Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުން

ނެގި ބަމްޕަރުތަކުގައި މައްސަލަ އެއް ނެތް، ރައްޔިތުން ޝަކުވާ ކުރީ މަޑުކޮށްލައިގެން ދާން ޖެހޭތީ: ފުލުހުން

އަންގާރަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ފަަސީހް ވިދާޅުވީ ހުޅުމާލޭގައި ހަރުކުރި ސްޕީޑް ބްރޭކަރު ތަކުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް. އަދި ބަމްޕަރުތަކުގެ މައުލޫމާތު، އޭގެ ސައިޒާއި، ހުންނަންވީ ކަންކަން އެނގޭނެ ހެން ހުރިހާ ކަމެއް އެޗްޑީސީ އާ ހިއްސާ ވެސް ކޮށްފައި ވާނެ ކަމަށް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 23 ޑިސެމްބަރު 2025 | އަންގާރަ 14:20
ހުޅުމާލޭގެ މަގުތަކުގައި ހަރުކުރި ސްޕީޑު ބްރޭކަރުތައް ނެގުން

ހުޅުމާލޭގެ މަގުތަކުގައި ހަރުކުރި ސްޕީޑު ބްރޭކަރުތައް ނެގުން

ބާރަށް ދުއްވާ މީހުންގެ ސްޕީޑު ދަށްކުރުމުގެ ބޭނުމުގައި ހުޅުމާލޭގެ މަގުތަކުގައި ހަރުކުރި ސްޕީޑު ބްރޭކަރުތައް ނެގީ އޭގައި އެއްވެސް މައްސަލައެއް ހުރެގެން ނޫން ކަމަށް ފުލުހުން ބުނެފި އެވެ. 

އަންގާރަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ފަަސީހް ވިދާޅުވީ ހުޅުމާލޭގައި ހަރުކުރި ސްޕީޑް ބްރޭކަރު ތަކުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި ބަމްޕަރުތަކުގެ މައުލޫމާތު، އޭގެ ސައިޒާއި، ހުންނަންވީ ކަންކަން އެނގޭނެ ހެން ހުރިހާ ކަމެއް އެޗްޑީސީ އާ ހިއްސާ ވެސް ކޮށްފައި ވާނެ ކަމަށެވެ. 

Advertisement - newsAdvertisement

އެއީ ދިވެހިރާއްޖޭގައި އެކަނި ބޭނުން ކުރާ ބަމްޕަރުތަކެއް ނޫން ކަމަށާ އެއީ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރާ އެއްޗެހި ކަމަށް ވެސް ފަސީހު ވިދާޅުވި އެވެ. 

ފަސީހު ވިދާޅުވީ އެއީ ރާއްޖެއަށް ޚާއްސަ ކޮށްގެން ހައްދައިގެން ގެނަސްފައިވާ އެއްޗެހިތަކެއް ވެސް ނޫން ކަމަށެވެ. އެއީ ސްޓޭންޑަޑް ތަކަށް ފެތޭ ސްޕީޑް ބްރޭކަރު ތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.  އަދި ބަމްޕަރުގެ ސީދާ މައްސަލަ އެއް ހުރިކަމަށް އެއްގޮތަކަށް ވެސް ފާހަގަ ނުކުރެވޭ ކަމަށް ވެސް ފަސީހު ވިދާޅުވި އެވެ. 

ނަމަވެސް އެ ހެދިފައި ހުރި ގޮތުން އާންމުކޮށް މީހުން ދުއްްވާ ބޮޑު މަގެއްގައި އެގޮތަށް ތަންކޮޅެއް، އެޅިފައި ހުރި ގޮތުން ކަންނޭނގެ މީހުންނަށް އުނދަގޫވެގެން ޝަކުވާކުރީ.  ދިވެހީން ގެ ތެރޭ ބައެއް ބޭފުޅުންނަށް މި ވާ ގޮތަކީ އެއްވެސް ވަރަކަށް މަޑުކޮށްލައިގެން އޭގެ ރަނގަޅު ގޮތުގައި ދާންވެއްޖެޔާ އެއީ ޝަކުވާއަކަށް ވެގެން ދަނީ. އެހެންނަމަވެސް އޭގެ ސަބަބުން ލިބޭ ރައްކާތެރިކަން އެމީހަކަށް އަސްލު އިހުސާސެއް ނުކުރެވޭ އެ ވަގުތަކު.
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ފަަސީހް

ހުޅުމާލޭގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ ސްޕީޑް ކޮންޓްރޯލް ކުރުމަށްޓަކައި، އެ އަވަށް ބަލަހައްޓާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި ފަހުން ހަރުކުރި ކުދި ސްޕީޑް ބްރޭކަރުތަކަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް, އެ އެއްޗެހި މިހާރު ވަނީ ނަގާފަ އެވެ. 

މިދިޔަ ސެޕްޓެންބަރު މަހުގެ ފަހު ކޮޅުން ފެށިގެން ހުޅުމާލޭ ގެ މަގުތަކުގައި ހަރުކުރީ، ކުދި ސްޕީޑް ބްރޭކަރު ތަކެކެވެ. ނަމަވެސް ކިތަންމެ މަޑުން ދުއްވާފައި ދާ ވެހިކަލެއް ވެސް އެ ބްރޭކަރު މަތިން ހުރަސް ކުރާއިރު މުޅި އުޅަނދަށް ލޮޅުން އަރަ އެވެ. 

މިއީ މީހުންގެ ހަށިގަނޑަށާއި ވެހިކަލްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބޭފަދަ ބްރޭކަރުތަކެއް ކަމަށް ބުނެ، އެ ހަރުކުރަން ފެށި ދުވަހުން ފެށިގެން އާއްމުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް ސިއްހީ ތަޖުރިބާކާރުން ވެސް ދިޔައީ އެއީ ރައްކާތެރި ބްރޭކަރުތަކެއް ނޫން ކަމަށާއި އޭގެ ސަބަބުން މީހުންގެ މައިބަދަފަދަ ނާޒުކު ގުނަވަންތަކަށް އަސަރުކުރާނެ ކަމަށް އިންޒާރު ދެމުންނެވެ.

އެޗްޑީސީ އިން ހުޅުމާލެ މަގުތަކުގައި ސްޕީޑު ބްރޭކަރުތައް ހަރުކުރީ ރައްކާތެރި ތަނަކަށް ހުޅުމާލޭގެ މަގުތައް ހެދުމަށް ކަމަށް އެޗްޑީސީން ބުނެ އެވެ. އެގޮތުން ތިރީހަށް ވުރެ ގިނަ ސްޕީޑު ބްރޭކަރު ހަރުކޮށްފައިވާ ކަމަށް އޭރު އެޗްޑީސީން ބުންޏެވެ.

ދިވެހި ފުލުހުންއެޗްޑީސީސްޕީޑު ބްރޭކަރު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
04 ޖޫން 2025

މަޝްހޫރު ގާނޫނީ ވަކީލު މަހުފޫޒުގެ ގަޔަށް ވަޅި ޖަހަނެ ކަމަށް ބުނެ ދިން އިންޒާރުގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި

04 ޖޫން 2025
މަޝްހޫރު ގާނޫނީ ވަކީލު މަހުފޫޒުގެ ގަޔަށް ވަޅި ޖަހަނެ ކަމަށް ބުނެ ދިން އިންޒާރުގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު