Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ޓެކްނޮލޮޖީމިއުސް އިމޭޖް

މެޓާގެ އައު އޭއައި ޓޫލް "މިއުސް އިމޭޖް" ބޭނުންކޮށްގެން، އެހެން މީހުންގެ ޕްރޮފައިލްތައް އެ މީހުންނަށް ނޭގި ފޮޓޯ އުފެއްދުމަށް ބޭނުންކުރެވޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަނީ

މެޓާގެ އައު އޭއައި ޓޫލް "މިއުސް އިމޭޖް" މެދުވެރިކޮށް އާންމުންގެ ފޮޓޯތައް ބޭނުންކޮށްގެން އައު އުފެއްދުންތައް ތައްޔާރުކުރެވޭތީ، ޕްރައިވެސީއަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ފީޗާގެ ސަބަބުން މީހުންގެ ރުހުމާ ނުލައި ފޮޓޯތަކަށް ބަދަލު ގެނައުމުގެ ނުރައްކާ އޮތް ނަމަވެސް، ސެޓިންގްސް މެދުވެރިކޮށް މިކަމުން ބަރީއަވުމުގެ ފުރުސަތު ޕަބްލިކް އެކައުންޓްތަކަށް އޮންނާނެ ކަމަށް މެޓާއިން ބުނެއެވެ.

ރާއްޖެ އެމްވީ | 11 ޖުލައި 2026 | ހޮނިހިރު 16:49
މިއީ މިއުސް އިމޭޖް ބޭނުންކޮށްގެން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް އުފައްދާފައިވާ ފޮޓޯއެއް.

މިއީ މިއުސް އިމޭޖް ބޭނުންކޮށްގެން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް އުފައްދާފައިވާ ފޮޓޯއެއް. | މެޓާ

މެޓާގެ އައު އޭއައި ޓޫލް ކަމަށްވާ "މިއުސް އިމޭޖް" ބޭނުންކޮށްގެން، އެހެން މީހުންގެ ޕްރޮފައިލްތައް އެ މީހުންނަށް އެނގުމަކާ ނުލައި ފޮޓޯ އުފެއްދުމަށް ބޭނުންކުރެވޭތީ އެ ކުންފުންޏަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާން ފަށައިފި އެވެ.

މިއީ ލިޔެލާ ކުޑަ އިބާރާތްކޮޅަކުން ފޮޓޯ އުފައްދައިދޭ "ޓެކްސްޓް-ޓު-އިމޭޖް" ގިނަ ވަސީލަތްތަކުގެ ތެރެއިން އެއް ވަސީލަތެވެ.

މިއުސް އިމޭޖްގެ ޚިދުމަތް މިހާރު މެޓާ އޭއައި އެޕްލިކޭޝަނާއި ވެބް ބްރައުޒާގެ އިތުރުން، އެމެރިކާގައި ބޭނުންކުރާ ފަރާތްތަކަށް ވަޓްސްއެޕް އަދި އިންސްޓަގްރާމް ސްޓޯރީޒް މެދުވެރިކޮށް ލިބެން ހުރެ އެވެ.

އާންމުކޮށް ހުޅުވާލާފައިވާ (ޕަބްލިކް) އެކައުންޓްތަކުގެ ފޮޓޯތައް މިގޮތަށް ބޭނުންކުރުން ހުއްޓުވުމުގެ އިޚުތިޔާރު ޔޫޒަރުންނަށް އޮންނާނެ ކަމަށް މެޓާއިން ބުނި ނަމަވެސް، ޓެކްނޮލޮޖީގެ ދާއިރާގައި އިންސާފަށް މަސައްކަތްކުރާ ނޮން-ޕްރޮފިޓް ޖަމިއްޔާއެއް ކަމަށްވާ "ފޮކްސްގްލޯވް" ގެ އެޑްވޮކަސީ ޑިރެކްޓަރު ޑޮނަލްޑް ކޭމްޕްބެލް ބީބީސީ އަށް ވިދާޅުވީ، މިއީ ބޮޑު ކާރިސާއަކަށް މަގުފަހިވާނެ ކަމެއްކަން ސާފުކޮށް އެނގެން އޮތް ކަމެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި މީހުންގެ ރުހުމާ ނުލައި އޭއައި ބޭނުންކޮށްގެން ފޮޓޯތަކަށް ބަދަލު ގެނައުމުގެ ސަބަބުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ލިބިފައިވާ ގެއްލުންތަކުގެ ގިނަ ހާދިސާތަކެއް ފެނިފައިވާ ކަމަށެވެ.

މިފަދަ ބިރުވެރި ގޮތަކަށް ފޮޓޯތަކަށް ބަދަލު ގެނައުމަށް މަގުފަހިކޮށްދިނުމަކީ ރަނގަޅު ކަމެއް ކަމަށް މާކް ޒަކަބާގަށް ހީވަނީ ކީއްވެގެންކަން ދެނެގަންނަން އުނދަގޫ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭއައި ބޭނުންކޮށްގެން އުފައްދާ ފޮޓޯތަކާ މެދު ރެގިއުލޭޓަރުންނާއި ކެމްޕޭން ކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ މި ދަނޑިވަޅުގައި، މެޓާގެ މި ފީޗާއަށް އޮތް ފާޑުކިޔުންތައް އިތުރުވާނެ ކަމަށް ބެލެވެ އެވެ. މިގޮތުން، އެކްސް (ކުރީގެ ޓްވިޓާ) ގެ "ގްރޮކް" މެދުވެރިކޮށް މީހުންގެ ރުހުމާ ނުލައި އޭއައި ފޮޓޯތައް އުފައްދައި ހިއްސާކުރާ މައްސަލަ އިނގިރޭސިވިލާތުގެ "އޮފްކޮމް" އިން މިހާރުވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

ޕްރައިވެސީ އިންޓަނޭޝަނަލް އިން ވެސް މި ފީޗާއަށް ފާޑުކިޔަމުން ބީބީސީ އަށް ބުނީ، މިއީ އޭއައި ކުންފުނިތަކުން މީހުންގެ ފޮޓޯތަކާއި މައުލޫމާތަކީ އެ މީހުންގެ ނާޖާއިޒު ފައިދާ ނެގުމަށް އޮތް ވަސީލަތެއްގެ ގޮތުގައި ދެކޭކަމުގެ އެންމެ ފަހުގެ ހެއްކެއް ކަމަށެވެ.

މިކަމާ ގުޅިގެން އެކްސްގައި ޚިޔާލު ފާޅުކުރި މީހަކު ބުނެފައިވަނީ، ސާފު ރުހުމަކާ ނުލައި އާންމު ޔޫޒަރުންގެ ފޮޓޯތައް އޭއައިއިން އުފައްދާ ފޮޓޯތަކުގެ ތެރެއަށް ވެއްދުމަކީ ކޮންމެ ވަގުތަކުވެސް ގޮވައިފާނެ "ޕްރައިވެސީ ލޭންޑްމައިން" އެއް ފަދަ ނުރައްކާތެރި ކަމެއް ކަމަށެވެ.

މެޓާއިން ބުނި ގޮތުގައި، އެކައުންޓުގެ ޕްރައިވެސީ ސެޓިންގްސްއާ ވަކިން ހުންނަ ޚާއްސަ ސެޓިންގްއެއް މެދުވެރިކޮށް، ޕަބްލިކް އެކައުންޓެއް އޮތް ނަމަވެސް މިކަމުން ބަރީއަވުމުގެ (އޮޕްޓް އައުޓް) ފުރުސަތު ޔޫޒަރުންނަށް ލިބޭނެ އެވެ.

މިކަން ކުރުމަށްޓަކައި ޔޫޒަރުން އިންސްޓަގްރާމްގެ ސެޓިންގްސް މެނޫއަށް ގޮސް، "ޝެއަރިންގް އެންޑް ރީޔޫސް" އިޚުތިޔާރުކުރުމަށްފަހު، ޕޯސްޓްތަކާއި ރީލްސްތަކަށް ޚާއްސަކޮށްފައިވާ "އެލޯ ޕީޕަލް ޓު ރީޔޫސް ޔޯ ކޮންޓެންޓް އޮން އިންސްޓަގްރާމް އެންޑް ވިތް އޭއައި ފީޗާސް އެޓް މެޓާ" މި ބައި ނިއްވާލަން ޖެހެ އެވެ.

މި ސެޓިންގްސްތައް ފެންނާނީ ހަމައެކަނި ޕަބްލިކް އެކައުންޓްތަކަށެވެ. އެކައުންޓަކީ ޕްރައިވެޓް އެކައުންޓެއް ނަމަ، އެ އެކައުންޓެއްގެ ފޮޓޯތައް މިގޮތަށް ހިއްސާނުކުރެވޭ ގޮތަށް ކުރިންވެސް އޮންނަނީ ހަމަޖެހިފަ އެވެ.

އިތުރު ފޮޓޯ އުފައްދާ ވަސީލަތެއް

މިހާރުވެސް ބާޒާރުގައި ލިޔުން ބޭނުންކޮށްގެން އޭއައި މެދުވެރިކޮށް ފޮޓޯ އުފައްދާ ގިނަ ވަސީލަތްތަކެއް ހުރުމާއެކު، މެޓާ މި ދާއިރާއަށް މި ވަނީ މިފަދަ ވާދަވެރިކަން ބޮޑު މާހައުލެއްގެ ތެރެއަށެވެ.

ނަމަވެސް، މިކަމަށް އިންސްޓަގްރާމް ބޭނުންކުރުމަކީ މުޅިން އައު އަދި ނުފޫޒުގަދަ ބަދަލެކެވެ.

މި އައު ޚިދުމަތާ ގުޅޭގޮތުން ލިޔެފައިވާ ބްލޮގް ޕޯސްޓެއްގައި މެޓާއިން ބުނެފައިވަނީ، މި ވަސީލަތަކީ އުނދަގޫ އިރުޝާދުތައް ދެނެގަތުމަށް "އެޑްވާންސްޑް ރީޒަނިންގް" ބޭނުންކުރާ ވަސީލަތެއް ކަމަށާއި، މީގެ ސަބަބުން ގިނަ ފޮޓޯތަކެއް އެކުލަވާލައިގެން މަތީ ފެންވަރުގެ އުފެއްދުންތައް ތައްޔާރުކޮށް، ކޮންމެ ތަނެއްގައިވެސް ޑައުންލޯޑްކޮށް ޝެއަރ ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން، އައު ޚިޔާލުތައް ހޯދުމަށްޓަކައި ކުރިން ތައްޔާރުކޮށްފައިވާ "ޕްރީސެޓްސް" ތަކާއި އިރުޝާދުތައް ޔޫޒަރުންނަށް އިޚުތިޔާރު ކުރެވޭނެ ކަމަށާއި، ފޮޓޯތަކުގެ މައްޗަށް ސީދާ ކުރެހުންތައް ކުރަހައިގެން ބަދަލު ގެނެވޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އާންމު ބޭނުންތަކަށް މި ވަސީލަތް ހިލޭ ލިބުނު ނަމަވެސް، ގިނައިން ބޭނުންކުރާ ފަރާތްތަކަށް ސަބްސްކްރިޕްޝަން ޕްލޭނެއްގެ ދަށުން އިތުރު ފުރުސަތުތައް ލިބޭނެ ކަމަށް މެޓާއިން ބުނެ އެވެ.

މެޓާއިން އިތުރަށް ހާމަކުރި ގޮތުގައި، މިއުސް އިމޭޖްގެ ޚިދުމަތް ވަރަށް އަވަހަށް ފޭސްބުކް އަދި މެސެންޖާގެ އިތުރުން، އިޝްތިހާރު ކުރާ ފަރާތްތަކަށް ބޭނުންކުރެވޭ އެހެން ވަސީލަތެއް މެދުވެރިކޮށްވެސް ލިބޭނެ އެވެ.

މީގެ އިތުރުން، ވީޑިއޯ އުފެއްދޭނެ ފަދަ މިއުސްގެ ވަސީލަތެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

މަސްދަރު: ބީބީސީ

މިއުސް އިމޭޖްމާކް ޒަކަބާގްމެޓާޓެކްނޮލޮޖީ

އިތުރަށް ކިޔާލަން

09 ޖުލައި 2026

ޓެކް ކުންފުނިތައް ޖައްވުގައި އޭއައި ޑޭޓާ ސެންޓަރު ގާއިމުކުރަނީ

އޭއައި ޓެކްނޮލޮޖީއަށް ބޭނުންވާ ހަކަތައާއި ބިމުގެ ދަތިކަން ހައްލުކުރުމަށްޓަކައި، ދުނިޔޭގެ ބޭރުގައި ޑޭޓާ ސެންޓަރުތައް ގާއިމުކުރުމަށް ބޮޑެތި ކުންފުނިތަކުން ދަނީ ތައްޔާރުވަމުން. ޖައްވުގައި އިރުގެ ހަކަތަ ދާއިމީކޮށް ލިބުމާއި ފިނިކުރުމުގެ ފަސޭހަކަން ހުރުމުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަވެގެންދާނެ. މި މަޝްރޫއުތަކުގައި މާލީ އަދި ފަންނީ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި މިއީ ހަގީގަތަކަށް ވާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރޭ.

09 ޖުލައި 2026
ޓެކް ކުންފުނިތައް ޖައްވުގައި އޭއައި ޑޭޓާ ސެންޓަރު ގާއިމުކުރަނީ
30 ޖޫން 2026

ވަޓްސްއެޕް އިން ފޯނު ނަންބަރުގެ ބަދަލުގައި ޔޫޒަރނޭމް ބޭނުންކުރެވޭ ގޮތް ހަދަން ނިންމައިފި

ވަޓްސްއެޕް ބޭނުންކުރާ މީހުންގެ އަމިއްލަ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ފޯނު ނަންބަރުގެ ބަދަލުގައި ޔޫޒަރނޭމް ބޭނުންކުރެވޭ ގޮތް ހެދުމަށް މެޓާ ކުންފުނިން ވަނީ ނިންމާފައި. މިއަހަރުގެ ފަހުކޮޅު މި ޚިދުމަތް ރަސްމީކޮށް ތައާރަފުކުރުމުގެ ކުރިން ޔޫޒަރނޭމް ރިޒާވްކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މީގެ ސަބަބުން ފޯނު ނަންބަރު ހާމަނުކޮށް މުއާމަލާތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ.

30 ޖޫން 2026
ވަޓްސްއެޕް އިން ފޯނު ނަންބަރުގެ ބަދަލުގައި ޔޫޒަރނޭމް ބޭނުންކުރެވޭ ގޮތް ހަދަން ނިންމައިފި
19 ފެބުރުއަރީ 2026

ކުޑަ ކުދިންނަށް ނޭދެވޭ އަސަރު ކުރާ ކަމަށް ބުނެ ކުރި ދައުވާގައި، ހެކި ބަސް ދިނުމަށް ޒަކަބާގް ކޯޓަށް ހާޒިރު ކޮށްފި

މި މައްސަލައިގެ ޝަރީއަތުގައި މައިގަނޑު ގޮތެއްގައި ބަލަމުން ދަނީ، އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތައް ގަސްދުގައި ފަރުމާ ކޮށްފައި ވަނީ ބޭނުން ކުރާ ޒުވާން ފަރާތްތައް އެއަށް ދެވި ހިފާ ފަދަ ގޮތަކަށް ކަމަށް ބުނެ ކުރެވޭ ތުހުމަތު. މީގެ ސަބަބުން ކުޑަ ކުދިންގެ ޞިއްޙަތަށް ލިބޭ ގެއްލުން ތަކުގެ ޒިންމާ މެޓާ އިން އުފުލަން ޖެހޭ ކަމަށް ދައުވާ ކުރާ ފަރާތްތަކުގެ ވަކީލުން ބުނެފައިވޭ.

19 ފެބުރުއަރީ 2026
ކުޑަ ކުދިންނަށް ނޭދެވޭ އަސަރު ކުރާ ކަމަށް ބުނެ ކުރި ދައުވާގައި، ހެކި ބަސް ދިނުމަށް ޒަކަބާގް ކޯޓަށް ހާޒިރު ކޮށްފި
18 ފެބުރުއަރީ 2026

ސޯޝަލް މީޑިއާއަށް ކުދިން ދެވިހިފާ މައްސަލައިގައި ޒަކަބާގް ކޯޓަށް ހާޒިރު ކުރަނީ

ސޯޝަލް މީޑިއާގެ ވަސީލަތްތަކަކީ ކުޑަކުދިން އެއަށް ދެވިހިފާ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެއް ކަމަށް ބުނެ އުފުލާފައިވާ ދައުވާތަކާ ގުޅިގެން، މެޓާގެ ވެރިޔާ މާކް ޒަކަބާގް ޖޫރީއެއްގެ ކުރިމަތީގައި ފުރަތަމަ ފަހަރަށް ހެކިބަސް ދިނުމަށް ވަނީ ހަމަޖެހިފައި. މި މައްސަލައިގައި އިންސްޓަގްރާމާއި ޔޫޓިއުބް ފަދަ ޕްލެޓްފޯމްތަކުން ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ސުވާލު އުފައްދާފައިވާއިރު، މިއީ އެމެރިކާގެ އެތައް ހާސް އާއިލާތަކަކާއި ސްކޫލްތަކަކުން އިސްނަގައިގެން ކުރިއަށްގެންދާ ގާނޫނީ ހަނގުރާމައެއް. މި ޝަރީއަތުގެ ނަތީޖާއަށް ބަލައި، 13 އަހަރުން ދަށުގެ ކުދިންގެ އެކައުންޓްތައް އުވާލުމަށް މަޖުބޫރުކުރުން ފަދަ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އެމެރިކާގެ އެކި ސްޓޭޓްތަކުގެ އެޓާނީ ޖެނެރަލުން ދަނީ ބާރުއަޅަމުން.

18 ފެބުރުއަރީ 2026
ސޯޝަލް މީޑިއާއަށް ކުދިން ދެވިހިފާ މައްސަލައިގައި ޒަކަބާގް ކޯޓަށް ހާޒިރު ކުރަނީ
16 މެއި 2025

10 އަހަރުގެ ތެރޭގައި އެމެރިކާގައި 1.4 ޓްރިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ޔޫއޭއީ އިން ބުނެފި

ސަރަޙައްދުގައި ސުލްޙަ އާއި ހަމަޖެހުން ގާއިމު ކުރުމަށް އެމެރިކާއާ އެކު މަސައްކަތްކުރުމަށް އެ ޤައުމުން ޝައުޤުވެރިވާ ކަމަށް ވެސް ޔޫއޭއީގެ ރައީސް ޓްރަމްޕް އަށް ދެންނެވި.

16 މެއި 2025
 10 އަހަރުގެ ތެރޭގައި އެމެރިކާގައި 1.4 ޓްރިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ޔޫއޭއީ އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު