Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

މޮޅު ކުޅުންތެރިޔަކަށް މެސީ ވީ ސަބަބެއް އޮތީމާ، އަދި ވެސް ކުޅެނީ އެންމެ މަތީ ފެންވަރުގައި: ކޭން

16 ޖުލައި 2026 | ބުރާސްފަތި 06:24

މެެޗުގައި މެސީ ދެއްކި ކުޅުމަށް ތައުރީފު ކުރަމުން ކޭން ބުނީ، އިންގްލެންޑުން ކުޅެމުން ދިޔައީ ދުނިޔޭގައި ހުރި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ހުރި ޓީމާ ދެކޮޅަށް ކަމަށް. ނަމަވެސް، އިންގްލެންޑަށް މެޗު ގެއްލުނީ އެ ޓީމަށް ހެދުނު ގޯސް ތަކެއްގެ ސަބަބުން ކަމަށް ކޭން ވެސް ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖުލައި 2026 | ބުރާސްފަތި 06:24
ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އިންގްލެންޑާއި އާޖެންޓީނާ ބައްދަލު ކުރި މެޗަށް ފަހު ކޭން އާއި މެސީ ވާހަކަ ދައްކަނީ.

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އިންގްލެންޑާއި އާޖެންޓީނާ ބައްދަލު ކުރި މެޗަށް ފަހު ކޭން އާއި މެސީ ވާހަކަ ދައްކަނީ. | ގެޓީ އިމޭޖަސް

އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފި އެވެ.

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އާޖެންޓީނާ އަތުން ބަލިވި މެޗަށް ފަހު ވާހަކަ ދައްކަމުން ކޭން ބުނީ، މެސީ އަދި ވެސް އަންނަނީ އެންމެ މަތީ ފެންވަރުގައި ކުޅެމުން ކަމަށެވެ. 

މެޗުގެ ބޮޑު ބައެއްގައި އިންގްލެންޑް އިން މެސީއާ ވަރަށް ރަނގަޅަށް ކުރިމަތިލި ކަމަށާއި، ނަމަވެސް ދުނިޔޭގެ އެންމެ ނުރައްކާތެރި ކުޅުންތެރިޔާ އަށް ބޯޅަ ލިބުމުން ކަންކަން ބަދަލު ކޮށްލެވޭ ކަމަށް ކޭން ބުންޏެވެ. އެއާ އެކު ކޭން ބުނީ، ހަގީގަތުގައި ވެސް އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި މެސީ ހިމެނެނީ ސަބަބެއް އޮތީމަ ކަމަށާއި، މިއަދު އަނެއްކާ ވެސް މެސީ އެކަން ސާބިތު ކޮށްދީފައިވާ ކަމަށެވެ.

މެެޗުގައި މެސީ ދެއްކި ކުޅުމަށް ތައުރީފު ކުރަމުން ކޭން ބުނީ، އިންގްލެންޑުން ކުޅެމުން ދިޔައީ ދުނިޔޭގައި ހުރި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ހުރި ޓީމާ ދެކޮޅަށް ކަމަށެވެ. ނަމަވެސް، އިންގްލެންޑަށް މެޗު ގެއްލުނީ އެ ޓީމަށް ހެދުނު ގޯސް ތަކެއްގެ ސަބަބުން ކަމަށް ކޭން ވެސް ވަނީ ބުނެފައި އެވެ.

އިންގްލެންޑްއާ ދެކޮޅަށް ކުޅުނު މެޗުގައި ކޭން އާއި ގޯޑަން ކައިރިން ބޯޅަ ހިފައިގެން މެސީ ކުރިއަށް ދަނީ.

އިންގްލެންޑްއާ ދެކޮޅަށް ކުޅުނު މެޗުގައި ކޭން އާއި ގޯޑަން ކައިރިން ބޯޅަ ހިފައިގެން މެސީ ކުރިއަށް ދަނީ. | ގެޓީ އިމޭޖަސް

އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ދެއްކި ވާހަކަ.

ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިޔުގައި ކޭން ބުނީ، މެޗުން ބަލިވުމުން ވަރަށް ބޮޑަށް ހިތާމަ ކުރާ ކަމަށެވެ. އޭނާ ބުނީ ކުޅުންތެރިންނާއި، ކޯޗިން އޮފިޝަލުން ވެސް ތިބީ ވަރަށް ބޮޑަށް ދެރަވެފައި ކަމަށެވެ. މެޗުގެ ބޮޑު ބައިގައި އިންގްލެންޑް އިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށް އޭނާ ބުންޏެވެ.

ނަަމަވެސް، އެއް ލަނޑުގެ ލީޑު ލިބުނު ފަހުން އިންގްލެންޑަށް ދެއްކުނީ އެންމެ އެކަށީގެންވާ ކުޅުން ނޫން ކަމަށް ކޭން ވަނީ ބުނެފައި އެވެ. އަދި އެއީ މި ފެންވަރުގައި ކާމިޔާބު ހޯދަން ބޭނުންވާ ވަރުގެ ކުޅުމެއް ނޫން ކަމަށް ވެސް އޭނާ ވަނީ ބުނެފައި އެވެ. މުބާރާތުގެ ސެމީ ފައިނަލްއާ ހަމައަށް އައުމަށް ވަރަށް ބުރަ މަސައްކަތް ކުރަން ޖެހުނު ކަމަށް ކޭން ވަނީ ބުނެފައި އެވެ. 

މީގެ އިތުރުން ކޭން ވަނީ އޭނާގެ ރިޓަޔާމަންޓްއާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކައިފަ އެވެ. އެގޮތުން ކޭން ބުނީ އެކަމުގައި ބުނާނެ ވަކި އެއްޗެއް އޭނާ އަށް ނޭނގޭ ކަމަށެވެ. ނަމަވެސް، ދެން ވޯލްޑް ކަޕެއް އޮންނާނީ ހަތަރު އަހަރު ފަހުން ކަމަށާއި، ހަތަރު އަހަރަކީ ވަރަށް ގިނަ ދުވަސް ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް، އުމުރުން ދުވަސްވި ނަމަވެސް މެސީ ދައްކަމުން އަންނަނީ ވެސް ފާހަގަ ކޮށްލެވޭ ކުޅުމެއް ކަމަށް ފާހަގަކޮށް ކޭން ބުނީ، އޭނާ އަދި ވަކި ނިންމުމެއް ނުނިންމާ ކަމަށެވެ. 

ފީފާ ވަރލްޑް ކަޕް 2026އިނގިރޭސިވިލާތްހެރީ ކޭންލިއޮނެލް މެސީ

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

މޯދީގެ ވީޑިއޯ މައްސަލައިގައި ޒަކަރބާގް މައާފަށް އެދިއްޖެ

އިތުރަށް ކިޔާލަން

16 ޖުލައި 2026

ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ހާފް ޓައިމް 25 މިނެޓަށް ދިގު ދެމިގެން ދާނެ

16 ޖުލައި 2026
ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ހާފް ޓައިމް 25 މިނެޓަށް ދިގު ދެމިގެން ދާނެ
16 ޖުލައި 2026

ފައިނަލް އަށް ދިޔުމަށް ބޭނުންވާ ކުޅުމެއް ނުދެއްކުނު، ބަލިވީ ޓީމުގެ ރޭވުންތެރި ކަމެއް ނެތުމުން: އެމްބާޕޭ

16 ޖުލައި 2026
ފައިނަލް އަށް ދިޔުމަށް ބޭނުންވާ ކުޅުމެއް ނުދެއްކުނު، ބަލިވީ ޓީމުގެ ރޭވުންތެރި ކަމެއް ނެތުމުން: އެމްބާޕޭ
15 ޖުލައި 2026

ފަހަތުން އަރައި އިންގްލެންޑު ކަޓުވާލައި، ތަށި ދިފާއު ކުރަން އާޖެންޓީނާ ފައިނަލް އަަށް

15 ޖުލައި 2026
ފަހަތުން އަރައި އިންގްލެންޑު ކަޓުވާލައި، ތަށި ދިފާއު ކުރަން އާޖެންޓީނާ ފައިނަލް އަަށް
15 ޖުލައި 2026

އާޖެންޓިނާ އާ ދެކޮޅަށް ނުކުމެ އިންގްލެންޑަށް 60 އަހަރުވަންދެން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދިދާނެތަ؟

15 ޖުލައި 2026
އާޖެންޓިނާ އާ ދެކޮޅަށް ނުކުމެ އިންގްލެންޑަށް 60 އަހަރުވަންދެން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދިދާނެތަ؟
15 ޖުލައި 2026

އާޖެންޓީނާ އޮތީ ރަނގަޅު ފޯމެއްގައި، ފައިނަލްގެ އުންމީދު އެބަ އޮތް: ސްކަލޯނީ

15 ޖުލައި 2026
އާޖެންޓީނާ އޮތީ ރަނގަޅު ފޯމެއްގައި، ފައިނަލްގެ އުންމީދު އެބަ އޮތް: ސްކަލޯނީ
15 ޖުލައި 2026

1998 ވަނަ އަހަރު ބެކަމް އަށް ދެއްކި ފަދަ ރަތް ކާޑެއް މިފަހަރު ވެސް ދައްކައިފާނެ، އެ ހިތްދަތި ހަނދާން އަދިވެސް އެބަ ހުރި: ޝިއަރާ

15 ޖުލައި 2026
1998 ވަނަ އަހަރު ބެކަމް އަށް ދެއްކި ފަދަ ރަތް ކާޑެއް މިފަހަރު ވެސް ދައްކައިފާނެ، އެ ހިތްދަތި ހަނދާން އަދިވެސް އެބަ ހުރި: ޝިއަރާ
15 ޖުލައި 2026

ވޯލްޑް ކަޕް ސެމީ ފައިނަލް: އިންގްލެންޑް އާއި އާޖެންޓީނާ ބައްދަލު ކުރާ މެޗުގައި ސަލާމުކަން ދޭން ޖެހޭ ކުޅުންތެރިން!

15 ޖުލައި 2026
ވޯލްޑް ކަޕް ސެމީ ފައިނަލް: އިންގްލެންޑް އާއި އާޖެންޓީނާ ބައްދަލު ކުރާ މެޗުގައި ސަލާމުކަން ދޭން ޖެހޭ ކުޅުންތެރިން!
15 ޖުލައި 2026

ސްކަލޯނީ: އާޖެންޓިނާ އަށް މިހިސާބަށް އާދެވުނު ގޮތް ބެލުން މުހިންމެއް ނޫން، ސެމީ ފައިނަލަށް އާދެވުނީތީ އުފާވޭ

15 ޖުލައި 2026
ސްކަލޯނީ: އާޖެންޓިނާ އަށް މިހިސާބަށް އާދެވުނު ގޮތް ބެލުން މުހިންމެއް ނޫން، ސެމީ ފައިނަލަށް އާދެވުނީތީ އުފާވޭ
15 ޖުލައި 2026

އާޖެންޓީނާ އާއި އިންގްލެންޑު މެޗާ ދިމާކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފި

15 ޖުލައި 2026
އާޖެންޓީނާ އާއި އިންގްލެންޑު މެޗާ ދިމާކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފި
15 ޖުލައި 2026

ތާާރީޚުން ބާރުވެރީ އާޖެންޓީނާ، އިންގްލެންޑު އޮތީ ތައްޔާރަށް: ޓުޗެލް

15 ޖުލައި 2026
ތާާރީޚުން ބާރުވެރީ އާޖެންޓީނާ، އިންގްލެންޑު އޮތީ ތައްޔާރަށް: ޓުޗެލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް