Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭ ގްރޭންޑް ފްލެޓް

މާލޭ ގްރޭންޑް ފްލެޓުތަކުގެ އަލިފާން ނިއްވާ ނިޒާމު ހަލާކުވެފައި ހުރިކަން އެޗްޑީސީއަކަށް ނޭނގޭ!

މާލޭ ގްރޭންޑް ފްލެޓްތަކުގެ ބޭރު ފާރުތަކުގައި ރެނދުލައި، ފެން ހޮޅިތަކާއި އަލިފާން ނިއްވާ ނިޒާމަށް ގެއްލުންވެފައިވާއިރު، މެއިންޓަނަންސް ފީ ގަވާއިދުން ދެއްކިޔަސް އެކަށީގެންވާ ޚިދުމަތެއް ނުލިބޭތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން. މި މައްސަލަތަކާ ގުޅިގެން އެޗްޑީސީން ބުނީ ރަސްމީކޮށް ޝަކުވާއެއް ލިބިފައި ނުވި ނަމަވެސް، އެފަދަ ކަމެއް އުޅޭނަމަ ބަލައި ހައްލުކޮށްދޭނެ ކަމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 16 ޖުލައި 2026 | ބުރާސްފަތި 10:54
މާލޭ ގްރޭންޑް ފްލެޓުތައް މަރާމާތު ނުކޮށް ވަނީ ވަރަށް ގިނަ ދުވަސްވެފައި

މާލޭ ގްރޭންޑް ފްލެޓުތައް މަރާމާތު ނުކޮށް ވަނީ ވަރަށް ގިނަ ދުވަސްވެފައި | ރާއްޖެއެމްވީ

މާލޭގެ މަޖީދީ މަގުގައި ހުންނަ މާލޭ ގްރޭންޑް ފްލެޓުތަކުގެ އަލިފާން ނިއްވާ ނިޒާމު ހަލާކުވެފައި ހުރިކަން އެ ކޯޕަރޭޝަނަށް ނޭނގޭ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ. 

ރާއްޖެއެމްވީއަށް އެތަނުގައި ދިރިއުޅޭ ބައެއް މީހުން މައުލޫމާތުދިން ގޮތުގައި، އެޗްޑީސީން ދަނީ މާލޭ ގްރޭންޑް ފްލެޓުތަކަށް ވަރަށް ބޮޑަށް އިހުމާލުވަމުންނެވެ. އަދި ފެލްޓުގައި ބަލަހައްޓަންޖެހޭ ކަންކަން އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓުމުގެ ސަބަބުން އެތަނުގައި ދިރިއުޅޭ މީހުންނަށް ދުވަހުން ދުވަހަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވަމުންދާ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

މިހާރު އެ އިމާރާތުގެ ހާލަތު ހުރި ގޮތަށް ބަލާއިރު، މުޅި އިމާރާތުގެ ބޭރު ފާރުތަކުގައި ބޮޑެތި ރެނދުލައި، ފާރުތަކުން ކުލަ ފައިބަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ. މީގެ އިތުރުން، އިމާރާތުގެ ފެން ހޮޅިތައް ފަޅައިގެން ގޮސް، ފްލެޓްތަކުގެ ތެރޭގައި ފެންބޮޑުވުމުގެ ހާދިސާތައް ވެސް ދަނީ ކުރިމަތިވަމުންނެވެ. މިކަމުގެ ސަބަބުން އާންމުންގެ މުދަލަށް ގެއްލުންވެ، ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައިވާ ކަމަށް އެމީހުން ބުނެ އެވެ. އަދި އިމާރާތުގައި ހަރުކޮށްފައިވާ އަލިފާން ނިއްވާ އާލާތްތައް ވެސް ހަލާކުވެފައިވާތަން ފެންނަ ވީޑިއޯތަކެއް ވެސް ވަނީ އާއްމުވެފަ އެވެ.

 ގާކޮށި ފްލެޓުތައް މަރާމާތު ނުކޮށް ވަނީ ވަރަށް ގިނަ ދުވަސްވެފައި. ފެން އިސްކުރެއް ހަލާކުވެ ފެން ފައިބަނީ

ގާކޮށި ފްލެޓުތައް މަރާމާތު ނުކޮށް ވަނީ ވަރަށް ގިނަ ދުވަސްވެފައި. ފެން އިސްކުރެއް ހަލާކުވެ ފެން ފައިބަނީ

ގާކޮށި ފްލެޓުތައް މަރާމާތު ނުކޮށް ވަނީ ވަރަށް ގިނަ ދުވަސްވެފައި. ފާރުތަކުން ކުލަ ފޭބުމާއި، ކުނޑިފޭބުން ވަނީ އާއްމުވެފައި

ގާކޮށި ފްލެޓުތައް މަރާމާތު ނުކޮށް ވަނީ ވަރަށް ގިނަ ދުވަސްވެފައި. ފާރުތަކުން ކުލަ ފޭބުމާއި، ކުނޑިފޭބުން ވަނީ އާއްމުވެފައި

އެތަނުގައި ދިރިއުޅޭ މީހުން ބުނި ގޮތުގައި، ކޮންމެ މަހަކު ވެސް މެއިންޓަނަންސް ފީގެ ގޮތުގައި އެޗްޑީސީ އަށް ގަވާއިދުން ފައިސާ ދެއްކި ނަމަވެސް އެ ފައިސާއާ އެއްވަރުގެ ޚިދުމަތެއް ނުލިބެ އެވެ. 

މި މައްސަލައާ ގުޅިގެން ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުންގެ ތެރެއިން އެޗްޑީސީއަށް ގުޅުމުން މުވައްޒަފެއް ބުނީ، މާލޭ ގްރޭންޑް ފްލެޓްތަކުގައި އެފަދަ މައްސަލައެއް އުޅޭކަމުގެ މައުލޫމާތު ރަސްމީކޮށް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް، އެފަދަ މައްސަލައެއް އުޅޭނަމަ އެކަން ބަލައި، ވީ އެންމެ އަވަހަކަށް ހައްލު ކުރުމުގެ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދޭކަމަށް ބުންޏެވެ.

މާލޭ ގްރޭންޑް ފްލެޓަކީ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާ ތަނަކަށް ވާއިރު، އިމާރާތުގެ މަރާމާތުތައް ނުކުރެވި ދިގުލައިގެން ދިއުމަކީ އެތަނުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކަލެއްގެ ގޮތުގައި އާންމުން ސިފަކުރެ އެވެ. އެހެންކަމުން، ކަމާބެހޭ ފަރާތްތަކުން މިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެތަނުގައި ދިރިއުޅޭ އާއިލާތަކުގެ ބޮޑު އެދުމެކެވެ.

އެޗްޑީސީމާލޭ ގްރޭންޑް ފްލެޓް

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2025

ނެގި ބަމްޕަރުތަކުގައި މައްސަލަ އެއް ނެތް، ރައްޔިތުން ޝަކުވާ ކުރީ މަޑުކޮށްލައިގެން ދާން ޖެހޭތީ: ފުލުހުން

23 ޑިސެމްބަރު 2025
ނެގި ބަމްޕަރުތަކުގައި މައްސަލަ އެއް ނެތް، ރައްޔިތުން ޝަކުވާ ކުރީ މަޑުކޮށްލައިގެން ދާން ޖެހޭތީ: ފުލުހުން
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު