Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އިސްރާއީލު

އީރާން އަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ނަތަންޔާހޫ ދެއްވައިފި

15 ޖުލައި 2026 | ބުދަ 06:10

ކުރިން ދިން ހަމަލާތައް ވެސް ވަރަށް ވަރުގަދަ ކަމަށާއި، ނަމަވެސް ކުރިއަށް އޮތް ތަނުގައި ދޭ ހަމަލާތައް އެއަށްވުރެ ވަރުގަދަ ވާނެ ކަމަށް އޭނާ ވިދާޅުވި. އަދި އެއީ މުޅިން އެހެން ބާވަތެއްގެ ހަމަލާ ތަކެއް ކަމަށް ވެސް ނަތަންޔާހޫ ވަނީ ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖުލައި 2026 | ބުދަ 06:10
އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ.

އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ. | ގެޓީ އިމޭޖަސް

އިސްރާއީލް އަށް އައު ހަމަލާ ތަކެއް ދިނުމަށް އީރާން އިން ތައްޔާރު ވެއްޖެ ނަމަ، އެ ޤައުމަށް އަމާޒުކޮށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްވައިފި އެވެ. 

އަންގާރަ ދުވަހު އިސްރާއީލްގެ ދެކުނުގެ ޑިމޯނާ ސިޓީގައި ބޭއްވި ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ، އިސްރާއީލް އަށް ހަމަލާ ދިނުމަށް ފަހު އީރާން އަށް ހަމަޖެހިގެން ނޯވެވޭނެކަން އެ ޤައުމުގެ ލީޑަރުންނަށް ވަރަށް ސާފުކޮށް އިނގެން ވާނެ ކަމަށެވެ. 

އިސްރާއީލުގެ ނިއުކްލިއާ ހަތިޔާރު ރައްކާ ކުރެވިފައިވާ ތަނެއްގެ ގޮތުގައި ފާހަގަ ކުރެވޭ ޑިމޯނާގައި ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ، ކޮންމެ ވެސް ބަޔަކު އިސްރާއީލް އަށް ހަމަލާ ދިނުމުން، އިސްރާއީލް އިން ރައްދުގައި ހަމަލާ ނުދީ ތިބި ދުވަސްތައް މާޒީވެފައިވާ ކަމަށެވެ. 

އިސްރާއީލުގެ އެންމެ ގާތް އެކުވެރިޔާ އެމެރިކާއާ އެކުވެގެން، މިއަހަރުގެ ކުރީ ކޮޅު އީރާން އަށް ދިން ހަމަލާ ތަކަށް ވުރެ މާ ވަރުގަދަ ހަމަލާއެއް އަންނަ އަހަރު ދިނުމަށް ތައްޔާރަށް ތިބި ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ. ނަތަންޔާހޫގެ އޮފީހުން ނެރުނު ވީޑިއޯއެއްގައި ނަތަންޔާހޫ ވިދާޅުވީ، ކުރީގެ ހަމަލާތައް އަލުން ދެ ވަނަ ފަހަރަށް ދޭނެ ކަމަށް ހިތަށް އަރުވައިގެން ނުވާނެ ކަމަށެވެ. 

ކުރިން ދިން ހަމަލާތައް ވެސް ވަރަށް ވަރުގަދަ ކަމަށާއި، ނަމަވެސް ކުރިއަށް އޮތް ތަނުގައި ދޭ ހަމަލާތައް އެއަށްވުރެ ވަރުގަދަ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ މުޅިން އެހެން ބާވަތެއްގެ ހަމަލާ ތަކެއް ކަމަށް ވެސް ނަތަންޔާހޫ ވަނީ ވިދާޅުވެފައި އެވެ. 

ނަތަންޔާހޫ މި އިންޒާރު ދެއްވީ، އެމެރިކާ އިން އީރާން އަށް އައު ހަމަލާ ތަކެއް ދެމުން އަންނަ ދަނޑިވަޅެއްގައި އެވެ. އަދި އީރާންގެ ބަނދަރު ތަކަށް ހުރަސް އަޅާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައި ވަނިކޮށެވެ. އެމެރިކާ އާއި އީރާން އިން އަންނަނީ މިދިޔަ ދުވަސް ތަކުގައި ހަމަލާތައް ބަދަލު ކުރަމުންނެވެ.

މިއަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި އެމެރިކާ އާއި އިސްރާއީލް އެކުވެގެން އީރާން އަށް ހަމަލާ ދޭން ފެށުމުން، އޭގެ ރައްދުގައި އީރާން އިން ވެސް ވަރުގަދަ ހަމަލާ ތަކެއް ދީފައިވެ އެވެ. އެ ހަމަލާ ތަކުގައި އިސްރާއީލްގެ އެކި ސަރަހައްދު ތަަކަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ލިބިފައި އެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިސްރާއީލުބެންޖަމިން ނަތަންޔާހޫ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

15 ޖުލައި 2026

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، މެދުއިރުމަތި "ނުރައްކާތެރި ފުން ވަޅުގަނޑަކަށް" ވައްޓާލަމުންދާ ކަމަށް ޗައިނާ އިން ބުނެފި

15 ޖުލައި 2026
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، މެދުއިރުމަތި "ނުރައްކާތެރި ފުން ވަޅުގަނޑަކަށް" ވައްޓާލަމުންދާ ކަމަށް ޗައިނާ އިން ބުނެފި
15 ޖުލައި 2026

އީރާނުން ކުވެއިތު، ބަހްރައިން އަދި އުރުދުންގައި ހުރި އެމެރިކާ ބޭސްތަކަށް ހަމަލާދީފި

15 ޖުލައި 2026
އީރާނުން ކުވެއިތު، ބަހްރައިން އަދި އުރުދުންގައި ހުރި އެމެރިކާ ބޭސްތަކަށް ހަމަލާދީފި
14 ޖުލައި 2026

އީރާނުގެ ގޭޝްމް ޖަޒީރާ އަށް އެމެރިކާ އިން ހަމަލާދީފި

14 ޖުލައި 2026
އީރާނުގެ ގޭޝްމް ޖަޒީރާ އަށް އެމެރިކާ އިން ހަމަލާދީފި
14 ޖުލައި 2026

އެމެރިކާގެ ސަބަބުން ގަލްފުގެ ގައުމުތައް އުނދަގޫ ހާލަތެއްގައި، ހަމަލާ އަމާޒުވަނީވެސް ހަމަލާއިން ދިފާއުވެވެނީވެސް އެމެރިކާއާ ހެދި

14 ޖުލައި 2026
އެމެރިކާގެ ސަބަބުން ގަލްފުގެ ގައުމުތައް އުނދަގޫ ހާލަތެއްގައި، ހަމަލާ އަމާޒުވަނީވެސް ހަމަލާއިން ދިފާއުވެވެނީވެސް އެމެރިކާއާ ހެދި
14 ޖުލައި 2026

ޔޫރަޕްގެ އެއާލައިންތަކަށް ގަލްފް ސަރަހައްދުން ދަތުރު ނުކުރުމަށް އިންޒާރު ދީފި

14 ޖުލައި 2026
ޔޫރަޕްގެ އެއާލައިންތަކަށް ގަލްފް ސަރަހައްދުން ދަތުރު ނުކުރުމަށް އިންޒާރު ދީފި
14 ޖުލައި 2026

އިރާނުން މެދުއިރުމަތީ މޯބައިލް ނެޓްވޯކްތައް ހެކްކޮށް އެމެރިކާ ސިފައިން މޮނިޓަރ ކުރަނީ

14 ޖުލައި 2026
އިރާނުން މެދުއިރުމަތީ މޯބައިލް ނެޓްވޯކްތައް ހެކްކޮށް އެމެރިކާ ސިފައިން މޮނިޓަރ ކުރަނީ
14 ޖުލައި 2026

ހުރްމުޒް ކަނޑު އޮޅީގެ ސަލާމަތާ ގުޅޭ ބިލެއް އީރާންގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފި

14 ޖުލައި 2026
ހުރްމުޒް ކަނޑު އޮޅީގެ ސަލާމަތާ ގުޅޭ ބިލެއް އީރާންގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފި
14 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޔޫއޭއީގެ ދެ ތެޔޮ ބޯޓަކަށް އީރާނުން ދިން މިސައިލް ހަމަލާތަކެއްގައި އިންޑިއާ މީހަކު މަރުވެއްޖެ

14 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޔޫއޭއީގެ ދެ ތެޔޮ ބޯޓަކަށް އީރާނުން ދިން މިސައިލް ހަމަލާތަކެއްގައި އިންޑިއާ މީހަކު މަރުވެއްޖެ
14 ޖުލައި 2026

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަލުން ފަށައިފިކަން ރައީސް ޓްރަމްޕް ކޮންގްރެސް އަށް ރަސްމީކޮށް އަންގަވައިފި

14 ޖުލައި 2026
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަލުން ފަށައިފިކަން ރައީސް ޓްރަމްޕް ކޮންގްރެސް އަށް ރަސްމީކޮށް އަންގަވައިފި
14 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅީގައި ދެ ތެޔޮ ޓޭންކަރަކަށް ހަމަލާދީފި

14 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅީގައި ދެ ތެޔޮ ޓޭންކަރަކަށް ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް