Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

1998 ވަނަ އަހަރު ބެކަމް އަށް ދެއްކި ފަދަ ރަތް ކާޑެއް މިފަހަރު ވެސް ދައްކައިފާނެ، އެ ހިތްދަތި ހަނދާން އަދިވެސް އެބަ ހުރި: ޝިއަރާ

15 ޖުލައި 2026 | ބުދަ 06:07

އެ މެޗުގެ ހަނދާންތައް އައު ކުރަމުން ޝިއަރާ ބުނީ، މެޗަށް ފަހު ދެ ޓީމު ބަހަށް އެރުމަށް މަޑު ކޮށްގެން ތިބިއިރު އާޖެންޓީނާގެ ކުޅުންތެރިން އުފާ ފާޅު ކުރަމުން ދިޔަ މަންޒަރު އަދިވެސް އޭނާގެ ލޯ މަތީން ފެންނަ ކަމަށް. އޭނާ ބުނި ގޮތުގައި އެއީ ވަރަށް ވަރުގަދަ ޓީމެއް އޮތް އަހަރެއް ކަމުން، އެ މުބާރާތުގައި ކާމިޔާބީއާ ހަމައަށް ނުދެވުމަކީ ލިބުނު ވަރަށް ބޮޑު މާޔޫސް ކަމެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖުލައި 2026 | ބުދަ 06:07
1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ގައި އާާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި އިންގްލެންޑުގެ ޑޭވިޑް ބެކަމް އަށް ރަތް ކާޑު ދައްކަނީ.

1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ގައި އާާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި އިންގްލެންޑުގެ ޑޭވިޑް ބެކަމް އަށް ރަތް ކާޑު ދައްކަނީ. | ރޮއިޓާސް

1998 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އާޖެންޓީނާ އަތުން ބަލިވެ ކެޓި ހިތްދަތި ހަނދާން އަދިވެސް އެބަ ހުރި ކަމަށާއި، އިންގްލެންޑަށް ތާރީޚު ބަދަލު ކުރެވޭނެ ކަމަށް އެ ޓީމުގެ ކުރީގެ ކެޕްޓަން އެލަން ޝިއަރާ ބުނެފި އެވެ.

އެފަހަރުގެ މުބާރާތުގެ ގަދަ 16 ގައި އާޖެންޓީނާ އިން ވަނީ ޕެނަލްޓީ ޖަހައިގެން އިންގްލެންޑު ކަޓުވާލައިފަ އެވެ. އޭރު އިންގްލެންޑުގެ ކެޕްޓަން އަކަށް ހުރީ ޝިއަރާ އެވެ. އޭނާ ބުނީ ބުދަ ދުވަހުގެ ރޭ އާޖެންޓީނާ ބަލިކޮށް، ފުޓުބޯޅައިގެ ތާރީޚުން ދާއިމީ ޖާގައެއް ހޯދުމުގެ ފުރުސަތު އިންގްލެންޑަށް އޮތް ކަަމަށް ޤަބޫލު ކުރާ ކަމަށެވެ. 

އެ މެޗުގެ ހަނދާންތައް އައު ކުރަމުން ޝިއަރާ ބުނީ، މެޗަށް ފަހު ދެ ޓީމު ބަހަށް އެރުމަށް މަޑު ކޮށްގެން ތިބިއިރު އާޖެންޓީނާގެ ކުޅުންތެރިން އުފާ ފާޅު ކުރަމުން ދިޔަ މަންޒަރު އަދިވެސް އޭނާގެ ލޯ މަތީން ފެންނަ ކަމަށެވެ. އޭނާ ބުނި ގޮތުގައި އެއީ ވަރަށް ވަރުގަދަ ޓީމެއް އޮތް އަހަރެއް ކަމުން، އެ މުބާރާތުގައި ކާމިޔާބީއާ ހަމައަށް ނުދެވުމަކީ ލިބުނު ވަރަށް ބޮޑު މާޔޫސް ކަމެކެވެ.

1998 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އިންގްލެންޑުގެ އޭރުގެ ކެޕްޓަން އެލަން ޝިއަރާ.

1998 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އިންގްލެންޑުގެ އޭރުގެ ކެޕްޓަން އެލަން ޝިއަރާ. | ރޮއިޓާސް

މިފަހަރުގެ ސެމީ ފައިނަލްއާ ގުޅޭ ގޮތުން ޝިއަރާ ބުނީ، މިއީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ލިއޮނަލް މެސީއާ ދެކޮޅަށް އިންގްލެންޑް ކުޅޭ ފުރަތަމަ ފަހަރު ކަމަށެވެ. އެކަމަށް އިޝާރާތް ކުރަމުން ޝިއަރާ ބުނީ، މެސީ ހުއްޓުވުމަށްޓަކައި އިންގްލެންޑުން އެއް ކުޅުންތެރިޔަކަށް ވުރެ، ގިނަ ކުޅުންތެރިން ބޭނުން ކުރަން ޖެހޭނެ ކަމަށެވެ. 

މެޗުގެ ތެރެއިން ކުރިމަތިވެދާނެ ގޮންޖެހުން ތަކަށް އިޝާރާތްކޮށް ޝިއަރާ ބުނީ، 1998 ވަނަ އަހަރު ޑޭވިޑް ބެކަމް އަށް ދެއްކި ރަތް ކާޑު ފަދަ ހާދިސާއެއް މި މެޗުގައި ވެސް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މިފަހަރުގެ މުބާރާތުގައި ރެފްރީންނާއި، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު)ގެ ނިންމުންތަކާ މެދު ކަންބޮޑުވުން އެބަ އޮތް ކަމަށާއި، ޚާއްސަކޮށް އާޖެންޓީނާ އާއި މިޞްރު ބައްދަލުކުރި މެޗުގައި ފެނުނު ފަދަ އާދަޔާ ހިލާފު ނިންމުން ތަކެއް މި މެޗުގައި ފެނިގެން ނުދާނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން ކުޅުންތެރިން ކެތްތެރިކަން އިސް ކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަ ކުރި އެވެ.

1998 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އިންގްލެންޑުގެ އޭރުގެ ކެޕްޓަން އެލަން ޝިއަރާ އަދި ޑޭވިޑް ބެކަމް އުފާ ފާޅު ކުރަނީ.

1998 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އިންގްލެންޑުގެ އޭރުގެ ކެޕްޓަން އެލަން ޝިއަރާ އަދި ޑޭވިޑް ބެކަމް އުފާ ފާޅު ކުރަނީ. | ރޮއިޓާސް

އާޖެންޓީނާ އަކީ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށް ވިޔަސް، މީގެ ހަތަރު އަހަރު ކުރިއާ އަޅާ ބަލާއިރު އެޓީމު މިހާރު އެހާ ވަރުގަދަ ނޫން ކަމަށް ޝިއަރާ ގަބޫލު ކުރެ އެވެ. ނަމަވެސް، އެ ޓީމަކީ ނަތީޖާ ނެރުމަށް ކުޅަދާނަ، ތަޖުރިބާކާރު ޓީމެއްކަން އޭނާ ފާހަގަ ކުރި އެވެ. އަނެއް ކޮޅުން، އިންގްލެންޑުގެ ހެރީ ކޭން އާއި ޖޫޑް ބެލިންހަމް ފަދަ ކުޅުންތެރިން ތިބީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށާއި، މެޗުގެ ނަތީޖާ ނެރުމުގައި މި ދެ ކުޅުންތެރިންގެ ދައުރު ބޮޑު ވާނެ ކަމަށް އޭނާ ވަނީ ބުނެފައި އެވެ. 

މެޗުގެ ނަތީޖާއާ މެދު ޝިއަރާ ބުނީ، އިންގްލެންޑުން އާޖެންޓީނާ ބަލިކުރާނެ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ. ނަމަވެސް، މިއީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށާއި، މުޅި މެޗު ނިމެންދެން ސަޕޯޓަރުން ތިބެން ޖެހޭނީ ވަރަށް ބޮޑު ހާސް ކަމެއްގެ ތެރޭގައި ކަމަށް އޭނާ ބުންޏެވެ.

ޝިއަރާގެ ނަސޭހަތަކީ 28 އަހަރު ފަހުން ވެސް އޭނާ ފަދައިން "މިހެން ވިނަމަ" ނުވަތަ "އެހެން ވިނަމަ" އޭ ބުނެ ހިތާމަ ކުރަން ނުޖެހޭނެ ފަދަ ނަތީޖާއެއް އިންގްލެންޑުގެ ކުޅުންތެރިން ނެރުމެވެ.

ފީފާ ވަރލްޑް ކަޕް 2026އާޖެންޓީނާއިނގިރޭސިވިލާތްއެލަން ޝިއަރާ

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

މޯދީގެ ވީޑިއޯ މައްސަލައިގައި ޒަކަރބާގް މައާފަށް އެދިއްޖެ

އިތުރަށް ކިޔާލަން

15 ޖުލައި 2026

ވޯލްޑް ކަޕް ސެމީ ފައިނަލް: އިންގްލެންޑް އާއި އާޖެންޓީނާ ބައްދަލު ކުރާ މެޗުގައި ސަލާމުކަން ދޭން ޖެހޭ ކުޅުންތެރިން!

15 ޖުލައި 2026
ވޯލްޑް ކަޕް ސެމީ ފައިނަލް: އިންގްލެންޑް އާއި އާޖެންޓީނާ ބައްދަލު ކުރާ މެޗުގައި ސަލާމުކަން ދޭން ޖެހޭ ކުޅުންތެރިން!
15 ޖުލައި 2026

އާޖެންޓީނާ އާއި އިންގްލެންޑު މެޗާ ދިމާކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފި

15 ޖުލައި 2026
އާޖެންޓީނާ އާއި އިންގްލެންޑު މެޗާ ދިމާކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފި
15 ޖުލައި 2026

ތާާރީޚުން ބާރުވެރީ އާޖެންޓީނާ، އިންގްލެންޑު އޮތީ ތައްޔާރަށް: ޓުޗެލް

15 ޖުލައި 2026
ތާާރީޚުން ބާރުވެރީ އާޖެންޓީނާ، އިންގްލެންޑު އޮތީ ތައްޔާރަށް: ޓުޗެލް
15 ޖުލައި 2026

16 އަހަރަށް ފަހު ސްޕެއިން ވޯލްޑް ކަޕްގެ ފައިނަލް އަށް

15 ޖުލައި 2026
16 އަހަރަށް ފަހު ސްޕެއިން ވޯލްޑް ކަޕްގެ ފައިނަލް އަށް
14 ޖުލައި 2026

އިންގްލެންޑްއާ ދެކޮޅަށް އާޖެންޓީނާ އިން ބޭނުން ކުރާނީ އެ ޓީމުގެ ނޫ ކުލައިގެ ޖާޒީ!

14 ޖުލައި 2026
އިންގްލެންޑްއާ ދެކޮޅަށް އާޖެންޓީނާ އިން ބޭނުން ކުރާނީ އެ ޓީމުގެ ނޫ ކުލައިގެ ޖާޒީ!
14 ޖުލައި 2026

މެސީ ބާއްވާނީ އެނދުމަތީގައި، އިންގްލެންޑު ފައިނަލް އަށް ދާނެ: ޖޯ ކޯލް

14 ޖުލައި 2026
މެސީ ބާއްވާނީ އެނދުމަތީގައި، އިންގްލެންޑު ފައިނަލް އަށް ދާނެ: ޖޯ ކޯލް
14 ޖުލައި 2026

އިންގްލެންޑުގެ ބައިބައިވުމެއް ނެތް، މެސީއާ ދެކޮޅަށް މުޅި ޓީމު އޮތީ ތައްޔާރަށް!

14 ޖުލައި 2026
އިންގްލެންޑުގެ ބައިބައިވުމެއް ނެތް، މެސީއާ ދެކޮޅަށް މުޅި ޓީމު އޮތީ ތައްޔާރަށް!
14 ޖުލައި 2026

ފްރާންސްއާ ދެކޮޅަށް ސްޕެއިން ނިކުންނަނީ ހުރިހާ ޙާލަތަކަށް ތައްޔާރު ވެގެން: ފުއެންޓޭ

14 ޖުލައި 2026
ފްރާންސްއާ ދެކޮޅަށް ސްޕެއިން ނިކުންނަނީ ހުރިހާ ޙާލަތަކަށް ތައްޔާރު ވެގެން: ފުއެންޓޭ
14 ޖުލައި 2026

ފެންނާނީ ޝައުޤުވެރި ސެމީ ފައިނަލެއް، ފޭވަރިޓުންނަކީ ސްޕެއިން: ޑެޝޯމްޕްސް

14 ޖުލައި 2026
ފެންނާނީ ޝައުޤުވެރި ސެމީ ފައިނަލެއް، ފޭވަރިޓުންނަކީ ސްޕެއިން: ޑެޝޯމްޕްސް
13 ޖުލައި 2026

ސެމީ ފައިނަލުގެ ޓީމުތަކުގެ ތެރެއިން ތަށި އުފުލާލުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ކޮން ގައުމަކަށް؟

13 ޖުލައި 2026
ސެމީ ފައިނަލުގެ ޓީމުތަކުގެ ތެރެއިން ތަށި އުފުލާލުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ކޮން ގައުމަކަށް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް