Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފްލޮރިޑާ

ޔޫއެސް ނޭވީގެ "ބްލޫ އެންޖެލްސް" ޖެޓުތަކުން ފްލޮރިޑާގެ ބީޗެއްގައި ބޮޑު ބިރުވެރިކަމެއް

ފްލޮރިޑާގެ ޕެންސަކޯލާ ބީޗް އެއާ ޝޯގެ ތެރެއިން ޔޫއެސް ނޭވީގެ ޖެޓުތަކެއް އާންމުންގެ ބޯމަތިން ނުރައްކާތެރި މިންވަރަކަށް ތިރިން އުދުހުމުން، ބޮޑު ބިރުވެރިކަމެއް އުފެދިއްޖެ. ޖެޓުތަކުގެ ބާރުގަދަ ވައިގެ ސަބަބުން ގޮނޑުދޮށުގައި ހުރި ޓެންޓުތަކާއި ކުޑަތައް ވައިގެ ތެރެއަށް ބުރައިގެން ގޮސް ބައެއް މީހުންގެ ގައިގައި ޖެހުނު ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ނުލިބޭ

ޖިނާ
ޖިނާ | 17 ޖުލައި 2026 | ހުކުރު 03:34
Your browser does not support the video tag.
0:00 / 0:00

ޔޫއެސް ނޭވީގެ އެންމެ ފުންނާބުއުސް އުދުހުންތެރިން ހިމެނޭ "ބްލޫ އެންޖެލްސް" ގެ ޖެޓެއް ވަރަށް ތިރިން އުދުހެނީ | ރޮއިޓާސް

އެމެރިކާގެ ފްލޮރިޑާގެ ބީޗެއްގައި ވަރަށް ތިރިން ޔޫއެސް ނޭވީގެ "ބްލޫ އެންޖެލްސް" ޖެޓުތައް އުދުހުމުގެ ސަބަބުން، އެ ސަރަހައްދުގެ ގޮނޑުދޮށުގައި ހުރި ޓެންޓުތަކާއި، ގޮނޑި އަދި ކުޑަތައް ވައިގެ ތެރެއަށް ބުރައިގެންގޮސް ބޮޑު ބިރު ވެރިކަމެއް އުފެދިއްޖެ އެވެ.

"ބްލޫ އެންޖެލްސް" ގެ ޖެޓެއް، ބުދަ ދުވަހު ފްލޮރިޑާގެ ބީޗެއްގެ ވަރަށް ތިރިން އުދުހުން

"ބްލޫ އެންޖެލްސް" ގެ ޖެޓެއް، ބުދަ ދުވަހު ފްލޮރިޑާގެ ބީޗެއްގެ ވަރަށް ތިރިން އުދުހުން | ރޮއިޓާސް

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އާންމުންގެ ބޯމަތިން ބާރު ސްޕީޑުގައި ޖެޓުތައް ދިޔަ ވަގުތު، އޭގެ އިންޖީނުގެ އަޑުގަދަކަމުންނާއި އުފެދުނު ވައިގެ ބާރުކަމުގެ ސަބަބުން ގޮނޑުދޮށުގައި ތިބި މީހުން ތިބީ ކަންބޮޑުވެ، ހައިރާންވެފަ އެވެ.

Your browser does not support the video tag.

ފްލޮރިޑާގެ ގޮނޑުދޮށަށް ޖަމާވެފައި ތިބި މީހުންގެ ބޯމަތިން ބްލޫ އެންޖެލްސް ޖެޓްތައް ދިޔުން

ޕެންސަކޯލާ ބީޗް އެއާ ޝޯގެ ބައެއްގެ ގޮތުގައި ކޮންމެ އަހަރަކު ބާއްވާ "ބްރެކްފަސްޓް ވިތު ދަ ބްލޫސް" ފްލައިއޯވަރ ހަރަކާތުގެ ތެރެއިން، ބުދަ ދުވަހު ޔޫއެސް ނޭވީގެ މި ޚާއްސަ ޖެޓުތައް ގޮނޑުދޮށާ ނުރައްކާތެރި މިންވަރަކަށް ތިރިން އުދުހުމުން، އެތަނުގައި ތިބި މީހުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނު ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. 

ނެލިސް އެއަރ ފޯސް ބޭސްގައި އެމެރިކާގެ އެއަރ ފޯސް ތަންޑަރބާރޑްސްއާ ގުޅިގެން ކުރިއަށްގެންދިޔަ ތަމްރީނުތަކެއްގެ ތެރެއިން ބްލޫ އެންޖެލްސް ބޯޓުތައް އުދުހެނީ

ނެލިސް އެއަރ ފޯސް ބޭސްގައި އެމެރިކާގެ އެއަރ ފޯސް ތަންޑަރބާރޑްސްއާ ގުޅިގެން ކުރިއަށްގެންދިޔަ ތަމްރީނުތަކެއްގެ ތެރެއިން ބްލޫ އެންޖެލްސް ބޯޓުތައް އުދުހެނީ | ގެޓީ އިމޭޖަސް

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ޖެޓުގެ އިންޖީނުން އުފެދުނު ބާރުގަދަ ވައިގެ ސަބަބުން ޓެންޓުތަކާއި، ބީޗް ގޮނޑި އަދި ކުޑަތައް ކޮންޓްރޯލެއް ނެތި ވައިގެ ތެރޭގައި އެނބުރެމުން ދިޔަ އެވެ. އަދި މިގޮތަށް ވިއްސައިގެން ދިޔަ ބައެއް ތަކެތި އެ ސަރަހައްދުގައި ތިބި ބައެއް މީހުންގެ ގައިގައި ޖެހިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަން ނުވަތަ ނޫންކަން މިހާތަނަށް ސާފުވެފައެއް ނުވެ އެވެ.

މި ހާދިސާގެ ސަބަބުން ބޮޑު ހަލަބޮލިކަމެއް އުފެދުނު ނަމަވެސް، ގޮނޑުދޮށަށް ގޮސް ތިބި ބައެއް މީހުން ބުނެފައިވަނީ މިއީ ގައުމީ ރޫހު ދައްކުވައިދިން، ދުވަހަކު ވެސް ހަނދާނުން ފޮހެވިގެން ނުދާނެ ފަދަ މަންޒަރެއް ކަމަށެވެ.

މަސްދަރު: ސީ.އެން.އެން

ފްލޮރިޑާއެމެރިކާގެ ނޭވީބްލޫ އެންޖެލްސްޕެންސަކޯލާ ބީޗް

އިތުރަށް ކިޔާލަން

25 މާރިޗު 2026

ޓްރަމްްޕްގެ އަމިއްލަ ރިސޯޓު މާ އަ ލާގޯ ހިމެނޭ ފްލޮރިޑާގެ ޤާނޫނު ހަދާ މަޖިލީހުގެ ގޮނޑި، އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އިން ކާމިޔާބު ކޮށްފި

25 މާރިޗު 2026
ޓްރަމްްޕްގެ އަމިއްލަ ރިސޯޓު މާ އަ ލާގޯ ހިމެނޭ ފްލޮރިޑާގެ ޤާނޫނު ހަދާ މަޖިލީހުގެ ގޮނޑި، އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އިން ކާމިޔާބު ކޮށްފި
19 މާރިޗު 2026

ފްލޮރިޑާގައި ހުންނަ ސެންޓްރަލް ކޮމާންޑު ބޭސް އަށް އިންޒާރެއް، ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން ފަށައިފި

19 މާރިޗު 2026
ފްލޮރިޑާގައި ހުންނަ ސެންޓްރަލް ކޮމާންޑު ބޭސް އަށް އިންޒާރެއް، ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން ފަށައިފި
20 ފެބުރުއަރީ 2026

ޓްރަމްޕްގެ ނަމަށް ފްލޮރިޑާ އެއާޕޯޓުގެ ނަން ބަދަލުކުރަނީ

20 ފެބުރުއަރީ 2026
ޓްރަމްޕްގެ ނަމަށް ފްލޮރިޑާ އެއާޕޯޓުގެ ނަން ބަދަލުކުރަނީ
22 އޯގަސްޓު 2025

ޖަޕާނު ކައިރީގައި އެމެރިކާގެ އަސްކަރީ މަނަވަރެއްގައި 12 ގަޑިއިރު އަލިފާން ރޯވެފައި

22 އޯގަސްޓު 2025
ޖަޕާނު ކައިރީގައި އެމެރިކާގެ އަސްކަރީ މަނަވަރެއްގައި 12 ގަޑިއިރު އަލިފާން ރޯވެފައި
11 އޮކްޓޯބަރު 2024

ފްލޮރިޑާއަށް އައި ވަރުގަދަ ތޫފާން: 15 މީހުން މަރުވެ، 3 މިލިއަނަށް ވުރެ ގިނަ މީހުން ކަނު އަނދިރީގައި

11 އޮކްޓޯބަރު 2024
ފްލޮރިޑާއަށް އައި ވަރުގަދަ ތޫފާން: 15 މީހުން މަރުވެ، 3 މިލިއަނަށް ވުރެ ގިނަ މީހުން ކަނު އަނދިރީގައި
10 އޮކްޓޯބަރު 2024

ޤަރުނުގެ ބޮޑު ތޫފާން - ހަރިކޭން މިލްޓަން: މިލިއަނަކަށް ވުރެ ގިނަ ރައްޔިތުން ފްލޮރިޑާ ދޫކޮށް ގޮއްސި

10 އޮކްޓޯބަރު 2024
ޤަރުނުގެ ބޮޑު ތޫފާން - ހަރިކޭން މިލްޓަން: މިލިއަނަކަށް ވުރެ ގިނަ ރައްޔިތުން ފްލޮރިޑާ ދޫކޮށް ގޮއްސި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު