Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

އާޖެންޓީނާ އާއި އިންގްލެންޑު މެޗާ ދިމާކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފި

15 ޖުލައި 2026 | ބުދަ 04:45

އެޓްލަންޓާގެ ޕޮލިސް ޑިޕާޓްމަންޓް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ވޯލްޑް ކަޕްގެ ސެމީ ފައިނަލް އަށް އެ ސިޓީ ތައްޔާރު ވަމުން އަންނައިރު، ގިނަ އަދަދެއްގެ މީހުން ޒިޔާރަތް ކުރާނެތީ މުޅި ސިޓީގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައިވާ ކަމަށް. މެޗު ކުޅޭ ސްޓޭޑިއަމް އާއި، މުނިފޫހި ފިލުވުމުގެ ސަރަހައްދު ތަކުގެ އިތުރުން، މީހުން ގިނައިން އެއްވާ ތަންތަނުގައި އިތުރު ފުލުހުންނާއި ވަސީލަތްތައް ޤާއިމު ކޮށްފައިވާ ކަމަށް ވެސް އެ އިދާާރާ އިން ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖުލައި 2026 | ބުދަ 04:45
ސަލާމަތީ ކަންކަން ބަލަހައްޓާ އޮފިސަރުން ތަކެއް ހަތިޔާރާ އެކު ހަރަކާތްތެރިވާ މަންޒަރު.

ސަލާމަތީ ކަންކަން ބަލަހައްޓާ އޮފިސަރުން ތަކެއް ހަތިޔާރާ އެކު ހަރަކާތްތެރިވާ މަންޒަރު. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އިންގްލެންޑް އާއި އާޖެންޓީނާ ބައްދަލު ކުރާ މެޗާ ދިމާކޮށް، އެމެރިކާގެ އެޓްލަންޓާގެ ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަ ކޮށްފި އެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ވާދަވެރި ދެ ޤައުމުގެ ކުރިމަތިލުން އެޓްލަންޓާ ސްޓޭޑިއަމްގައި ކުރިއަށްދާއިރު، މިއީ 1966 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގެ ފައިނަލް އަށް ދިޔުމަށް އިންގްލެންޑުން ކުރާ އުންމީދު ގުޅިފައިވާ މެޗެވެ، އަނެއްކޮޅުން، ވޯލްޑް ކަޕްގެ ތަށި ދިފާއު ކުރުމަށް އާޖެންޓީނާ އިން ކުރަމުން އަންނަ މަސައްކަތުގެ އުންމީދީ މެޗެވެ.

އެޓްލަންޓާގެ ފުލުހުން ބުނީ ދެ ޤައުމުގެ ދެ މެދުގައި އޮތް ތާރީޚީ ނުތަނަވަސްކަމަށް ވަރަށް ބޮޑަށް ސަމާލުވެފައިވާ ކަމަށެވެ. 1982 ވަނަ އަހަރު ފޯކްލޭންޑް ހަނގުރާމައިގައި އިނގިރެސިވިލާތާއި އާޖެންޓީނާއާ ދެމެދު ހިނގި 74 ދުވަހުގެ ކުރިމަތިލުން ތަކުގައި އާޖެންޓީނާގެ 649 ސިފައިންނާއި، އިނގިރޭސިވިލާތުގެ 255 ސިފައިންގެ އިތުރުން އާންމުންގެ ތިން މީހުން ވަނީ މަރުވެފައި އެވެ. 

އެޓްލަންޓާގެ ޕޮލިސް ޑިޕާޓްމަންޓް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ވޯލްޑް ކަޕްގެ ސެމީ ފައިނަލް އަށް އެ ސިޓީ ތައްޔާރު ވަމުން އަންނައިރު، ގިނަ އަދަދެއްގެ މީހުން ޒިޔާރަތް ކުރާނެތީ މުޅި ސިޓީގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައިވާ ކަމަށެވެ. މެޗު ކުޅޭ ސްޓޭޑިއަމް އާއި، މުނިފޫހި ފިލުވުމުގެ ސަރަހައްދު ތަކުގެ އިތުރުން، މީހުން ގިނައިން އެއްވާ ތަންތަނުގައި އިތުރު ފުލުހުންނާއި ވަސީލަތްތައް ޤާއިމު ކޮށްފައިވާ ކަމަށް ވެސް އެ އިދާާރާ އިން ބުނެފައިވެ އެވެ. 

މި ފިޔަވަޅު ތަކަކީ ކުށް ކުރުން ހުއްޓުވުމަށާއި، އެންމެހާ ފަރާތް ތަކަށް ރައްކާތެރިކަމާ އެކު މި ތާރީޚީ މެޗު ބަލާލުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް އަޅާފައިވާ ފިޔަވަޅު ތަކެއް ކަމަށް ފުލުހުން ފާހަގަ ކުރި އެވެ.

މި މެޗުގެ ފޯރި ގަދަވެފައި ވަނީ މުބާރާތުގެ ފަދަ 16 ގައި މިޞްރު އަތުން އާޖެންޓީނާ މޮޅުވި މެޗަށް ފަހު، އެ ޓީމުގެ ކުޅުންތެރިން ފޯކްލޭންޑް ރަށް ތަކާއި، ޑިއޭގޯ މަރަޑޯނާ އަދި ލިއޮނަލް މެސީ އަށް ނިސަބްކޮށް ލަވަ ކިޔާފައިވާ ވީޑިއޯ އާންމުވުމާ ގުޅިގެންނެވެ. 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މަރަޑޯނާ ޖެހި މަޝްހޫރު "ހޭންޑް އޮފް ގޯޑް" ލަނޑާ އެކު އިންގްލެންޑު މުބާރާތުން ކެޓިއިރު، މިއީ ކެޕްޓަން މެސީ އޭނާގެ ކެރިއަރުގައި އިންގްލެންޑްއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗެވެ.

މިއީ ވޯލްޑް ކަޕްގެ މެޗެއްގައި 24 އަހަރަށް ފަހު މި ދެ ޤައުމު ބައްދަލު ކުރާ ފުރަތަމަ ފަހަރެވެ. މި ކުރިމަތިލުމާ ގުޅޭ ގޮތުން އާޖެންޓީނާގެ ހަނގުރާމައިގެ ބައިވެރިންގެ ފެޑެރޭޝަން އިން ބުނެފައި ވަނީ، ސިޔާސީ ކަންކަމަށް ވުރެ ބޮޑަށް ސަޕޯޓަރުން ފުޓުބޯޅަ އަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ. އެ ފެޑެރޭޝަން އިން ބުނި ގޮތުގައި، ޤައުމުގެ މިލްކުވެރި ކަމުގެ ދިފާއުގައި ކުރާ މަސައްކަތަކީ، ޑިޕްލޮމެސީގެ ތެރެއިން ކުރިއަށް ދާނެ ކަމެއް ކަމަށާއި، ކުޅިވަރުގެ ފޯރި އާއި ޤައުމީ މަސްލަހަތާ ދެމެދު ސާފު ރޮނގެއް ދަމަން ޖެހޭ ކަމަށެވެ. 

އެމެރިކާގައި ތިބި އިންގްލެންޑުގެ ސަޕޯޓަރުންގެ އަޚުލާގަށް ފުލުހުން ތައުރީފު ކޮށްފައި ވީ ނަމަވެސް، އިނގިރޭސިވިލާތުގައި ތިބި ސަޕޯޓަރުންނާ މެދު ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައި އެވެ. އެންމެ ފަހުން މުބާރާތުގެ ކުއާޓާ ފައިނަލްގައި ނޯވޭއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، 500 އަށް ވުރެ ގިނަ ހާދިސާ ހިނގައި، 100 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރު ކޮށްފައި އެވެ. އެހެންވެ، މިފަހަރު ސަލާމަތީ ބާރު ތަކުން ތިބީ ވަރަށް ބޮޑަށް ތައްޔާރު ވެގެންނެވެ. 

ފީފާ ވަރލްޑް ކަޕް 2026އާޖެންޓީނާއިނގިރޭސިވިލާތްފުޓްބޯޅަ

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

މޯދީގެ ވީޑިއޯ މައްސަލައިގައި ޒަކަރބާގް މައާފަށް އެދިއްޖެ

އިތުރަށް ކިޔާލަން

15 ޖުލައި 2026

ތާާރީޚުން ބާރުވެރީ އާޖެންޓީނާ، އިންގްލެންޑު އޮތީ ތައްޔާރަށް: ޓުޗެލް

15 ޖުލައި 2026
ތާާރީޚުން ބާރުވެރީ އާޖެންޓީނާ، އިންގްލެންޑު އޮތީ ތައްޔާރަށް: ޓުޗެލް
15 ޖުލައި 2026

16 އަހަރަށް ފަހު ސްޕެއިން ވޯލްޑް ކަޕްގެ ފައިނަލް އަށް

15 ޖުލައި 2026
16 އަހަރަށް ފަހު ސްޕެއިން ވޯލްޑް ކަޕްގެ ފައިނަލް އަށް
14 ޖުލައި 2026

އިންގްލެންޑްއާ ދެކޮޅަށް އާޖެންޓީނާ އިން ބޭނުން ކުރާނީ އެ ޓީމުގެ ނޫ ކުލައިގެ ޖާޒީ!

14 ޖުލައި 2026
އިންގްލެންޑްއާ ދެކޮޅަށް އާޖެންޓީނާ އިން ބޭނުން ކުރާނީ އެ ޓީމުގެ ނޫ ކުލައިގެ ޖާޒީ!
14 ޖުލައި 2026

މެސީ ބާއްވާނީ އެނދުމަތީގައި، އިންގްލެންޑު ފައިނަލް އަށް ދާނެ: ޖޯ ކޯލް

14 ޖުލައި 2026
މެސީ ބާއްވާނީ އެނދުމަތީގައި، އިންގްލެންޑު ފައިނަލް އަށް ދާނެ: ޖޯ ކޯލް
14 ޖުލައި 2026

އިންގްލެންޑުގެ ބައިބައިވުމެއް ނެތް، މެސީއާ ދެކޮޅަށް މުޅި ޓީމު އޮތީ ތައްޔާރަށް!

14 ޖުލައި 2026
އިންގްލެންޑުގެ ބައިބައިވުމެއް ނެތް، މެސީއާ ދެކޮޅަށް މުޅި ޓީމު އޮތީ ތައްޔާރަށް!
14 ޖުލައި 2026

ފްރާންސްއާ ދެކޮޅަށް ސްޕެއިން ނިކުންނަނީ ހުރިހާ ޙާލަތަކަށް ތައްޔާރު ވެގެން: ފުއެންޓޭ

14 ޖުލައި 2026
ފްރާންސްއާ ދެކޮޅަށް ސްޕެއިން ނިކުންނަނީ ހުރިހާ ޙާލަތަކަށް ތައްޔާރު ވެގެން: ފުއެންޓޭ
14 ޖުލައި 2026

ފެންނާނީ ޝައުޤުވެރި ސެމީ ފައިނަލެއް، ފޭވަރިޓުންނަކީ ސްޕެއިން: ޑެޝޯމްޕްސް

14 ޖުލައި 2026
ފެންނާނީ ޝައުޤުވެރި ސެމީ ފައިނަލެއް، ފޭވަރިޓުންނަކީ ސްޕެއިން: ޑެޝޯމްޕްސް
13 ޖުލައި 2026

ސެމީ ފައިނަލުގެ ޓީމުތަކުގެ ތެރެއިން ތަށި އުފުލާލުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ކޮން ގައުމަކަށް؟

13 ޖުލައި 2026
ސެމީ ފައިނަލުގެ ޓީމުތަކުގެ ތެރެއިން ތަށި އުފުލާލުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ކޮން ގައުމަކަށް؟
13 ޖުލައި 2026

ފްރާންސް ޓީމުގައި "ފްރާންސްގެ މީހަކު ނެތް" ކަމަށް، ސްޕެއިންގެ ކުރީގެ ބޮޑު ވަޒީރު ރަޖޯއީ ވިދާޅުވި މައްސަލަ ހޫނުވެއްޖެ

13 ޖުލައި 2026
ފްރާންސް ޓީމުގައި "ފްރާންސްގެ މީހަކު ނެތް" ކަމަށް، ސްޕެއިންގެ ކުރީގެ ބޮޑު ވަޒީރު ރަޖޯއީ ވިދާޅުވި މައްސަލަ ހޫނުވެއްޖެ
13 ޖުލައި 2026

އާޖެންޓީނާ މޮޅުވާން ބޭނުން ނުވާ ބަޔަކު އެބަ ތިބި، އެއީ ހިތްވަރެއް: ސްކަލޯނީ

13 ޖުލައި 2026
އާޖެންޓީނާ މޮޅުވާން ބޭނުން ނުވާ ބަޔަކު އެބަ ތިބި، އެއީ ހިތްވަރެއް: ސްކަލޯނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް