Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އިސްރާއީލް

ހޮނިހިރު ދުވަހު ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގަންނަވަނީ

ރޮއިޓާސް އަށް މައުލޫމާތު ދެއްވަމުން އިސްރާއީލް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ، އެމެރިކާ އަށް ކުރައްވާ ދަތުރުފުޅުގައި އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލު ކުރައްވަން ނަތަންޔާހޫ ބޭނުންފުޅުވި ނަމަވެސް، އެފަދަ ބައްދަލުވުމެއް ބޭއްވޭނެކަން ނުވަތަ ނޫންކަން މިހާތަނަށް ކަށަވަރުވެފައި ނުވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖުލައި 2026 | ބުރާސްފަތި 11:01
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ | ރޮއިޓާސް

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖާމިން ނަތަންޔާހޫ ހޮނިހިރު ދުވަހު އެމެރިކާ އަށް ވަޑައިގަންނަވާނެ ކަމަށް، އެ ޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ. 

ރޮއިޓާސް އަށް މައުލޫމާތު ދެއްވަމުން އިސްރާއީލް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ، އެމެރިކާ އަށް ކުރައްވާ ދަތުރުފުޅުގައި އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލު ކުރައްވަން ނަތަންޔާހޫ ބޭނުންފުޅުވި ނަމަވެސް، އެފަދަ ބައްދަލުވުމެއް ބޭއްވޭނެކަން ނުވަތަ ނޫންކަން މިހާތަނަށް ކަށަވަރުވެފައި ނުވާ ކަމަށެވެ. 

ނަތަންޔާހޫ އެމެރިކާ އަށް ކުރައްވާ މި ދަތުރުފުޅުގެ ޚަބަރު ފެންމަތިވެފައި މިވަނީ، އީރާން އިން އިސްރާއީލަށް އައު ހަމަލާއެއް ދީފި ނަމަ ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އޭނާ ދެއްވާފައިވާ ދަނޑިވަޅެއްގައި އެވެ. ޑިމޯނާގައި ބޭއްވި ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ، އިސްރާއީލަށް ހަމަލާ ދީފައި، މަޑުން ތިބެވޭނެ ކަމަށް އީރާންގެ ވެރިން ހީކޮށްގެން ނުވާނެ ކަމަށެވެ.

އިސްރާއީލަށް ހަމަލާއެއް ދިނުމުން އެއަށް ރައްދު ނުދީ ތިބި ދުވަސްތައް މިހާރު މާޒީ ވެފައިވާ ކަމަށާއި، ދެން ދޭ ހަމަލާތައް ވާނީ ވަރަށް ވަރުގަދަ އަދި ނިންމުން ތަކެއް ނިންމާނެ ފަދަ ހަމަލާ ތަކަކަށް ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ، މިއަހަރުގެ ކުރީ ކޮޅު އެމެރިކާއާ ގުޅިގެން އީރާން އަށް ދިން ހަމަލާތަކަށް ވުރެ، ކުރިއަށް އޮތް ތަނުގައި ދޭނެ ހަމަލާތައް މާ ވަރުގަދަ ވާނެ ކަމަށެވެ.

އީރާން އަށް ކުރިން ދިން ހަމަލާތަކަށް އިޝާރާތް ކުރައްވައި ނަތަންޔާހޫގެ އޮފީހުން އާންމުކުރި ވީޑިއޯއެއްގައި އޭނާ ވިދާޅުވީ، ކުރިން ދިން ހަމަލާތައް ތަކުރާރު ވާނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ. އަދި ކުރިން ދިން ހަމަލާ ތަކަކީ ވެސް ވަރުގަދަ ހަމަލާ ތަކެއް ކަމަށާއި، ދެން ދޭ ހަމަލާ ވާނީ މުޅިން ތަފާތު އަދި އެއަށް ވުރެ މާ ނުރައްކާތެރި ހަމަލާ އަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަތަންޔާހޫ އީރާން އަށް މިފަދަ ވަރުގަދަ އިންޒާރު ތަކެއް ދެއްވާފައި މި ވަނީ، އެމެރިކާާ އިން އީރާންގެ ބައެއް އަމާޒު ތަކަށް އައު ހަމަލާ ތަކެއް ދެމުން އަންނަ ވަގުތެއްގައި އެވެ. ޓްރަމްޕްގެ ރިޔާސީ ދެ ވަނަ ދައުރުގައި އެންމެ ގިނައިން އެމެރިކާާ އަށް ވަޑައިގެންނެވި ލީޑަރަކީ ނަތަންޔާހޫ އެވެ.

މަސްދަރު: ރޮއިޓާސް

ބެންޖަމިން ނަތަންޔާހޫޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

15 ޖުލައި 2026

އީރާން އަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ނަތަންޔާހޫ ދެއްވައިފި

15 ޖުލައި 2026
އީރާން އަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ނަތަންޔާހޫ ދެއްވައިފި
10 ޖުލައި 2026

އިސްރާއީލުން ލުބުނާނުން ފައިބުމަށް އިންކާރުކޮށް ހަމަލާތައް ވަރުގަދަކޮށްފި

10 ޖުލައި 2026
އިސްރާއީލުން ލުބުނާނުން ފައިބުމަށް އިންކާރުކޮށް ހަމަލާތައް ވަރުގަދަކޮށްފި
10 ޖުލައި 2026

ގަލްފުގެ މަސްރަހާ ބެހޭ މައުލޫމާތު ޓްރަމްޕް ނަތަންޔާހޫއަށް ހިއްސާކުރައްވައިފި

10 ޖުލައި 2026
ގަލްފުގެ މަސްރަހާ ބެހޭ މައުލޫމާތު ޓްރަމްޕް ނަތަންޔާހޫއަށް ހިއްސާކުރައްވައިފި
10 ޖުލައި 2026

އީރާނަށް އަލުން ހަމަލާދޭން ތައްޔާރު: އިސްރާއީލު

10 ޖުލައި 2026
އީރާނަށް އަލުން ހަމަލާދޭން ތައްޔާރު: އިސްރާއީލު
06 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އެތައް ހާސް ބަޔަކު ގޮވާލީ ޓްރަމްޕްގެ މަރަށް!

06 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އެތައް ހާސް ބަޔަކު ގޮވާލީ ޓްރަމްޕްގެ މަރަށް!
05 ޖުލައި 2026

ނަތަންޔާހޫ: ޣައްޒާގެ އަސްކަރީ އިންފްރާސްޓްރަކްޗަރ ނައްތާލުމުން މެނުވީ އާބާދުނުކުރާނަން

05 ޖުލައި 2026
ނަތަންޔާހޫ: ޣައްޒާގެ އަސްކަރީ އިންފްރާސްޓްރަކްޗަރ ނައްތާލުމުން މެނުވީ އާބާދުނުކުރާނަން
05 ޖުލައި 2026

ބޮސް އަކީ ކާކުކަން ނަތަންޔާހޫ އަށް ވަރަށް ރަނގަޅަށް އިނގޭނެ: ޓްރަމްޕް

05 ޖުލައި 2026
ބޮސް އަކީ ކާކުކަން ނަތަންޔާހޫ އަށް ވަރަށް ރަނގަޅަށް އިނގޭނެ: ޓްރަމްޕް
04 ޖުލައި 2026

އިސްރާއީލުން ލުބުނާނުގައި ހުރި ހިޒްބުﷲގެ 10 މަރުކަޒަކަށް ހަމަލާދީފި

04 ޖުލައި 2026
އިސްރާއީލުން ލުބުނާނުގައި ހުރި ހިޒްބުﷲގެ 10 މަރުކަޒަކަށް ހަމަލާދީފި
02 ޖުލައި 2026

ޣައްޒާ ހަނގުރާމަ އަށް 1،000 ދުވަސް - "އަރަބިން ތިބީ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިނުވެ، ވޯލްޑް ކަޕް މެޗުތައް ބަލަން"

02 ޖުލައި 2026
ޣައްޒާ ހަނގުރާމަ އަށް 1،000 ދުވަސް - "އަރަބިން ތިބީ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިނުވެ، ވޯލްޑް ކަޕް މެޗުތައް ބަލަން"
01 ޖުލައި 2026

ލުބުނާނުން އިސްރާއީލު ނުފޭބުން - އީރާނާ އެމެރިކާގެ ސުލްހައިގެ އެއްބަސްވުމަށް އޮތް ނުރައްކެއްލެއްބާ؟

01 ޖުލައި 2026
ލުބުނާނުން އިސްރާއީލު ނުފޭބުން - އީރާނާ އެމެރިކާގެ ސުލްހައިގެ އެއްބަސްވުމަށް އޮތް ނުރައްކެއްލެއްބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު