Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ފަހަތުން އަރައި އިންގްލެންޑު ކަޓުވާލައި، ތަށި ދިފާއު ކުރަން އާޖެންޓީނާ ފައިނަލް އަަށް

15 ޖުލައި 2026 | ބުދަ 21:17

މެޗުގައި އިންގްލެންޑް އިން ދެ ލަނޑު ޖަހާފައި ވަނިކޮށް، އާޖެންޓީނާ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖުލައި 2026 | ބުދަ 21:17
މެޗުގައި ލަނޑު ޖެހުމަށް ފަހު އާޖެންޓީނާގެ ފެނާންޑޭޒް އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު އާޖެންޓީނާގެ ފެނާންޑޭޒް އުފާ ފާޅު ކުރަނީ. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ފަހަތުން އަރައި އިންގްލެންޑު ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

ބުދަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު އާޖެންޓީނާ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި އިންގްލެންޑް އިން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، އާޖެންޓީނާ އިން ވަނީ ފަަހަތުން އަރައި ދެ ލަނޑު ޖަހައިފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި އިންގްލެންޑް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އެންތަނީ ގޯޑަން އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ މޯގަން ރޮޖާސް އެވެ.

އިންގްލެންޑް އިން ލީޑު ނެގި ފަހުން އާޖެންޓީނާ އިން ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ލަނޑު ޖަހަން މަސައްކަތް ކޮަށްފައި އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް އާޖެންޓީނާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެންޒޯ ފެނާންޑޭޒް އެވެ. އެއީ ކެޕްޓަން ލިއޮނަލް މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އާޖެންޓީނާ އަށް ލީޑު ނަގައިދިނީ ލައުޓާރޯ މާޓިނޭޒް އެވެ. އެ ލަނޑު ޖަހަން މާޓިނޭޒް އަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ މެސީ އެވެ.

މުބާރާތުގެ ފައިނަލްގައި އާޖެންޓީނާ ނިކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ.

ފީފާ ވަރލްޑް ކަޕް 2026އާޖެންޓީނާއިނގިރޭސިވިލާތްފުޓްބޯޅަ

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

މޯދީގެ ވީޑިއޯ މައްސަލައިގައި ޒަކަރބާގް މައާފަށް އެދިއްޖެ

އިތުރަށް ކިޔާލަން

15 ޖުލައި 2026

އާޖެންޓީނާ އޮތީ ރަނގަޅު ފޯމެއްގައި، ފައިނަލްގެ އުންމީދު އެބަ އޮތް: ސްކަލޯނީ

15 ޖުލައި 2026
އާޖެންޓީނާ އޮތީ ރަނގަޅު ފޯމެއްގައި، ފައިނަލްގެ އުންމީދު އެބަ އޮތް: ސްކަލޯނީ
15 ޖުލައި 2026

1998 ވަނަ އަހަރު ބެކަމް އަށް ދެއްކި ފަދަ ރަތް ކާޑެއް މިފަހަރު ވެސް ދައްކައިފާނެ، އެ ހިތްދަތި ހަނދާން އަދިވެސް އެބަ ހުރި: ޝިއަރާ

15 ޖުލައި 2026
1998 ވަނަ އަހަރު ބެކަމް އަށް ދެއްކި ފަދަ ރަތް ކާޑެއް މިފަހަރު ވެސް ދައްކައިފާނެ، އެ ހިތްދަތި ހަނދާން އަދިވެސް އެބަ ހުރި: ޝިއަރާ
15 ޖުލައި 2026

ވޯލްޑް ކަޕް ސެމީ ފައިނަލް: އިންގްލެންޑް އާއި އާޖެންޓީނާ ބައްދަލު ކުރާ މެޗުގައި ސަލާމުކަން ދޭން ޖެހޭ ކުޅުންތެރިން!

15 ޖުލައި 2026
ވޯލްޑް ކަޕް ސެމީ ފައިނަލް: އިންގްލެންޑް އާއި އާޖެންޓީނާ ބައްދަލު ކުރާ މެޗުގައި ސަލާމުކަން ދޭން ޖެހޭ ކުޅުންތެރިން!
15 ޖުލައި 2026

އާޖެންޓީނާ އާއި އިންގްލެންޑު މެޗާ ދިމާކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފި

15 ޖުލައި 2026
އާޖެންޓީނާ އާއި އިންގްލެންޑު މެޗާ ދިމާކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފި
15 ޖުލައި 2026

ތާާރީޚުން ބާރުވެރީ އާޖެންޓީނާ، އިންގްލެންޑު އޮތީ ތައްޔާރަށް: ޓުޗެލް

15 ޖުލައި 2026
ތާާރީޚުން ބާރުވެރީ އާޖެންޓީނާ، އިންގްލެންޑު އޮތީ ތައްޔާރަށް: ޓުޗެލް
15 ޖުލައި 2026

16 އަހަރަށް ފަހު ސްޕެއިން ވޯލްޑް ކަޕްގެ ފައިނަލް އަށް

15 ޖުލައި 2026
16 އަހަރަށް ފަހު ސްޕެއިން ވޯލްޑް ކަޕްގެ ފައިނަލް އަށް
14 ޖުލައި 2026

އިންގްލެންޑްއާ ދެކޮޅަށް އާޖެންޓީނާ އިން ބޭނުން ކުރާނީ އެ ޓީމުގެ ނޫ ކުލައިގެ ޖާޒީ!

14 ޖުލައި 2026
އިންގްލެންޑްއާ ދެކޮޅަށް އާޖެންޓީނާ އިން ބޭނުން ކުރާނީ އެ ޓީމުގެ ނޫ ކުލައިގެ ޖާޒީ!
14 ޖުލައި 2026

މެސީ ބާއްވާނީ އެނދުމަތީގައި، އިންގްލެންޑު ފައިނަލް އަށް ދާނެ: ޖޯ ކޯލް

14 ޖުލައި 2026
މެސީ ބާއްވާނީ އެނދުމަތީގައި، އިންގްލެންޑު ފައިނަލް އަށް ދާނެ: ޖޯ ކޯލް
14 ޖުލައި 2026

އިންގްލެންޑުގެ ބައިބައިވުމެއް ނެތް، މެސީއާ ދެކޮޅަށް މުޅި ޓީމު އޮތީ ތައްޔާރަށް!

14 ޖުލައި 2026
އިންގްލެންޑުގެ ބައިބައިވުމެއް ނެތް، މެސީއާ ދެކޮޅަށް މުޅި ޓީމު އޮތީ ތައްޔާރަށް!
14 ޖުލައި 2026

ފްރާންސްއާ ދެކޮޅަށް ސްޕެއިން ނިކުންނަނީ ހުރިހާ ޙާލަތަކަށް ތައްޔާރު ވެގެން: ފުއެންޓޭ

14 ޖުލައި 2026
ފްރާންސްއާ ދެކޮޅަށް ސްޕެއިން ނިކުންނަނީ ހުރިހާ ޙާލަތަކަށް ތައްޔާރު ވެގެން: ފުއެންޓޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް