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު އާންމުކުރި ޖޯ ރޯގަންގެ ޕޮޑްކާސްޓް އެޕިސޯޑެއްގައި ވާހަކަދައްކަވަމުން، މުސްތަގުބަލުގައި ރިޔާސީ ކެންޑިޑޭޓަކަށް ވެދާނެ ކަމަށް ގިނަ ބަޔަކު ދެކޭ ވޭންސްގެ މި ވާހަކަތަކަކީ، އިސްރާއީލު ސަރުކާރުގެ ސިޔާސަތުތަކަށް އޭނާ ކުރިން ވިދާޅުވި ފާޑުކިޔުންތަކާ އެއްގޮތް ވާހަކަތަކެކެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ބޮޑުވަމުންދާކަން ހާމަވާ ކަމެކެވެ.

އީރާނާއެކު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މިދިޔަ މަހު އެކުލަވާލި އެއްބަސްވުމަށް ވޭންސް ވަނީ ތާއީދުކުރައްވާފަ އެވެ. ނަމަވެސް، އެމެރިކާ އާއި އިސްރާއީލުގެ ބައެއް ފަރާތްތަކުން އެ އެއްބަސްވުމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދަނީ، އީރާނުގެ މިސައިލް ޕްރޮގްރާމް ހުއްޓުވުމަށާއި ނިއުކްލިއާ މަރުކަޒުތައް ނައްތާލުމަށް ސާފު މަގެއް އެ އެއްބަސްވުމުގައި ނެތް ކަމަށް ބުނެ އެވެ. އަދި ލުބުނާނުގައި ހިޒްބުالله ޖަމާއަތާ ދެކޮޅަށް އިސްރާއީލުން ކުރާ ހަނގުރާމައަށް އެ އެއްބަސްވުމުގެ ސަބަބުން ހުރަސްތަކެއް އެޅޭ ކަމަށްވެސް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ވޭންސް ވިދާޅުވީ، އިސްރާއީލު ސަރުކާރުގެ ތެރޭގައި ތިބި ބައެއް ފަރާތްތަކުން، އެމެރިކާގެ އެ ސިޔާސަތު ބަދަލުކުރުމަށް މަސައްކަތް ކުރާކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ފަރާތްތަކުން އެގޮތަށް މަސައްކަތް ކުރަނީ އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންދަން ބޭނުންވާތީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިސްރާއީލު ސަރުކާރުގެ ބައެއް މެންބަރުންނާއެކު "ރަނގަޅު ގުޅުމެއް" އޮންނަ ކަމަށް ވިދާޅުވަމުން ނައިބު ރައީސް ވިދާޅުވީ، އިސްރާއީލުގެ ވެރިކަމުގެ ތެރޭގައި ތިބި ބައެއް ފަރާތްތަކުން، ހަނގުރާމަ މުއްދަތެއް ނެތް ގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި އެމެރިކާގެ އާންމު ރައްޔިތުންގެ ޚިޔާލަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާކަން ކަށަވަރުވާ ކަމަށެވެ.

އެމެރިކާގެ ސިޔާސަތުތަކަށް ނުފޫޒު ފޯރުވުމަށް އެކުވެރި ގައުމުތަކާއި ދެކޮޅުވެރި ގައުމުތަކުންވެސް މަސައްކަތް ކުރާ ކަމަށާއި، އިސްރާއީލުން ނުވަތަ ރަޝިޔާ ފަދަ ގައުމުތަކުން އެފަދަ ކަންކަން ކުރުމަކީ އޭނާ ކަންބޮޑުވާ ކަމެއް ނޫން ކަމަށް ވޭންސް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ 2026 ވަނަ އަހަރުގެ ސިޔާސީ ލީޑަރެއްގެ ހައިސިއްޔަތުން ކުރިމަތިލާންޖެހޭ އާންމު ކަމެކެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، އޭނާ ކަންބޮޑުވަނީ އެފަދަ ނުފޫޒު ފޯރުވުމުގެ ކެމްޕޭންތަކުގެ ސަބަބުން އެމެރިކާގެ ސިޔާސީ ނިންމުންތަކަށް އަސަރުކުރާ ހިސާބަށް ކަންކަން ދިއުމުން ކަމަށެވެ.

މިދިޔަ ޖޫން މަހުވެސް ވޭންސް ވަނީ އީރާނުގެ އެއްބަސްވުމަށް ފާޑުކިޔާ އިސްރާއީލުގެ ފަރާތްތަކަށް ވަރަށް ބޮޑަށް ރައްދު ދެއްވާފަ އެވެ. އެމެރިކާއިން އިސްރާއީލަށް ދޭ ބިލިއަނުން ގުނޭ އަސްކަރީ އެހީއަށް އިޝާރާތް ކުރައްވައި އޭނާ އޭރު ވިދާޅުވީ، އިސްރާއީލުގެ ހަމައެކަނި އެކުވެރިއަކީ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށެވެ.

ނަން ހާމަނުކުރުމަށް އެދި އިސްރާއީލު ސަރުކާރުގެ އިސް އޮފިޝަލުން ބުނެފައިވަނީ، އީރާނުގެ ނިއުކްލިއާ އަދި ބެލިސްޓިކް މިސައިލް ޕްރޮގްރާމާ ގުޅޭ ކަންބޮޑުވުންތަކަށް އެ އެއްބަސްވުމުގައި ހައްލެއް ހޯދައިދީފައި ނުވާތީ، އެއީ އިސްރާއީލަށް ގެއްލުން ހުރި އެއްބަސްވުމެއް ކަމަށެވެ. އަދި މިއީ އިސްރާއީލުގެ މުޅި ލީޑަޝިޕްގެ ވިސްނުން ހުރި ގޮތް ކަމަށްވެސް އެފަރާތްތަކުން ދެކެ އެވެ.

އިސްރާއީލުގެ ނުފޫޒެއް ނެތް ނަމަވެސް، އެމެރިކާއިން އީރާނާއެކު އެންމެ ފަހުން ކުރި ހަނގުރާމައިގައި ބައިވެރިވާނެތޯ ސުވާލުކުރުމުން ވެންސް ވިދާޅުވީ "އާދެ، އަޅުގަނޑު ގަބޫލުކުރަނީ އެހެން" ކަމަށެވެ.

ވޭންސް ވިދާޅުވީ، އިސްރާއީލުގެ އެއްވެސް ނުފޫޒަކާ ނުލައިވެސް، އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދައިގެން ނުވާނެ ކަމަށް ރައީސް ވަރަށް ބޮޑަށް ގަބޫލުކުރައްވާ ކަމަށާއި، އޭނާވެސް އެކަމަށް ތާއީދުކުރައްވާ ކަމަށެވެ.

އީރާން-އިސްރާއީލުޖޭޑީ ވޭންސްއިސްރާއީލު-އީރާން-އެމެރިކާ

އިތުރަށް ކިޔާލަން

15 ޖުލައި 2026

ބައިނަލްއަގްވާމީ ކަނޑުތަކުގައި މިނިވަންކަމާއެކު ވިޔަފާރި ދަތުރުފަތުރުކުރުމުގެ އުސޫލު ނިމުމަކަށް އަންނަނީބާ؟

15 ޖުލައި 2026
ބައިނަލްއަގްވާމީ ކަނޑުތަކުގައި މިނިވަންކަމާއެކު ވިޔަފާރި ދަތުރުފަތުރުކުރުމުގެ އުސޫލު ނިމުމަކަށް އަންނަނީބާ؟
15 ޖުލައި 2026

އިރާނުން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދަކަށް އިންޒާރުގެ ބަޑި ޖަހައިފި

15 ޖުލައި 2026
އިރާނުން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދަކަށް އިންޒާރުގެ ބަޑި ޖަހައިފި
15 ޖުލައި 2026

އީރާން އަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ނަތަންޔާހޫ ދެއްވައިފި

15 ޖުލައި 2026
އީރާން އަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ނަތަންޔާހޫ ދެއްވައިފި
10 ޖުލައި 2026

އީރާނުން ދޭ ރައްދު ހަމަލާތަކުން އިސްރާއީލަށް ސަލާމަތް ނުވެވޭނެ: އީރާން

10 ޖުލައި 2026
އީރާނުން ދޭ ރައްދު ހަމަލާތަކުން އިސްރާއީލަށް ސަލާމަތް ނުވެވޭނެ: އީރާން
10 ޖުލައި 2026

އީރާނަށް އަލުން ހަމަލާދޭން ތައްޔާރު: އިސްރާއީލު

10 ޖުލައި 2026
އީރާނަށް އަލުން ހަމަލާދޭން ތައްޔާރު: އިސްރާއީލު
09 ޖުލައި 2026

އީރާން އިން ގުޅައިފި، އެ ޤައުމުން ބޭނުން ވަނީ އެއްބަސްވުމަކަށް އަންނަން: ޓްރަމްޕް

09 ޖުލައި 2026
އީރާން އިން ގުޅައިފި، އެ ޤައުމުން ބޭނުން ވަނީ އެއްބަސްވުމަކަށް އަންނަން: ޓްރަމްޕް
09 ޖުލައި 2026

އެމެރިކާ އިން އީރާންގެ އަހްވާޒް އަށް ދިން ހަމަލާގައި ތިން މީހަކު ޝަހީދުވެއްޖެ

09 ޖުލައި 2026
އެމެރިކާ އިން އީރާންގެ އަހްވާޒް އަށް ދިން ހަމަލާގައި ތިން މީހަކު ޝަހީދުވެއްޖެ
07 ޖުލައި 2026

ބިރު ދެއްކުމާއި ފިއްތުންތައް ހުއްޓާ ނުލާ ނަަމަ، މަޝްވަރާ ނުކުރާނަން: އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ

07 ޖުލައި 2026
ބިރު ދެއްކުމާއި ފިއްތުންތައް ހުއްޓާ ނުލާ ނަަމަ، މަޝްވަރާ ނުކުރާނަން: އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ
07 ޖުލައި 2026

އެއް ގޮތަކީ އީރާން އާއެކު އެއްބަސްވުމަކަށް އައުން، އެހެން ނޫނީ އީރާން ނައްތާލުންް: ޓްރަމްޕް

07 ޖުލައި 2026
އެއް ގޮތަކީ އީރާން އާއެކު އެއްބަސްވުމަކަށް އައުން، އެހެން ނޫނީ އީރާން ނައްތާލުންް: ޓްރަމްޕް
05 ޖުލައި 2026

ޔޫރަޕަކީ 'ތިންވަނަ ދުނިޔެ' ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

05 ޖުލައި 2026
ޔޫރަޕަކީ 'ތިންވަނަ ދުނިޔެ' ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު