Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

އާޖެންޓީނާ އޮތީ ރަނގަޅު ފޯމެއްގައި، ފައިނަލްގެ އުންމީދު އެބަ އޮތް: ސްކަލޯނީ

15 ޖުލައި 2026 | ބުދަ 06:08

ސްކަލޯނީ ބުނީ ޖެހި ޖެހިގެން ދެ ވަނަ ފަހަރަށް މުބާރާތުގެ ފައިނަލް އަށް ދިޔުމުގެ އުންމީދު އޮތް ކަމަށާއި، ސެމީ ފައިނަލްއާ ހަމައަށް ޓީމު ގެނެސްދިނުމުން ކުޅުންތެރިންނަށް ޝުކުރު އަދާ ކުރާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖުލައި 2026 | ބުދަ 06:08
ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އިންގްލެންޑްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާޖެންޓީނާގެ ކޯޗު ސްކަލޯނީ ވާހަކަ ދައްކަނީ.

ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އިންގްލެންޑްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާޖެންޓީނާގެ ކޯޗު ސްކަލޯނީ ވާހަކަ ދައްކަނީ. | ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އިންގްލެންޑްއާ ދެކޮޅަށް ނިކުންނައިރު، ޓީމު އޮތީ ރަނގަޅު ފޯމެއްގައި ކަމަށާއި، ފައިނަލް އަށް ދެވޭނެ ކަމުގެ އުންމީދު އޮތް ކަމަށް އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.

ސްކަލޯނީ މިހެން ބުނެފައި ވަނީ، ބުދަ ދުވަހުގެ ރޭ ދަންވަރު އިންގްލެންޑްއާ ދެކޮޅަށް ކުޅޭ ސެމީ ފައިނަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. ސްކަލޯނީ ބުނީ ޖެހި ޖެހިގެން ދެ ވަނަ ފަހަރަށް މުބާރާތުގެ ފައިނަލް އަށް ދިޔުމުގެ އުންމީދު އޮތް ކަމަށާއި، ސެމީ ފައިނަލްއާ ހަމައަށް ޓީމު ގެނެސްދިނުމުން ކުޅުންތެރިންނަށް ޝުކުރު އަދާ ކުރާ ކަމަށެވެ. 

މުބާރާތުގެ ސެމީ ފައިނަލްއާ ހަމައަށް އާޖެންޓީނާ އައިސްފައި ވަނީ، ނޮކްއައުޓް ބުރުގެ މެޗު ތަކުން އުނދަގޫ މޮޅެއް ހޯދައިގެންނެވެ. ގަދަ 32 ގައި ކޭޕް ވާޑް އަތުން 3-2 އިން މޮޅުވީއިރު، ގަދަ 16 ގައި މިޞްރު އަތުން ވެސް މޮޅުވެފައި ވަނީ 3-2 އިންނެވެ. އަދި ކުއާޓާ ފައިނަލްގައި ސްވިޒަލެންޑް އަތުން މޮޅުވެފައި ވަނީ 3-2 އިންނެވެ. 

މި ނަތީޖާތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، ސެމީ ފައިނަލް އަށް އާޖެންޓީނާ އަށް ދެވޭނެ ވާހަކަ މީގެ ދޮޅު މަސް ކުރިން ބުނި ނަމަވެސް، އެކަން އުފަލާ އެކު ޤަބޫލު ކުރާނެ ކަމަށެވެ. އެހެންކަމުން ސެމީ ފައިނަލްއާ ހަމައަށް އާޖެންޓީނާ އަށް އާދެވެނު ގޮތާ މެދު މައްސަލައެއް ނެތް ކަމަަށާއި، ކުޅުންތެރިން ވަރުބަލި ވިޔަސް މިވަގުތު އެކަމާ ކަންބޮޑުވުމެއް ނެތް ކަމަށް ސްކަލޯނީ ބުންޏެވެ.  

އާޖެންޓީނާާ އާއި އިންގްލެންޑްއާ ދެމެދު ސިޔާސީ ގޮތުން ބޮޑު ނުތަނަވަސް ކަމެއް އޮތް ނަމަވެސް، ސްކަލޯނީ ބުނީ އާޖެންޓީނާ ނިކުންނަނީ ފުޓުބޯޅަ މެޗަކަށް ކަމަށެވެ. އަދި މާޒީގައި ހިނގާފައިވާ ހިތާމަވެރި ސިޔާސީ ކަންކަމާއި މެޗާ ގުޅުވަން ބޭނުން ނުވާ ކަމަށް ސްކަލޯނީ ބުންޏެވެ. އާޖެންޓީނާގެ ހަމައެކަނި އަމާޒަކީ ދަނޑު މަތީގައި ރަނގަޅު ކުޅުމެއް ދެއްކުން ކަމަށް ވެސް ސްކަލޯނީ ބުނެފައިވެ އެވެ.

ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އިންގްލެންޑްއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، ހެރީ ކޭން އާއި ޖޫޑް ބެލިންހަމް ހުއްޓުވުމަކީ އުނދަގޫ މަސައްކަތަކަށް ވާނެ ކަމަށެވެ. މުބާރާތުގައި އިންގްލެންޑުން ޖެހި 13 ލަނޑު ތެރެއިން، 12 ލަނޑަކީ މި ދެ ކުޅުންތެރިން ހިއްސާ ވެގެން ޖެހި ލަނޑު ތަކެވެ. އެހެންކަމުން މި ދެ ކުޅުންތެރިން ހުއްޓުވުމަށް އާޖެންޓީނާގެ ފޯމޭޝަން އަށް ބަދަލު ގެނައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްކަލޯނީ ވަނީ ބުނެފައި އެވެ. 

2022 ވަނަ އަހަރު ޤަތަރުގައި އޮތް ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބު ކުރިއިރު، ސްކަލޯނީ އާއި އާޖެންޓީނާގެ އަމާޒަކީ މިފަހަރުގެ މުބާރާތް ކާމިޔާބުކޮށް، ތަށި ދިފާއު ކުރުމެވެ. އާޖެންޓީނާ އާއި އިންގްލެންޑު ބައްދަލު ކުރާ މެޗު ފަށާނީ ބުދަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ފީފާ ވަރލްޑް ކަޕް 2026އާޖެންޓީނާއިނގިރޭސިވިލާތްލިއޮނަލް ސްކަލޯނީ

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

މޯދީގެ ވީޑިއޯ މައްސަލައިގައި ޒަކަރބާގް މައާފަށް އެދިއްޖެ

އިތުރަށް ކިޔާލަން

15 ޖުލައި 2026

1998 ވަނަ އަހަރު ބެކަމް އަށް ދެއްކި ފަދަ ރަތް ކާޑެއް މިފަހަރު ވެސް ދައްކައިފާނެ، އެ ހިތްދަތި ހަނދާން އަދިވެސް އެބަ ހުރި: ޝިއަރާ

15 ޖުލައި 2026
1998 ވަނަ އަހަރު ބެކަމް އަށް ދެއްކި ފަދަ ރަތް ކާޑެއް މިފަހަރު ވެސް ދައްކައިފާނެ، އެ ހިތްދަތި ހަނދާން އަދިވެސް އެބަ ހުރި: ޝިއަރާ
15 ޖުލައި 2026

ވޯލްޑް ކަޕް ސެމީ ފައިނަލް: އިންގްލެންޑް އާއި އާޖެންޓީނާ ބައްދަލު ކުރާ މެޗުގައި ސަލާމުކަން ދޭން ޖެހޭ ކުޅުންތެރިން!

15 ޖުލައި 2026
ވޯލްޑް ކަޕް ސެމީ ފައިނަލް: އިންގްލެންޑް އާއި އާޖެންޓީނާ ބައްދަލު ކުރާ މެޗުގައި ސަލާމުކަން ދޭން ޖެހޭ ކުޅުންތެރިން!
15 ޖުލައި 2026

ސްކަލޯނީ: އާޖެންޓިނާ އަށް މިހިސާބަށް އާދެވުނު ގޮތް ބެލުން މުހިންމެއް ނޫން، ސެމީ ފައިނަލަށް އާދެވުނީތީ އުފާވޭ

15 ޖުލައި 2026
ސްކަލޯނީ: އާޖެންޓިނާ އަށް މިހިސާބަށް އާދެވުނު ގޮތް ބެލުން މުހިންމެއް ނޫން، ސެމީ ފައިނަލަށް އާދެވުނީތީ އުފާވޭ
15 ޖުލައި 2026

އާޖެންޓީނާ އާއި އިންގްލެންޑު މެޗާ ދިމާކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފި

15 ޖުލައި 2026
އާޖެންޓީނާ އާއި އިންގްލެންޑު މެޗާ ދިމާކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފި
15 ޖުލައި 2026

ތާާރީޚުން ބާރުވެރީ އާޖެންޓީނާ، އިންގްލެންޑު އޮތީ ތައްޔާރަށް: ޓުޗެލް

15 ޖުލައި 2026
ތާާރީޚުން ބާރުވެރީ އާޖެންޓީނާ، އިންގްލެންޑު އޮތީ ތައްޔާރަށް: ޓުޗެލް
15 ޖުލައި 2026

16 އަހަރަށް ފަހު ސްޕެއިން ވޯލްޑް ކަޕްގެ ފައިނަލް އަށް

15 ޖުލައި 2026
16 އަހަރަށް ފަހު ސްޕެއިން ވޯލްޑް ކަޕްގެ ފައިނަލް އަށް
14 ޖުލައި 2026

އިންގްލެންޑްއާ ދެކޮޅަށް އާޖެންޓީނާ އިން ބޭނުން ކުރާނީ އެ ޓީމުގެ ނޫ ކުލައިގެ ޖާޒީ!

14 ޖުލައި 2026
އިންގްލެންޑްއާ ދެކޮޅަށް އާޖެންޓީނާ އިން ބޭނުން ކުރާނީ އެ ޓީމުގެ ނޫ ކުލައިގެ ޖާޒީ!
14 ޖުލައި 2026

މެސީ ބާއްވާނީ އެނދުމަތީގައި، އިންގްލެންޑު ފައިނަލް އަށް ދާނެ: ޖޯ ކޯލް

14 ޖުލައި 2026
މެސީ ބާއްވާނީ އެނދުމަތީގައި، އިންގްލެންޑު ފައިނަލް އަށް ދާނެ: ޖޯ ކޯލް
14 ޖުލައި 2026

އިންގްލެންޑުގެ ބައިބައިވުމެއް ނެތް، މެސީއާ ދެކޮޅަށް މުޅި ޓީމު އޮތީ ތައްޔާރަށް!

14 ޖުލައި 2026
އިންގްލެންޑުގެ ބައިބައިވުމެއް ނެތް، މެސީއާ ދެކޮޅަށް މުޅި ޓީމު އޮތީ ތައްޔާރަށް!
14 ޖުލައި 2026

ފްރާންސްއާ ދެކޮޅަށް ސްޕެއިން ނިކުންނަނީ ހުރިހާ ޙާލަތަކަށް ތައްޔާރު ވެގެން: ފުއެންޓޭ

14 ޖުލައި 2026
ފްރާންސްއާ ދެކޮޅަށް ސްޕެއިން ނިކުންނަނީ ހުރިހާ ޙާލަތަކަށް ތައްޔާރު ވެގެން: ފުއެންޓޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް