Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ޓުޗެލް ގެނައި ބަދަލުތަކަށް ފާޑު ކިޔުން، އޭނާ ބުނީ "ރިގްރެޓް" ނުކުރާ ކަމަށް!

ޓުޗެލް ބުނީ މެޗުގައި ލަނޑު ޖަހައި ލީޑު ނެގުމަށް ފަހު އިންގްލެންޑުގެ ކުޅުން ވަރަށް ބޮޑަށް ލަސްވި ކަމަށް. އިންގްލެންޑް އިން ކާމިޔާބާ ވަރަށް ކައިރިއަށް ޖެހިލި ކަމަށާއި، ނަމަވެސް ލީޑު ނެގުމަށް ފަހު ޓީމަށް ލީޑު ނުހިފޭއްޓުނީ ކަމަށް. އެކަމަކު މެޗުގައި އޭނާ ބޭނުން ކުރި ޓެކްޓިކްސްއާ މެދު ހިތްހަމަ ޖެހޭ ކަމަށާއި، އެކަމާ ހިތާމަ ނުކުރާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖުލައި 2026 | ބުރާސްފަތި 08:28
ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި އިންގްލެންޑުގެ ކޯޗު ތޯމަސް ޓުޗެލް

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި އިންގްލެންޑުގެ ކޯޗު ތޯމަސް ޓުޗެލް | ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި އިންގްލެންޑުން ގެނައި ބަދަލުތަކާ ގުޅިގެން އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް އަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒުވި ނަމަވެސް، "ރިގްރެޓް" ކުރާ އެއްވެސް ކަމެއް ނެތް ކަމަށް އޭނާ ބުނެފި އެވެ. 

މެޗުގައި އިންގްލެންޑުން ލަނޑު ޖަހައި ލީޑު ނެގި ފަހުން، ޓުޗެލް ވަނީ ގިނަ ބަދަލުތަކެއް ގެނެސްފައި އެވެ. އެގޮތުން އޭނާ ވަނީ ޑިފެންސް އަށް ކުޅޭ ކުޅުންތެރިން އަރުވައި، ޓީމު ފަހަތަށް ޖެހިގެން ކުޅުވައިފަ އެވެ. ނަމަވެސް، އޭގެ ފަހުން އާޖެންޓީނާ އިން ވަނީ ދެ ލަނޑު ޖަަހައިގެން މެޗުގެ ނަތީޖާ އަނބުރާލައިފަ އެވެ. 

މެޗު ފަހު ވަގުތު އިންގްލެންޑް އިން ވަރަަށް ބޮޑަށް ޑިފެންސް އަށް ފައިބައިގެން ކުޅުނުއިރު، ގިނަ ބަޔަކު ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ. އަދި އިންގްލެންޑަށް މެޗު ގެއްލުނީ ޓުޗެލް އަށް ހެދުނު ގޯހެއްގެ ސަބަބުން ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައި އެވެ. އެގޮތުން އިންގްލެންޑުގެ ކުރީގެ ކެޕްޓަން ވޭން ރޫނީ ވެސް ބުނެފައި ވަނީ، ޓުޗެލްގެ ނިންމުންތަކުގެ ސަބަބުން އިންގްލެންޑަށް މެޗު ގެއްލުނީ ކަމަށެވެ. 

ނަމަވެސް، ޓުޗެލް ބުނީ މެޗުގައި ލަނޑު ޖަހައި ލީޑު ނެގުމަށް ފަހު އިންގްލެންޑުގެ ކުޅުން ވަރަށް ބޮޑަށް ލަސްވި ކަމަށެވެ. އިންގްލެންޑް އިން ކާމިޔާބާ ވަރަށް ކައިރިއަށް ޖެހިލި ނަމަވެސް، ލީޑު ނެގުމަށް ފަހު ޓީމަށް ލީޑު ނުހިފޭއްޓުނީ ކަމަށް އޭނާ ބުންޏެވެ. އެކަމަކު ޓުޗެލް ބުނީ، މެޗުގައި އޭނާ ބޭނުން ކުރި ޓެކްޓިކްސްއާ މެދު ހިތްހަމަޖެހޭ ކަމަށާއި، އެކަމާ ހިތާމަ ނުކުރާ ކަމަށެވެ. 

Your browser does not support the video tag.

އާޖެންޓީނާއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗަށް ފަހު އިންގްލެންޑުގެ ކޯޗު ޓުޗެލް ދެއްކި ވާހަކަ

މީގެ އިތުރުން ޓުޗެލް ބުނީ މުބާރާތުގައި އިންގްލެންޑް އިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި، އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗަކީ އެންމެ ރަނގަޅު އެއް މެޗު ކަމަށެވެ. އޭނާ ބުނީ މެޗުން މޮޅު ނުވުމުން ނުތަނަވަސްކަން އޮތް ކަމަށާއި، މެޗުގައި އިންގްލެންޑަށް ގިނަ ފުރުސަތު ތަކެއް ލިބުނު ކަމަށެވެ. އޭނާ ބުނީ އިންގްލެންޑަށް އެއް ފެންވަރުގައި ނުހިފޭއްޓުނީ ކަމަށެވެ.

އޭނާ ބުނީ މުބާާރާތުގައި އިންގްލެންޑަށް ގިނަ ގޮންޖެހުންތަކެއް ދިމާވި ކަމަށާއި، މުބާާރާތުގައި އިންގްލެންޑް އިން ކުޅުނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށެވެ. އެހެން ނަމަވެސް، މިއީ މުޅި މުބާރާތުގައި ޓީމުން ދެއްކި ކުޅުން ވަޒަން ކުރަންވީ ވަގުތު ނޫން ކަމަށާއި، މުހިންމު މެޗަކުން ބަލިވެ މުބާރާތުން ކެޓުމުގެ ހިތްދަތިކަން އޮތް ކަމަށް އޭނާ ބުންޏެވެ.

އިންގްލެންޑް އިން އާޖެންޓީނާއާ ދެކޮޅަށް ނުކުތީ 1966 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ފައިނަލްގެ ޖާގަ ހޯދުމަށެވެ. ނަމަވެސް އާޖެންޓީނާ އަތުން ބަލިވެ މުބާރާތުން ކެޓިއިރު، ގިނަ ބަޔަކު އަންނަނީ ޓުޗެލް އަށް ފާޑު ކިޔަމުންނެވެ.

ފީފާ ވަރލްޑް ކަޕް 2026އިނގިރޭސިވިލާތްތޯމަސް ޓުޗެލް

އިތުރަށް ކިޔާލަން

16 ޖުލައި 2026

ޑެޝޯމްޕްސްގެ ސުވާލެއް: "މިއީ ސެމީ ފައިނަލް މެޗެއް އިންސާފު ކުރެވޭ ފެންވަރުގެ ރެފްރީއެއްތަ؟"

16 ޖުލައި 2026
ޑެޝޯމްޕްސްގެ ސުވާލެއް: "މިއީ ސެމީ ފައިނަލް މެޗެއް އިންސާފު ކުރެވޭ ފެންވަރުގެ ރެފްރީއެއްތަ؟"
16 ޖުލައި 2026

މޮޅު ކުޅުންތެރިޔަކަށް މެސީ ވީ ސަބަބެއް އޮތީމާ، އަދި ވެސް ކުޅެނީ އެންމެ މަތީ ފެންވަރުގައި: ކޭން

16 ޖުލައި 2026
މޮޅު ކުޅުންތެރިޔަކަށް މެސީ ވީ ސަބަބެއް އޮތީމާ، އަދި ވެސް ކުޅެނީ އެންމެ މަތީ ފެންވަރުގައި: ކޭން
16 ޖުލައި 2026

ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ހާފް ޓައިމް 25 މިނެޓަށް ދިގު ދެމިގެން ދާނެ

16 ޖުލައި 2026
ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ހާފް ޓައިމް 25 މިނެޓަށް ދިގު ދެމިގެން ދާނެ
16 ޖުލައި 2026

ފައިނަލް އަށް ދިޔުމަށް ބޭނުންވާ ކުޅުމެއް ނުދެއްކުނު، ބަލިވީ ޓީމުގެ ރޭވުންތެރި ކަމެއް ނެތުމުން: އެމްބާޕޭ

16 ޖުލައި 2026
ފައިނަލް އަށް ދިޔުމަށް ބޭނުންވާ ކުޅުމެއް ނުދެއްކުނު، ބަލިވީ ޓީމުގެ ރޭވުންތެރި ކަމެއް ނެތުމުން: އެމްބާޕޭ
15 ޖުލައި 2026

ފަހަތުން އަރައި އިންގްލެންޑު ކަޓުވާލައި، ތަށި ދިފާއު ކުރަން އާޖެންޓީނާ ފައިނަލް އަަށް

15 ޖުލައި 2026
ފަހަތުން އަރައި އިންގްލެންޑު ކަޓުވާލައި، ތަށި ދިފާއު ކުރަން އާޖެންޓީނާ ފައިނަލް އަަށް
15 ޖުލައި 2026

އާޖެންޓިނާ އާ ދެކޮޅަށް ނުކުމެ އިންގްލެންޑަށް 60 އަހަރުވަންދެން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދިދާނެތަ؟

15 ޖުލައި 2026
އާޖެންޓިނާ އާ ދެކޮޅަށް ނުކުމެ އިންގްލެންޑަށް 60 އަހަރުވަންދެން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދިދާނެތަ؟
15 ޖުލައި 2026

އާޖެންޓީނާ އޮތީ ރަނގަޅު ފޯމެއްގައި، ފައިނަލްގެ އުންމީދު އެބަ އޮތް: ސްކަލޯނީ

15 ޖުލައި 2026
އާޖެންޓީނާ އޮތީ ރަނގަޅު ފޯމެއްގައި، ފައިނަލްގެ އުންމީދު އެބަ އޮތް: ސްކަލޯނީ
15 ޖުލައި 2026

1998 ވަނަ އަހަރު ބެކަމް އަށް ދެއްކި ފަދަ ރަތް ކާޑެއް މިފަހަރު ވެސް ދައްކައިފާނެ، އެ ހިތްދަތި ހަނދާން އަދިވެސް އެބަ ހުރި: ޝިއަރާ

15 ޖުލައި 2026
1998 ވަނަ އަހަރު ބެކަމް އަށް ދެއްކި ފަދަ ރަތް ކާޑެއް މިފަހަރު ވެސް ދައްކައިފާނެ، އެ ހިތްދަތި ހަނދާން އަދިވެސް އެބަ ހުރި: ޝިއަރާ
15 ޖުލައި 2026

ވޯލްޑް ކަޕް ސެމީ ފައިނަލް: އިންގްލެންޑް އާއި އާޖެންޓީނާ ބައްދަލު ކުރާ މެޗުގައި ސަލާމުކަން ދޭން ޖެހޭ ކުޅުންތެރިން!

15 ޖުލައި 2026
ވޯލްޑް ކަޕް ސެމީ ފައިނަލް: އިންގްލެންޑް އާއި އާޖެންޓީނާ ބައްދަލު ކުރާ މެޗުގައި ސަލާމުކަން ދޭން ޖެހޭ ކުޅުންތެރިން!
15 ޖުލައި 2026

އާޖެންޓީނާ އާއި އިންގްލެންޑު މެޗާ ދިމާކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފި

15 ޖުލައި 2026
އާޖެންޓީނާ އާއި އިންގްލެންޑު މެޗާ ދިމާކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު