Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ވޯލްޑް ކަޕް ސެމީ ފައިނަލް: އިންގްލެންޑް އާއި އާޖެންޓީނާ ބައްދަލު ކުރާ މެޗުގައި ސަލާމުކަން ދޭން ޖެހޭ ކުޅުންތެރިން!

15 ޖުލައި 2026 | ބުދަ 06:03

މި މެޗުގައި ދުނިޔޭގެ މަޝްހޫރު ގިނަ ކުޅުންތެރިންނާއި، ހުނަރުވެރި ޒުވާން ކުޅުންތެރިން ތަކެއް ވެސް ފެނިގެން ދާނެ. އޭގެ ތެރޭގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި، އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އަދި ޒުވާން ކުޅުންތެރިޔާ ޖޫޑް ބެލިންހަމް ފާހަގަ ކުރެވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖުލައި 2026 | ބުދަ 06:03
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި، އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން.

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި، އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން. | ގެޓީ އިމޭޖަސް

ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ބޮޑު ވާދަވެރި ކަމެއް އޮންނަ ދެ ޤައުމުގެ ކުރިމަތިލުން ބުދަ ދުވަހުގެ ރޭ އޮންނައިރު، މި މެޗުގައި ތާރީޚުގެ އައު ބާބެއް ލިޔެވިގެން ދާނެ އެވެ. އެމެރިކާގެ އެޓްލާންޓާގައި ކުޅޭ ސެމީ ފައިނަލް މެޗުގައި އިންގްލެންޑް އާއި އާޖެންޓީނާ ބައްދަލު ކުރާއިރު، މިއީ 21 އަހަރު ފަހުން މި ދެ ޤައުމު ބައްދަލު ކުރާ ފުރަތަމަ ފަހަރެވެ. 

މި މެޗުގައި ދުނިޔޭގެ މަޝްހޫރު ގިނަ ކުޅުންތެރިންނާއި، ހުނަރުވެރި ޒުވާން ކުޅުންތެރިން ތަކެއް ވެސް ފެނިގެން ދާނެ އެވެ. އޭގެ ތެރޭގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި، އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އަދި ޒުވާން ކުޅުންތެރިޔާ ޖޫޑް ބެލިންހަމް ފާހަގަ ކުރެވެ އެވެ. 

ޖޫޑް ބެލިންހަމް

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބެލިންހަމް އަކީ، މިފަހަރުގެ މުބާރާތުގައި އިންގްލެންޑުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. މުބާރާތުގެ އިންގްލެންޑަށް ސެމީ ފައިނަލް ގެނައީ ބެލިންހަމް ޖެހި ލަނޑާ އެކު އެވެ. ކުއާޓާ ފައިނަލްގައި ނޯވޭއާ ދެކޮޅަށް އޭނާ ލަނޑު ޖެހިއިރު، ގަދަ 16 ގައި މެކްސިކޯއާ ދެކޮޅަށް ވެސް ލަނޑު ޖެހި އެވެ. 

މުބާރާތުގައި ބެލިންހަމް ވަނީ މިހާތަނަށް ހަ ލަނޑު ޖަހައިފަ އެވެ. އަދި އެއް ލަނޑު ޖެހުމަށް އޭނާ ވަނީ އެހީތެރިވެދީފައި އެވެ. މުބާރާތުގެ ހަތަރު މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު އޭނާ ވަނީ ހޯދައިފަ އެވެ. ބެލިންހަމް އަކީ 1986 ވަނަ އަހަރު ޑިއޭގޯ މަރަޑޯނާ އަށް ފަހު، ވޯލްޑް ކަޕްގެ ދެ ނޮކްއައުޓް މެޗުގައި ދެ ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އެވެ.

މުބާރާތުގައި ނޯވޭއާ ދެކޮޅަށް ލަނޑު ޖެހުމަށް ފަހު ބެލިންހަމް އުފާ ފާޅު ކުރަނީ.

މުބާރާތުގައި ނޯވޭއާ ދެކޮޅަށް ލަނޑު ޖެހުމަށް ފަހު ބެލިންހަމް އުފާ ފާޅު ކުރަނީ. | ގެޓީ އިމޭޖަސް

ހެރީ ކޭން

އިންގްލެންޑުގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅެމުން އަންނަ ކޭން އަކީ، 2018 ވަނަ އަހަރު ރަޝިޔާާގައި އޮތް ވޯލްޑް ކަޕްގެ ރަން ބޫޓު ހޯދި ކުޅުންތެރިޔާ އެވެ. ކޭން ވެސް ވަނީ މިފަހަރުގެ ވޯލްޑް ކަޕްގައި ހަ ލަނޑު ޖަހައި، އެއް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި އެވެ. މުބާރާތުގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ކޭން ދެ ލަނޑު ޖެހިއިރު، ކޮންގޯއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އޭނާ ލަނޑު ޖެހި އެވެ. 

އިންގްލެންޑުގެ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކޭން އަކީ، ސެމީ ފައިނަލްގައި އާޖެންޓީނާ އަށް ކުރިމަތި ވާނެ ބިރެއް ކަމަށް ގިނަ ބަޔަކު އަންނަނީ ދެކެމުންނެވެ. 

އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން.

އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން. | ގެޓީ އިމޭޖަސް

އެންތަނީ ގޯޑަން

ނިއުކާސަލް އަށް ކުޅުމަށް ފަހު، ސްޕެއިންގެ ގަދަ ބާރު ބާސެލޯނާ އަށް ބަދަލުވި ގޯޑަން އަކީ އިންގްލެންޑުގެ ޓީމުގައި ފާހަގަ ކޮށްލެވޭ ކުޅުންތެރިޔެކެވެ. މުބާރާތުގައި އޭނާ ވަނީ މިހާތަނަށް ތިން ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި އެވެ. މުބާރާތުގެ ކުއާޓާ ފައިނަލްގައި ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގައި ބެލިންހަމް ޖެހި ފުރަތަމަ ލަނޑަކީ، ގޯޑަން ދިން ފުރުސަތެއްގައި ޖެހި ލަނޑެކެވެ. 

އިންގްލެންޑުގެ އެންތަނީ ގޯޑަން.

އިންގްލެންޑުގެ އެންތަނީ ގޯޑަން. | ގެޓީ އިމޭޖަސް

ލިއޮނަލް މެސީ

އާޖެންޓީނާގެ ލެޖެންޑް މެސީ އަކީ މި މުބާރާތުގައި ތަފާތު ދައްކަމުން އަންނަ އެއް ކުޅުންތެރިޔާ އެވެ. މިހާތަނަށް އަށް ލަނޑު ޖަހައިގެން އޭނާ އޮތީ މުބާރާތުގެ ރަން ބޫޓުގެ ރޭހުގެ ކުރީގައި އެވެ. މެސީ ވަނީ މިހާތަނަށް ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި އެވެ. މުބާރާތުގައި އަލްޖީރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ހެޓްރިކް ހެދިއިރު، އޮސްޓްރިއާ، ޖޯޑަން، ކޭޕް ވާޑް އަދި މިޞްރާ ދެކޮޅަށް ވެސް އޭނާ ލަނޑު ޖެހި އެވެ. 

މިއީ މެސީގެ ކެރިއަރުގައި އޭނާ އިންގްލެންޑްއާ ދެކޮޅަށް ނިކުންނާނެ ފުރަތަމަ ފަހަރެވެ. އަނެއް ކޮޅުން، އާޖެންޓީނާ އިން ތަށި ދިފާއު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ އެންމެ ބޮޑު އުންމީދަކީ ވެސް މެސީ އެވެ. މެސީ އަކީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. 

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ.

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ. | ގެޓީ އިމޭޖަސް

ލައުޓާރޯ މާޓިނޭޒް

އިޓަލީގެ އިންޓަރ މިލާން އަށް ކުޅެމުން އަންނަ މާޓިނޭޒް އަކީ، އާޖެންޓީނާގައި މުހިންމު ކުޅުންތެރިޔެކެވެ. މުބާރާތުގެ ކުއާޓާ ފައިނަލްގައި ސްވިޒަލެންޑްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ލަނޑު ޖެހި އެވެ. މުބާރާތުގައި މިހާތަނަށް ޖުމުލަ ދެ ލަނޑު ޖެހިއިރު، އެއް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައިވެ އެވެ. މިހާތަނަށް އާޖެންޓީނާ އިން ކުޅުނު ބޮޑެތި މެޗު ތަކުގައި އޭނާ ރަނގަޅު ކުޅުން ދައްކާފައިވެ އެވެ. 

އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒް.

އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒް. | ގެޓީ އިމޭޖަސް

އެލެކްސިސް މެކް އެލިސްޓާ

ލިވަޕޫލް އަށް ކުޅެމުން އަންނަ މެކް އެލިސްޓާ އަކީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބު ކުރި ޓީމުގައި އިސް ރޯލެއް އަދާ ކުރި ކުޅުންތެރިޔެކެވެ. މިފަހަރުގެ މުބާރާތުގައި ގިނަ ބަޔަކު ބޭނުން ވަނީ އޭނާގެ ފަރާތުން، ޤަތަރުގައި އޮތް މުބާރާތުގައި ދެއްކި ފަދަ ކުޅުމެއް ދެއްކުމަށެވެ. ކުއާޓާ ފައިނަލްގައި ސްވިޒަލެންޑްއާ ދެކޮޅަށް އާޖެންޓީނާ އިން ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖެހީ ވެސް އޭނާ އެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގައި އޭނާ އަށް ލިބިފައިވާ ތަޖުރިބާ، ބުދަ ދުވަހުގެ ރޭ އިންގްލެންޑްއާ ދެކޮޅަށް ކުޅޭއިރު އާޖެންޓީނާ އަށް ވަރަށް މުހިންމު ވާނެ ކަމަށް ބެލެވެ އެވެ. 

އާޖެންޓީނާގެ އެލެކްސިސް މެކް އެލިސްޓާ.

އާޖެންޓީނާގެ އެލެކްސިސް މެކް އެލިސްޓާ. | ގެޓީ އިމޭޖަސް

ފީފާ ވަރލްޑް ކަޕް 2026އާޖެންޓީނާއިނގިރޭސިވިލާތްފުޓްބޯޅަ

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

މޯދީގެ ވީޑިއޯ މައްސަލައިގައި ޒަކަރބާގް މައާފަށް އެދިއްޖެ

އިތުރަށް ކިޔާލަން

15 ޖުލައި 2026

އާޖެންޓީނާ އާއި އިންގްލެންޑު މެޗާ ދިމާކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފި

15 ޖުލައި 2026
އާޖެންޓީނާ އާއި އިންގްލެންޑު މެޗާ ދިމާކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފި
15 ޖުލައި 2026

ތާާރީޚުން ބާރުވެރީ އާޖެންޓީނާ، އިންގްލެންޑު އޮތީ ތައްޔާރަށް: ޓުޗެލް

15 ޖުލައި 2026
ތާާރީޚުން ބާރުވެރީ އާޖެންޓީނާ، އިންގްލެންޑު އޮތީ ތައްޔާރަށް: ޓުޗެލް
15 ޖުލައި 2026

16 އަހަރަށް ފަހު ސްޕެއިން ވޯލްޑް ކަޕްގެ ފައިނަލް އަށް

15 ޖުލައި 2026
16 އަހަރަށް ފަހު ސްޕެއިން ވޯލްޑް ކަޕްގެ ފައިނަލް އަށް
14 ޖުލައި 2026

އިންގްލެންޑްއާ ދެކޮޅަށް އާޖެންޓީނާ އިން ބޭނުން ކުރާނީ އެ ޓީމުގެ ނޫ ކުލައިގެ ޖާޒީ!

14 ޖުލައި 2026
އިންގްލެންޑްއާ ދެކޮޅަށް އާޖެންޓީނާ އިން ބޭނުން ކުރާނީ އެ ޓީމުގެ ނޫ ކުލައިގެ ޖާޒީ!
14 ޖުލައި 2026

މެސީ ބާއްވާނީ އެނދުމަތީގައި، އިންގްލެންޑު ފައިނަލް އަށް ދާނެ: ޖޯ ކޯލް

14 ޖުލައި 2026
މެސީ ބާއްވާނީ އެނދުމަތީގައި، އިންގްލެންޑު ފައިނަލް އަށް ދާނެ: ޖޯ ކޯލް
14 ޖުލައި 2026

އިންގްލެންޑުގެ ބައިބައިވުމެއް ނެތް، މެސީއާ ދެކޮޅަށް މުޅި ޓީމު އޮތީ ތައްޔާރަށް!

14 ޖުލައި 2026
އިންގްލެންޑުގެ ބައިބައިވުމެއް ނެތް، މެސީއާ ދެކޮޅަށް މުޅި ޓީމު އޮތީ ތައްޔާރަށް!
14 ޖުލައި 2026

ފްރާންސްއާ ދެކޮޅަށް ސްޕެއިން ނިކުންނަނީ ހުރިހާ ޙާލަތަކަށް ތައްޔާރު ވެގެން: ފުއެންޓޭ

14 ޖުލައި 2026
ފްރާންސްއާ ދެކޮޅަށް ސްޕެއިން ނިކުންނަނީ ހުރިހާ ޙާލަތަކަށް ތައްޔާރު ވެގެން: ފުއެންޓޭ
14 ޖުލައި 2026

ފެންނާނީ ޝައުޤުވެރި ސެމީ ފައިނަލެއް، ފޭވަރިޓުންނަކީ ސްޕެއިން: ޑެޝޯމްޕްސް

14 ޖުލައި 2026
ފެންނާނީ ޝައުޤުވެރި ސެމީ ފައިނަލެއް، ފޭވަރިޓުންނަކީ ސްޕެއިން: ޑެޝޯމްޕްސް
13 ޖުލައި 2026

ސެމީ ފައިނަލުގެ ޓީމުތަކުގެ ތެރެއިން ތަށި އުފުލާލުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ކޮން ގައުމަކަށް؟

13 ޖުލައި 2026
ސެމީ ފައިނަލުގެ ޓީމުތަކުގެ ތެރެއިން ތަށި އުފުލާލުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ކޮން ގައުމަކަށް؟
13 ޖުލައި 2026

ފްރާންސް ޓީމުގައި "ފްރާންސްގެ މީހަކު ނެތް" ކަމަށް، ސްޕެއިންގެ ކުރީގެ ބޮޑު ވަޒީރު ރަޖޯއީ ވިދާޅުވި މައްސަލަ ހޫނުވެއްޖެ

13 ޖުލައި 2026
ފްރާންސް ޓީމުގައި "ފްރާންސްގެ މީހަކު ނެތް" ކަމަށް، ސްޕެއިންގެ ކުރީގެ ބޮޑު ވަޒީރު ރަޖޯއީ ވިދާޅުވި މައްސަލަ ހޫނުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް