Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

މި ސަރުކާރަށް ފޯނުގެ އަތްގަނޑު ވެސް ހިއްލާ ނުލެވޭ..

21 ޖޫން 2026 | އާދީއްތަ 11:42

ދައުލަތުގެ މުއައްސަސާތަކުން އިސްނަގައިގެން މައުލޫމާތު ހާމަކުރުމުގެ ބަދަލުގައި، މައުލޫމާތު ހިފެހެއްޓުމުގެ ސަގާފަތެއް އާލާވަމުންދާތީ އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައި. ޚަރަދުތަކާއި މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ކުރާ މަސައްކަތަށް އިދާރާތަކުން އެއްބާރުލުން ނުދޭއިރު، މިއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާވެސް ޚިލާފު އަމަލެއް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ޖޫން 2026 | އާދީއްތަ 11:42
ވެލާނާގެއަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ އިމާރާތެއް

ވެލާނާގެއަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ އިމާރާތެއް | ރާއްޖެއެމްވީ

ހާމަކަން ބޮޑުކުރުމަކީ ހެޔޮވެރިކަމެއްގެ އެންމެ މުހިންމު އެއް އަސާސް ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ. ނަމަވެސް، ހާމަކަން ބޮޑުކުރުމަކީ ހަމައެކަނި އިދާރާއަކުން ބޭނުންވާ ވަކި މައުލޫމާތުތަކެއް އާންމުކުރުން ނުވަތަ މުއާމަލާތްކުރާނެ ރަސްމީ ވަސީލަތްތަކެއް ހުރުމެއް ނޫނެވެ.

ހާމަކަން ބޮޑުވުމަކީ ދައުލަތުގެ މުއައްސަސާތަކުން މަސައްކަތްކުރާ ގޮތާއި ނިންމުންތައް ނިންމާ ގޮތް އާންމުންނަށް ސާފުކޮށް އެނގޭނެހެން، މެދުކެނޑުމެއް ނެތި، އިސްނަގައިގެން އެކަން ކުރުމެވެ.

ދިވެހިރާއްޖޭގައި ސަރުކާރުގެ އެކި އިދާރާތަކުގެ ހާމަކަން ހުރި މިންވަރާ މެދު މިއަދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެންމެ ބޮޑު މައްސަލައަކަށް ވަނީ އިސްނަގައިގެން މައުލޫމާތު ހާމަކުރުމުގެ ސަގާފަތެއް ނެތުމެވެ. ނުވިތާކަށް ގުޅައިގެން މައުލޫމާތު ހޯދަން ކުރާ މަސައްކަތް ވެސް ފަނުފުލުން ދިއުމެވެ.

މި ދައްކަނީ ވަކި ވުޒާރާއެއްގެ ވާހަކައެއް ނޫނެވެ. ޖުމުލަކޮށް ދައުލަތުގެ ހުރިހާ ވުޒާރާއަކަށް ބެލިނަމަވެސް، ފެންނަން އޮތީ މި މަންޒަރެވެ.

މައުލޫމާތު ހާމަކުރުން އެއް ފަރާތުގައި ބާއްވާށެވެ. އެންމެ ކުޑަމިނުން ފޯނުގެ އަތްގަނޑު ހިއްލާލެވެނީ ވެސް ދައުލަތުގެ މަދު ވުޒާރާއަކަށެވެ.

ދައުލަތުގެ ޚަރަދުތަކާއި، ސިޔާސަތުތައް ތަންފީޒުކުރާ ގޮތާއި، މަޝްރޫއުތައް ކުރިއަށްދާ މިންވަރާއި، ޕްރޮކިއުމަންޓް ނިންމުންތަކުގެ އިތުރުން މުއައްސަސާތަކުގެ މަސައްކަތުގެ ފެންވަރާ ގުޅޭ މުހިންމު މައުލޫމާތުތައް، ސުވާލު ނުއުފައްދާހާ ހިނދަކު އާންމުކޮށް ހާމައެއް ނުކުރެއެވެ. ސުވާލު އުފެއްދުމުން ދެން ފެނިގެންދަނީ މައުލޫމާތު ހޯދަން ހުރި ހުރަސްތަކާއި، މައުލޫމާތު ހިފަހައްޓަން ސަރުކާރުން އުޅޭ މިންވަރެވެ.

މައުލޫމާތު ހޯދަން އެދުމުން އެތައް ދުވަހެއް ވަންދެން ޖަވާބު ނުލިބި ހުރުމާއި، ޚަބަރުގެ މުހިންމުކަން ކެނޑޭ ފަހުން ޖަވާބު ލިބުމާއި، އަދި އާންމު މަސްލަހަތާ ގުޅުންހުރި ކަންކަމުގައި އިދާރާތަކުން އެންމެ ސައްޙަނޫން މައުލޫމާތު ހިއްސާކުރުމަކީ މިއަދު އާންމު ކަމެކެވެ.

ހަގީގަތުގައި ސަރުކާރު މި ހިނގަމުންދަނީ މައުލޫމާތު ދިނުމާއި ހާމަ ކުރުން އަދި ވެރިކަން ހިންގުމުގެ ޤަވާއިދުތަކާ ވެސް ޚިލާފަށްކަމަށް ދެންނެވިދާނެއެވެ. ސަބަބަކީ މައުލޫމާތަށް އެދެންދެން މަޑުކުރުމުގެ ބަދަލުގައި، އާންމު މަސްލަހަތު ހިމެނޭ މައުލޫމާތުތައް މުއައްސަސާތަކުން ގަވާއިދުން ޝާއިއުކުރަން ޤާނޫނުން ވެސް ލާޒިމު ކުރާއިރު، އެކަން ކުރާ މުއައްސަސާއެއް ނެތޭ ދެންނެވުމަކީވެސް ކުށަކަށް ނުވާނެއެވެ.

 މައުލޫމާތު ހާމަކުރުމުގެ ސަގާފަތް ބިނާކުރުމަކީ ދައުލަތުގެ މުއައްސަސާތަކުން މިހާރުން މިހާރަށް ކުރަންޖެހޭ މުހިންމު ކަމެކެވެ. އާންމު ރައްޔިތުންގެ ފައިސާ ޚަރަދުކުރާ ގޮތާއި ސިޔާސަތުތައް ތަންފީޒުކުރާ ގޮތް ރައްޔިތުންނަށް އެނގުމަކީ އެމީހުންގެ ހައްގެކެވެ.

ޓްރާންސްޕޭރަންސީޑަބްލިއު މޯލްޑިވްސްމައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ގާނޫނޫހެޔޮވެރިކަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

14 ޖޫން 2026

ތެލަސީމިއާ ޕޭޝަންޓުންގެ ދަތިތަކަށް ޙައްލު ހޯދައިނުދީ ރައީސް ވިދާޅުވީ ކުއްލި ހާލަތްތަކުގައި ބޭނުންވާ ވަގުތަށް ލޭ ލިބުމަކީ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެއްކަމަށް!

14 ޖޫން 2026
ތެލަސީމިއާ ޕޭޝަންޓުންގެ ދަތިތަކަށް ޙައްލު ހޯދައިނުދީ ރައީސް ވިދާޅުވީ ކުއްލި ހާލަތްތަކުގައި ބޭނުންވާ ވަގުތަށް ލޭ ލިބުމަކީ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެއްކަމަށް!
12 ޖޫން 2026

ސަރުކާރުން ހިންގަމުންދާ ބޭއިންސާފާ ދެކޮޅަށް ސީދާ ޙަރަކާތަށް ނުކުންނާނަން، މިތިބީ ފާރަވެރިވެ: ރައީސް ނަޝީދު

12 ޖޫން 2026
ސަރުކާރުން ހިންގަމުންދާ ބޭއިންސާފާ ދެކޮޅަށް ސީދާ ޙަރަކާތަށް ނުކުންނާނަން، މިތިބީ ފާރަވެރިވެ: ރައީސް ނަޝީދު
09 ޖޫން 2026

ހޯމަ ދުވަހުގެރޭ ރާއްޖެ އައި ޙައްޖުވެރިންގެ ފޮށިތައް ނުގެނެވުނީ އެއާލައިންގެ ޓެކްނިކަލް މައްސަލައަކުން: ޙައްޖު ކޯޕަރޭޝަން

09 ޖޫން 2026
ހޯމަ ދުވަހުގެރޭ ރާއްޖެ އައި ޙައްޖުވެރިންގެ ފޮށިތައް ނުގެނެވުނީ އެއާލައިންގެ ޓެކްނިކަލް މައްސަލައަކުން: ޙައްޖު ކޯޕަރޭޝަން
07 ޖޫން 2026

އަންގާރައިން އަންގާރައަށް... މިކަމެއް ނުވާނެ!

07 ޖޫން 2026
އަންގާރައިން އަންގާރައަށް... މިކަމެއް ނުވާނެ!
04 ޖޫން 2026

ބަޙްރެއިން އަދި ކުވޭތުގެ ސަރަޙައްދުތަކަށް މިސައިލާއި ޑްރޯންއިން ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

04 ޖޫން 2026
ބަޙްރެއިން އަދި ކުވޭތުގެ ސަރަޙައްދުތަކަށް މިސައިލާއި ޑްރޯންއިން ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
03 ޖޫން 2026

މި އޮފީހުން މިއަހަރު ކުރަން ރާވާފައިވާ މަސައްކަތްތަކަށް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އަންދާޒާކުރެވޭ: ރައީސް އޮފީސް

03 ޖޫން 2026
މި އޮފީހުން މިއަހަރު ކުރަން ރާވާފައިވާ މަސައްކަތްތަކަށް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އަންދާޒާކުރެވޭ: ރައީސް އޮފީސް
03 ޖޫން 2026

މިއަހަރު ރައީސް އޮފީހަށް އާންމުންގެ ފަރާތުން 500އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފި، ބޯހިޔާވަހިކަމާއި ތަރައްޤީއާ ގުޅޭ ޝަކުވާވެސް ހިމެނޭ!

03 ޖޫން 2026
މިއަހަރު ރައީސް އޮފީހަށް އާންމުންގެ ފަރާތުން 500އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފި، ބޯހިޔާވަހިކަމާއި ތަރައްޤީއާ ގުޅޭ ޝަކުވާވެސް ހިމެނޭ!
02 ޖޫން 2026

ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހީގެ އިތުރު ދެ ކޭސް ފެނިއްޖެ، ޖުމްލަ 11 ކޭސް

02 ޖޫން 2026
ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހީގެ އިތުރު ދެ ކޭސް ފެނިއްޖެ، ޖުމްލަ 11 ކޭސް
31 މެއި 2026

ޑޮލަރުގެ ބޮޑު ވައުދު ނުފުއްދުނު، ހުރިހާ ތަކުލީފެއް އާންމު ރައްޔިތުންނަށް!

31 މެއި 2026
ޑޮލަރުގެ ބޮޑު ވައުދު ނުފުއްދުނު، ހުރިހާ ތަކުލީފެއް އާންމު ރައްޔިތުންނަށް!
29 މެއި 2026

ހާމަކަން ކުޑަވެގެން ލިބޭނެ ހަމަޖެހުމެއް ނެތެވެ!

29 މެއި 2026
ހާމަކަން ކުޑަވެގެން ލިބޭނެ ހަމަޖެހުމެއް ނެތެވެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް