Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އީރާނުގެ ގޭޝްމް ޖަޒީރާ އަށް އެމެރިކާ އިން ހަމަލާދީފި

14 ޖުލައި 2026 | އަންގާރަ 17:25

ހުރްމުޒް ކަނޑުއޮޅި ކައިރީގައި އޮންނަ ގެޝްމް އައިލެންޑަށް އެމެރިކާއިން ބާރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފި. މި ހަމަލާތައް ދީފައިވަނީ އެމެރިކާއިން އީރާނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައިވާ ދަނޑިވަޅެއްގަ

ރާއްޖެ އެމްވީ | 14 ޖުލައި 2026 | އަންގާރަ 17:25
އެންވިސެޓް ސެޓެލައިޓުން ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، ފާރިސީ ކަނޑުއޮޅި ނުވަތަ ޕާޝިއަން ގަލްފުގައި އޮންނަ އެންމެ ބޮޑު ރަށް ކަމަށްވާ އީރާނުގެ ގޭޝްމް އައިލެންޑެވެ. ހިމަ ދިގުކޮށް އޮންނަ މި ރަށް އޮންނަނީ ހުރްމުޒް ކަނޑުއޮޅިއާ ކައިރީގައި، އީރާނުގެ އައްސޭރިފަށާ ކައިރީގައި.

އެންވިސެޓް ސެޓެލައިޓުން ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، ފާރިސީ ކަނޑުއޮޅި ނުވަތަ ޕާޝިއަން ގަލްފުގައި އޮންނަ އެންމެ ބޮޑު ރަށް ކަމަށްވާ އީރާނުގެ ގޭޝްމް އައިލެންޑެވެ. ހިމަ ދިގުކޮށް އޮންނަ މި ރަށް އޮންނަނީ ހުރްމުޒް ކަނޑުއޮޅިއާ ކައިރީގައި، އީރާނުގެ އައްސޭރިފަށާ ކައިރީގައި. | އީއެސްއޭ

ހޮރްމޫޒް ކަނޑުއޮޅި ކައިރީގައި އޮންނަ އީރާނުގެ ރަށެއް ކަމަށްވާ ގޭޝްމް އަށް އަންގާރަ ދުވަހު ހަމަލާތަކެއް އަމާޒުވެފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފި އެވެ. މި ހަމަލާތަކުގެ ޒިންމާ އީރާނުގެ އޮފިޝަލުން އަޅުވާފައިވަނީ އެމެރިކާގެ ބޮލުގަ އެވެ.

އައިއާރުއައިބީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހުރްމުޒްގާންގެ ގަވަރުނަރުގެ އޮފީހުން ބުނެފައިވަނީ، އަންގާރަ ދުވަހުގެ ރޭގަނޑު 19:00 ހާއިރު ގޭޝްމް އައިލެންޑުގެ ސަރަހައްދަކަށް "ދުޝްމަން އެމެރިކާ" އިން ފޮނުވާލި ހަމަލާތަކެއް އަރާފައިވާ ކަމަށެވެ.

އެމެރިކާ އާއި އީރާނާ ދެމެދު އަލުން ކުރިމަތިލުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި، އެ ރަށުން ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް ސަރުކާރާ ގުޅުން އޮންނަ ފާރްސް ނިއުސް އެޖެންސީން މީގެ ކުރިން ވަނީ ރިޕޯޓްކޮށްފަ އެވެ.

ފާރްސް ނިއުސް އެޖެންސީން ބުނެފައިވަނީ، ގޭޝްމް އައިލެންޑުން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވަނީ އެ ދުވަހުގެ އިރުއޮއްސި 18:45 ހާއިރު ކަމަށެވެ. އަދި ފާއިތުވި ދުވަސްތަކުގައި ގޭޝްމްގެ މެސްން ސަރަހައްދަށް އެމެރިކާގެ ފަރާތުން ތަކުރާރުކޮށް ހަމަލާތައް އަމާޒުވެފައިވާ ކަމަށްވެސް އެ އެޖެންސީން ބުނެފައިވެ އެވެ.

މި ހަމަލާތައް ދީފައިވަނީ އެމެރިކާއިން އީރާނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ. މީގެ އިތުރުން ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް ކަނޑުގެ މަގުން ހުރަސްތައް ކުރިމަތިކުރުވައި "ނޭވަލް ބްލޮކޭޑް" އެއް ގާއިމުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. މީގެ ރައްދުގައި އީރާނުން ވަނީ ސަރަހައްދީ ގައުމުތަކުގައި ހުރި އެމެރިކާގެ އެކި އަމާޒުތަކަށް ހަމަލާދީފަ އެވެ.

އެމެރިކާގެ އަސްކަރިއްޔާއިން މީގެ ކުރިން ބުނެފައިވަނީ، އީރާނުގެ ބަނދަރުމަތީ ރަށްތައް ކަމަށްވާ ބުޝެހްރް އަދި ބަންދަރު އައްބާސް ހިމެނޭހެން އެ ގައުމުގެ އެކި ސަރަހައްދުތަކަށް ހަމަލާދީފައިވާނެ ކަމަށެވެ. މި ހަމަލާތަކުގެ ބޭނުމަކީ ވިޔަފާރި އުޅަނދުފަހަރަށް ހަމަލާދިނުމަށް އީރާނުން ގެންގުޅޭ ގާބިލުކަން ކުޑަކޮށް، އެކަން ހުއްޓުވުން ކަމަށް އެމެރިކާއިން ބުނެފައިވެ އެވެ.

އީރާން-އެމެރިކާގޭޝްމްހުރްމުޒް ކަނޑުއޮޅިބޫޝެހެރްބަންދަރު އައްބާސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

14 ޖުލައި 2026

އެމެރިކާގެ ސަބަބުން ގަލްފުގެ ގައުމުތައް އުނދަގޫ ހާލަތެއްގައި، ހަމަލާ އަމާޒުވަނީވެސް ހަމަލާއިން ދިފާއުވެވެނީވެސް އެމެރިކާއާ ހެދި

14 ޖުލައި 2026
އެމެރިކާގެ ސަބަބުން ގަލްފުގެ ގައުމުތައް އުނދަގޫ ހާލަތެއްގައި، ހަމަލާ އަމާޒުވަނީވެސް ހަމަލާއިން ދިފާއުވެވެނީވެސް އެމެރިކާއާ ހެދި
14 ޖުލައި 2026

ޔަމަނުގައި ފެށުނު ހަމަނުޖެހުމާއެކު ބާބުލް މަންދަބު ބަންދުވެއްޖެ ނަމަ ދެން ވާނީ ކިހިނެއް؟

14 ޖުލައި 2026
ޔަމަނުގައި ފެށުނު ހަމަނުޖެހުމާއެކު ބާބުލް މަންދަބު ބަންދުވެއްޖެ ނަމަ ދެން ވާނީ ކިހިނެއް؟
14 ޖުލައި 2026

ޔޫރަޕްގެ އެއާލައިންތަކަށް ގަލްފް ސަރަހައްދުން ދަތުރު ނުކުރުމަށް އިންޒާރު ދީފި

14 ޖުލައި 2026
ޔޫރަޕްގެ އެއާލައިންތަކަށް ގަލްފް ސަރަހައްދުން ދަތުރު ނުކުރުމަށް އިންޒާރު ދީފި
14 ޖުލައި 2026

އިރާނުން މެދުއިރުމަތީ މޯބައިލް ނެޓްވޯކްތައް ހެކްކޮށް އެމެރިކާ ސިފައިން މޮނިޓަރ ކުރަނީ

14 ޖުލައި 2026
އިރާނުން މެދުއިރުމަތީ މޯބައިލް ނެޓްވޯކްތައް ހެކްކޮށް އެމެރިކާ ސިފައިން މޮނިޓަރ ކުރަނީ
14 ޖުލައި 2026

އެމެރިކާއިން އަނެއްކާވެސް އީރާނަށް ބޮން އަޅައިފި، ތެހެރާނުން ގަލްފަށާއި ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފި: އެންމެ ފަހުގެ ޚަބަރުތަކަކީ ކޮބާ؟

14 ޖުލައި 2026
އެމެރިކާއިން އަނެއްކާވެސް އީރާނަށް ބޮން އަޅައިފި، ތެހެރާނުން ގަލްފަށާއި ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފި: އެންމެ ފަހުގެ ޚަބަރުތަކަކީ ކޮބާ؟
14 ޖުލައި 2026

އަރަބި ކަނޑުން ދަތުރުކުރަމުންދިޔަ "ސްޓޯލްޓް މެގްނީޒިއަމް" ނަމަކަށް ކިޔާ ތެޔޮ ޓޭންކަރަކަށް ހަމަލާދީފި

14 ޖުލައި 2026
އަރަބި ކަނޑުން ދަތުރުކުރަމުންދިޔަ "ސްޓޯލްޓް މެގްނީޒިއަމް" ނަމަކަށް ކިޔާ ތެޔޮ ޓޭންކަރަކަށް ހަމަލާދީފި
14 ޖުލައި 2026

ހުރްމުޒް ކަނޑު އޮޅީގެ ސަލާމަތާ ގުޅޭ ބިލެއް އީރާންގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފި

14 ޖުލައި 2026
ހުރްމުޒް ކަނޑު އޮޅީގެ ސަލާމަތާ ގުޅޭ ބިލެއް އީރާންގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފި
14 ޖުލައި 2026

އީރާނުގެ ޑެޕިއުޓީ އެމްބަސެޑަރު ހާޒިރުކޮށް އިންޑިއާއިން ވަރުގަދަ އިހުތިޖާޖެއް ކޮށްފި

14 ޖުލައި 2026
އީރާނުގެ ޑެޕިއުޓީ އެމްބަސެޑަރު ހާޒިރުކޮށް އިންޑިއާއިން ވަރުގަދަ އިހުތިޖާޖެއް ކޮށްފި
14 ޖުލައި 2026

ބަހުރޭނުން އީރާނުގެ ވައިގެ ހަމަލާތައް ނާކާމިޔާބުކޮށްލައިފި

14 ޖުލައި 2026
ބަހުރޭނުން އީރާނުގެ ވައިގެ ހަމަލާތައް ނާކާމިޔާބުކޮށްލައިފި
14 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޔޫއޭއީގެ ދެ ތެޔޮ ބޯޓަކަށް އީރާނުން ދިން މިސައިލް ހަމަލާތަކެއްގައި އިންޑިއާ މީހަކު މަރުވެއްޖެ

14 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޔޫއޭއީގެ ދެ ތެޔޮ ބޯޓަކަށް އީރާނުން ދިން މިސައިލް ހަމަލާތަކެއްގައި އިންޑިއާ މީހަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް